ޕްރެޝަރަށް ދީލާލައި މުޒާހަރާ ކުރާ ނޫސްވެރިންނާ މުއިއްޒު ބައްދަލު ކުރައްވަނީ

ރައީސް އޮފީސް ކުރިމަތީ ނޫސްވެރިން މުޒާހަރާ ކުރަނީ: މުއިއްޒު ނޫސްވެރިންނާ ބައްދަލު ކުރާއިރު އިއްޔެ ވަނީ ހަތަރު ނޫސްވެރިއަކު ހައްޔަރުކޮށްފައި -- ފޮޓޯ: މިރާޝް ނާޝިމް / އަދަދު ނޫސް

ރައީސް އޮފީސް ކުރިމަތީ ނޫސްވެރިން މުޒާހަރާ ކުރަނީ: މުއިއްޒު ނޫސްވެރިންނާ ބައްދަލު ކުރާއިރު އިއްޔެ ވަނީ ހަތަރު ނޫސްވެރިއަކު ހައްޔަރުކޮށްފައި -- ފޮޓޯ: މިރާޝް ނާޝިމް / އަދަދު ނޫސް

މިނިވަން މީޑިއާ ނެތިކޮށްލުމަށް ސަރުކާރުން ފަހަތުގައި އޮވެގެން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ ބިލާ ދެކޮޅަށް މުޒާހަރާ ކުރާ ނޫސްވެރިންނާ ރައީސް މުހައްމަދު މުއިއްޒު ބައްދަލު ކުރައްވަން ނިންމައިފި އެވެ.

މުއިއްޒު ނޫސްވެރިންނާ ބައްދަލު ކުރައްވާއިރު އެމަނިކުފާނާ ބައްދަލު ކުރެއްވުމަށްފަހު އިއްޔެއިން ފެށިގެން ނޫސްވެރިން ދަނީ ޑިމާންޑު ކުރަމުންނެވެ. އަދި މުއިއްޒުއާ ބައްދަލު ކުރެއްވުމަށް ނޫސްވެރިންގެ ޖަމިއްޔާ މޯލްޑިވްސް ޖާނަލިސްޓް އެސޯސިއޭޝަނުން ވެސް އޮތީ އެދިފަ އެވެ.

އެ ބައްދަލުވުން ފެށޭނީ 1:15 ގަ އެވެ. މުއިއްޒު ނޫސްވެރިންނާ ބައްދަލު ކުރައްވަން ނިންމީ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގަ އެވެ. މުއިއްޒު ނޫސްވެރިންނާ ބައްދަލު ކުރައްވަން ނިންމިއިރު ނޫސްވެރިން ދަނީ ރައީސް އޮފީސް ކުރިމަތީ ހަދާފައި ހުރި މީޑިއާ ފެންޑާގައި މުޒާހަރާ ކުރަމުންނެވެ.

މުއިއްޒުއާ ބައްދަލު ކުރަން ރައީސް އޮފީހަށް ވަޑައިގަތީ އަދަދު ނޫހުގެ ޗީފް އެޑިޓަރު ހުސެއިން ފިޔާޒް މޫސާ އާއި ދައުރު ނޫހުގެ ޗީފް އެޑިޓަރުން ހިރިގާ އަހުމަދު ޒާހިރު އާއި މިހާރު ނޫހުގެ ނާޒިމް ހަސަން އާއި ނޫސްވެރިންގެ ޖަމިއްޔާގެ ޖުނައިދު ސަލީމް އާއި މީޑިއާ ކައުންސިލުގެ މެންބަރު ނަހުދާ ފާއިޒް އެވެ.

އެ ބިލާ ދެކޮޅަށް މުޒާހަރާ ކުރި ހަތަރު ނޫސްވެރިއަކު ފުލުހުން ވަނީ އިއްޔެ ހައްޔަރުކޮށްފަ އެވެ. އެއީ ދައުރު ނޫހުގެ މުޒައްޔިން ނާޒިމް އާއި ސިޓިޒެން ނޫހުގެ މޫސާ ރަޝީދު އާއި އަދަދު ނޫހުގެ އަހުމަދު އާއިދު އަދި އެމްވީ ޕްލަސް ގެ ލަމްޔާ އަބްދުލްހާދީ އެވެ.

އެ ނޫސްވެރިން ހައްޔަރު ކުރުމަށްފަހު ވަނީ ފުލުހުންގެ ވެހިކަލަށް ވެސް އަރުވައިފަ އެވެ. އަދި ހައްޔަރު ކުރި ކަމުގެ ގާނޫނީ އިންޒާރު ވެސް ނޫސްވެރިންނަށް ދިނެވެ. ނޫސްވެރިން ދޫކޮށްލީ މުޒާހަރާ ކުރަމުންދިޔަ ސަރަހައްދުން ދުރަށް ގެންގޮސް، މުޒާހަރާގައި ބައިވެރިނުވާން ޝަރުތު ކުރުމަށްފަހު އެވެ.

މިނިވަން މީޑިއާ ނެތިކޮށްލާ ބިލު، ވެރިކަން ކުރާ ޕީއެންސީގެ މެންބަރުންގެ ތާއީދާއެކު ވަނީ އިއްޔެ ބަލައިގެންފަ އެވެ. އަދި އެ ބިލުގެ މަސައްކަތްތަކެއް އަންނަ ހަފުތާގައި ކުރިއަށް ގެންދިޔުމަށް މިއަދު މަޖިލީހުން ބޭއްވި ކޮމިޓީއެއްގައި ވަނީ ނިންމައިފަ އެވެ.

އެ ބިލުގެ ބަހުސް މަޖިލީހުގައި އިއްޔެ ކުރިއަށްދިޔައިރު، ބައެއް ނޫސްވެރިން އުލުބައިންދާ މަރަންޖެހޭ ކަމަށް ޕީއެންސީގެ ޕާލަމެންޓަރީ ގްރޫޕުގެ ލީޑަރު އިބްރާހިމް ފަލާހު ވަނީ ގޮވާލައިފަ އެވެ.

"... މި ލެވެލުގައި މަސައްކަތް ކުރީމަ މީޑިއާ ގެންގޮސް ޖަލަކަށް ނޫން [ލާންވީ]، އުލުބައިންދަންވަނީ. އުލުބައިންދަންވީ،" ދައުރުން ބޭރުގައި އިއްޔެ ބޭއްވި ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ފަލާހު ވިދާޅުވި އެވެ.

ތުޅާދޫ ދާއިރާގެ މެންބަރު އަބްދުލްހަންނާނު މުހައްމަދު (އެންޓްރެކް ހަންނާނު) ހުށަހެޅުއްވި މީޑިއާ ނެތިކޮށްލާ ބިލު ފަރުމާކޮށްފައި އޮތީ މިނިވަންކަމާއެކު ނޫސްވެރިކަން ކުރެވޭނެ މަގު ބަންދު ކުރެވޭނެ ގޮތަށެވެ. އެ ބިލުގެ ދަށުން ކޮމިޝަނެއް އުފައްދައި، އެ ކޮމިޝަނުގެ ބާރު ރައީސް މުހައްމަދު މުއިއްޒަށް ނެގޭނެ މަގު ވެސް ބިލުން ފަހިވެ އެވެ.

އެ ބިލު މިހާރު އޮތް ގޮތަށް ފާސްވެއްޖެ ނަމަ، ނޫސްވެރިންނާއި ނޫސްތައް ޖޫޫރިމަނާކޮށް، ހުއްޓުވައި، ރެޖިސްޓްރޭޝަން ވެސް ބާތިލު ކުރެވޭނެ އެވެ.

އެ ބިލުގެ 60 ވަނަ މާއްދާގައި ބުނެފައިވާ ގޮތުން އެ ބިލުގެ ބާރު ސޯޝަލް މީޑިއާއަށް ވެސް ހިނގާނެ އެވެ. އެ މާއްދާގައި ބުނެފައި ވަނީ "މި ގާނޫނުގައި ނޫހާ ގުޅޭ ގޮތުން ބަޔާންކޮށްފައިވާ އުސޫލުތައް، އިލެކްޓްރޯނިކް މީޑިއާއަށް ވެސް އެ މީޑިއާއަކާ ގުޅޭ ނިސްބަތަކުން ހިނގާނެ" ކަމަށެވެ.

އެހެންކަމުން ސަރުކާރުން ބޭނުންވާ ގޮތަށް އެ ބިލު ފާސްވެއްޖެ ނަމަ، ސޯޝަލް މީޑިއާގައި ވެސް މިނިވަންކަމާއެކު ހިޔާލުފާޅު ކުރުމަށް ހުރަސްއެޅޭނެ އެވެ. ބިލުގެ 40 ވަނަ މާއްދާގެ ހ. ގައި ބުނެފައިވާ ގޮތުން، ދޮގަކަށް ވެދާނެ ފަދަ މައުލޫމާތެއް ވެސް ނޫހެއްގައި ޖެހުމަކީ ކުށެކެވެ.

އެ ބިލު ބޭރުކޮށްލުމަށް ރާއްޖޭގެ ނޫސްވެރިންނާއި ހައްގުތަކަށް ވަކާލާތު ކުރާ ބޭރުގެ ވަރަށް ގިނަ ޖަމިއްޔާތަކުން ވެސް ދަނީ ގޮވާލަމުންނެވެ. އެކަމަކު، ސަރުކާރުން މިހާތަނަށް އެކަންކަމަށް ޖަވާބެއް ނުދެ އެވެ. ގިނަ ބަޔަކު ބުނަނީ، މިއީ އެފަދަ ބިލެއް ހުށަހެޅި ދެ ވަނަ ފަހަރު ކަމުން މި ފަހަރު އެ ބިލު ފާސް ކުރާނެ ކަމަށެވެ.

ރައްޔިތުންގެ މަޖިލީހަށް އެ ބިލު ހުށަހެޅި ފަހުން، މުއިއްޒު ގެންދަވަނީ މީޑިއާއާ ގުޅޭ ގޮތުން ދޮގު ފަތުރައި، ހަގީގަތް އޮޅޭ ގޮތަށް ވާހަކަ ދައްކަވަމުންނެވެ. ގައުމީ ދުވަހުގެ މުނާސަބަތުގައި މިއަދު ބޭއްވި ޖަލްސާގައި މުއިއްޒު ވަނީ އެމަނިކުފާނުގެ ރުޅިވެރިކަން މީޑިއާތަކަށް އަމާޒުކޮށްފަ އެވެ.

"މި ހޯލު ތެރޭގަ މި ތިބީ އެންމެން. މިސާލެއްގެ ގޮތުގަ މިކަމާ ބެހޭ ގޮތުން އެއްޗެއް ދަންނަވާލާނަން. ތީގެ ތެރެއިން ބޭފުޅަކު ތިމަންނަގެ ހިޔާލުފާޅުކުރުމުގެ މިނިވަންކަމޭ މިތާ ތެދުވެ އިއުލާނުކޮށްލަންވީ މިތާ ބޮމެއް އެބަ އޮތޭ. [އެހެން] ކިޔާފަ ހަޅޭލަވައިލައްވަންވީ. އެއީ މިނިވަންކަންތޯ. ދެން އެހެން މީހުންގެ ހައްގުތަކަށް އެ ހިސާބުން ވާނީ ކިހިނެއްތޯ،" މުއިއްޒު ވިދާޅުވި އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ސައިކަލުގައި އިން އެކަކު މުއްދަތު ހަމަނުވަނީސް ބަންދުން ދޫކޮށްލި

ހުޅުމާލޭގައި ތިން މީހުން އަރުވައިގެން ވަންވޭއާ ދެކޮޅަށް ދުއްވި ސައިކަލެއް އެކްސިޑެންޓްވިއިރު، އޭގައި އިން އެކަކީ ކުށުގެ ރެކޯޑު އޮތް، ބަންދުގެ މުއްދަތު ހަމަނުވަނީސް ދޫކޮށްލާފައިވާ މީހެއް. މި ހާދިސާގައި ފަސް މީހަކަށް އަނިޔާވެ ދެ މީހަކަށް ވެންޓިލޭޓަރުގައި ފަރުވާދެމުންދާއިރު، އެ ސައިކަލަކީ ވަގަށް ނަގާފައިވާ ސައިކަލެއް ކަމަށް ބެލެވޭ.

އެމްޓީސީސީގައި 6،700 މުވައްޒަފުން، ކޮންޓްރެކްޓް މުވައްޒަފުން ގިނަ

އާރްޑީސީ އާއި އެމްޓީސީސީ އެއްކޮށްލުމުގެ ކުރިން އެމްޓީސީސީގައި 6،700 މުވައްޒަފުން ތިބިއިރު، އޭގެ ތެރެއިން ގިނައީ ކޮންޓްރެކްޓް މުވައްޒަފުން. ދެ ކުންފުނި އެއްކޮށްލުމުން އާރްޑީސީގެ 4،000 އެއްހާ މުވައްޒަފުން އެމްޓީސީސީއާ ގުޅޭނެ ކަމަށާއި، މިއާއެކު ރާއްޖޭގެ ހުރިހާ ރަށެއްގައި އެ ކުންފުނީގެ މުވައްޒަފުން ތިބޭނެ ކަމަށް އެމްޓީސީސީން ބުނޭ.

ހުޅުމާލޭ ސިންތެޓިކް ޓްރެކް މަރާމާތު ކުރުމުގެ މަސައްކަތް ފަށައިފި

ހުޅުމާލޭ ސިންތެޓިކް ޓްރެކް ބައިނަލްއަގުވާމީ މިންގަނޑުތަކަށް ފެއްތުމަށްޓަކައި މަރާމާތުކުރުމުގެ އަމަލީ މަސައްކަތް ޔޫތު މިނިސްޓްރީން މިހާރު ވަނީ ފަށާފައި. މި މަޝްރޫއުގެ ދަށުން ޓްރެކް ޕީޔޫއަށް ބަދަލުކޮށް، އެތުލީޓުން ހަދާ ރެކޯޑުތައް ބަލައިގަނެވޭ ފެންވަރަށް ތަރައްގީކޮށް އަންނަ އަހަރުގެ ޖެނުއަރީއަށް ނިންމުމަށް ވަނީ އަމާޒު ހިފާފައި.

ހުޅުމާލެ އެކްސިޑެންޓުގައި އަނިޔާވި ދެ މީހުން ދޫކޮށްލައިފި

ހުޅުމާލޭގައި ފުލުހުންނަށް ފިލަން އުޅުނު ސައިކަލެއް އެހެން ސައިކަލެއްގައި ޖެހި ހިނގި އެކްސިޑެންޓުގައި އަނިޔާވި ފަސް މީހުންގެ ތެރެއިން ދެ މީހަކަށް އަދިވެސް ފަރުވާދެނީ ވެންޓިލޭޓަރުގައި. މި ހާދިސާގައި އަނިޔާވި ދެ މީހަކު ފަރުވާއަށްފަހު ދޫކޮށްލާފައިވާއިރު، އެކްސިޑެންޓުވި އެއް ސައިކަލަކީ ވަގަށް ނަގާފައިވާ ސައިކަލެއް ކަމަށް ބެލެވޭ ކަމަށް ފުލުހުން ބުނޭ.

އީގަލް ހިލްސްއިން ހައުސިން ޔުނިޓުތައް އަޅަނީ އާބަން އައިލްގައި

ޔޫއޭއީގެ އީގަލް ހިލްސް ކުންފުނިން ހުޅުމާލޭ އާބަން އައިލްގައި ތަރައްގީކުރާ 5000 ހައުސިން ޔުނިޓުގެ އަގު ދައްކަނީ ސަރުކާރަށް މުސްތަގުބަލުގައި ލިބޭނެ ކަަމަށް ބުނާ ކޮމިޝަނުން.

ނޮވެމްބަރުގެ ތިން ދުވަސް: ނަވީ ޕިއްލޭ އަދި ދިވެހިރާއްޖެ

އދ. ގައި ފަހުން ބޭއްވި ރިވިއުއެއްގައި، ރާއްޖޭގެ އޮފިޝަލުން ވަނީ ހައްދު ޖެހުމަކީ އިސްލާމީ ޝަރީއަތުގެ ތެރެއިން ކުރާ ކަމެއް ކަމަށް ބުނެ އެކަން ދިފާއުކޮށްފަ އެވެ. ނަމަވެސް ޕިއްލޭ އާއި އެމްނެސްޓީ އިންޓަނޭޝަނަލް ފަދަ ޖަމާއަތްތަކުން ދިޔައީ އެކަން ހުއްޓާލުމަށް ގޮވާލަމުންނެވެ.

"މެދުއިރުމަތީ ހަނގުރާމަ ރާއްޖެއާ ގާތަށް އައުމުގެ ބިރު އެބައޮތް"

ރާއްޖޭގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި އިންޑިއާ ފަދަ ބޭރުގެ ބާރުތަކުގެ އަސްކަރީ އެހީތެރިކަން ހޯދުމަކީ މުހިންމު ކަމެއް ކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

Newsletter

Get the latest news delivered straight to your inbox