ހުލާސާކޮށް އިއްޔެ: މަސް މާރުކޭޓުގެ ހިޔާނާތަށް އޭސީސީ ލޯ މަރާލައިގެން

Aug 18, 2025, 1:35 AM
ހުލާސާކޮށް އިއްޔެ: މަސް މާރުކޭޓުގެ ހިޔާނާތަށް އޭސީސީ ލޯ މަރާލައިގެން

ރައީސުލްޖުމްހޫރިއްޔާ މުހައްމަދު މުއިއްޒު, މާލޭގެ މޭޔަރަކަށް ހުންނެވި ދުވަސްވަރު އަމިއްލަ ފަރުދަކަށް މަންފާ ހޯދައި ދިނުމަށްޓަކައި މާލޭ ރޯމަސް މާރުކޭޓު ކުއްޔަށް ދިނުމުގައި ހިޔާނާތް ހިންގާފައިވާ ކަމަށް ތުހުމަތު ކުރެވޭ މައްސަލަ އޭސީސީގައި އޮންނަތާ ދޮޅު އަހަރަށް ވުރެ ގިނަ ދުވަސް ވެފައިވާ ކަމަށް އިއްޔެ ރިޕޯޓުކުރި އެވެ.

ރޯމަސް މާރުކޭޓު ހަވާލުކޮށްފައި ވަނީ އެފްޖޭ ޑިޒައިންސް ކިޔާ, ލ. ފޮނަދޫ މީހެއްގެ ނަމުގައި ރަޖިސްޓްރީކޮށްފައިވާ ވިޔަފާރިއަކާ އެވެ.

"އަދަދު" ނޫހަށް އެނގިފައިވާ ގޮތުގައި މޭޔަރަކަށް މުއިއްޒު ވަޑައިގަތުމަށް ފަހު، އެފްޖޭ ޑިޒައިންސްއާ މަސް މާރުކޭޓު ހަވާލުކުރީ އޮކްޓޯބަރު 2021 އެވެ. އެއަށް ފަހު، އަލުން އިއުލާނު ކުރުމެއް ނެތި އެއްބަސްވުމުގެ މުއްދަތު ދިޔައީ އިތުރު ކުރަމުންނެވެ.

މަސް މާރުކޭޓު ކުއްޔަށް ދޭން މާލޭ ސިޓީ ކައުންސިލްގެ ބިޑު ކޮމިޓީން ނިންމީ މަހަކު 130،000ރ. ގެ ކުއްޔަކަށްވެ. ނަމަވެސް، އެފްޖޭ ޑިޒައިންސްއާއެކު އެއްބަސްވުން ހެދީ މަހަކަށް 70،000ރ. އަށް ކަމަށް، މިދިޔަ ބުދަ ދުވަހު ބޭއްވި މާލޭ ސިޓީ ކައުންސިލްގެ ބައްދަލުވުމުގައި މޭޔަރު އާދަމް އާޒިމް ވިދާޅުވި އެވެ.

އެހެންވެ މިއީ މަހަކަށް 60،000ރ. ގެ ގެއްލުމެކެވެ.

"މިގޮތަށް އެއްބަސްވުން ކުރިއަށް ނުގެންދެވޭނެ،" އާޒިމް ވިދާޅުވި އެވެ.

މި މައްސަލަ އޭސީސީ އަށް ހުށަހަޅާފައި އޮންނަތާ ދޮޅު އަހަރަށް ވުރެ ގިނަ ދުވަސް ވެއްޖެ ކަމަށް އެ މައުލޫމާތު އެނގޭ މީހަކު ބުންޏެވެ.

ނަމަވެސް މި އެއްބަސްވުމުގެ ސަބަބުން ކޮންމެ މަހަކު ދައުލަތަށް ބޮޑު ގެއްލުމެއް ވެގެންދާއިރު، އޭސީސީގައި މައްސަލަ އޮވެ، ހިޔާނާތުގެ މުއާމަލާތް ހުއްޓުވަން މަސައްކަތެއް ކުރިކަން ނުވަތަ މައްސަލަ ބަލައި ފިޔަވަޅެއް އެޅިކަން ހާމައެއް ނުކުރެ އެވެ.

މިކަމާ ގުޅޭ ގޮތުން ސުވާލުކުރުމުން ޖަވާބެއް ވެސް ނުދެ އެވެ.

ދައުލަތަށް ގެއްލުންވާ ގޮތަށް އަދި އެހެން ބަޔަކަށް މަންފާއެއް ހޯދައި ދިނުމަށް މަސައްކަތް ކުރުމަކީ މާލިއްޔަތު ގާނޫނާއި ގަވާއިދާ ހިލާފު ކަމެކެވެ.

މަސް މާރުކޭޓު ކުއްޔަށް ދިނުމުގައި ހިޔާނާތް އެކުލެވޭތީ، އަދި އެކަމުން ކައުންސިލާއި ދައުލަތަށް ގެއްލުންވާތީ، އެއްބަސްވުމުގެ މުއްދަތު އިތުރުނުކޮށް އެކަން ބަލަން ސިޓީ ކައުންސިލުން ވަނީ ނިންމައިފަ އެވެ.

މި މައްސަލަތައް ފާހަގަ ކުރެވުމުން އެއްބަސްވުން ކުރިއަށް ގެންދިޔުމަކީ ގާނޫނާ ހިލާފު ކަމެއް ކަމަށް އާޒިމް ފާހަގަ ކުރެއްވި އެވެ. އެހެންވެ،

އެހެންވެ، މާލޭ ސިޓީ ކައުންސިލުގެ ބިންތަކާ ބެހޭ ކޮމިޓީގައި މަޝްވަރާ ކުރުމަށް ފަހު، އަންނަ ބުދަ ދުވަހު ބާއްވާ ކައުންސިލް ބައްދަލުވުމަށް މަސް މާރުކޭޓުގެ މައްސަލަ ހުށަހަޅާނެ ކަމަށް އާޒިމް ވިދާޅުވި އެވެ.

މަސް މާރުކޭޓުގެ ހިޔާނާތުގެ މައްސަލައިގައި މިހާތަނަށް އޭސީސީން ބަހެއް ބުނެފައި ނެތްއިރު، މި ސަރުކާރުގެ ވެރިން ހިންގާފައިވާ އަދި ހާއްސަކޮށް މުއިއްޒު ހިންގާފައިވާ އަދި ހިންގަމުންދާކަމަށް ތުހުމަތު ކުރެވިފައިވާ މައްސަލަތައް ބަލައި ކަންކަން ހާމައެއް ނުކުރެ އެވެ.

ރައީސް މުއިއްޒުގެ ފަރާތުން ރައްޔިތުންގެ މަޖިލީހުގެ ޕީއެންސީ މެންބަރަކުންނަށް ބައި ލައްކަ ރުފިޔާ ދޭ ކަމަށް ތުހުމަތު ކުރެވޭ މައްސަލައިގައި ވެސް އޭސީސީން ބަހެއް ބުނެފައި ނެތެވެ.

މުއިއްޒު ވެރިކަމަށް ވަޑައިގަތުމުގެ ކުރިން އެ މަނިކުފާނުގެ މައްޗަށް ތުހުމަތު ކުރެވި އޭސީސީން ބަލަމުން ދިޔަ އެތައް މައްސަލަތަކެއް ދިގުލައިގެން ދަނީ ކީއްވެގެންތޯ ސުވާލު ކުރުމުން ވެސް ޖަވާބެއް ނުދެ އެވެ.

ނަމާދު ވަގުތު

  • ފަތިސް 04:48
  • އިރުއަރާ 06:01
  • މެންދުރު 12:14
  • އަޞްރު 15:27
  • މަޣްރިބް 18:19
  • ޢިޝާ 19:32

މުހިއްމު ބައެއް ހަބަރު

ކޮމެންޓް

ފަހުގެ ޚަބަރު

ނާޒިމްގެ ތުހުމަތާ ގުޅިގެން ޖަވާބުދާރީވާން އިންޑިއާއިން އަންގައިފި

މިކަމާ ގުޅިގެން އިންޑިއާގެ އެކްސްޓާނަލް އެފެއާޒް މިނިސްޓްރީން ވަނީ ރާއްޖޭގެ ހައިކޮމިޝަނަށް ސިޓީއެއް ފޮނުވައިފައެވެ. ނާޒިމްގެ މި ވާހަކަތައް ހާމަވީ ދީނީ އިލްމުވެރިންނާއެކު ބޭއްވި ބައްދަލުވުމެއްގެ އޯޑިއޯ ލީކުވުމާ ގުޅިގެންނެވެ.

ސުޕްރީމް ކޯޓަށް ސަމީރު އައްޔަނުކުރަން މަޖިލީހުގެ ރުހުން

ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަމުގެ މަގާމަށް ހައިކޯޓުގެ ކުރީގެ ފަނޑިޔާރު އަލީ ސަމީރު އައްޔަނުކުރުމަށް ރައްޔިތުންގެ މަޖިލީހުން މިއަދު އިއްތިފާގުން ފާސްކޮށްފިއެވެ. ސަމީރު މި މަގާމަށް އައްޔަނުކުރަން ނިންމީ ފަނޑިޔާރު އަލީ ރަޝީދު ހުސައިން ރިޓަޔާ ކުރައްވާތީ ހުސްވާ މަގާމަށެވެ.

ގދ. ވާދޫގައި ހުންނަ އޭޓީއެމްއަށް ގެއްލުންދިން މައްސަލައެއް

ގދ. ވާދޫގައި ހުންނަ އޭޓީއެމްއަށް ގެއްލުންދީ، އެ ބޭނުންނުކުރެވޭ ވަރަށް ހަލާކުކޮށްލާފައިވާ މައްސަލައެއް ފުލުހުން ތަހުގީގު ކުރަން ފަށައިފިއެވެ. ލަފާކުރެވޭ ގޮތުގައި މިއީ އޭޓީއެމް ފަޅާލައިގެން ފައިސާ ނަގަން ކުރި މަސައްކަތެއް ނަމަވެސް، އެއްވެސް ފައިސާއެއް ގެއްލިފައި ނުވާކަމަށް ކައުންސިލުން މައުލޫމާތުދެއެވެ.

"މުއިއްޒު ސަރުކާރުން ދަނީ ރައްޔިތުންނަށް ވަޒީފާގެ ބިރު ދައްކަމުން

ރައީސް މުއިއްޒުގެ ސަރުކާރުން ދައުލަތުގެ ކުންފުނިތަކުގެ މުވައްޒަފުންނަށް ސީދާކޮށްނާއި ނުސީދާކޮށް ވަޒީފާގެ ބިރުދައްކަމުންދާ ކަމަށް މެންބަރު ހުސައިން ޒިޔާދު ތުހުމަތުކުރައްވައިފިއެވެ. އޭނާ ވިދާޅުވީ ވެމްކޯ އާއި ފެނަކަ ފަދަ ކުންފުނިތަކުގެ މުވައްޒަފުންގެ އިތުރުން، މަޖިލިސް މެންބަރުންވެސް މިއަދު ތިއްބެވީ ސަރުކާރުގެ ބިރުވެރިކަމެއްގެ ތެރޭގައެވެ.

ސީއެސްސީގެ އަށްވަނަ ބައްދަލުވުން ރާއްޖޭގައި ބާއްވައިފި

ރާއްޖެއާއި އިންޑިއާ ހިމެނޭހެން މެންބަރު ގައުމުތަކުގެ އިސްވެރިން ބައިވެރިވި މި ބައްދަލުވުމުގައި، ކަނޑުގެ ސަލާމަތާއި ޓެރަރިޒަމާ ދެކޮޅަށް ކުރާ މަސައްކަތްތައް އިތުރަށް ވަރުގަދަކުރުމަށް ވަނީ މަޝްވަރާކޮށްފައެވެ.

މަޖިލީހުގެ ތިންވަނަ ދައުަރު ދަންމާލަން ފާސްކޮށްފި

ރަސްމާލެ މަޝްރޫއާ ގުޅޭ ބިލުތަކާއި އެހެނިހެން މުހިންމު ބިލުތަކުގެ މަސައްކަތް ނިންމުމަށްޓަކައި، ރައްޔިތުންގެ މަޖިލީހުގެ މިއަހަރުގެ ތިންވަނަ ދައުރު ޑިސެމްބަރު 15 ގެ ނިޔަލަށް ދަންމާލަން މިއަދު ފާސްކޮށްފި އެވެ.

10 އަހަރު ތެރޭ ދުވަސްނުފުރާ އުފަންވި 41 ކުދިން ސަލާމަތްކޮށްފި

ވޭތުވެދިޔަ 10 އަހަރު ތެރޭގައި މާބަނޑުވިތާ 23 ހަފުތާއާއި 26 ހަފުތާއާ ދެމެދު ދުވަސްނުފުރާ އުފަންވި 41 ކުދިންގެ ފުރާނަ އައިޖީއެމްއެޗްގެ އެންއައިސީޔޫއިން ވަނީ ސަލާމަތްކޮށްފައެވެ. މީގެ ތެރޭގައި އެންމެ 500 ގްރާމްގެ ބަރުދަނުގައި އުފަންވި ކުދިން ހިމެނޭއިރު، މިއީ އެ ހޮސްޕިޓަލުގެ ފަރުވާގެ ފެންވަރު ރަނގަޅުވަމުންދާކަން ހާމަކޮށްދޭ ތަފާސްހިސާބުތަކެކެވެ. އައިޖީއެމްއެޗުން ބުނިގޮތުގައި މިފަދަ ކުދިން ސަލާމަތްކުރުމުގައި އިންފެކްޝަނުން ރައްކާތެރިކުރުމާއި، ރަނގަޅު ކާނާ އަދި ގަވާއިދުން ފޮލޯއަޕް ހެދުން ނުހަނު މުހިންމެވެ.

Newsletter

Get the latest news delivered straight to your inbox