ސަރުކާރުން ހިންގާ މަޝްރޫއުތަކުގެ އަދާހަމަ ބެލޭ އައިލްސް ވެބްސައިޓު ޑައުންކޮށްލިތާ ސަތާރަ މަސް، އަދިވެސް ނުވަދެވޭ!

މި އަހަރުގެ ބަޖެޓާ ގުޅުން ހުރި މަސައްކަތްތަކެއް ކުރުމަށް ކަމަށް ބުނެ އައިލްސް ވެބްސައިޓު ސަރުކާރުން ޑައުންކޮށްލީ މާޗު 18، 2024 ގައި -- ފޮޓޯ: ސްނެޕްޝޮޓް

މި އަހަރުގެ ބަޖެޓާ ގުޅުން ހުރި މަސައްކަތްތަކެއް ކުރުމަށް ކަމަށް ބުނެ އައިލްސް ވެބްސައިޓު ސަރުކާރުން ޑައުންކޮށްލީ މާޗު 18، 2024 ގައި -- ފޮޓޯ: ސްނެޕްޝޮޓް

އަޕްޑޭޓު ކުރަން ކަމަށް ބުނެ ސަރުކާރުގެ މަޝްރޫއުތަކުގެ އަދާހަމަ ގެނެސްދޭ އައިލްސް ވެބްސައިޓު ޑައުންކޮށްލިތާ އެއް އަހަރާއި ފަސް މަސްދުވަސް ފާއިތުވެގެން ދިޔައިރު ވެސް އެ ވެބްސައިޓު އަދިވެސް ބޭނުން ކުރަން ނުފަށަ އެވެ.

މި އަހަރުގެ ބަޖެޓާ ގުޅުން ހުރި މަސައްކަތްތަކެއް ކުރުމަށް ކަމަށް ބުނެ އައިލްސް ވެބްސައިޓު ސަރުކާރުން ޑައުންކޮށްލީ މާޗު 18، 2024 ގަ އެވެ. ނަމަވެސް އެ ވެބްސައިޓަށް ވަނުމުން އަދިވެސް ފެންނަން އޮތީ "2025 ވަނަ އަހަރުގެ ބަޖެޓާ ގުޅުން ހުރި މަސައްކަތްތަކެއް ކުރުމަށް މި ވެބްސައިޓް އަޕްޑޭޓް ކުރުމުގެ މަސައްކަތް ކުރިއަށްދަނީ" ކަމަށެވެ.

އައިލްސް ވެބްސައިޓަކީ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ހިންގާ ވެބްސައިޓެކެވެ. އެ ވެބްސައިޓުން ކޮންމެ އަތޮޅެއް އަދި ރަށެއްގައި ހިންގާ ހުރިހާ ޕްރޮޖެކްޓުތަކެއް ބަލައިލެވެ އެވެ. އެ ޕްރޮޖެކްޓުތައް އޮތް ހިސާބު ވެސް އެ ވެބްސައިޓުން ފެނެ އެވެ.

އައިލްސް ވެބްސައިޓު ސަރުކާރުން ޑައުންކޮށްލީ ކުރީ ސަރުކާރުން ފެށި ތަރައްގީގެ މަޝްރޫއުތައް މި ސަރުކާރުން ހުއްޓާލާފައިވާ ކަމަށް ބުނެ އިދިކޮޅު އެމްޑީޕީން ފާޑުކިޔަމުން ދަނިކޮށެވެ.

ސަރުކާރުން ހިންގާ ތަރައްގީގެ މަޝްރޫއުތަކުގެ އަދާހަމަ ބެލޭނެ ގޮތަށް ވެބްސައިޓު ތައްޔާރު ކުރީ ކުރީގެ ރައީސް އަބްދުﷲ ޔާމީނުގެ ވެރިކަމުގަ އެވެ. އެއީ އެމަނިކުފާނުގެ ސަރުކާރުން ހިންގި "ރަށްވެހި ތަރައްގީ" ޕްރޮޖެކްޓުގެ ދަށުންނެވެ.

ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ވެރިކަމުގައި ވެސް އެ ވެބްސައިޓު ހިންގި އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ނުރައްކާތެރިކޮށް ދުއްވާ މީހުން ހާޒިރުކުރަނީ

މިގޮތުން ހާޒިރުކުރާ މީހުން ކުށް ތަކުރާރުކޮށްފިނަމަ ޖިނާއީ ދައުވާ އުފުލާނެ ކަމަށް ފުލުހުން ބުނާއިރު، އައު ގާނޫނުގެ ދަށުން ބޮޑެތި ޖޫރިމަނާތަކާއި ލައިސެންސް ހިފެހެއްޓުމުގެ ބާރު ފުލުހުންނަށް ވަނީ ލިބިދީފައެވެ.

ރަސްމާލެ ދޫކޮށްލާ އެގްރިމެންޓުގައި ޖުމްހޫރީ ދުވަހު ސޮއި ކުރަނީ

މިދިޔަ ބުރާސްފަތި ދުވަހު "ސަން" އަށް ދެއްވި އިންޓަވިއުއެއްގައި އީގަލް ހިލްސްގެ ވެރިޔާ މުހައްމަދު އަލައްބާރު ވިދާޅުވީ، ޖުމްހޫރީ ދުވަހުގެ ކުރިން ދާއިމީ އެގްރިމެންޓުގައި ސޮއި ކުރަން އޭނާ އުއްމީދު ކުރައްވާ ކަމަށެވެ.

ނޭޝަނަލް ރޯޑްސޭފްޓީ ކައުންސިލްގެ ފުރަތަމަ ބައްދަލުވުން ބާއްވައިފި

މި ކައުންސިލްގެ މައިގަނޑު މަސްއޫލިއްޔަތަކީ ދަތުރުފަތުރުގެ ސިޔާސަތުތަކާއި ސްޓްރެޓެޖީތައް އެކުލަވާލުމުގައި ރައީސުލްޖުމްހޫރިއްޔާއަށާއި ވަޒީރަށް ލަފާދިނުމެވެ. އައު ގާނޫނުގެ ދަށުން ވެހިކަލްގެ އުމުރު ކަނޑައެޅުމާއި، އިތުރު ވެހިކަލްތަކުން ފީ ނެގުމުގެ އިތުރުން މަގުމަތީގެ ސަލާމަތާ ގުޅޭ އައު އުސޫލުތަކެއް ވަނީ ތައާރަފުކޮށްފައެވެ.

ނުވަ ލައްކައެއްހާ ރުފިޔާގެ ބޭރު ފައިސާ ހިފަހައްޓައިފި

ކަސްޓަމްސް އިން ބުނީ ހުއްޓުވީ އިންޑިއާގެ ރައްޔިތެއް ކަމަށެވެ. އޭނާގެ އަތުގައި 905،669 ރުފިޔާއަށްވާ ވަރަށް އެކި ގައުމުތަކުގެ ފައިސާ ހުރި ކަމަށް ކަސްޓަމްސް އިން ބުނެ އެވެ. އެ މީހާ ހުއްޓުވީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުންނެވެ.

"ރަސްމާލެ ޑީލުގެ ގެއްލުމާ ކުރިމަތިލާންޖެހޭނީ ފަހުގެ ޖީލުތަކުން"

ރަސްމާލެ މަޝްރޫއުގެ ބިން ދޭން ނިންމާފައިވާ މުހައްމަދު އަލައްބާރަކީ މުސްލިމުންގެ ވިސްނުން ޔަހޫދީންނާ އެއްގޮތްކުރަން މަސައްކަތްކުރާ މީހެއް ކަމަށް ބުނެ، އަބްދުލް މަތީން ކަންބޮޑުވުން ފާޅުކުރައްވައިފިއެވެ. އޭނާ ވިދާޅުވީ މިފަދަ ވިޔަފާރިވެރިންނާއެކު ހިންގާ މުއާމަލާތްތަކުގެ ސަބަބުން އަންނަން އޮތް ޖީލުތަކަށް ބޮޑެތި ގެެއްލުންތަކެއް ކުރިމަތިވާނެ ކަމަށެވެ.

ޕީއެންސީއަށް ސޮއިނުކުރެއްވުމުން އެމްބެސަޑަރު ސަރީރު ވަކިކުރަނީ

ސަރީރަކީ ދިވެހިރާއްޖޭގައި މިވަގުތު ހުންނެވި އެންމެ ތަޖުރިބާކާރު އެއް ޑިޕްލޮމެޓެވެ. ހާރިޖީ ދާއިރާގައި ސަރީރު މަސައްކަތް ކުރައްވަން ފެއްޓެވީ މީގެ 40 އަހަރު ކުރިން 1986 ވަނަ އަހަރެވެ. އޭނާ ވަނީ އެމެރިކާ އަދި ބަންގްލަދޭޝްގެ ސަފީރުގެ މަގާމު މީގެ ކުރިން އަދާކުރައްވާފަ އެވެ.

ޔާމީންގެ ދިފާއީ ހެކިތައް ބަލައިގަންނަން ނިންމައިފި

ޔާމީންގެ ފަރާތުން ހުށަހެޅި ހެކިތަކަކީ ޑޮލަރު މާރުކުރުމުގެ މުއާމަލާތެއް ހިނގިކަން ސާބިތުކުރުމަށް ހުށަހެޅި ހެކިތަކެއް ކަމަށްވާއިރު، ދައުލަތުން އެ ހެކިތަކާ މެދު ކުރި އިއުތިރާޒުތައް ކޯޓުން ބަލައެއް ނުގަތެވެ. މި މައްސަލަ އަލުން ބަލަން ފަށާފައިވަނީ ހައިކޯޓުން ކުރިން ކުރި ހުކުމް ބާތިލުކޮށް، އަލުން މައްސަލަ ބެލުމަށް އަމުރުކުރުމާ ގުޅިގެންނެވެ.

Newsletter

Get the latest news delivered straight to your inbox