އިމްރާން ފާޅުކުރީ ރާއްޖޭގެ ކުޅިވަރު ހައްގުގައި މުހިންމު ޝުއޫރެއް

އިމްރާން ފާޅުކުރީ ރާއްޖޭގެ ކުޅިވަރު ހައްގުގައި މުހިންމު ޝުއޫރެއް

ގައުމީ ފުޓްބޯޅަ ޓީމަށް 20 އަކަށް އަހަރު ކުޅުމަށް ފަހު، ރިޓަޔާކުރި، ރާއްޖޭގައި އުފެދުނު އެންމެ މޮޅު ގޯލްކީޕަރު، އިމްރާން މުހައްމަދު، ރޭ ސޯޝަލް މީޑިއާގައި ފާޅުުކުރީ ރާއްޖޭގެ ކުޅިވަރުގެ ހައްގުގައި ވަރަށް މުހިންމު ކަމަށް ފެންނަ ޝުއޫރެއް ކަމަށް ބުނެފި އެވެ. .

އިމްރާން ވަނީ ގައުމީ ޓީމަށް މެދު ކެނޑުމެއްނެތި 17 އަހަރަށްވުރެ ގިނަ އަހަރު ކުޅެފަ އެވެ. އަދި، ގައުމީ ޖާޒީގައި 110 މެޗު ކުޅެދިން އިމްރާން އަކީ ފީފާ ސެންޗަރީ ޓީމަށް އެރި ހަމައެކަނި ދިވެހި ކުޅުންތެރިޔާ އެވެ.

އިމްރާން އޭނާގެ ސޯޝަލް މީޑިއާގައި ރޭ ކުރި ޕޯސްޓެއްގައި ބުނެފައިވާ ގޮތުގައި، ގައުމީ ޓީމަށް ކުޅުމަށްޓަކައި ވީ ގުރުބާނީގެ ބަދަލުގައި، 20 ވަރަކަށް އަހަރު ވަޒީފާއަކަށް ދިޔަނަމައޭ ހިތަށް އަރާ ކަމަށެވެ. އޭރުން އެންމެ ކުޑަ މިނުން "ރިޓަޔާމަންޓް ޕެންޝަން" ލައްވާލާނެ ކަމަށް އިމްރާން ވަނީ ބުނެފަ އެވެ.

"20 ވަރަކަށް އަހަރު ތެރޭގައި ޤައުމީޓީމަށް 110 މެޗު ކުޅެ، އެތަކެއް އަނިޔާއެއްވެ، އާއިލީ އެތައް މުހިއްމު އަދި ހާއްސަ ވަގުތުތަކެއް ޤުރުބާންކޮށް ޤައުމަށް އެތަކެއް ކާމިޔާބީއެއް ހޯދަދީފައި، ކެރިއަރު ނިންމާލުމަށްފަހު މިއަދު އިށީނދެލައިގެން އިނދެ ރަނގަޅަށް ވިސްނާލާއިރު ހިތަށް މި އަރަނީ އަސްލު މި ކުރެވުނީ ރަނގަޅު ކަމެއްބާވަޔޭ؟ މިހާރު ހިތަށް އެބަ އަރާ މިކަން ނުކޮށް 20 އަހަރު ވަޒީފާއަކަށް ދެވުނުނަމަ ހަމަ ގައިމުވެސްެ އެއްމެ ކުޑަމިނުން ޕެންޝަން ވެސް ލައްވާލާނެތާއޭ!" އިމްރާން ރޭ ކުރި ޕޯސްޓުގައި ބުނެފައިވެ އެވެ.

އިމްރާން، ފޭސްބުކްގައި ކުރި ޕޯސްޓް.

އިމްރާން ބުނީ ކުޅިވަރުގައި ނަތީޖާތަކެއް ނެރޭ ހުނަރުވެރި އެތުލީޓުން ދިގު މުއްދަތެއްގައި ގައުމީ ޖާޒީގައި ދެމި ތިބޭނީ އެކަން ކޮށްގެން އެ އެތުލީޓުގެ ދިރިއުޅުމަށް މުސްތަގުބަލުގައި ފައިދާއެއްވާނެ ނަމަކަން ގަބޫލުކުރާ ކަމަށެވެ.

އިމްރާން ބުނީ ރާއްޖޭގައި ތިބި ހުނަރުވެރި ގިނަ އެތުލީޓުން ގެއްލެނީ ކުޅިވަރު ކުޅެގެން މުސްތަގުބަލުގައި ފައިދާއެއް ވާނެތަން ނުފެންނާތީ ކަމަށެވެ. އަދި މި ކަމަކީ ކުޅިވަރު އެސޯސިއޭޝަންތަކުން، ކުޅިވަރާ ބެހޭ ވުޒާރާ އަދި ކުޅިވަރާ ގުޅުންހުރި އެންމެހާ ތަންތަނުން ވިސްނާލުން މުހިންމު ކަމެއް ކަމުގައި އިމްރާން ވަނީ ބުނެފަ އެވެ.

އިމްރާން ބުނީ މީގެ ކުރިން މިކަންކަން ހައްލުކުރާނެ ކަމަށް ބުނެ ފޮނި ހުވަފެންތައް ފެނިގެންދިޔަ ކަމަށާއި، އެކަމަކު އެ ހުވަފެންތަކުގައި މިއަދާ ހަމައަށްވެސް ކުލަ ނުޖެހޭ ކަމަށެވެ.

ގައުމުގެ ކުޅިވަރުގެ މުސްތަގުބަލަށްޓަކައި ދައްކަން ޖެހޭ ވާހަކައެއް

އިމްރާން، މިއަދު "އަދަދު ސްޕޯޓްސް" އަށް ބުނީ، ރާއްޖޭގެ ގައުމީ ޓީމުތަކަށް ގިނަ އަހަރުތަކެއް ވަންދެން ކުޅުނު ކުޅުންތެރިން މިއަދު ވިސްނާނެ އެއް ކަމަކީ، ގައުމަށްޓަކައި، އެ މީހުން ކޮށްދިން ހިދުމަތުގެ ބަދަލުގައި އެ މީހުންނަށް ލިބުނީ ކޮން ކަމެއްތޯ އެެވެ.

މީގެ ހަ އަހަރު ކުރިން، 2019 ވަނަ އަހަރު، ސަރުކާރުން ވަނީ އިމްރާން، ކުޅިވަރުގެ ރޮނގުން ކޮށްފައިވާ ހިދުމަތް ބަލައިގަނެ އޭނާ އަށް ހިތްވަރުދިނުމުގެ ގައުމީ އިނާމް ދީފަ އެވެ. އިމްރާން ބުނީ، ފާއިތުވި ސަރުކާރުތަކުން ކުޅިވަރު ހިންގާއިރު ކުރީގެ ކުުޅުންތެރިންނަށް ކޮށްދޭނެ ކަމަށް ބުނެ ގިނަ ކަންތައްތަކެއް އިއުލާނުކުރި ކަމަށާއި އެކަމަކު، އޭގެއިން އެއްވެސް ކަމެއްގައި އަމަލީ ސިފައެއް ޖެހިފައި ނެތް ކަމަށެވެ.

"އެއްވެސް ހާލަތެއްގައި ކުޅިވަރު ގާނޫނާ ގުޅިގެން ދައްކާ ވާހަކައެއް ނޫން. ހަގީގަތުގައި މި ގޮތަށް މި ހިޔާލު ފާޅުކުރީ، ރާއްޖޭގެ ކުޅިވަރުގެ ހާލަތަށް ވިސްނާފައި، ގައުމީ ޓީމަށް ގިނަ އަހަރުތަކެއް ވަންދެން ކުޅުނު ކުުޅުންތެރިންނަށް ރިޓަޔަމެންޓް ޕެންޝަނެއް ނޫނީ ބޯހިޔާވަހިކަމެއް ނޫނީ ސްކީމެއް، އިންޝުއަރެންސެއްގެ ވާހަކަ އަބަދުވެސް ދައްކާ، އެކަމަކު، ސުވާލަކީ އެ އަށް އަމަލީ ސިފައެއް އަތުވެއްޖެތޯ،" އިމްރާން ބުންޏެވެ.

އޭނާ ބުނީ، ގައުމީ ޓީމަށް ގިނަ އަަހަރުތަކެއް ވަންދެން ކުޅެފައިވާ ކުޅުންތެރިންނަށް ރިޓަޔާވުމުން ދޭން ޖެހެނީ "ސިޔާސީ މަގާމެއް" ނޫން ކަމަށެވެ. އަދި، އެ ފަދަ ސިޔާސީ މަގާމަކަށް ކުޅުންތެރިއަކު ދިއުމުން، އެތައް އަހަރެއް ވަންދެން މީހުންގެ ހިތްތަކުން ހޯދި ލޯތްބާއި އިހުތިރާމަށް ހީނަރުކަން އަންނަ ކަމަށެވެ.

"(ގައުމީ ޓީމަށް ގިނަ އަހަރުތަކެއް ވަންދެން ކުޅުނު ކުޅުންތެރިންނަށް) ސިޔާސީ މަގާމެއް ދިނުމެއް ނޫން ހައްލަކީ، އެއީ ސިޔާސީ ކަމެއްގައި، އޮންނާނެ ދެ ފަޅީގެ މީހުން. ދެ ވިސްނުމުގެ މީހުން. ގައުމީ ޓީމަށް ކުޅޭ ކުޅުންތެރިއަކަށް މި ލިބެނީ މުޅި ގައުމުގެ ލޯބި،" އިމްރާން ބުންޏެވެ.

ކުޅިވަރަށް ގިނަ ދުވަސްތަކެއް ވަންދެން ހިދުމަތްތަކެއް ކޮށްދީފައިވާ ކުޅުންތެރިންނަށް ދިމާވާ ގޮތް، އަރަމުން އަންނަ ޖީލުތަކުގެ ކުޅުންތެރިންނަށް ފެންނާނެ ކަމަށް އިމްރާން ވަނީ ބުނެފަ އެވެ. އަދި، ކުރީގެ ކުޅުންތެރިންނަށް ދިމާވެފައި އޮތް ހާލަތު އޮތްގޮތުން، މިހާރު ޒުވާން ކުޅުންތެރިންގެ ވިސްނުން ދިގު މުއްދަތަކަށް ގައުމީ ޓީމަށް ކުޅެން ނުހުންނަކަން އިމްރާން ފާހަގަކުރި އެވެ.

"ހޮބީ އެއް ކަަަހަލަ ވިސްނުމަކަށް ވަރަަށް އާދައިގެ ގޮތަަކަށް ގައުމީ ޓީމަށް ކުޅުން ވެފައި މި އޮންނަނީ. ވަކި ވަރަކަށް ކުޅެލާފައި ނިންމާލަން، އަހަރެެމެން ކުޅުނުއިރު ގައުމީ ޓީމަށް ކުޅެންޏާ ވަރަށް ބޮޑު ޒިންމާއެއް ބޮލުގައި އަޅައިގެން ތިބެ އެކަން ކުރީ، އެކަމަކު، މިހާރު ކަންތައްތައް ވަމުން އަންނަ ގޮތުން، ގައުމީ ޓީމަށް ކުޅެވުމަކީ މާ ބޮޑު ކަމަކަށް ނުވާތަން މި ފެންނަނީ، މީގެ ގެއްލުން ހަގީގަތުގައި މި ލިބެނީ ގައުމަށް،" އިމްރާން ބުންޏެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ވިއްސާރައާ ހެދި ބުރު އާއި ނިއު މެޗު ފަސްކުރަން ޖެހިއްޖެ

މޫސުން ގޯސްވެ ގަލޮޅު ދަނޑުގައި ފެންބޮޑުވުމުގެ ސަބަބުން، ދިވެހި ޕްރިމިއާ ލީގުގައި މިރޭ ނިއު ރޭޑިއަންޓާއި ބުރު ސްޕޯޓްސް ކްލަބް ބައްދަލުކުރަން އޮތް މެޗު އެފްއޭއެމް އިން ފަސްކޮށްފި. މިއަދު ހަވީރު ކުޅުނު މެޗަށްވެސް ވިއްސާރައިގެ އަސަރުކޮށްފައިވާއިރު، މިރޭގެ މެޗު ފަސްކުރަން ނިންމީ މެޗު ކުޅެވޭނެ ފަދަ ހާލަތެއް ދަނޑުގައި ނެތުމުން.

އޮޑި އާއި އީގަލްސްގެ ކުރިމަތިލުމަށް ހަމަހަމަ ނިމުމެއް

ދިވެހި ޕްރިމިއާ ލީގުގައި ކްލަބް އީގަލްސް އާއި އޮޑި ސްޕޯޓްސް ކްލަބް ބައްދަލުކުރި މެޗު 0-0 އިން އެއްވަރުވުމުން، ލީގުގެ އެއް ވަނަ އަށް އެރުމަށް އީގަލްސް އަށް ލިބުނު ފުރުސަތު ގެއްލުނު. ވިއްސާރައިގެ ސަބަބުން ކުޅުމަށް ހުރަސްތަކެއް ކުރިމަތިވި މި މެޗުގައި، ދެ ޓީމުން ލަނޑެއް ޖެހުމަށް ކުރި މަސައްކަތް ކާމިޔާބުނުވީ ދެ ޓީމުގެ ކީޕަރުންގެ ކުޅުން ރަނގަޅުވުމުން

ކްވަރަޝްކޭލިއާ އަށް ސީޒަން ނިމުމުގެ ބިރު

ޗެމްޕިއަންސް ލީގުގައި ބާސެލޯނާއާ ދެކޮޅަށް ކުޅުނު މެޗުގައި ޕީއެސްޖީގެ ކްވަރަޝްކޭލިއާގެ ކަކުލަށް ލިބުނު ސީރިއަސް އަނިޔާއަކާ ގުޅިގެން އޭނާއަށް މި ސީޒަން ނިމިއްޖެ. ޓެސްޓްތަކުން ދައްކާގޮތުގައި އޭނާގެ އޭސީއެލް އިރައިގެން ގޮސްފައިވާއިރު، މި އަނިޔާއިން ރަނގަޅުވުމަށް ގާތްގަނޑަކަށް 6 މަހާއި 9 މަހާ ދެމެދުގެ މުއްދަތެއް ނަގާނެ

އިންގްލެންޑުން ރިޓަޔާނުކުރާ ކަމަށް ހެންޑަސަން ބުނެފި

މިހާރު ޗެލްސީއަށް ކުޅެމުން އަންނަ ތަޖުރިބާކާރު މިޑްފީލްޑަރު ހެންޑަސަން، އިންގްލެންޑް ގައުމީ ޓީމުން ރިޓަޔާނުކުރާ ކަމަށާއި އަދިވެސް ގައުމީ ޓީމަށް ކުޅުމުގެ ޝައުގުވެރިކަން އެބަހުރި ކަމަށް ބުނެފި. އޭނާ ގަބޫލުކުރާ ގޮތުގައި ޗެލްސީގައި ރަނގަޅު ކުޅުމެއް ދައްކައިގެން އަދިވެސް އެންމެ މަތީ ފަންތީގައި ގައުމީ ޓީމަށް ޚިދުމަތް ކުރުމުގެ ފުރުސަތު އޭނާއަށް އެބައޮތް

އިހުތިރާމް ކުރާތީ ފަބްރެގަސް ސުވާލަކަށް ޖަވާބު ނުދިން

މެންޗެސްޓާ ޔުނައިޓެޑްގެ ކޯޗުކަމާ ހަވާލުވުމާ ގުޅޭގޮތުން ނޫސްވެރިއަކު ކުރި ސުވާލަށް ޖަވާބުދޭން ކޯމޯގެ ކޯޗު ސެސްކް ފަބްރެގަސް ދެކޮޅުހަދައިފި. ފަބްރެގަސް ބުނީ މިވަގުތު ޔުނައިޓެޑްގެ ކޯޗަކަށް ހުރި މައިކަލް ކެރިކަށް އިހުތިރާމް އަދާކުރުމުގެ ގޮތުން އެ ސުވާލަށް ޖަވާބުދޭން ބޭނުންނުވާ ކަމަށް

ނިއު އަކީ ވަރުގަދަ ޓީމެއް ވިޔަސް ބުރަށް ވާދަކުރެވޭނެ

ނިއު ރޭޑިއަންޓަކީ ވަރުގަދަ ޓީމެއް ނަމަވެސް، ބުރު ސްޕޯޓްސް ކްލަބުން އެ ޓީމާ ދެކޮޅަށް ރަނގަޅު ވާދައެއްކޮށް ކާމިޔާބު ހޯދޭނެ ކަމުގެ އުންމީދު އެބައޮތް ކަމަށް ކޯޗު ރޮޑްރިގޭޒް ބުނެފި. ކޯޗު ފާހަގަކުރި ގޮތުގައި ޓީމުގެ ކުޅުން ދުވަހުން ދުވަހަށް ކުރިއަރަމުން އަންނާތީ، ކޮންމެ ޓީމެއް އަތުންވެސް މޮޅުވެވޭނެ ކަމުގެ އިތުބާރު މިހާރު އެބައޮތް

ލިވަޕޫލަށް ތަފާތު މޮޅެއް، ޕީއެސްޖީން ބާސެލޯނާ ބަލިކޮށްފި

ޗެމްޕިއަންސް ލީގުގައި ރޭ ކުޅުނު މެޗުތަކުން ޕީއެސްޖީން 4-2 އިން ބާސެލޯނާ ބަލިކުރިއިރު، ލިވަޕޫލުން ވަނީ ފަހަތުން އަރައި 4-3 އިން ވިޔަރެއާލްގެ މައްޗަށް ކުރިހޯދާފައި މީގެ އިތުރުން މެންޗެސްޓާ ސިޓީން 5-1 އިން އޭއީކޭ އެތަންސް ބަލިކުރިއިރު، އެ މެޗުގައި ފިލް ފޯޑެން ވަނީ ހެޓްރިކެއް ހަދާފައި

Newsletter

Get the latest news delivered straight to your inbox