އޭޓީއެމް ހުޅުވަން ރިބަން ކަނޑާތީ އަމާޒުވި ފާޑުކިޔުންތަކަށް މުއިއްޒު ރައްދު ދެއްވައިފި

ހދ. ދަތުރުގެ ތެރެއިން މުއިއްޒު އޭޓީއެމް އެއް ހުޅުވައިދެއްވަނީ: އޭޓީއެމް ރިބަންކަނޑާ ކަމަށް ބުނެ އަމާޒުވާ ފާޑުކިޔުންތަކަށް މުއިއްޒު ވަނީ ރައްދު ދެއްވާފަ --- ފޮޓޯ: ރައީސް އޮފީސް

ހދ. ދަތުރުގެ ތެރެއިން މުއިއްޒު އޭޓީއެމް އެއް ހުޅުވައިދެއްވަނީ: އޭޓީއެމް ރިބަންކަނޑާ ކަމަށް ބުނެ އަމާޒުވާ ފާޑުކިޔުންތަކަށް މުއިއްޒު ވަނީ ރައްދު ދެއްވާފަ --- ފޮޓޯ: ރައީސް އޮފީސް

ރައީސް މުހައްމަދު މުއިއްޒު އަތޮޅު ތެރެއަށް ކުރައްވާ ދަތުރުތަކުގެ ތެރެއިން ކުރައްވާ މައިގަނޑު ކަމަކީ ގިނަ ރަށްރަށުގައި ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ގެ އޭޓީއެމް ހުޅުވަން ރިބަން ކެނޑުން ކަމަށް ބުނެ ކުރިމަތިވަމުންދާ ފާޑުކިޔުންތަކަށް އެމަނިކުފާނު ރައްދު ދެއްވައިފި އެވެ.

ހދ. އަތޮޅަށް ކުރައްވަމުން ގެންދަވާ ދަތުރުގެ ތެރެއިން ނެއްލައިދޫ ރައްޔިތުންނާ ބައްދަލުކުރައްވާ ވާހަކަ ދައްކަވަމުން މުއިއްޒު ވިދާޅުވީ، އޭޓީއެމް ބެހެއްޓުމަކީ އާދައިގެ ކުޑަ ކަމެއް ނޫން ކަމަށެވެ.

"[މި ރަށުގައި ވެސް] އަޅުގަނޑުމެން އޭޓީއެމް އެއްގެ ހިދުމަތް ފަށައިފިން. އޭޓީއެމް ބަހައްޓާތީ ބައެއް ފަރާތްތަކުން އެކަން އާދައިގެ ކަމަކަށް އެބަ ހަދާ. އެއީ އާދައިގެ ކަމެއް ނޫން. ފަހަރެއްގަ މިފަދަ ރަށްރަށުގެ ރައްޔިތުންނަށް މިކަމުގެ މުހިންމުކަން. މިފަދަ ކަންކަމުގެ މުހިންމުކަން އެނގިވަޑައިނުގަންނަވަންޏާ އާދައިގެ ކަމަކަށް ބައެއް ފަރާތްތަކުން ހަދާފާނެ،" މުއިއްޒު ވިދާޅުވި އެވެ.

އެމަނިކުފާނާއި މި ސަރުކާރުގެ ސިޔާސަތަކީ ހުރިހާ ރައްޔިތުންނަށް ހަމަހަމަ އުސޫލެއްގެ ދަށުން ހިދުމަތް ދިނުން ކަމަށް ވެސް ވިދާޅުވި އެވެ. އޭގެ ތެރޭގައި ބޭންކިންގެ ހިދުމަތް ހިމެނޭކަން ފާހަގަކުރެއްވި އެވެ.

"އެހެން ނޫނި މި ވާ ގޮތަކީ އޭޓީއެމް ނުހުންނަ ރަށްރަށުގެ ރައްޔިތުން ކައިރި ކޮންމެވެސް އޭޓީއެމް ހުންނަ ރަށަކަށް، އަތުން ހަރަދުކޮށްފަ ފައިސާ ޖަމާކުރަން، ނޫނިއްޔާ ނަގަން ދާން މި ޖެހެނީ،" މުއިއްޒު ވިދާޅުވި އެވެ.

އެމަނިކުފާނު މިހެން ވިދާޅުވި ނަމަވެސް، ސޯޝަލް މީޑިއާގައި ގިނަ ބަޔަކު ފާޑުކިޔަނީ އޭޓީއެމް ބަހައްޓާތީއެއް ނޫނެވެ. ފާޑުކިޔުން އަމާޒުވާ މައިގަނޑު ސަބަބަކީ ކޮންމެ އޭޓީއެމް އެއް ހުޅުވުމަށް މުއިއްޒު ވަޑައިގަންނަވާތީ އެވެ

މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި އޭޓީއެމް ހިދުމަތް ދިނުމަށް ހިންގާ މަޝްރޫއުގެ ދަށުން 103 އޭޓީއެމް އަންނަ އަހަރު ގާއިމު ކުރުމުގެ މަޝްރޫއެއް ބީއެމްއެލް އިން ފެށީ މިދިޔަ ނޮވެމްބަރު މަހު އެވެ.

އެ މަޝްރޫއު ފެށިއިރު ޖުމްލަ 90 ރަށުގައި ބީއެމްއެލްގެ 150 އޭޓީއެމްއަކުން ހިދުމަތް ދެމުން ދިޔަ އެވެ. އެ އޭޓީއެމްތަކުގެ ބޭނުން އަހަރެއްގެ މައްޗަށް 15 މިލިއަން ފަހަރު ކަސްޓަމަރުން ބޭނުން ކުރެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ގޮޅިތަކެއް އިމާރާތްކުރަން ޕޮލްކޯއާ ހަވާލުކުރުމުން ގެއްލުންތަކެއް

މާފުށީ ޖަލުގައި ގޮޅިތަކެއް އިމާރާތްކުރުމަށް ޕޮލްކޯއާ ހަވާލުކުރި މަޝްރޫއު، އެ ކުންފުނިން އެހެން ބަޔަކަށް ސަބް-ކޮންޓްރެކްޓް ކުރުމުގެ ސަބަބުން ދައުލަތަށް ބޮޑު މާލީ ގެއްލުމެއް ލިބިފައިވާކަން އޮޑިޓް ރިޕޯޓުން ހާމަވެއްޖެއެވެ. މީގެ އިތުރުން، ނުކުރާ މަސައްކަތްތަކަކަށް 2.9 މިލިއަން ރުފިޔާ ދައްކާފައިވާތީ، މި މައްސަލަ އޭސީސީއަށް ހުށަހެޅުމަށް އޮޑިޓް އޮފީހުން ވަނީ ލަފާދީފައެވެ.

ކުޅުދުއްފުށީގައި 'މަނަސްހަބް' ހުޅުވައިފި

ކުޅުދުއްފުށީ ސިޓީ ކައުންސިލާއި އޮސްޓްރޭލިއާ ހައިކޮމިޝަން ގުޅިގެން، ނަފްސާނީ ދުޅަހެޔޮކަމަށް ހޭލުންތެރިކަން އިތުރުކުރުމަށް "މަނަސްހަބް" ނަމުގައި ހާއްސަ މަރުކަޒެއް އެ ސިޓީގައި ހުޅުވައިފިއެވެ. މި މަރުކަޒުގެ މައިގަނޑު މަގުސަދަކީ ނަފްސާނީ ބަލިތަކަށް ހުރި ނުރަނގަޅު ތަސައްވަރުތައް ނައްތާލައި، އެހީތެރިކަން ބޭނުންވާ ފަރާތްތަކަށް ފަސޭހަކަމާއެކު ފަރުވާ ލިބޭނެ އިންތިޒާމު ހަމަޖައްސައިދިނުމެވެ.

ޔާމީނަށް އަބްދުއްރަހީމްގެ ހޫނު ރައްދެއް

ރަސްމާލެ މަޝްރޫއު ހުއްޓާލުމަށް ކުރީގެ ރައީސް ޔާމީން ގޮވައިލެއްވުމާ ގުޅިގެން، އެއީ ވެރިކަމުގެ ދަހިވެތިކަމުގައި ގައުމަށް ޣައްދާރުވުން ކަމަށް ވިދާޅުވެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް ވަނީ ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ. އަދި ޔާމީންގެ ވެރިކަމުގައި ފ. އަތޮޅު މަޝްރޫއަށް އެމްޑީޕީން ހުރަސްއެޅި ގޮތަށް، މިއަދު ޔާމީން ވެސް އަމަލުކުރައްވަނީ ހަމަ އެފަދައިންކަން އަބްދުއްރަހީމް ފާހަގަކުރެއްވިއެވެ.

ހައުސިން ޔުނިޓް ނިމޭއިރު ލިބޭ މީހުން ކަނޑަނޭޅޭތީ ކަންބޮޑުވުން

ލ. ގަމުގައި ތަރައްގީކުރާ 100 ހައުސިން ޔުނިޓްގެ މަސައްކަތް ނިމުމަކާ ގާތްވެފައިވާއިރު، އެ ތަންތަން ލިބޭނެ ފަރާތްތައް ކަނޑައެޅުމުގެ އެއްވެސް މަސައްކަތެއް ކުރިއަށް ނުދާތީ ކައުންސިލުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައި. ކައުންސިލުން އެދެނީ މިނިސްޓްރީން ނުވަތަ ކައުންސިލް މެދުވެރިކޮށް ނަމަވެސް، ވީހާވެސް އަވަހަށް އެ ތަންތަން ހަވާލުކުރުމުގެ މަރުހަލާ ފެށުމަށް.

ތިނަދޫ ކައުންސިލް ރައީސްގެ މަގާމަށް ކުރިމަތިލުމަށް ހުޅުވާލައިފި

ވ. ތިނަދޫ ކައުންސިލްގެ ރައީސް ޝުޖާއު އަލީ ޕާޓީ ބަދަލުކުރުމާ ގުޅިގެން އޭނާގެ ގޮނޑި ގެއްލިފައިވާތީ، އެ މަގާމަށް މީހަކު އިންތިޚާބު ކުރުމަށް ބާއްވާ ބައި-އިލެކްޝަނަށް ކުރިމަތިލުމުގެ ފުރުސަތު އިލެކްޝަންސް ކޮމިޝަނުން ހުޅުވާލައިފިއެވެ. އޮކްޓޯބަރު 26 އާ ހަމައަށް ކުރިމަތިލުމުގެ ފުރުސަތު އޮތް މި އިންތިޚާބު ބޭއްވުމަށް ހަމަޖެހިފައިވަނީ ނޮވެމްބަރު 28 ގައެވެ.

ރަސްމާލެ މަޝްރޫއު ހުއްޓާލަން ޔާމީން ގޮވައިލައްވައިފި

އެކްސްގައި ޔާމީން ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އީގަލް ހިލްސް ކުންފުނިން ދަނީ، ރައްޔިތުންގެ ތާއީދާއި އިތުބާރު ގެއްލިފައި އޮތް ރާއްޖޭގެ ސަރުކާރުގެ ނާޖާއިޒު ފައިދާ ނަގަމުން ކަމަށް. ސަރުކާރުން ރަސްމާލެ ދޫކޮށްލީ ލޭންޑް އިކުއިޒިޝަން ފީއެއް އަދި ބިމު ކުުއްޔެއް ނުނަގާ ގޮތަށް.

އެމްޓީސީސީއަށް "މެގަ" ޑްރެޖަރު ގަންނަ އަގު ހާމަނުކުރި

އެމްޓީސީސީގެ "މަހާޖައްރާފު" އަށް ނުފޯރާ ފުންމިނުން ވެލިނެގުމަށްޓަކައި 75 މީޓަރު އަޑިން މަސައްކަތްކުރެވޭ އާ ޑްރެޖަރެއް ގަތުމުގެ ޕްރޮކިއުމަންޓް މަސައްކަތް އެ ކުންފުނިން ދަނީ ކުރަމުން. ނަމަވެސް، އެއީ ބޮޑު އެސެޓަކަށްވެފައި ޕްރޮސެސް ކުރިއަށްދާތީ އެ ޑްރެޖަރު ގަންނަ އަގު ހާމަކޮށްފައެއް ނުވޭ.

Newsletter

Get the latest news delivered straight to your inbox