ނާޖީގެ ފަރާތުން ޕޮޒިޓިވް ގިނަ ކަންކަން ފެނުނު: އިމްރާން

ނާޖިހު އިއްޔެގެ މެޗުގެ ތެރެއިން ވޯމަޕްކުރަނީ.-- ފޮޓޯ: އިބްރާހިމް ފާއިދު/ އެފްއޭއެމް

ނާޖިހު އިއްޔެގެ މެޗުގެ ތެރެއިން ވޯމަޕްކުރަނީ.-- ފޮޓޯ: އިބްރާހިމް ފާއިދު/ އެފްއޭއެމް

ސްރީ ލަންކާގައި އިއްޔެ ފެށި މަހިންދަ ރާޖަޕަކްސަ ފޯ ނޭޝަންސް ކަޕްގެ ފުރަތަމަ މެޗުގައި ލަންކާ ކޮޅަށް ރާއްޖޭން ހަތަރު ގޯލުގެ ލީޑެއްނަގާފައި ވަނިކޮށް 4-4 އިން މެޗު އެއްވަރުވިއިރު، އެ މެޗުގައި ގައުމީ ޓީމުގެ ގޯލު ބެލެހެއްޓި ޒުވާން ކީޕަރު ނާޖިހު އަލީ (ނާޖީ)ގެ ފަރާތުން ޕޮޒިޓިވް ގިނަ ކަންތައްތަކެއް ފެނުނު ކަމަށް ގައުމީ ޓީމުގެ ގޯލްކީޕަރު ކޯޗު އިމްރާން މުހައްމަދު ބުނެފި އެވެ.

އިއްޔެގެ މެޗުގައި ރާއްޖޭން 58 މިނިޓް ތެރޭ ހަތަރު ގޯލުގެ ލީޑެއް ނެގި އެވެ. ލަންކާ ކޮޅަށް ރާއްޖޭގެ ގޯލުތައް ޖެހީ ކެޕްޓަން އަކުރަމް އަބްދުލް ގަނީ (އަކޫ)، އަލީ ފާސިރު (ސެންޓޭ)، އިބްރާހިމް މަހުދީ (ފޭދޫ އިއްބެ) އަދި އަލީ އަޝްފާގު (ދަގަނޑޭ) ޖެހި ގޯލުތަކުންނެވެ.

ލަންކާ އިން އެއްވަރުކުރީ ފަހު 25 ވަރަކަށް މިނިޓް ތެރޭ އެ ޓީމުގެ ފޯވާޑް ވަސީމް ރަޒީކް ޖެހި ހަތަރު ގޯލުންނެވެ. ވަސީމް މި ހަތަރު ގޯލު ވެސް ޖެހީ އޭރިއާތެރެއިން ލިބުނު ފުރުސަތު ތަކުންނެވެ. ރާއްޖޭގެ ޑިފެންސްގެ ގޯސްތަކެއްގެ ސަބަބުން އޭރިއާތެރެއިން ލިބުނު ޖާގަތަކުގެ ބޭނުންހިފައި ވަސީމް ގޯލުތައް ޖެހިއިރު، އެ ބޯޅަތައް ހުއްޓުވަން ނާޖީ އަށް މާ ބޮޑު ކަމެއް ނުކުރެވުނެވެ.

Advertisement

އިއްޔެގެ މެޗުގައި އަލަށް ފުރަތަމަ އެގާރައިގައި ކުޅެ ނާޖީ ދެއްކި ކުޅުމުގައި ރަނގަޅު ކަންތައްތަކެއް ހުރިކަން ކީޕަރު އިމްރާން ވަނީ ފާހަގަކޮށްފަ އެވެ.

"މިއީ އަދި ފެށުމެއް. ފުރަތަމަ މެޗުގައި އަހަރެމެންނަށް ނާޖީގެ ފަރާތުން ޕޮޒިޓިވް ގިނަ ކަންތައްތަކެއް ފެނުނު. މާ ބޮޑަށް ކަންތައްތަކަށް ނުވިސްނާ ކުރިއަށްދާންވީ. އަހަރެމެން މި ތިބީ އެހީވާން ތައްޔާރަށް،" އިމްރާން، އޭނާގެ ރަސްމީ ފޭސްބުކް އެކައުންޓްގައި ޕޯސްޓްކޮށްފައިވެ އެވެ.

ސާފް ޗެމްޕިއަންޝިޕްގެ ޕްރެކްޓިހެއްގެ ތެރެއިން ނާޖީ (ވ) އާއި ކީޕަރު އިމްރާން.-- ފޮޓޯ: ހުސެއިން ޝަޔާހު/ އަދަދު

ގައުމީ ޖޯޒީގައި އުމުރުން 21 އަހަރުގެ ނާޖީ ފުރަތަމަ ފެނުނީ ސާފް ޗެމްޕިއަންޝިޕަށް ފަރިތަކުރުމުގެ ތެރެއިން ގަތަރު ޓްރެއިނިން ކޭމްޕް ތެރެއިން ކުޅުނު މެޗެއްގަ އެވެ. ގަތަރުގެ އާމީ ޓީމާ ދެކޮޅަށް ކުޅުނު މެޗުގައި ނާޖީ ކުޅެން އެރީ ދެ ވަނަ ހާފުގައި ބަދަލެއްގެ ގޮތުގަ އެވެ.

ނާޖީ އަށް އިއްޔެގެ މެޗުން ފުރުސަތު ލިބުނު އެންމެ ބޮޑު ސަބަބަކީ ގައުމީ ޓީމުގެ އެއް ވަނަ ކީޕަރު މުހައްމަދު ފައިސަލް، އަނިޔާގެ ސަބަބުން މި ފަހަރުގެ ފޯ ނޭޝަންސް ކަޕްގައި ނުކުޅޭތީ އެވެ. ނާޖީ އިއްޔެ ދެއްކި ކުޅުމަށް ހިތްވަރުދީ ފައިސަލް ވަނީ މެސެޖެއް ވެސް ދީފަ އެވެ.

"ކުރިއަރަށް ރަނގަޅަށް ތި ކުރާ މަސައްކަތް ހުއްޓާނުލައި ކުރިއަށްގެންދާތި. ކޮންމެ ދުވަހަކު ވީ އެންމެ ރަނގަޅަށް މަަސައްކަތް ކުރަންވާނެ،" ފައިސަލް ބުންޏެވެ.

ނާޖީ، 21، ގައުމީ ޓީމުގައި ފުރަތަމަ ހިމެނީ މިދިޔަ ޖޫން މަހު އޮތް ވޯލްޑް ކަޕް/ އޭޝިއަން ކަޕް ޖޮއިންޓް ކޮލިފައިން މެޗުތަކަށް ނެގި ސްކޮޑުގަ އެވެ. މިދިޔަ މަހު ސާފް ޗެމްޕިއަންޝިޕަށް ނެގި ފައިނަލް ސްކޮޑުގައި ވެސް ނާޖީ ހިމެނުނެވެ.

ގައުމީ ޓީމުގެ ޓްރެއިނިންތަކުގައި ނާޖީ އަށް ލިބުނު އިތުބާރާ އެކު އޭނާ ވަނީ ދާދި ފަހުން ބަހްރޭނުގައި ކުރިއަށްދިޔަ އޭއެފްސީ 23 އަހަރުން ދަށުގެ މުބާރާތުގެ ކޮލިފައިންގައި ރަނގަޅު ކުޅުމެއް ދައްކައިފަ އެވެ. ރާއްޖޭން ކޮލިފައިންގައި އިރާގާއި ބަހްރޭނާ ދެކޮޅަށް ކުޅެ ބަލިވި ނަމަވެސް ދެ މެޗުގައި ވެސް ނާޖީގެ ފަރާތުން ރަނގަޅު ސޭވްތަކެއް ފެނުނެވެ. ހާއްސަކޮށް ދެ ވަނަ މެޗުގައި ޕްރެޝަރު ވަގުތެއްގައި ބަހްރޭނުން ފޮނުވާލި ޕެނަލްޓީއެއް ހުއްޓުވުން ހިމެނެ އެެވެ.

ޔުނައިޓެޑް ވިކްޓްރީ (ޔޫވީ) އަށް މިދިޔަ ސީޒަނުގައި މޮޅު ކުޅުމެއް ދެއްކި ނާޖީ އަކީ މި ވަގުތު އެންމެ ރަނގަޅަށް މަސައްކަތް ކުރަމުން އަންނަ އެއް ކީޕަރެވެ.

ހަތަރު ގައުމުގެ މެދުގައި ކުޅޭ ފޯ ނޭޝަންސް ކަޕްގައި މިއަދު ހަވީރު އޮތީ ބަންގްލަދޭޝާއި ސީޝެލްސް ބައްދަލުކުރާ މެޗެވެ.

ރާއްޖެ ކުޅޭ ދެ ވަނަ މެޗުގައި އަންނަ ހޮނިހިރު ދުވަހު ހަވީރު ބަންގްލަދޭޝާ ބައްދަލުކުރާނެ އެވެ. އަދި ލީގު ބުރުގެ ފަހު މެޗުގައި އަންނަ ހަފްތާގެ އަންގާރަ ދުވަހު ރާއްޖޭން ސީޝެލްސްއާ ކުޅޭނެ އެވެ. ލީގު ބުރު ނިމޭއިރު ގަދަ ދެ ޓީމުގެ ތެރޭގައި ހިމެނިއްޖެނަމަ ރާއްޖޭން ފައިނަލް ކުޅޭނީ މި މަހު 19 ވަނަ ދުވަހު އެވެ. އެ މެޗުގެ ޝަރަފްވެރި މެހެމާނަކީ ފީފާގެ ރައީސް ޖިއާނީ އިންފަންޓީނޯ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ކެރިކް ވަކިކޮށްފިނަމަ ޔުނައިޓެޑްގެ ކޯޗުކަން ޕޮޗެޓީނޯ އަށް: ރިޕޯޓް

މެންޗެސްޓާ ޔުނައިޓެޑްގެ ނަތީޖާތައް ދަށްވުމުގެ ސަބަބުން ކޯޗު މައިކަލް ކެރިކް މަގާމުން ވަކިކޮށްފިނަމަ، އެ މަގާމަށް އެމެރިކާ ގައުމީ ޓީމުގެ ކޯޗު މައުރީސިއޯ ޕޮޗެޓީނޯ ގެނައުމަށް އެ ކްލަބުން އަންނަނީ ވިސްނަމުންނެވެ. ލީގުގެ ރެލިގޭޝަން ޒޯނަށް ވެއްޓިފައިވާ ޔުނައިޓެޑުން ކެރިކާ މެދު ގޮތެއް ނިންމުމަށް ބޯޑު ބައްދަލުވުންތައް ބާއްވަމުންދާއިރު، ޕޮޗެޓީނޯގެ އިތުރުން ނާގަލްސްމަން އާއި އެޑީ ހޯވް ފަދަ ކޯޗުންނަށްވެސް އެ ކްލަބުން ފާރަލަމުންދެއެވެ.

ޕާކިސްތާނުން ތަށްޓާ މެދު އަދި ނުވިސްނާ

ސާފް ޗެމްޕިއަންޝިޕްގައި ރާއްޖެ ބަލިކޮށް ޕާކިސްތާނުން ސެމީ ފައިނަލުގެ ޖާގައެއް ކަށަވަރުކުރި ނަމަވެސް، އެ ޓީމުގެ މިހާރުގެ އަމާޒަކީ ހަމައެކަނި ފައިނަލަށް ދިއުން ކަމަށް ކޯޗު ސޮލާނޯ ބުނެފި. އަށް އަހަރަށްފަހު ސެމީއަށް ދަތުރުކުރި ޕާކިސްތާނުން ތަށްޓާ މެދު ވިސްނުމުގެ ބަދަލުގައި މިވަގުތު އިސްކަންދެނީ ކުރިއަށް އޮތް ސެމީ މެޗަށް ރަނގަޅަށް ތައްޔާރުވުމަށް

ރައުލް، ރެއާލް އޮވިއޭޑޯގެ ކޯޗަކަށް ހަމަޖައްސައިފި

ރެއާލް މެޑްރިޑްގެ ލެޖެންޑް ރައުލް ގޮންޒާލޭޒް، ސްޕެއިންގެ ދެވަނަ ޑިވިޝަނުގެ ކްލަބް ރެއާލް އޮވިއޭޑޯގެ ކޯޗަކަށް 2028 ވަނަ އަހަރުގެ ނިޔަލަށް ހަމަޖައްސައިފި. އޭނާ މި މަގާމާ ހަވާލުވީ ރެއާލް މެޑްރިޑްގެ ރިޒާވް ޓީމުގައި ހަ އަހަރު ދުވަހު ކޯޗުކަން ކުރުމަށްފަހު، ނަތީޖާ ދަށްވުމުގެ ސަބަބުން ވަކިކުރި ޖޫލިއަން ކަލޭރޯގެ ބަދަލުގައި

ތަޖުރިބާ ރަނގަޅު، ބޭނުމީ ވަރުގަދަ ޓީމުތަކާ ކުޅެން: އިންމި

ޗައިނާ އިންޓަނޭޝަނަލް ފުޓްސަލް މުބާރާތުގެ ތިންވަނަ ރާއްޖެއަށް ލިބުނުއިރު، މިއީ ގައުމީ ޓީމުގެ ކުރިއެރުމަށް ލިބުނު ވަރަށް ރަނގަޅު ތަޖުރިބާއެއް ކަމަށް ކެޕްޓަން އިމްރާން (އިންމި) ބުނެފި. އޭނާ ފާހަގަކުރި ގޮތުގައި ރާއްޖޭގެ ޓީމުން މިހާރު ބޭނުންވަނީ ވަރުގަދަ ޓީމުތަކާ ދެކޮޅަށް ކުޅެގެން ފެންވަރު ރަނގަޅުކުރަން ކަމަށް

ރާއްޖެ ކައިރިން މޮޅުވެ ޗައިނާ އަށް ޗެމްޕިއަންކަން

ޗައިނާ އިންޓަނޭޝަނަލް ފުޓްސަލް މުބާރާތުގެ ފަހު މެޗުގައި ރާއްޖެ 8-3 އިން ބަލިކޮށް، ކުޅުނު ތިން މެޗުން މޮޅުވެގެން ޗައިނާ އިން މުބާރާތުގެ ޗެމްޕިއަންކަން ހޯދައިފި. މި މުބާރާތުގައި ރާއްޖެއަށް ލިބުނީ ތިން ވަނަ މަގާމު ކަމަށްވާއިރު، ރާއްޖެއިން ވަނީ ހޮންގް ކޮންގް އަތުން ބޮޑު މޮޅެއް ހޯދައި ދެކުނު ކޮރެއާ އަތުން ބަލިވެފައި

ގަލޮޅު ދަނޑު ފުޓްބޯޅަ ކުޅުމާއި މުނިފޫހިފިލުވޭނެ ތަނަކަށް ހަދަނީ

ގަލޮޅު ދަނޑު ތަޅާލުމަށްފަހު، އެތަނަކީ ފުޓްބޯޅައިގެ އިތުރުން މުނިފޫހިފިލުވުމުގެ ތަފާތު ހަރަކާތްތައް ބޭއްވޭނެ ފަދަ ހިތްގައިމު މަރުކަޒަކަށް ބަދަލުކުރަން ސަރުކާރުން ވަނީ ނިންމާފައި. މި މަޝްރޫޢުގެ ދަށުން ދަނޑުގެ ޕިޗާއި ސިޑިބަރިތައް އައުކޮށް، އާންމުންނަށް ފަސޭހައިން ވަދެނިކުމެ އުޅެވޭނެހެން އެ ސަރަހައްދު ތަރައްގީކުރާނެ

ޔުނައިޓެޑްގެ ކޯޗުކަމުން އިސްތިއުފާ ނުދޭނެ ކަމަށް ކެރިކް ބުނެފި

މެންޗެސްޓާ ޔުނައިޓެޑްގެ ނަތީޖާތައް ދަށްވެ ޓީމު ރެލިގޭޝަން ޒޯނަށް ވެއްޓިފައިވީ ނަމަވެސް، މަގާމުން އިސްތިއުފާ ދިނުމުގެ ވިސްނުމެއް ނެތް ކަމަށް ކޯޗު މައިކަލް ކެރިކް ބުނެފި. ކެރިކް ގަބޫލުކުރާ ގޮތުގައި ހެދޭ ގޯސްތައް ރަނގަޅުކޮށްގެން ޓީމުގެ ހާލަތު ބަދަލުކުރެވޭނެ ކަމުގެ އުންމީދު އެބައޮތް.

Newsletter

Get the latest news delivered straight to your inbox