އުއްމީދަކީ 2008 ގެ ފޯރި އަލުން ގެނައުން: އިމްރާން

Aug 28, 2021, 4:09 AM
ގައުމީ ޓީމުގެ ފަރިތަކުރުންތަކުގެ ތެރެއިން އިމްރާން.-- ފޮޓޯ: އެފްއޭއެމް/ އިބްރާހިމް ފާއިދު

ގައުމީ ޓީމުގެ ފަރިތަކުރުންތަކުގެ ތެރެއިން އިމްރާން.-- ފޮޓޯ: އެފްއޭއެމް/ އިބްރާހިމް ފާއިދު

އަންނަ އޮކްޓޫބަރު މަހު މާލޭގައި ސާފް ޗެމްޕިއަންޝިޕް ބާއްވާއިރު، އެންމެ ބޮޑު އުއްމީދަކީ 2008 ވަނަ އަހަރު ރާއްޖޭގައި ސާފް ޗެމްޕިއަންޝިޕް ހޯސްޓްކުރިއިރު އޮތްވަރުގެ ފޯރިއެއް މި ފަހަރު ވެސް ގެނައުން ކަމަށް ގައުމީ ޓީމުގެ އެސިސްޓަންޓް ގޯލްކީޕަރު ކޯޗު އިމްރާން މުހައްމަދު ބުނެފި އެވެ.

ރާއްޖޭން އެންމެ ފުރަތަމަ ސާފް ޗެމްޕިއަންޝިޕް ކާމިޔާބުކުރީ 2008 ވަނަ އަހަރު ރާއްޖެ އާއި ސްރީލަންކާ ގުޅިގެން މުބާރާތް ހޯސްޓް ކުރިއިރު އެވެ. އެ ފަހަރު ރާއްޖޭން މުބާރާތުގެ ތަށި ފުރަތަމަ ފަހަރަށް އުފުލާލިއިރު، މުޅި މުބާރާތުގެ ތެރޭގައި ގައުމު އޮތީ ވަރަށް ފޯރީގަ އެވެ.

ގައުމީ ޓީމުގެ ކޯޗިން ސްޓާފުން ބުރާސްފަތި ދުވަހު ގަލޮޅު ދަނޑުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަމުން އިމްރާން ބުނީ މި ފަހަރު ސާފް ޗެމްޕިއަންޝިޕް ބާއްވަން މި ލިބުނީ ވަރަށް މުހިއްމު ވަގުތެއްގައި ކަމަށެވެ. އެއީ ރާއްޖޭން އެންމެ ފަހުން 2018 ވަނަ އަަހަރު ބޭއްވި ސާފް ޗެމްޕިއަންޝިޕް ކާމިޔާބު ކޮށްފައިވާތީ އެެވެ.

"ސާފް ޗެމްޕިއަންޝިޕް ތަށި އެންމެ ފަހުން ހޯދާފައި މިވަނީ ރާއްޖޭގެ ގައުމީ ޓީމުން. ރާއްޖޭން މި ތަށި ހޯދީ ރާއްޖޭން ބޭރުގައި (ކުޅެގެން). އޭގެ ކުރިން ފަހަރު 2008 ގައި އަޅުގަނޑުމެން ސާފް ޗެމްޕިއަންޝިޕް ތަށި ވަރަށް ފޯރީގައި ގައުމު އެއްކުލައެއްގައި ގޮސް ތަށި ހޯދައިގެން އައީ. އެ ފޯރި އަލުން ފެނުން އުއްމީދަކީ،" އިމްރާން ބުންޏެވެ.

އުއްމީދުކުރަނީ ރާއްޖޭގައި 2008 ގައި އޮތް ވަރެއްގެ ފޯރިއެއް ނަގައި. މި މުބާރާތުގެ ސާފް ޗެމްޕިއަންޝިޕްގެ ތަށި ރާއްޖޭގައި ބެހެއްޓުން -- އިމްރާން

އިމްރާން ދެކޭގޮތުގައި މި ފަހަރުގެ ސާފް ޗެމްޕިއަންޝިޕަކީ ފުޓްބޯޅައިގައި ދަށްވެފައި މި އޮތް ފޯރި ރަނގަޅު ކޮށްލަން ބޭނުންހިފިދާނެ މުބާރާތެކެވެ.

"ގައުމީ ޓީމަށް ސަޕޯޓްނުކުރާ ދިވެއްސެއް ހުންނާނެ ކަމަކަށް އަޅުގަނޑެއް ގަބޫލެއް ނުކުރަން. ފާޑުކިޔުންތަކާ އެ ހުރިހާ ކަމެއް ވެސް އެ އަންނަނީ އަސްލުގައި ދިވެހި ގައުމީ ޓީމަށް، ފުޓްބޯޅަ އަށް އޮންނަ ލޯތްބެއްގެ ސަބަބުން،" ރާއްޖޭގައި އުފެދުނު އެންމެ މޮޅު ގޯލްކީޕަރު ބުންޏެވެ.

ގައުމީ ޓީމުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން އިމްރާން.-- ފޮޓޯ: ހުސެއިން ޝަޔާހު/ އަދަދު

ގައުމީ ޓީމުން އަބަދު ވެސް މުޅި ގައުމު އެއްބައިވަންތަ ކުރުމުގައި އިސްރޯލެއް ކުޅެ އެވެ. މީގެ ކުރިން އެކަން ވަނީ ސާބިތުވެފަ އެވެ. ރާއްޖޭން 2008 ވަނަ އަހަރު ސާފް ޗެމްޕިއަންޝިޕް ކާމިޔާބުކުރިއިރާއި 2014 ވަނަ އަހަރުގެ އޭއެފްސީ ޗެލެންޖް ކަޕް ރާއްޖޭގައި ބޭއްވިއިރު، އެއްބައިވަންތަކަމުގެ އެ މަންޒަރު ވަރަށް ބޮޑަށް ފެނިގެންދިޔަ އެވެ.

އިމްރާން ބުނީ ގައުމީ ޓީމުގެ ފަހަތުގައި އަބަދުވެސް އޮންނަ 12 ވަނަ ކުޅުންތެރިޔާ އަކީ ނަމޫނާ ދައްކާ ބައެއް ކަމަށެވެ.

"(މި ފަހަރުގެ ސާފް ޗެމްޕިއަންޝިޕަކީ) ދިވެހިރާއްޖޭގެ ގައުމީ ޓީމުގެ 12 ވަނަ ކުޅުންތެރިޔާ. އެ ކުޅުންތެރިޔާގެ ގޮތުގައި މުޅި ދުނިޔެ އަށް ދައްކާލަން ލިބޭ ވަރަށް ރަނގަޅު ފުރުސަތެއް މިއީ،" ގައުމީ ޓީމަށް 109 މެޗު ކުޅެދީ ފީފާ ސެންޗަރީ ކްލަބްގައި ވެސް ހިމެނިފައިވާ އިމްރާން ބުންޏެވެ.

ގައުމީ ޓީމުގެ ގޯލްކީޕަރު ޓްރެއިނަރު އަސްލަމް އަބްދުއްރަހީމް ބުނީ ގައުމީ ޓީމުގެ ޕްރިލިމިނަރީ ސްކޮޑުގައި ތިބި ހަތަރު ގޯލްކީޕަރުންނާ މެދު ވެސް ވަރަށް ބޮޑު ޔަގީންކަމެއް އެބައޮތް ކަމަށެވެ. އަދި މުބާރާތުގައި ވެސް ކީޕަރުންގެ ފަރާތުން މޮޅު ކުޅުމެއް ފެންނާނެ ކަމުގެ ޔަގީންކަން އެބައޮތް ކަމަށެވެ.

އޮކްޓޫބަރު މަހު 1-16 އަށް ބާއްވާ ސާފް ޗެމްޕިއަންޝިޕަށް ގައުމީ ޓީމުން މިހާރު ޕްރެކްޓިސް ފަށާފައިވާއިރު، ސްކޮޑުގައި ހިމެނޭ ކީޕަރުންނަކީ ވެލެންސިއާގެ މުހައްމަދު ފައިސަލާއި މުހައްމަދު ޝަފީއު (ޗެކް)، މާޒިޔާގެ ހުސެއިން ޝަރީފް (ހުސެން) އަދި ޔުނައިޓެޑް ވިކްޓްރީ (ޔޫވީ)ގެ އަލީ ނާޖިހު އެވެ. މީގެ ތެރެއިން ފައިސަލް އަކީ ރާއްޖޭން 2018 ވަނަ އަހަރުގެ ސާފް ސުޒުކީ ކަޕް ކާމިޔާބުކުރިއިރު މުބާރާތުގެ އެންމެ މޮޅު ކުޅުންތެރިޔާ އެެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ކެރިކް ވަކިކޮށްފިނަމަ ޔުނައިޓެޑްގެ ކޯޗުކަން ޕޮޗެޓީނޯ އަށް: ރިޕޯޓް

މެންޗެސްޓާ ޔުނައިޓެޑްގެ ނަތީޖާތައް ދަށްވުމުގެ ސަބަބުން ކޯޗު މައިކަލް ކެރިކް މަގާމުން ވަކިކޮށްފިނަމަ، އެ މަގާމަށް އެމެރިކާ ގައުމީ ޓީމުގެ ކޯޗު މައުރީސިއޯ ޕޮޗެޓީނޯ ގެނައުމަށް އެ ކްލަބުން އަންނަނީ ވިސްނަމުންނެވެ. ލީގުގެ ރެލިގޭޝަން ޒޯނަށް ވެއްޓިފައިވާ ޔުނައިޓެޑުން ކެރިކާ މެދު ގޮތެއް ނިންމުމަށް ބޯޑު ބައްދަލުވުންތައް ބާއްވަމުންދާއިރު، ޕޮޗެޓީނޯގެ އިތުރުން ނާގަލްސްމަން އާއި އެޑީ ހޯވް ފަދަ ކޯޗުންނަށްވެސް އެ ކްލަބުން ފާރަލަމުންދެއެވެ.

ޕާކިސްތާނުން ތަށްޓާ މެދު އަދި ނުވިސްނާ

ސާފް ޗެމްޕިއަންޝިޕްގައި ރާއްޖެ ބަލިކޮށް ޕާކިސްތާނުން ސެމީ ފައިނަލުގެ ޖާގައެއް ކަށަވަރުކުރި ނަމަވެސް، އެ ޓީމުގެ މިހާރުގެ އަމާޒަކީ ހަމައެކަނި ފައިނަލަށް ދިއުން ކަމަށް ކޯޗު ސޮލާނޯ ބުނެފި. އަށް އަހަރަށްފަހު ސެމީއަށް ދަތުރުކުރި ޕާކިސްތާނުން ތަށްޓާ މެދު ވިސްނުމުގެ ބަދަލުގައި މިވަގުތު އިސްކަންދެނީ ކުރިއަށް އޮތް ސެމީ މެޗަށް ރަނގަޅަށް ތައްޔާރުވުމަށް

ރައުލް، ރެއާލް އޮވިއޭޑޯގެ ކޯޗަކަށް ހަމަޖައްސައިފި

ރެއާލް މެޑްރިޑްގެ ލެޖެންޑް ރައުލް ގޮންޒާލޭޒް، ސްޕެއިންގެ ދެވަނަ ޑިވިޝަނުގެ ކްލަބް ރެއާލް އޮވިއޭޑޯގެ ކޯޗަކަށް 2028 ވަނަ އަހަރުގެ ނިޔަލަށް ހަމަޖައްސައިފި. އޭނާ މި މަގާމާ ހަވާލުވީ ރެއާލް މެޑްރިޑްގެ ރިޒާވް ޓީމުގައި ހަ އަހަރު ދުވަހު ކޯޗުކަން ކުރުމަށްފަހު، ނަތީޖާ ދަށްވުމުގެ ސަބަބުން ވަކިކުރި ޖޫލިއަން ކަލޭރޯގެ ބަދަލުގައި

ތަޖުރިބާ ރަނގަޅު، ބޭނުމީ ވަރުގަދަ ޓީމުތަކާ ކުޅެން: އިންމި

ޗައިނާ އިންޓަނޭޝަނަލް ފުޓްސަލް މުބާރާތުގެ ތިންވަނަ ރާއްޖެއަށް ލިބުނުއިރު، މިއީ ގައުމީ ޓީމުގެ ކުރިއެރުމަށް ލިބުނު ވަރަށް ރަނގަޅު ތަޖުރިބާއެއް ކަމަށް ކެޕްޓަން އިމްރާން (އިންމި) ބުނެފި. އޭނާ ފާހަގަކުރި ގޮތުގައި ރާއްޖޭގެ ޓީމުން މިހާރު ބޭނުންވަނީ ވަރުގަދަ ޓީމުތަކާ ދެކޮޅަށް ކުޅެގެން ފެންވަރު ރަނގަޅުކުރަން ކަމަށް

ރާއްޖެ ކައިރިން މޮޅުވެ ޗައިނާ އަށް ޗެމްޕިއަންކަން

ޗައިނާ އިންޓަނޭޝަނަލް ފުޓްސަލް މުބާރާތުގެ ފަހު މެޗުގައި ރާއްޖެ 8-3 އިން ބަލިކޮށް، ކުޅުނު ތިން މެޗުން މޮޅުވެގެން ޗައިނާ އިން މުބާރާތުގެ ޗެމްޕިއަންކަން ހޯދައިފި. މި މުބާރާތުގައި ރާއްޖެއަށް ލިބުނީ ތިން ވަނަ މަގާމު ކަމަށްވާއިރު، ރާއްޖެއިން ވަނީ ހޮންގް ކޮންގް އަތުން ބޮޑު މޮޅެއް ހޯދައި ދެކުނު ކޮރެއާ އަތުން ބަލިވެފައި

ގަލޮޅު ދަނޑު ފުޓްބޯޅަ ކުޅުމާއި މުނިފޫހިފިލުވޭނެ ތަނަކަށް ހަދަނީ

ގަލޮޅު ދަނޑު ތަޅާލުމަށްފަހު، އެތަނަކީ ފުޓްބޯޅައިގެ އިތުރުން މުނިފޫހިފިލުވުމުގެ ތަފާތު ހަރަކާތްތައް ބޭއްވޭނެ ފަދަ ހިތްގައިމު މަރުކަޒަކަށް ބަދަލުކުރަން ސަރުކާރުން ވަނީ ނިންމާފައި. މި މަޝްރޫޢުގެ ދަށުން ދަނޑުގެ ޕިޗާއި ސިޑިބަރިތައް އައުކޮށް، އާންމުންނަށް ފަސޭހައިން ވަދެނިކުމެ އުޅެވޭނެހެން އެ ސަރަހައްދު ތަރައްގީކުރާނެ

ޔުނައިޓެޑްގެ ކޯޗުކަމުން އިސްތިއުފާ ނުދޭނެ ކަމަށް ކެރިކް ބުނެފި

މެންޗެސްޓާ ޔުނައިޓެޑްގެ ނަތީޖާތައް ދަށްވެ ޓީމު ރެލިގޭޝަން ޒޯނަށް ވެއްޓިފައިވީ ނަމަވެސް، މަގާމުން އިސްތިއުފާ ދިނުމުގެ ވިސްނުމެއް ނެތް ކަމަށް ކޯޗު މައިކަލް ކެރިކް ބުނެފި. ކެރިކް ގަބޫލުކުރާ ގޮތުގައި ހެދޭ ގޯސްތައް ރަނގަޅުކޮށްގެން ޓީމުގެ ހާލަތު ބަދަލުކުރެވޭނެ ކަމުގެ އުންމީދު އެބައޮތް.

Newsletter

Get the latest news delivered straight to your inbox