ކުޅޭނެ ޓީމެއް ނެތަސް ބަލޮޓެއްލީ އަދި ރިޓަޔާނުކުރާނެ

Aug 12, 2025, 6:43 AM
ކުޅޭނެ ޓީމެއް ނެތަސް ބަލޮޓެއްލީ އަދި ރިޓަޔާނުކުރާނެ

ރޯމް، އިޓަލީ (އޮގަސްޓް 12) - މި ވަގުތު ކުޅޭނެ ޓީމެއް ނެތް ކަމުގައި ވިޔަސް ފުޓްބޯޅަ އިން ރިޓަޔާކުރުމުގެ ވިސްނުމެއް ނެތް ކަމަށް އިޓަލީގެ މާރިއޯ ބަލޮޓެއްލީ ބުނެފި އެވެ.

މިދިޔަ ސީޒަނުގައި ޖެނޯއާ އަށް ކުޅުމަށް ފަހު، ބަލޮޓެއްލީ ހުރީ ޓީމަކާ ނުގުޅި އެވެ.

މިއަދު، 35 އަހަރު ފުރޭ އުފަން ދުވަސް ފާހަގަކުރާ ބަލޮޓެއްލީ، އިޓަލީގެ މީޑިއާއެއް ކަމަށްވާ، ލަ ގަޒެޓާ ޑެލޯ ސްޕޯޓްސް އަށް ދިން އިންޓަވިއުއެއްގައި ބުނެފައިވަނީ، ކުޅޭނެ އާ ކްލަބެއް ހޯދުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.

"އަމިއްލަ ސިއްހަތާއި ގާތްމީހުންގެ ކަންކަމަށް މި ވަގުތު ފަރުވާ ބަހައްޓައިގެން މި އުޅެނީ، ދެން، އަހަރެން ކުޅޭނެ ކްލަބެއް ކަނޑައެޅުމުގެ މަސައްކަތް ވެސް ދަނީ ކުރަމުން، އަދި، އިތުރު ދޭން ނޫނީ ތިން އަހަރު ކުޅޭނަން. އޭގެ ފަހުން، އަހަރެންގެ ކޮއްކޮގެ ކަންކަން ބަލަހައްޓަން ހުންނާނީ،" ޔޫރަޕްގެ މަޝްހޫރު ގިނަ ޓީމުތަަކަށް ކުޅެފައިވާ ބަލޮޓެއްލީ ބުންޏެވެ.

ބަލޮޓެއްލީ އަކީ، އިޓަލީގެ ފުޓްބޯޅައިގެ ވަރުގަދަ ދެ ބާރު ކަމަށްވާ އޭސީ މިލާނާއި އިންޓަ މިލާނަށް ކުޅުނު އެ ގައުމަށް އުފަން މަދު ކުޅުންތެރިންގެ ތެރެއިން އެކަކެވެ. ބަލޮޓެއްލީ ބުނީ، އޭނާ އަކީ އިންޓަގެ ސަޕޯޓަރެއް ކަމަށާއި އައިޑަލް އަކީ ބްރެޒިލްގެ ރޮނާލްޑޯ ނަޒާރިއޯ ކަމަށެވެ.

އޭސީ މިލާންގެ ކޯޗުކަމަށް އަލުން މެސިމޯ އަލެގްރީ އައުމާ އެކު، އެ ޓީމަށް ކުރު ކޮންޓްރެކްޓެއްގައި ބަލޮޓެއްލީ ގޮސްފާނެ ކަމުގެ އަޑުތަކެއް މީޑިއާގައި ވަނީ ފެތުރިފަ އެވެ. އެ އަށް ސީދާ ޖަވާބެއް ނުދީ ބަލޮޓެއްލީ ބުނެފައިވަނީ، އަލެގްރީއާ އެކު މިލާން ހަމަ މަގަށް އެޅޭނެ ކަމަށެވެ.

އިންޓަ އިން 2007 ވަނަ އަހަރު ފާހަގަވާން ފެށި ބަލޮޓެއްލީ ވަނީ، މެންޗެސްޓާ ސިޓީ، ލިވަޕޫލް، މިލާން، ނީސް، މާސޭ، ބްރެސިއާ، މޮންޒާ، އަޑަނަ ޑެމިރްސްޕޯ، ސިއޯން އަދި ޖެނޯއާ އަށް ކުޅެފަ އެވެ.

އިޓަލީގެ ގައުމީ ޓީމަށް 2010 ވަނަ އަހަރު ކުޅެން ފެށި ބަލޮޓެއްލީ އެންމެ ފަހުން ގައުމީ ޓީމުގައި، ހިމެނުނީ، މީގެ ތިން އަހަރު ކުރިން، 2022 ވަނަ އަހަރު އެވެ. އެއީ، އޭރުގެ އިޓަލީ ކޯޗު ރޮބާޓޯ މަންޗިނީ ކުރިއަށްގެންދިޔަ ޓްރެއިިނިން ކޭމްޕަކުން ދިން ފުރުސަތެކެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޖަރުމަނުގެ ޒްވެރެވް އަށް ދުނިޔޭގެ ރޭންކިން އެއް ވަނަ ޔަގީންވެއްޖެ

ޝަންހާއީ މާސްޓާސްއިން ކާލޯސް އަލްކަރާޒް ބަލިވުމާ ގުޅިގެން، މި އަހަރުގެ ޓެނިސް ސީޒަން ނިމޭއިރު ދުނިޔޭގެ ރޭންކިން އެއްވަނަ ޖަރުމަނުގެ ޒްވެރެވަށް ވަނީ ކަށަވަރުވެފައި. މިއީ ޖަރުމަނުގެ ކުޅުންތެރިއަކު މި ޝަރަފު ހޯދާ ފުރަތަމަ ފަހަރު ކަމަށްވާއިރު، އޭނާ މި މަގާމަށް އަންނަ މަހު އަންނާނީ މުޅިން އަލަށް އެއް ވަނަ ހޯދާ އެންމެ ދޮށީ ކުޅުންތެރިޔާގެ ގޮތުގައި

ފުޓްސަލްގައި ރާއްޖޭން ޗައިނާ، ހޮންގް ކޮންގް އަދި ކޮރެއާއާ ކުޅެނީ

އަންނަ މަހު ޗައިނާގައި ބާއްވާ އިންޓަނޭޝަނަލް ފުޓްސަލް މުބާރާތެއްގައި ރާއްޖޭގެ ގައުމީ ޓީމުން ވާދަކުރާ ގޮތަށް ހަމަޖެހި، އެ މުބާރާތަށް ތައްޔާރުވުމުގެ ފަރިތަކުރުންތައް ފަށައިފި. މި މުބާރާތުގައި ރާއްޖޭގެ އިތުރުން ޗައިނާ، ހޮންގް ކޮންގް އަދި ދެކުނު ކޮރެއާ ވާދަކުރާއިރު، ރާއްޖޭގެ ފުރަތަމަ މެޗު އޮންނާނީ އަންނަ މަހުގެ ފަސް ވަނަ ދުވަހު

އޯޕަން ވޯޓާ ގައުމީ ޗެމްޕިއަންކަން ޝައިމް އާއި އަލްޔާ އަށް

ކުޑަގިރީގައި ބޭއްވި 17 ވަނަ ގައުމީ އޯޕަން ވޯޓާ މުބާރާތުގެ 5 ކިލޯމީޓަރުގެ ފިރިހެން ޗެމްޕިއަންކަން ޝައިމް ހުސެއިން އިބްރާހިމް އަދި އަންހެން ޗެމްޕިއަންކަން އަލްޔާ އަޝްރަފް ހޯދައިފި. މި މުބާރާތުގައި ތަފާތު އުމުރުފުރާތަކުންނާއި ކެޓަގަރީތަކުން ގިނަ ފެތުންތެރިންތަކެއް ވާދަކޮށް ވަނަތައް ހާސިލްކުރި، މިއީ ކުޑަގިރީގައި މި މުބާރާތް ބޭއްވި ހަތަރު ވަނަ ފަހަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

Newsletter

Get the latest news delivered straight to your inbox