އެމްޕީއެލްގެ 28 މިލިއަން ރުފިޔާގެ ތެލުގެ ވައްކަމުގެ ގެއްލުމުގެ ބަދަލު ހޯދަން މަޖިލީހުން އަންގައިފި

އެމްޕީއެލް ސަރަހައްދު. ހިޔާނާތުގެ ތެރެއިން ގެއްލިފައިވާ ތެލުގެ ގެއްލުމުގެ ބަދަލު މި ހިޔާނާތުގެ ބައިވެރިންގެ އަތުން ހޯދުމަށް ވެސް އޮޑިޓު އޮފީހުން ލަފާ ދީފައިވޭ

އެމްޕީއެލް ސަރަހައްދު. ހިޔާނާތުގެ ތެރެއިން ގެއްލިފައިވާ ތެލުގެ ގެއްލުމުގެ ބަދަލު މި ހިޔާނާތުގެ ބައިވެރިންގެ އަތުން ހޯދުމަށް ވެސް އޮޑިޓު އޮފީހުން ލަފާ ދީފައިވޭ

މޯލްޑިވްސް ޕޯޓްސް ލިމިޓެޑު (އެމްޕީއެލް) ގެ ތެރެއިން 2018 ވަނަ އަހަރާއި 2020 ވަނަ އަހަރު ދެމެދު ހިންގި 28 މިލިއަން ރުފިޔާގެ ތެލުގެ ވައްކަމުގެ ސަބަބުން ލިބުނު ގެއްލުމުގެ ބަދަލު ހޯދުމަށް ރައްޔިތުންގެ މަޖިލީހުން އަންގައިފި އެވެ.

މާލޭ ކޮމާޝަލް ހާބަރުގައި އެމްޕީއެލްއިން ހިންގާ އޮޕަރޭޝަންތަކުގެ ބޭނުމަށް 2018 ވަނަ އަހަރުން ފެށިގެން 2020 ވަނަ އަހަރުގެ ނިޔަލަށް އުޅަނދުތަކާއި ޖަނަރޭޓަރުތަކަށް ގަތް ޑީސަލްގެ ތެރެއިން ބޮޑު ހިޔާނާތެއް ހިންގާފައިވެ އެވެ. އެ މައްސަލާގައި ހާއްސަ އޮޑިޓެއް ވެސް ވަނީ ހަދައިފަ އެވެ.

މާލިއްޔަތު ކޮމިޓީގެ ސަބް ކޮމިޓީއަކުން އެ ރިޕޯޓު ދިރާސާކޮށް ހުށަހެޅި ރިޕޯޓު މަޖިލީހުގެ ތަޅުމުން ވަނީ ފާސްކޮށްފަ އެވެ. އެ ރިޕޯޓު ފާސްކުރީ 69 މެންބަރުން ވޯޓާއެކު އެވެ. ރިޕޯޓާ ދެކޮޅަށް އެއްވެސް މެންބަރަކު ވޯޓެއް ނުދެއްވަ އެވެ. އެ ރިޕޯޓުގައި ފަސް ފިޔަވަޅެއް އެޅުމަށް ވަނީ އަންގާފަ އެވެ.

މަޖިލީހުން އަންގަން އެޅި ފިޔަވަޅުތައް

  • އޮޑިޓު ރިޕޯޓުގައި ފާހަގަކޮށްފައިވާ މައްސަލަތައް، ކުރިމަގުގައި ތަކުރާރު ނުވާނެ ގޮތަށް އިސްލާހު ކުރުމަށް އެމްޕީއެލްއިން އެންގުން
  • ތެޔޮ އުފުލާ އުދަނދުތައް މޮނީޓަރު ކުރުމަށް ބޯޓުފަހަރުގައި ކެމެރާ ހަރުކުރުމަށާއި ބޭނުންވާ ސިސްޓަމްތަކާއި، ތެޔޮ ދޫކުރުމަށް ބޭނުންކުރާ މީީޓަރުތައް ޒަމާނީ މީޓަރުތަކަށް ބަދަލުކޮށް، ޑިޖިޓަލްކޮށް ލައިވްކޮށް ރިޕޯޓު ނެގޭ ގޮތަށް ހަދައި، އޮޓޮމެޓިކް ގޭޖިން ސިސްޓަމް ހަރުކޮށް ނިންމައި، 45 ދުވަހުގެ ތެރޭގައި އެމްޕީއެލްއިން އެކަން މާލިއްޔަތު ކޮމިޓީއަށް އެންގުމަށް
  • ގެއްލުމުގެ ބަދަލު ހޯދުމުގެ މަސައްކަތް ކޮށްދިނުމަށް ކޯޓުތަކާއި ޕީޖީއަށް އަންގައި، މަސައްކަތް ކުރިއަށްދާ ގޮތް ތިން މަސްދުވަހުގެ ތެރޭގައި އެންގުމަށް
  • އެފްއެސްއެމްގެ އެންމެހާ މާލީ މުއާމަލާތްތައް ހިންގާފައިވަނީ ރަނގަޅަށްތޯ ބެލުމަށް ހާއްސަ އޮޑިޓެއް ހެދުމަށް އެންގުން
  • އެމްޕީއެލްގެ އުޅަނދުތައް މާލެ ސަރަހައްދުން ބޭރުވުމަށް ފަހު ނުވަތަ ވަކި ދުރުމިނެއް ފަހަނައަޅާ ދިއުމަށް ފަހު އެ އުޅަނދުތައް މޮނީޓަރު ކުރުމަށް ބޭނުންވާ އޮޓަމެޓިކް އައިޑެންޓިފިކޭޝަން ސިސްޓަމް ތިން މަސް ދުވަހުގެ ތެރޭގައި ހަރު ކުރުމަށް

އެކަމަށް އޮޑިޓު އޮފީހުން ތައްޔާރުކުރި ހާއްސަ އޮޑިޓު ރިޕޯޓުގައި ބުނެފައިވަނީ، އެ މުއްދަތުގެ ތެރޭގައި 8.85 ލީޓަރުގެ ޑީސަލް އޮޕަރޭޝަންތަކަށް ބޭނުންވެގެން ގަނެފައިވާ ކަމަށެވެ. ނަމަވެސް، އެމްޕީއެލްއިން ޑީސަލް ގަނެފައިވާ ރޭޓަށް ބަލާއިރު، އުޅަނދުތަކާއި ޖަނަރޭޓަރުތަކަށް ބޭނުންނުކޮށް، 2.82 މިލިއަން ލީޓަރުގެ ޑީސަލް ގެއްލިފައިވާ ކަމަށް ރިޕޯޓުގައި ބުންޏެވެ.

މިއީ، އެ މުއްދަތުގައި ޖުމްލަކޮށް ގަތް ލީޓަރުގެ 31.9 ޕަސަންޓު ކަން ފާހަގަކޮށްފައިވާއިރު، ހިޔާނާތުގެ ތެރެއިން ގެއްލިގެންދިޔަ ޑީސަލްގެ އަގު 28.31 މިލިއަން ރުފިޔާއަށް އަރާ ކަމަށް އޮޑިޓުން ދައްކަ އެވެ.

އެގޮތުން، ބަނދަރުގެ އޮޕަރޭޝަންސްގައި ބޭނުންކުރާ ޖަނަރޭޓަރުތަކާއި ޓަގު ބޯޓުތައް އަދި އާރުޓީޖީ ކްރޭންތަކުން ގެއްލުނު ޑީސަލްގެ އަދަދުތައް އޮޑިޓު ރިޕޯޓުގައި ވަނީ ވަކީން ފާހަގަކޮށްފަ އެވެ.

އެ ރިޕޯޓުގައި ބުނެފައިވާ ގޮތުގައި، ބޭނުންވާ މިންވަރަށް ވުރެ އިތުރަށް ޑީސަލް ސަޕްލައި ކުރަން ގިނަ އަދަދެއްގެ ޑެލިވަރީ ނޯޓުތަކާއި ޕާޗޭސް ވައުޗަރުތައް ވަނީ ފޯޖުކޮށްފަ އެވެ. އަދި ޑީސަލް ގެނައުމުން ޖަނަރޭޓަރުތަކާއި ކްރޭންތަކުގެ އިތުރުން ޓަގު ބޯޓުތަކަށް ތެޔޮ އަޅާފައިނުވާ ކަމަށް ބުނެފައިވެ އެވެ.

ހިޔާނަތް ހިންގުމާ ގުޅިގެން އެމްޕީއެލްގެ އިންޓާނަލް އޮޑިޓްގެ ރަނގަޅު ޓީމެއް އެކުލަވާލައިގެން އެކަން ބެލުމަށް ރަނގަޅު މަސައްކަތްތަކެއް ކޮށްފައިވާކަން ވެސް އޮޑިޓްގައި ވަނީ ފާހަގަކޮށްފަ އެވެ.

އޭގެއިތުރުން, މި ހިޔާނާތް ހިންގުމުގައި އެމްޕީއެލް އާއި އެފްއެސްއެމްގެ މުވައްޒަފުންގެ ތެރެއިން ބައިވެރިވާ ފަރާތްތައް ހޯދައި ފިޔަވަޅު އެޅުމަށް ޓަކައި، މި މައްސަލަ ތަހުގީގު ކުރުމަށް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)ގެ އިތުރުން ފުލުހުންނަށް ހުށަހެޅުމަށް ރިޕޯޓުގައި ވަނީ ލަފާދީފަ އެވެ.

ހިޔާނާތުގެ ތެރެއިން ގެއްލިފައިވާ ތެލުގެ ގެއްލުމުގެ ބަދަލު މި ހިޔާނާތުގެ ބައިވެރިންގެ އަތުން ހޯދުމަށް ވެސް އޮޑިޓު އޮފީހުން ދިން ލަފާގެ ތެރޭގައި ހިމެނެ އެވެ.

މީގެ އިތުރުން، މުސްތަގުބަލުގައި މިފަދަ ކަމެއް ތަކުރާރުވިޔަ ނުދިނުމަށްޓަކައި އެމްޕީއެލްއަށް ތެޔޮ ގަތުމުގައި އަމަލުކުރާ އުސޫލުތައް ވެސް އިތުރަށް ހަރުދަނާކުރަން ލަފާދީފައިވެ އެވެ.

އެމްޕީއެލް އާއި ފިއުލް ސަޕްލައި މޯލްޑިވްސް ގެ މުވައްޒަފުންތަކެއް ބައިވެރިވެގެން ކުރި މި ވައްކަމުގެ ވާހަކަ އެންމެ ފުރަތަމަ ފެންމަތިވެގެންދިޔައީ ކޮވިޑް ލޮކްޑައުންގެ ތެރޭގައި އެ ކުންފުނީގެ އޮޕަރޭޝަންތައް މަޑުޖައްސާލުމުން ވެސް ތެލުގެ ހަރަދުތައް ކުޑަ ނުވުމުން ބެލި ބެލުމުގެ ތެރެއިންނެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ރަސްމާލެ ޕްރޮޖެކްޓާ ދެކޮޅު ހަދަން އެމްޑީޕީ އިން ފާސްކޮށްފި

ކޮލަމާފުށީ ދާއިރާގެ މެންބަރު މަހްފޫޒް ހުށަހެޅުއްވި އެ ގަރާރު ފާސްވީ ހާޒިރުވެވަޑައިގެންނެވި 58 މެންބަރުންގެ ތެރެއިން 57 މެންބަރުންގެ ވޯޓާއެކު އެވެ. ގަރާރާ އިދިކޮޅަށް ވޯޓު ދިނީ އެންމެ މެންބަރެކެވެ.

ރަސްމާލެ ޕްރޮޖެކްޓަށް ފުރިހަމައަށް ތާއީދު ކުރަން: ނަޝީދު

ކޮލަމާފުށީ ދާއިރާގެ ރައީސް މަހްފޫޒް ސައީދު ހުށަހެޅުއްވި އެ ގަރާރުގައި ގޮވާލާފައި ވަނީ ރަސްމާލެ މަޝްރޫއުއާމެދު ދެކޭ ގޮތް ބަލަން އާންމުންގެ މެދުގައި ވޯޓެއް ނެގުމަށާއި އެފަދަ ވޯޓަކަށް ސަރުކާރު އެއްބަސްނުވެއްޖެ ނަމަ މަޝްރޫއު ހުއްޓުވުމަށް މުޒާހަރާ ކުރުމަށެވެ.

ރިފަރެންޑަމަކަށް ނުދާނަމަ އިހުތިޖާޖުކުރަންޖެހޭ: ފައްޔާޒް

ރަސްމާލެ މަޝްރޫޢުގެ ދަށުން ފުށިދިއްގަރުފަޅުން ބައެއް ބޭރު ކުންފުންޏަކަށް ދޫކޮށްލުމާ ގުޅޭގޮތުން ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓަކަށް ނުގޮސްފިނަމަ، މަގުތަކަށް ނުކުމެ އިހުތިޖާޖުކުރަން ޖެހޭނެ ކަމަށް ފައްޔާޒް ވިދާޅުވި. ފައްޔާޒް އޭނާ ވިދާޅުވީ މި ޑީލުގެ ސަބަބުން ރާއްޖޭގެ އިސްތިގުލާލަށާއި އިޖުތިމާއީ ފޭރާމަށް ނުރައްކާވާނެ ކަމަށް.

އިބްރާގެ ރައްދު ނަޝީދަށް: ރަސްމާލެ ޑީލުން ބައިބައިވުން އުފެދޭނެ

އީގަލް ހިލްސް މަޝްރޫއުގެ ސަބަބުން މުޖުތަމައުގައި ބައިބައިވުން ބޮޑުވެ، ގައުމުގެ މިނިވަންކަމަށް ނުރައްކާވެދާނެ ކަމަށް ވިދާޅުވެ އިބްރާ، ކުރީގެ ރައީސް ނަޝީދަށް ރައްދު ދެއްވި. އިބްރާ ވިދާޅުވީ އެމްޑީޕީގެ އަސާސަކީ ހަމަހަމަކަން ގާއިމުކުރުން ކަމަށާއި، ބޭރުގެ ފަރާތްތަކަށް ރާއްޖޭގައި ވަޒަންވެރިވުމުގެ ފުރުސަތު ދިނުމަކީ ޕާޓީގެ ސިޔާސަތެއް ނޫން ކަމަށް.

ރަސްމާލެ މަޝްރޫއު ހުއްޓާލަން ޝާހިދު ގޮވާލައްވައިފި

ޝާހިދު އެގޮތަށް ގޮވާލެއްވީ މިރޭ ކުރިއަށްދާ އެމްޑީޕީގެ ގައުމީ މަޖިލީހުގެ ޖަލްސާއެއްގައި ވާހަކަ ދައްކަވަމުންނެވެ. ރަސްމާލޭ މަޝްރޫއުއަކީ ފެށުމުގައި ވެސް އޮޅުވާލުމެއް ކަމަށެވެ.

ބީއެމްއެލްގެ ސުކޫކަށް ސަރުކާރުން ގެރެންޓީ ދެނީ

ބީއެމްއެލް އިން ބޭރުގެ އިންވެސްޓަރުންނަށް ވިއްކާ 300 މިލިއަން ޑޮލަރުގެ ސުކޫކަށް ސޮވްރިން ގެރެންޓީ ދިނުމަށް ސަރުކާރުން ނިންމުމާ ގުޅިގެން، ދައުލަތުގެ ގެރެންޓީ ދަރަނީގެ އަމާޒުތައް ވަނީ މުރާޖައާކޮށްފަ. މި ފައިސާ މައިގަނޑު ގޮތެއްގައި ބޭނުންކުރުމަށް ހަމަޖެހިފައިވަނީ ރާއްޖޭގެ އުތުރުގައި ފަތުރުވެރިކަން ތަރައްގީކޮށް އިގުތިސޯދީ ފުރުސަތުތައް ފުޅާކުރުމަށް.

ޔޫއޭއީގެ އެމްބަސީއަށް ޑިފެންސް މިނިސްޓަރު ވަޑައިގެންފި

ދެ ގައުމުގެ ގުޅުން އިތުރަށް ބަދަހި ކުރަން އެ ބައްދަލުވުމުގައި ވާހަކަ މަޝްވަރާ ކުރެވުނު ކަމަށް ޔޫއޭއީ އެމްބަސީ އިން އެކްސްގައި ކުރި ޕޯސްޓެއްގައި ބުނެފައިވެ އެވެ.

Newsletter

Get the latest news delivered straight to your inbox