ސުޖަން، ޓީސީ ދޫކޮށް ބަންގްލަދޭޝްގެ ފޯޓިސް އަށް

Aug 10, 2025, 10:24 AM
ޓީސީގެ މެޗެއްގެ ތެރެއިން ސުޖަން އުފާފާޅުކުރަނީ.--- ފޮޓޯ: އަދަދު ސްޕޯޓްސް ފައިލް ފޮޓޯ

ޓީސީގެ މެޗެއްގެ ތެރެއިން ސުޖަން އުފާފާޅުކުރަނީ.--- ފޮޓޯ: އަދަދު ސްޕޯޓްސް ފައިލް ފޮޓޯ

ސްރީ ލަންކާގެ ގައުމީ ފުޓްބޯޅަ ޓީމުގެ ކީޕަރު، ސުޖަން ޕެރޭރާ، ރާއްޖޭގެ ޓީސީ ސްޕޯޓްސް ކްލަބް ދޫކޮށް، ބަންގްލަދޭޝްގެ ފޯޓިސް ފުޓްބޯލް ކްލަބަށް ބަދަލުވެއްޖެ އެވެ.

ޓީސީން ވަނީ މިދިޔަ ތިން ވަރަކަށް އަހަރު ތެރޭ އެ ކްލަބަށް ސުޖަން، 33، ކޮށްދީފައިވާ ހިދުމަތަށް ޝުކުރު އަދާކޮށްފަ އެވެ. އަދި، ސުޖަން ވެސް ވަނީ އޭނާގެ ކެރިއަރުގެ މުހިންމު އަހަރުތަކެއްގައި ޓީސީން ދިން ފުރުސަތުގެ މުހިންމުކަން ފާހަގަކޮށްފަ އެވެ. ޓީސީގައި ސުޖަން އެންމެ ފަހުން ކުޅުނު މުބާރާތަކީ، މި އަހަރު ކުރިއަށްދިޔަ އެފްއޭއެމް ލީގު ކަޕް އެވެ.

ބަންގްލަދޭޝްގެ ފޯޓިސް އަކީ ސުޖަން އެ ގައުމުގައި ކުޅޭނެ ފުރަތަމަ ކްލަބެވެ.

Advertisement

ސުޖަން އެންމެ ފުރަތަމަ ރާއްޖެ އައީ 2015 ވަނަ އަހަރު ކްލަބް އީގަލްސް އަށެވެ. އެ ގޮތުން، އެ އަހަރު އެ ޓީމަށް ބަދަލުވެ، ސުޖަން ވަނީ ފުރަތަމަ ސީޒަނުގައި ވެސް ކުރިއެރުންތަކެއް ހޯދައިފަ އެވެ.

ޒުވާން އުމުރުގައި ކެރިއަރުގެ އެންމެ މުހިންމު އަހަރުތައް، އީގަލްސްގައި ހޭދަކުރިއިރު، ސުޖަން ރާއްޖޭގެ ލީގުގެ މޮޅު ކީޕަރުގެ މަގާމު 2016 ވަނަ އަހަރު ހޯދި އެވެ. އެ ފަހަރު ޕްރެޒިޑެންޓްސް ކަޕްގެ ޗެމްޕިއަންކަން، އީގަލްސް އިން ހޯދިއިރު، ސުޖަން މޮޅު ކުޅުމެއް ދެއްކި އެވެ.

އީގަލްސް ދޫކޮށް، 2020 ވަނަ އަހަރު ސުޖަން އެނބުރި ގައުމަށް، ސްރީ ލަންކާ ޓީމަކާ ގުޅެން ނިންމީ އާއިލާ އަށް ވަގުތު ދިނުމުގެ ގޮތުންނެވެ. އަދި އަމިއްލަ ގައުމުގެ ފުޓްބޯޅަ ކުރިއަރުވަން ކުރާ މަސައްކަތުގައި އޭނާގެ ހިއްސާ ވެސް އޮތުން މުހިންމު ކަމަށް ފެންނާތީ އެވެ. އެ ގޮތުން، ސްރީ ލަންކާގެ އަޕް ކަންޓްރީ ލަޔަންސް އަށް ކުޅުމަށް ފަހު، އެ ގައުމުގެ ޑޮމެސްޓިކް ފުޓްބޯޅަ ކުރިއަށްނުދާތީ، 2023 ވަނަ އަހަރު ޓީސީން ދިން ހުށަހެޅުން ގަބޫލުކޮށް، އެ ޓީމާ ގުޅެން ނިންމީ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ލިވަޕޫލް ދަނޑުގައި މޮޅުވެ އާސެނަލަށް އެއް ވަނައިގައި ލީޑެއް

އިނގިރޭސި ޕްރިމިއާ ލީގުގައި ލިވަޕޫލް އަތުން 1-0 އިން މޮޅުވެ، އާސެނަލުން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް ނަގައިފި. ކައި ހަވާޓްޒް ކާމިޔާބުކުރި ލަނޑުން ހޯދި މި މޮޅަކީ ވޭތުވެދިޔަ 14 އަހަރު ތެރޭ ލިވަޕޫލްގެ ދަނޑުގައި އާސެނަލް ހޯދި ފުރަތަމަ މޮޅު

ވޯލްޑް ކަޕްގެ ތަޖުރިބާ، ރާއްޖޭގެ ފުޓްބޯޅަ އަށް ފުރުސަތުތަކެއް

އަޒަރުބައިޖާންގައި ބޭއްވި 15 އަހަރުން ދަށުގެ ވޯލްޑް ކަޕްގައި ރާއްޖޭގެ ޓީމު ވާދަކުރުމަކީ ޒުވާން ކުޅުންތެރިންގެ ކުރިމަގަށް ލިބުނު މުހިންމު ތަޖުރިބާއެއް ކަމަށް ކޯޗު ޝާކިއްޓެ ވަނީ ބުނެފައި. ޖުމްލަ 189 ޓީމު ވާދަކުރި މި މުބާރާތުގައި ރާއްޖެއިން 10 މެޗު ކުޅުނުއިރު، އެއް މެޗުން މޮޅުވެ، އެއް މެޗު އެއްވަރުކޮށް، މުޅި މުބާރާތުގެ 159 ވަނަ ވަނީ ހޯދާފައި

ބައެއް ހާލަތްތަކުގައި އަނގައިން ނުބުނުން ބުއްދިވެރި: މޮރީނިއޯ

ޗައިނާގެ ކުރީގެ ލީޑަރު މާއޯ ޒެޑެންގާ ބެހޭގޮތުން އެމްބާޕޭ ދެއްކި ވާހަކަތަކަކާ ގުޅިގެން، ޗައިނާގެ ކުންފުނިތަކުންނާއި މީޑިއާއިން އޭނާއާ ދެކޮޅަށް ފިޔަވަޅު އަޅަން ފަށައިފި. މި މައްސަލައިގައި ރެއާލް މެޑްރިޑާއި އެމްބާޕޭ މައާފަށް އެދިފައިވާއިރު، ކޯޗު މޮރީނިއޯ ބުނީ މިފަދަ ހާލަތްތަކުގައި އަނގައިން ނުބުނެ ހުރުމަކީ އެންމެ ބުއްދިވެރި ގޮތް ކަމަށް.

ވޯލްޑް ކަޕް ފައިނަލުގައި ސްޕެއިނާ މިހާރު ކުޅެފިނަމަ ބަލިކުރާނަން

ވޯލްޑް ކަޕް ފައިނަލުގައި ސްޕެއިން އަތުން ބަލިވި ނަމަވެސް، މިހާރު އެ ޓީމާ ކުޅެފިނަމަ ބަލިކުރާނެ ކަމަށް އާޖެންޓީނާގެ ކީޕަރު އެމިލިއާނޯ މާޓިނޭޒް ބުނެފިއެވެ. އޭނާ ފާހަގަކުރި ގޮތުގައި ސްޕެއިނަށް ވުރެ 2022 ވަނަ އަހަރުގެ ފައިނަލުގައި ބައްދަލުކުރި ފްރާންސް ޓީމު މާ ވަރުގަދައެވެ. އަދި މިފަހަރުގެ މުބާރާތުގެ ބޮޑުބައި އޭނާ ކުޅުނީ އިނގިލި ބިންދައިގެން ގޮސްފައި ހުރެގެން ކަމަށްވެސް މާޓިނޭޒް ހާމަކުރިއެވެ.

ކޭން އަތުން ޕެނަލްޓީ ނާކާމިޔާބު، ބަޔާނާއި ޑޯޓްމަންޑް އެއްވަރު

ޖަރުމަނު ލީގުގައި ބަޔާން މިއުނިކާއި ބޮރޫޝިއާ ޑޯޓްމަންޑް ބައްދަލުކުރި މެޗު 2-2 އިން އެއްވަރުވިއިރު، ބަޔާންގެ ހެރީ ކޭން އަތުން ވަނީ ޕެނަލްޓީއެއް ނާކާމިޔާބުވެފައި. މެޗުގެ ފަހު ވަގުތު ޑޯޓްމަންޑުން ލަނޑު ޖަހައި ނަތީޖާ އެއްވަރުކުރިއިރު، މި ނަތީޖާއާއެކު ދެ ޓީމަށް ވެސް 18 ޕޮއިންޓް ލިބިގެން ބަޔާން އޮތީ ތާވަލުގެ އެއްވަނައިގައި

މިލާން އަތުން ބަލިވެ އިންޓަ އަށް އެއް ވަނަ ގެއްލިއްޖެ

އިޓާލިއަން ލީގުގައި ރޭ ކުޅުނު މިލާން ޑާބީގައި އޭސީ މިލާން އަތުން 3-1 އިން ބަލިވެ، އިންޓަ މިލާނަށް ތާވަލުގެ އެއްވަނަ ގެއްލިއްޖެ. މި ނަތީޖާއާއެކު އިންޓަ ދެވަނައަށް ސޮއްސާލިއިރު، ލަނޑުގެ ތަފާތުން ލާޒިއޯ މިހާރު އޮތީ ތާވަލުގެ އެއްވަނައިގައި

އަލަވޭސް ބަލިކޮށް ބާސެލޯނާ އަލުން އެއް ވަނަ އަށް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުން ޑިޕޯޓިވޯ އަލަވޭސް 6-1 އިން ބަލިކޮށް، ބާސެލޯނާ އިން އަލުން ތާވަލުގެ އެއްވަނަ މަގާމު ހޯދައިފި. މި މޮޅާއެކު ބާސެލޯނާ އެއްވަނައިގައި އޮތީ 11 މެޗުން 30 ޕޮއިންޓް ހޯދައިގެން ކަމަށްވާއިރު، މި މެޗުގައި އެޓީމުގެ ލަމީން ޔަމާލް އަދި ރަފީނިއާ ވަނީ މޮޅު ކުޅުމެއް ދައްކާފައި

Newsletter

Get the latest news delivered straight to your inbox