ލަންޑަން (ޖުލައި 21) - ދާދި ފަހުން ކުރިއަށްދިޔަ ވިމްބަލްޑަން ޓެނިސް މުބާރާތުގައި، އަތަށް ލިބުނު އަނިޔާއާ ހެދި ކުޅުމާ ދުރުގައި ހުންނަން ޖެހިފައިވާ ކަމަށް އިނގިރޭސި އެއް ވަނަ ފިރިހެން ޓެނިސް ތަރި، ޖެކް ޑްރެޕާ ބުނެފި އެވެ.
ވިމްބަލްޑަންގެ ދެ ވަނަ ބުރުން، ޑްރެޕާ، 23، ކެޓީ ތަޖުރިބާކާރު ކުޅުންތެރިޔާ، ކްރޮއޭޝިއާގެ މާރިނާ ސިލިޗް އަތުން ބަލިވުމުންނެވެ.
ސިލިޗް އަތުން ޑްރެޕާ ބަލިވީ، 6-4 6-3 1-6 6-4 އިން ސެޓުތައް ގޮސްގެންނެވެ.
ޑްރެޕާ ވަނީ، ވިމްބަލްޑަންގައި އޭނާގެ އަތަށް ލިބިފައިވާ އަނިޔާއެއްގެ ސަަބަބުން، ދެން ކުޅުމަށް އެނބުރި އަންނަން ގަސްދުކުރަނީ އެއްކޮށް ރިކަވާ ވުމަށް ފަހު ކަމަށެވެ. އަދި، މުޅިން ފިޓްވެގެން، މި އަހަރުގެ ފަހު ގްރޭންޑް ސްލޭމް ޔޫއެސް އޯޕަންގައި އެނބުރި އަންނާނެ ކަމަށް ޑްރެޕާ ވަނީ ބުނެފަ އެވެ.

ޔޫއެސް އޯޕަންގެ ސެމީ ފައިނަލުގައި، މިދިޔަ އަހަރު ވާދަކުރި، ޑްރެޕާ ބުނީ، ވިމްބަލްޑަންގައި އަނިޔާވީ އޭނާ ވާތުގެ ހުޅަށް ކަމަށާއި ހެދި ޓެސްޓްތަކުން ސީރިއަސް އަނިޔާއެއް ކަމަށް ނުބެލެވުނު ކަމުގައި ވިޔަސް ރިކަވަރީ އަށް ވަގުތު ބޭނުންވާ ކަމަށެވެ.
އެ ގޮތުން، އެ ކަމަށް ވަގުތު ނެގުމުގެ ގޮތުން، މި މަހު 26 ގައި ފަށާ ކެނޭޑިއަން އޯޕަން އާއި އަންނަ މަހު ހަތަރެއްގައި ފަށާ ސިންސިނާޓީ އޯޕަންގައި ޑްރެޕާ ނުކުޅޭނެ އެވެ. ކެނޭޑިއަން އޯޕަންގައި، ދުނިޔޭގެ އެއް ވަނަ ޖަނިކް ސިނާ އާއި ސާބިއާގެ ލެޖެންޑަރީ ތަރި، ނޮވަކް ޖޮކޮވިޗް ވެސް ނުކުޅޭނެ އެވެ.
މިދިޔަ މާޗް މަހު، އިންޑިއަން ވެލްސް މުބާރާތުގެ ފައިނަލުގައި، ޑެންމާކްގެ ހޯލްގާ ރޫން ބަލިކުުރުމަށް ފަހު، ޑްރެޕާ ވަނީ އެ މުބާރާތް ކާމިޔާބުކޮށްފަ އެވެ.












