ހުލާސާކޮށް އިއްޔެ: "ރީތި ގޮތަކީ މުއިއްޒު އިސްތިއުފާ ދިނުން"

Aug 14, 2025, 1:29 AM
ރައީސް މުހައްމަދު މުއިއްޒު

ރައީސް މުހައްމަދު މުއިއްޒު

ކުރިއަށް އޮތް ދައުރުގެ ވާހަކަ އެއްކިބައިގައި ބާއްވާފައި ކުރިއަށް އޮތް މަސްދުވަހު ވެސް ރައީސުލްޖުމްހޫރިއްޔާގެ މަގާމުގައި މުހައްމަދު މުއިއްޒު ބަހައްޓަން ރައްޔިތުންގެ ތެރެއިން ގިނަ މީހުން ބޭނުން ނުވާނެ ކަމަށާއި އެންމެ ރީތި ގޮތަކީ ވެރިކަން ނުކުރެވުނު ކަމަށް އަމިއްލައަށް ގަބޫލުކޮށް މަގާމުން އިސްތިއުފާ ދިނުން ކަމަށް މި ވެރިކަން ޕީއެންސީއަށް ހޯދައިދެއްވި ޔާމީން އަބްދުލްގައްޔޫމް ވިދާޅުވި އެވެ.

އަދަދު ނޫހުން ގެނެސްދިން އެތެރެފުށް ޕްރޮގުރާމުގައި، ކުރިއަށް އޮތް ދައުރު މުއިއްޒުއަށް ކާމިިޔާބު ކުރެވިދާނެތޯ ސުވާލު ކުރުމުން ޔާމީން ވިދާޅުވީ ރައްޔިތުން އުޅެމުން ދަނީ އިންތިހާއަށް ދަތި ހާލުގައި ކަމަށެވެ. އަދި ދައުލަތުގެ ދަރަނި ވެސް އެހާ ބޮޑު ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.

ގައުމުގެ ހާލަތު މިހެން އޮއްވައި ކުރިއަށް އޮތް މަސް ދުވަހު ވެސް ވެރިކަމުގައި މުއިއްޒު ހުންނަވައިގެން ވާނެ ފައިދާއެއް ކިޔައިދޭނެ މީހަކު ރައްޔިތުންގެ ތެރޭގައި ނުހުންނާނެ ކަމަށް ޔާމީން ވިދާޅުވި އެވެ.

"އެހެންވީމާ ކީއްކުރަންތޯ މި އަންނަ ދައުރު؟ މި އަންނަ މަހު ވެސް މުއިއްޒު ހުންނަވައިފި ކަމަށްވަންޏާ ދިވެހި ރައްޔިތުންނަށް އިތުރަށް އަނިިޔާތައް، އަނިޔާ މި ދެންނެވީ ތަކެތީގެ އަގު ބޮޑުވުމާއި ދިރިއުޅުމުގެ ހަރަދު ދެކޮޅު ނުޖެއްސުމާއި މިކަހަލަ ބޮޑެތި ގެއްލުން ވެގެން މިދަނީ،" ޔާމީން ވިދާޅުވި އެވެ.

"އާސަންދަ ހުސްވުން، މިކަހަލަ އެތައް ކަމެއް މި ދަނީ، އެހެންވީމާ އެކަންކަމަށް ވިސްނާއިރު އަދި އިތުރު އެއް މަސްދުވަސް ހުންނަވަން ވެސް ގިނަ ބަޔަކު ބޭނުމެއް ނުވާނެ ކަމަށް އަޅުގަނޑަށް ގަބޫލު ކުރެވެނީ."

ގައުމުގެ ހާލަތާއި ރައްޔިތުންގެ ރޫހު ހުރިގޮތަށް ބަލާއިރު، އެންމެ ރީތި ގޮތަކީ ވެރިކަން ނުކުރެއްވުނު ކަމަށް ގަބޫލު ކުރައްވައި އަމިއްލައަށް މުއިއްޒު އިސްތިއުފާ ދެއްވުން ކަމަށް ޔާމީން ވިދާޅުވި އެވެ. އަދި ރައްޔިތުންނަށް ހެޔޮ ގޮތް އެދިވަޑައިގަންނަވާ ނަމަވެސް ކުރައްވަންވީ ކަމަކީ މުއިއްޒު އަމިއްލައަށް އިސްތިއުފާ ދެއްވުން ކަމަށް ޔާމީން ވިދާޅުވި އެވެ.

"މާ ޝަރަފުވެރި އެއަށްވުރެ މާ އޮނަރަބަލް ގޮތެއް އެބައޮތް، ރަނގަޅު ގޮތަކީ ތިމަންނައަށް ރައްޔިތުން އެދޭ ގޮތަށް އަދި ތިމަންނަ ބުނި ގޮތަށް މިކަމެއް ނުކުރެވުނު ކަމަށް މުއިއްޒު އަމިއްލަފުޅަށް ގަބޫލުފުޅު ކުރައްވާފައި މުއިއްޒު ދުރަށް ވަޑައިގަތުން އެންމެ ރަނގަޅު ގޮތަކީ،" ޔާމީން ވިދާޅުވި އެވެ.

އެމަނިކުފާނު ވިދާޅުވީ ކޮންމެ ބޭފުޅަކު ވެސް ވެރިކަމަށް ވަޑައިގަންނަވަނީ ރައްޔިތުންނަށް ހިދުމަތް ކުރަން ކަމަށެވެ. އެގޮތުން ކޮންމެ ބޭފުޅަކު ވެސް ވެރިކަމަށް ވަޑައިގަންނަވަނީ އެތައް ކަމެއް ކޮށްދިނުމަށް ވައުދުވެވަޑައިގެންކަމަށް ޔާމީން ވިދާޅުވި އެވެ.

ނަމަވެސް މުއިއްޒު ވެރިކަމަށް ވަޑައިގަތުމަށް ވެވަޑައިގެންނެވި ވައުދުތައް އެގޮތަށް ފުދިގެން ނުދާ ކަމަށް ރައްޔިތުންގެ ތެރެއިން ގިނަ ބަޔަކު ގަބޫލު ކުރައްވާ ކަމަށްވަންޏާ ވެރިކަމުގައި ހުންނެވުމުގެ ބޭނުމަކީ ކޮބައިތޯ ޔާމީން ސުވާލު އުފެއްދެވި އެވެ.

"ދެން އެ ކަންކަން އެއްވެސް ވަރަކަށް ފުދިގެން ނުދާކަމަށް ރައްޔިތުންގެ އެތައް ބަޔަކު ގަބޫލު ކުރައްވާ ކަމަށް ވަންޏާ އަނެއްކާ އެކަން މުއިއްޒުއަށް އެނގިވަޑައިގަންނަވަންޏާ ދެން ކީއްކުރަންތޯ ކޮންމެހެން ގަދަކަމުން ފަސް އަހަރުގެ ދައުރެއް އޮތިއްޔޭ ކިޔާފައި ގަދަކަމުން އެ ދައުރު ފުރިހަމަ ކުރަން އުޅުއްވާ އެއްޗެއް ނޫން،" ޔާމީން ވިދާޅުވި އެވެ.

އަދަދު ސްކްރީން

ނަމާދު ވަގުތު

  • ފަތިސް 04:48
  • އިރުއަރާ 06:01
  • މެންދުރު 12:15
  • އަޞްރު 15:29
  • މަޣްރިބް 18:20
  • ޢިޝާ 19:34

މުހިއްމު ބައެއް ހަބަރު

ކޮމެންޓް

ފަހުގެ ޚަބަރު

ސައިކަލުގައި އިން އެކަކު މުއްދަތު ހަމަނުވަނީސް ބަންދުން ދޫކޮށްލި

ހުޅުމާލޭގައި ތިން މީހުން އަރުވައިގެން ވަންވޭއާ ދެކޮޅަށް ދުއްވި ސައިކަލެއް އެކްސިޑެންޓްވިއިރު، އޭގައި އިން އެކަކީ ކުށުގެ ރެކޯޑު އޮތް، ބަންދުގެ މުއްދަތު ހަމަނުވަނީސް ދޫކޮށްލާފައިވާ މީހެއް. މި ހާދިސާގައި ފަސް މީހަކަށް އަނިޔާވެ ދެ މީހަކަށް ވެންޓިލޭޓަރުގައި ފަރުވާދެމުންދާއިރު، އެ ސައިކަލަކީ ވަގަށް ނަގާފައިވާ ސައިކަލެއް ކަމަށް ބެލެވޭ.

އެމްޓީސީސީގައި 6،700 މުވައްޒަފުން، ކޮންޓްރެކްޓް މުވައްޒަފުން ގިނަ

އާރްޑީސީ އާއި އެމްޓީސީސީ އެއްކޮށްލުމުގެ ކުރިން އެމްޓީސީސީގައި 6،700 މުވައްޒަފުން ތިބިއިރު، އޭގެ ތެރެއިން ގިނައީ ކޮންޓްރެކްޓް މުވައްޒަފުން. ދެ ކުންފުނި އެއްކޮށްލުމުން އާރްޑީސީގެ 4،000 އެއްހާ މުވައްޒަފުން އެމްޓީސީސީއާ ގުޅޭނެ ކަމަށާއި، މިއާއެކު ރާއްޖޭގެ ހުރިހާ ރަށެއްގައި އެ ކުންފުނީގެ މުވައްޒަފުން ތިބޭނެ ކަމަށް އެމްޓީސީސީން ބުނޭ.

ހުޅުމާލޭ ސިންތެޓިކް ޓްރެކް މަރާމާތު ކުރުމުގެ މަސައްކަތް ފަށައިފި

ހުޅުމާލޭ ސިންތެޓިކް ޓްރެކް ބައިނަލްއަގުވާމީ މިންގަނޑުތަކަށް ފެއްތުމަށްޓަކައި މަރާމާތުކުރުމުގެ އަމަލީ މަސައްކަތް ޔޫތު މިނިސްޓްރީން މިހާރު ވަނީ ފަށާފައި. މި މަޝްރޫއުގެ ދަށުން ޓްރެކް ޕީޔޫއަށް ބަދަލުކޮށް، އެތުލީޓުން ހަދާ ރެކޯޑުތައް ބަލައިގަނެވޭ ފެންވަރަށް ތަރައްގީކޮށް އަންނަ އަހަރުގެ ޖެނުއަރީއަށް ނިންމުމަށް ވަނީ އަމާޒު ހިފާފައި.

ހުޅުމާލެ އެކްސިޑެންޓުގައި އަނިޔާވި ދެ މީހުން ދޫކޮށްލައިފި

ހުޅުމާލޭގައި ފުލުހުންނަށް ފިލަން އުޅުނު ސައިކަލެއް އެހެން ސައިކަލެއްގައި ޖެހި ހިނގި އެކްސިޑެންޓުގައި އަނިޔާވި ފަސް މީހުންގެ ތެރެއިން ދެ މީހަކަށް އަދިވެސް ފަރުވާދެނީ ވެންޓިލޭޓަރުގައި. މި ހާދިސާގައި އަނިޔާވި ދެ މީހަކު ފަރުވާއަށްފަހު ދޫކޮށްލާފައިވާއިރު، އެކްސިޑެންޓުވި އެއް ސައިކަލަކީ ވަގަށް ނަގާފައިވާ ސައިކަލެއް ކަމަށް ބެލެވޭ ކަމަށް ފުލުހުން ބުނޭ.

އީގަލް ހިލްސްއިން ހައުސިން ޔުނިޓުތައް އަޅަނީ އާބަން އައިލްގައި

ޔޫއޭއީގެ އީގަލް ހިލްސް ކުންފުނިން ހުޅުމާލޭ އާބަން އައިލްގައި ތަރައްގީކުރާ 5000 ހައުސިން ޔުނިޓުގެ އަގު ދައްކަނީ ސަރުކާރަށް މުސްތަގުބަލުގައި ލިބޭނެ ކަަމަށް ބުނާ ކޮމިޝަނުން.

ނޮވެމްބަރުގެ ތިން ދުވަސް: ނަވީ ޕިއްލޭ އަދި ދިވެހިރާއްޖެ

އދ. ގައި ފަހުން ބޭއްވި ރިވިއުއެއްގައި، ރާއްޖޭގެ އޮފިޝަލުން ވަނީ ހައްދު ޖެހުމަކީ އިސްލާމީ ޝަރީއަތުގެ ތެރެއިން ކުރާ ކަމެއް ކަމަށް ބުނެ އެކަން ދިފާއުކޮށްފަ އެވެ. ނަމަވެސް ޕިއްލޭ އާއި އެމްނެސްޓީ އިންޓަނޭޝަނަލް ފަދަ ޖަމާއަތްތަކުން ދިޔައީ އެކަން ހުއްޓާލުމަށް ގޮވާލަމުންނެވެ.

"މެދުއިރުމަތީ ހަނގުރާމަ ރާއްޖެއާ ގާތަށް އައުމުގެ ބިރު އެބައޮތް"

ރާއްޖޭގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި އިންޑިއާ ފަދަ ބޭރުގެ ބާރުތަކުގެ އަސްކަރީ އެހީތެރިކަން ހޯދުމަކީ މުހިންމު ކަމެއް ކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

Newsletter

Get the latest news delivered straight to your inbox