މި ފަހަރުގެ ސާފް ޗެމްޕިއަންޝިޕް ވަރަށް ވާދަވެރިވާނެ: އިމްރާން

ގަތަރު ޓްރެއިނިން ކޭމްޕްގެ ތެރެއިން ގޯލްކީޕިން އެސިސްޓަންޓް ކޯޗު އިމްރާން.-- ފޮޓޯ: އަދަދު

ގަތަރު ޓްރެއިނިން ކޭމްޕްގެ ތެރެއިން ގޯލްކީޕިން އެސިސްޓަންޓް ކޯޗު އިމްރާން.-- ފޮޓޯ: އަދަދު

އަންނަ މަހު 1-16 އަށް ރާއްޖޭގައި ބާއްވާ ސާފް ޗެމްޕިއަންޝިޕް ވަރަށް ވާދަވެރިވާނެ ކަމަށް ގައުމީ ފުޓްބޯޅަ ޓީމުގެ އެސިސްޓަންޓް ގޯލްކީޕަރު ކޯޗު އިމްރާން މުހައްމަދު ބުނެފި އެވެ.

މި ފަހަރުގެ މުބާރާތް ކުރިއަށްދާނީ ފަސް ގައުމުގެ މެދުގައި ފުރަތަމަ ލީގު ބުރެއް ކުޅުމަށް ފަހު އެންމެ ގިނަ ޕޮއިންޓް ހޯދާ ދެ ޓީމެއް ފައިނަލް ކުޅޭ ގޮތަށެވެ. ބައިވެރިވާ ފަސް ގައުމަކީ ރާއްޖޭގެ އިތުރުން ސްރީލަންކާ، އިންޑިއާ، ނޭޕާލް އަދި ބަންގްލަދޭޝް އެވެ.

ސާފްގެ އެންމެ ކާމިޔާބު ޓީމު ކަމަށްވާ އިންޑިއާ އިން މި ފަހަރުގެ މުބާރާތަށް ސީނިއާ ޓީމު ފޮނުވަން ނިންމާފައިވާއިރު، އިމްރާން ދެކޭގޮތުގައި ދެން އޮތް ޓީމުތައް ވެސް މި ފަހަރު ކުރިއަށް ވުރެ ވަރުގަދަވާނެ އެވެ.

"އިންޑިއާ އަދި އޭގެ އިތުރުން ނޭޕާލް ވެސް ފުދޭ ވަރަކަށް ހަމަ ކުރިއަަރަމުންދޭ. އަޅުގަނޑަށް ހީވަނީ. މި ފަހަރުގެ މުބާރާތަކީ ވަރަށް ވާދަވެރި ވަރުގަދަ މުބާރާތަކަށް ވެގެންދާނެހެން. ކޮންމެ ޓީމަކާ ކޮންމެ ޓީމަކާ ކުޅޭއިރު މި މުބާރާތަކީ ފުދޭ ވަރަކަށް ވަރުގަދަ ކޮމްޕެޓިޝަން ހައި މުބާރާތަކަށް ވެގެންދާނެ. ނޭޕާލާއި ބަންގްލަދޭޝް އަދި ސްރީލަންކާ ވެސް ފުޓްބޯޅައިގައި މަޑުމަޑުން ކުރިއަށް އަންނަތަން މި ފެންނަނީ މި މުބާރާތަކީ ވަރަށް ފޯރިގަދަ މުބާރާތަކަށް ވާނެ،" އިމްރާން ބުންޏެވެ.

މިއީ ސާފް ޗެމްޕިއަންޝިޕް ބާއްވާ 13 ވަނަ ފަހަރެވެ. މުބާރާތުގެ ތާރީހަށް ބަލާއިރު އެންމެ ކާމިޔާބު ޓީމަކީ އިންޑިއާ އެވެ. އިންޑިއާ އިން ހަތް ފަހަރު ޗެމްޕިއަންކަން ހޯދާފައިވާއިރު، އެ ޓީމުން ޖެހިޖެހިގެން ދެ މުބާރާތް ތަށްޓެއް ނުހޯދައި ނިންމާލައިފައި ނުވެ އެވެ.

އިމްރާން ބުނީ ކޮންމެ ގޮތެއް ވިޔަސް ސާފް ޗެމްޕިއަންޝިޕެއް ކާމިޔާބުކުރާނަމަ އިންޑިއާ ބަލިކުރަން ޖެހޭނެ ކަމަށެވެ. އިންޑިއާ އިން ސީނިއާ ޓީމު ފޮނުވާނެ ކަމަށް މި ފަހަރު ބުނެފައިވާއިރު، އިމްރާންގެ ނަޒަރުގައި ކޮންމެ ފަހަރަކު ވެސް އިންޑިއާ އިން ފޮނުވަނީ ހަގީގަތުގައި ވަރަށް މޮޅު ޓީމެކެވެ.

"ކުރިން ވެސް އަންނަނީ (އިންޑިއާގެ) ހަމަ އޭ ޓީމު. އެ މީހުން އަސްލުގައި އަންޑަ 23 އޭ ކިޔާފައި ދެތިން ކުޅުންތެރިން ލާފައި އެ ޓީމު އަންނަނީ،" އިމްރާން ބުންޏެވެ.

ގައުމީ ޓީމުގެ ފަރިތަކުރުންތަކުގެ ތެރެއިން އިމްރާން.-- ފޮޓޯ: ހުސެއިން ޝަޔާހު/ އަދަދު

މި ފަހަރުގެ ސާޕަށް ރާއްޖޭން ޕްރެކްޓިސް ފެށީ މިދިޔަ މަހުގެ 26 ވަނަ ދުވަހު އެވެ. އިމްރާން ބުނީ ޓްރެއިނިން ފެށިއިރުން ފެށިގެން މިހާ ހިސާބަށް ބަލާނަމަ ވަރަށް ގިނަ ޕޮޒިޓިވް ކަންތައްތަކެއް ފެނިފައިވާ ކަމަށެވެ. މި ފަހަރުގެ ސްކޮޑުގައި އޮތީ ޒުވާން އަދި ސީނިއާ ކުޅުންތެރިންގެ ރަނގަޅު ޓީމެއް ކަމަށާއި ސީނިއާ ކުޅުންތެރިންގެ ފަރާތުން ޒުވާން ކުޅުންތެރިންނަށް ލިބޭ އެއްބާރުލުން އިމްރާން ވަނީ ފާހަގަކޮށްފަ އެވެ.

"ކޮންމެ ޓީމެއްގައި ވެސް އެ ތިބޭ ޒުވާން ކުޅުންތެރިންނަށް ނަމޫނާ އަކަށް މި ވާން ޖެހެނީ ސީނިއާ ކުޅުންތެރިން. އަޅުގަނޑުމެންނަށް ވަރަށް ރަނގަޅަށް ފެނިގެން އެބަދޭ އަކޫ އާއި ދަގަނޑޭ އާއި އަޑުބަރޭގެ ވެސް ލީޑަޝިޕް. އަދި އޭގެ އިތުރުން ވެސް އެބަ އުޅޭ ސީނިއާ ކުރީގައި ކުޅެފައި ތިބި ކުޅުންތެރިން،" އިމްރާން ބުންޏެވެ.

"ޒުވާން ކުޅުންތެރިން ބާކީކޮށްނުލައި ގައުމީ ޓީމުގައި ކުޅުމަކީ ކިހާ މުހިއްމު ކަމެއް ކަމާއި ކިހާވަރެއްގެ ޒިންމާއެއް ކަން ހަނދާން ކޮށްދޭން ފުދޭވަރަކަށް ސީނިއާ ކުޅުންތެރިން އެބަ ބައިވެރިވޭ. މިއީ އަޅުގަނޑުމެން ޒުވާން ޖީލެއް ގައުމީ ޓީމުގައި ބިނާކުރާއިރުގައި މުހިއްމު ކަމެއް،"

ރާއްޖޭން އެންމެ ފުރަތަމަ ސާފް ޗެމްޕިއަންޝިޕް ކާމިޔާބުކުރީ 2008 ވަނަ އަހަރު ރާއްޖެ އާއި ސްރީލަންކާ ގުޅިގެން މުބާރާތް ހޯސްޓް ކުރިއިރު އެވެ. އެ ފަހަރު ރާއްޖޭން މުބާރާތުގެ ތަށި ފުރަތަމަ ފަހަރަށް އުފުލާލިއިރު، މުޅި މުބާރާތުގެ ތެރޭގައި ގައުމު އޮތީ ވަރަށް ފޯރީގަ އެވެ. އެ ފޯރީގައި 2009 ވަނަ އަހަރުގެ ސާފްގައި ވާދަކޮށް ތަށި ދިފާއުކުރަން ކުރި މަސައްކަތް ނާކާމިޔާބުވީ ފައިނަލުން ބަލިވުމުންނެވެ.

އެންމެ ފަހުން 2018 ވަނަ އަހަރު ބަންގްލަދޭޝްގައި ބޭއްވި ސާފްގެ ޗެމްޕިއަންކަން ރާއްޖޭން ހޯދީ ފައިނަލުގައި އިންޑިއާ ބަލިކޮށްފަ އެވެ. ސާފް ޗެމްޕިއަންޝިޕްގެ ތާރީހުގައި ތަށި ދިފާއުކުރެވުނު ހަމައެކަނި ޓީމަކީ އިންޑިއާ އެވެ.

ރާއްޖޭން އަމިއްލަ ފަސްގަނޑުގައި މި ފަހަރު ތަށި ދިފާއުކުރަން ނުކުންނައިރު، ހޯމް އެޑްވާންޓޭޖް ނެގެން އޮތް ގޮތަކަށް ނެގުން މުހިއްމު ކަމަށް އިމްރާން ވަނީ ބުނެފަ އެވެ.

"ހޯމް އެޑްވާންޓޭޖް ނަގަން ބޭނުމިއްޔާ 12 ވަނަ ކުޅުންތެރިޔާގެ އެހީތެރިކަމާ އެކު އިންޑިއާ އަކަސް އެހެން ބަޔަކަސް އަޅުގަނޑުމެންގެ ގަލޮޅު ދަނޑުގައި ޖެހިލުންވާންޖެހޭ ބައެއް ދިވެހި ޓީމާ ދެކޮޅަށް އަންނާނެހެން ހިއެއްނުވޭ. އެހެންވީމަ މި ވަގުތަކީ އަޅުގަނޑުމެންގެ ތާރީހުގައި ހަމައެކަނި ރާއްޖޭގައި މި މުބާރާތް ބާއްވާ ފުރަތަމަ ފަހަރަށް ވާތީ މި މުބާރާތަކީ ވަރަށް ތާރީހީ މުބާރާތަކަށްވާނެ. އެހެންވީމަ. މި މުބާރާތް ކާމިޔާބުކޮށް ތަށި ދިފާއުކުރަން ލިބިފައި އޮތް ފުރުސަތުގެ ބޭނުން ހިފުން މުހިއްމު،" ގައުމީ ޓީމަށް 109 މެޗު ކުޅެދީފައިވާ އިމްރާން ބުންޏެވެ.

"ކުޅުންތެރިން އެ ތިބީ ވަރަށް ފޯރީގައި ވަރަށް ޖޯޝުގައި ވަރަށް ބޮޑަށް ގައުމީ ހިދުމަތުގައި މިކަމުގައި ކުރިއަށްދާން،"

ސާފަށް ތައްޔާރުވުމުގެ ގޮތުން ގައުމީ ޓީމުން އަންނަނީ ގަތަރުގައި ޓްރެއިނިން ކޭމްޕެއް ފުރިހަމަ ކުރަމުންނެވެ.

ރާއްޖޭން މި ފަަހަރުގެ ސާފްގައި ކުޅޭ ފުރަތަމަ މެޗުގައި އަންނަ މަހު އެއް ވަނަ ދުވަހު ބައްދަލުކުރާނީ ނޭޕާލާ އެވެ. ނޭޕާލް ވެސް ސާފަށް ތައްޔާރުވާން ތަމްރީން ހަދަމުން އަންނަނީ ގަތަރުގަ އެވެ. ރާއްޖޭގެ ދެ ވަނަ މެޗުގައި އަންނަ މަހު ހަތް ވަނަ ދުވަހުގެރޭ ބަންގްލަދޭޝްއާ ކުޅުމަށް ފަހު 10 ވަނަ ދުވަހު ހަވީރު ސްރީލަންކާއާ ބައްދަލުކުރުމަށް ފަހު 13 ވަނަ ދުވަހުގެރޭ ނުކުންނާނީ އިންޑިއާއާ ދެކޮޅަށެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ވިއްސާރައާ ހެދި ބުރު އާއި ނިއު މެޗު ފަސްކުރަން ޖެހިއްޖެ

މޫސުން ގޯސްވެ ގަލޮޅު ދަނޑުގައި ފެންބޮޑުވުމުގެ ސަބަބުން، ދިވެހި ޕްރިމިއާ ލީގުގައި މިރޭ ނިއު ރޭޑިއަންޓާއި ބުރު ސްޕޯޓްސް ކްލަބް ބައްދަލުކުރަން އޮތް މެޗު އެފްއޭއެމް އިން ފަސްކޮށްފި. މިއަދު ހަވީރު ކުޅުނު މެޗަށްވެސް ވިއްސާރައިގެ އަސަރުކޮށްފައިވާއިރު، މިރޭގެ މެޗު ފަސްކުރަން ނިންމީ މެޗު ކުޅެވޭނެ ފަދަ ހާލަތެއް ދަނޑުގައި ނެތުމުން.

އޮޑި އާއި އީގަލްސްގެ ކުރިމަތިލުމަށް ހަމަހަމަ ނިމުމެއް

ދިވެހި ޕްރިމިއާ ލީގުގައި ކްލަބް އީގަލްސް އާއި އޮޑި ސްޕޯޓްސް ކްލަބް ބައްދަލުކުރި މެޗު 0-0 އިން އެއްވަރުވުމުން، ލީގުގެ އެއް ވަނަ އަށް އެރުމަށް އީގަލްސް އަށް ލިބުނު ފުރުސަތު ގެއްލުނު. ވިއްސާރައިގެ ސަބަބުން ކުޅުމަށް ހުރަސްތަކެއް ކުރިމަތިވި މި މެޗުގައި، ދެ ޓީމުން ލަނޑެއް ޖެހުމަށް ކުރި މަސައްކަތް ކާމިޔާބުނުވީ ދެ ޓީމުގެ ކީޕަރުންގެ ކުޅުން ރަނގަޅުވުމުން

ކްވަރަޝްކޭލިއާ އަށް ސީޒަން ނިމުމުގެ ބިރު

ޗެމްޕިއަންސް ލީގުގައި ބާސެލޯނާއާ ދެކޮޅަށް ކުޅުނު މެޗުގައި ޕީއެސްޖީގެ ކްވަރަޝްކޭލިއާގެ ކަކުލަށް ލިބުނު ސީރިއަސް އަނިޔާއަކާ ގުޅިގެން އޭނާއަށް މި ސީޒަން ނިމިއްޖެ. ޓެސްޓްތަކުން ދައްކާގޮތުގައި އޭނާގެ އޭސީއެލް އިރައިގެން ގޮސްފައިވާއިރު، މި އަނިޔާއިން ރަނގަޅުވުމަށް ގާތްގަނޑަކަށް 6 މަހާއި 9 މަހާ ދެމެދުގެ މުއްދަތެއް ނަގާނެ

އިންގްލެންޑުން ރިޓަޔާނުކުރާ ކަމަށް ހެންޑަސަން ބުނެފި

މިހާރު ޗެލްސީއަށް ކުޅެމުން އަންނަ ތަޖުރިބާކާރު މިޑްފީލްޑަރު ހެންޑަސަން، އިންގްލެންޑް ގައުމީ ޓީމުން ރިޓަޔާނުކުރާ ކަމަށާއި އަދިވެސް ގައުމީ ޓީމަށް ކުޅުމުގެ ޝައުގުވެރިކަން އެބަހުރި ކަމަށް ބުނެފި. އޭނާ ގަބޫލުކުރާ ގޮތުގައި ޗެލްސީގައި ރަނގަޅު ކުޅުމެއް ދައްކައިގެން އަދިވެސް އެންމެ މަތީ ފަންތީގައި ގައުމީ ޓީމަށް ޚިދުމަތް ކުރުމުގެ ފުރުސަތު އޭނާއަށް އެބައޮތް

އިހުތިރާމް ކުރާތީ ފަބްރެގަސް ސުވާލަކަށް ޖަވާބު ނުދިން

މެންޗެސްޓާ ޔުނައިޓެޑްގެ ކޯޗުކަމާ ހަވާލުވުމާ ގުޅޭގޮތުން ނޫސްވެރިއަކު ކުރި ސުވާލަށް ޖަވާބުދޭން ކޯމޯގެ ކޯޗު ސެސްކް ފަބްރެގަސް ދެކޮޅުހަދައިފި. ފަބްރެގަސް ބުނީ މިވަގުތު ޔުނައިޓެޑްގެ ކޯޗަކަށް ހުރި މައިކަލް ކެރިކަށް އިހުތިރާމް އަދާކުރުމުގެ ގޮތުން އެ ސުވާލަށް ޖަވާބުދޭން ބޭނުންނުވާ ކަމަށް

ނިއު އަކީ ވަރުގަދަ ޓީމެއް ވިޔަސް ބުރަށް ވާދަކުރެވޭނެ

ނިއު ރޭޑިއަންޓަކީ ވަރުގަދަ ޓީމެއް ނަމަވެސް، ބުރު ސްޕޯޓްސް ކްލަބުން އެ ޓީމާ ދެކޮޅަށް ރަނގަޅު ވާދައެއްކޮށް ކާމިޔާބު ހޯދޭނެ ކަމުގެ އުންމީދު އެބައޮތް ކަމަށް ކޯޗު ރޮޑްރިގޭޒް ބުނެފި. ކޯޗު ފާހަގަކުރި ގޮތުގައި ޓީމުގެ ކުޅުން ދުވަހުން ދުވަހަށް ކުރިއަރަމުން އަންނާތީ، ކޮންމެ ޓީމެއް އަތުންވެސް މޮޅުވެވޭނެ ކަމުގެ އިތުބާރު މިހާރު އެބައޮތް

ލިވަޕޫލަށް ތަފާތު މޮޅެއް، ޕީއެސްޖީން ބާސެލޯނާ ބަލިކޮށްފި

ޗެމްޕިއަންސް ލީގުގައި ރޭ ކުޅުނު މެޗުތަކުން ޕީއެސްޖީން 4-2 އިން ބާސެލޯނާ ބަލިކުރިއިރު، ލިވަޕޫލުން ވަނީ ފަހަތުން އަރައި 4-3 އިން ވިޔަރެއާލްގެ މައްޗަށް ކުރިހޯދާފައި މީގެ އިތުރުން މެންޗެސްޓާ ސިޓީން 5-1 އިން އޭއީކޭ އެތަންސް ބަލިކުރިއިރު، އެ މެޗުގައި ފިލް ފޯޑެން ވަނީ ހެޓްރިކެއް ހަދާފައި

Newsletter

Get the latest news delivered straight to your inbox