ކ. ޒަމާނީ އައިލެންޑް ކައިރިން ދަތުރުކުރި ޑިންގީއެއް ބަންޑުން ޖަހާލައި ކަނޑުވި 17 މީހަކު ފުލުހުންނާއި އާންމުން ގުޅިގެން ކުރި މަސައްކަތުން މިރޭ ސަލާމަތްކޮށްފި އެވެ.
ފުލުހުން ބުނީ ކ. ގުރައިދޫއަށް ދަތުރުކުރި އެ ޑިންގީ ބަންޑުން ޖަހާލުމުން އޭގެއިން ދަތުރުކުރި ތިން މީހަކު ފަތާފައި ގޮސް ޒަމާނީ އައިލެންޑަށް އެރި ކަމަށެވެ. ކަނޑުވެފައި ތިބި ބާކީ 14 މީހުން ސަލާމަތްކުރީ އާންމުންނާއި ފުލުހުން ގުޅިގެން ކަމަށް ފުލުހުން ބުނެ އެވެ.
މީހުން ސަލާމަތް ކުރުމުގައި ހަރަކާތްތެރިވީ މެރިން ޕޮލިސް، ކ. އަތޮޅު ޕޮލިސް އަދި ކ. އަތޮޅު ރިސޯޓުތަކުގެ ލޯންޗުތަކުން ކަމަށް ފުލުހުން ބުންޏެވެ.
ފުލުހުން ބުނީ ޑިންގީން ދަތުރުކުރި 17 މީހުންނަކީ ވެސް ބިދޭސީން ކަމަށެވެ. އެކަމަކު އެ މީހުން ދަތުރުކުރީ ކީހާ ބޮޑުމިނެއްގެ ޑިންގީއެއްކަން މިހާތަނަށް ސާފެއް ނުވެ އެވެ.












