ގައުމީ މުބާރާތް ކާމިޔާބު ކުރެވުމަކީ ލިބޭނެ ބޮޑު ޝަރަފެއް: އިމްރާން

Dec 6, 2021, 5:16 AM
2017 ވަނަ އަހަރުގެ ގައުމީ މުބާރާތުގެ ފައިނަލަށް ފަހު ކީޕަރު އިމްރާން (ކ) އާއި އަލީ އަޝްފާގު މުބާރާތުގެ ޓްރޮފީ ހިފައިގެން.-- ފޮޓޯ: އިމޭޖަސް.އެމްވީ

2017 ވަނަ އަހަރުގެ ގައުމީ މުބާރާތުގެ ފައިނަލަށް ފަހު ކީޕަރު އިމްރާން (ކ) އާއި އަލީ އަޝްފާގު މުބާރާތުގެ ޓްރޮފީ ހިފައިގެން.-- ފޮޓޯ: އިމޭޖަސް.އެމްވީ

ގައުމީ ފުޓްބޯޅަ މުބާރާތް ނުވަތަ ޕްރެޒިޑެންޓްސް ކަޕް ކާމިޔާބު ކުރެވުމަކީ ކޮންމެ ފުޓްބޯޅަ ކުޅުންތެރިއަކަށް ވެސް ލިބޭނެ ވަރަށް ބޮޑު ޝަރަފެއް ކަމަށް އެ މުބާރާތުގެ އެންމެ ކާމިޔާބު އެއް ކުޅުންތެރިޔާ އަދި ރާއްޖޭގައި އުފެދުނު އެންމެ މޮޅު ގޯލްކީޕަރު އިމްރާން މުހައްމަދު ބުނެފި އެވެ.

ރާއްޖޭގެ ފުޓްބޯޅަ ސީޒަނުގައި މި ފަހަރު އެންމެ ފުރަތަމަ ބާއްވާނީ ޕްރެޒިޑެންޓްސް ކަޕެވެ. މި ފަހަރު ޕްރެޒިޑެންޓްސް ކަޕް މި ބާއްވަނީ ހަތަރު ވަރަކަށް އަހަރުގެ މެދުކެނޑުމަކަށް ފަހު އެވެ. އެންމެ ފަހުން ޕްރެޒިޑެންޓްސް ކަޕް ބޭއްވީ 2017 ވަނަ އަހަރު އެވެ. އެ ފަހަރު ޗެމްޕިއަންކަން ހޯދީ އިމްރާންގެ ކެޕްޓަން ކަމުގައި ކުޅުނު ނިއު ރޭޑިއަންޓުންނެވެ.

އިމްރާން ބުނީ އޭނާގެ ނަޒަރުގައި ރާއްޖޭގައި ބޭއްވޭ ފުޓްބޯޅަ މުބާރާތްތަކުގެ ތެރެއިން އެންމެ ޝަރަފުވެރި މުބާރާތަކީ އަދިވެސް ގައުމީ މުބާރާތް ކަމަށެވެ.

"އެހެންވީމަ ޕްލޭޔަރެއްގެ ހައިސިއްޔަތުން އެ މުބާރާތުގެ ތަށި ކާމިޔާބު ކުރުން އެއީ އެ ކުޅުންތެރިއަކަށް ލިބޭނެ ވަރަށް ބޮޑު ހިތްހަމަޖެހުމެއް. އަދި ވަރަށް ބޮޑު ޝަރަފެއް. އަޅުގަނޑަކީ ފުޓްބޯޅަ ހަޔާތުގައި ގައުމީ މުބާރާތުގެ ތަށި 12 ފަހަރު ކާމިޔާބުކުރި ކުޅުންތެރިއެއް. އެ ތަށި ކާމިޔާބު ކުރުމުން އެ ލިބޭ ހިތްހަމަޖެހުމަކީ ވަރަށް ބޮޑު ހިތްހަމަޖެހުމެއް. ވަރަށް ބޮޑު އުފަލެއް،" ކުރިން ނިއު އާއި ވިކްޓްރީ އަދި ވީބީއާ އެކު ޕްރެޒިޑެންޓްސް ކަޕް ކާމިޔާބުކުރި އިމްރާން ބުންޏެވެ.

އެންމެ މަތީ ފެންވަރުގައި 20 އަހަރު ކުޅުމަށް ފަހު ފުޓްބޯޅަ ކެރިއަރު ނިންމާލިއިރު، އިމްރާން ވަނީ ފުރަތަމަ ޑިވިޝަނުގައި ހަ ކްލަބަށް ކުޅެފަ އެވެ. ކްލަބް އީގަލްސް އިން ކެރިއަރު ފަށައި އޭގެ ފަހުން ވިކްޓްރީ، ވީބީ، ނިއު، މާޒިޔާ އަދި އެންމެ ފަހުން އިމްރާން ފެނުނީ ޓީސީ ޖޯޒީގަ އެވެ.

އިމްރާން މި ވަގުތު ގައުމީ ޓީމުގެ އެސިސްޓަންޓް ގޯލްކީޕަރު ކޯޗެއްގެ މަގާމުގައި ހުރިއިރު، ކުރިއަށް އޮތް ޕްރެޒިޑެންޓްސް ކަޕާ މެދު އޭނާ ހުރީ ހާއްސަ އުއްމީދެއްގަ އެވެ.

"އަޅުގަނޑު އެދެނީ ގައުމީ މުބާރާތުގެ ފޯރި ގަދަވެ، މި ތަށި ކާމިޔާބު ކުރުމަށްޓަކައި ޓީމުތަކުންނާއި ކުޅުންތެރިން ވަރަށް ބުރަ މަސައްކަތެއް ކޮށް، ރަނގަޅު ފެންވަރުގެ ފުޓްބޯޅައެއް ފެނިގެންދާނެ ކަމަށް،" އިމްރާން ބުންޏެވެ.

ހަތަރު ވަރަކަށް އަހަރު ތެރޭ ފުރަތަމަ ފަހަރަށް ޕްރެޒިޑެންޓްސް ކަޕްގައި ކުޅޭ ފުރަތަމަ މެޗު އޮންނާނީ މި މަހު 19 ވަނަ ދުވަހު އެވެ. މުބާރާތް ކުރިއަށްދާނީ ލީގު ފޯމެޓަށް އެއް ބުރަށެވެ. މާނަ އަކީ މިދިޔަ ސީޒަނުގައި ދިވެހި ޕްރިމިއާ ލީގުގައި ކުޅުނު އަށް ޓީމު ޕްރެޒިޑެންޓްސް ކަޕުން ފެންނާނެ އެވެ. ލީގު ބުރުގެ އެންމެ ކުރި ހޯދާ ދެ ޓީމާ އެކު މުބާރާތުގެ ފައިނަލް މެޗު ކުޅޭނީ އަންނަ މަހު 23 ވަނަ ދުވަހު އެވެ.

ރާއްޖޭގެ ފުޓްބޯޅަ ސީޒަން ފަށާނީ މި މަހު 15 ވަނަ ދުވަހު މާޒިޔާ އާއި ވެލެންސިއާ ބައްދަލުކުރާ އެފްއޭ ޗެރިޓީ ޝީލްޑް މެޗުންނެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ކެރިކް ވަކިކޮށްފިނަމަ ޔުނައިޓެޑްގެ ކޯޗުކަން ޕޮޗެޓީނޯ އަށް: ރިޕޯޓް

މެންޗެސްޓާ ޔުނައިޓެޑްގެ ނަތީޖާތައް ދަށްވުމުގެ ސަބަބުން ކޯޗު މައިކަލް ކެރިކް މަގާމުން ވަކިކޮށްފިނަމަ، އެ މަގާމަށް އެމެރިކާ ގައުމީ ޓީމުގެ ކޯޗު މައުރީސިއޯ ޕޮޗެޓީނޯ ގެނައުމަށް އެ ކްލަބުން އަންނަނީ ވިސްނަމުންނެވެ. ލީގުގެ ރެލިގޭޝަން ޒޯނަށް ވެއްޓިފައިވާ ޔުނައިޓެޑުން ކެރިކާ މެދު ގޮތެއް ނިންމުމަށް ބޯޑު ބައްދަލުވުންތައް ބާއްވަމުންދާއިރު، ޕޮޗެޓީނޯގެ އިތުރުން ނާގަލްސްމަން އާއި އެޑީ ހޯވް ފަދަ ކޯޗުންނަށްވެސް އެ ކްލަބުން ފާރަލަމުންދެއެވެ.

ޕާކިސްތާނުން ތަށްޓާ މެދު އަދި ނުވިސްނާ

ސާފް ޗެމްޕިއަންޝިޕްގައި ރާއްޖެ ބަލިކޮށް ޕާކިސްތާނުން ސެމީ ފައިނަލުގެ ޖާގައެއް ކަށަވަރުކުރި ނަމަވެސް، އެ ޓީމުގެ މިހާރުގެ އަމާޒަކީ ހަމައެކަނި ފައިނަލަށް ދިއުން ކަމަށް ކޯޗު ސޮލާނޯ ބުނެފި. އަށް އަހަރަށްފަހު ސެމީއަށް ދަތުރުކުރި ޕާކިސްތާނުން ތަށްޓާ މެދު ވިސްނުމުގެ ބަދަލުގައި މިވަގުތު އިސްކަންދެނީ ކުރިއަށް އޮތް ސެމީ މެޗަށް ރަނގަޅަށް ތައްޔާރުވުމަށް

ރައުލް، ރެއާލް އޮވިއޭޑޯގެ ކޯޗަކަށް ހަމަޖައްސައިފި

ރެއާލް މެޑްރިޑްގެ ލެޖެންޑް ރައުލް ގޮންޒާލޭޒް، ސްޕެއިންގެ ދެވަނަ ޑިވިޝަނުގެ ކްލަބް ރެއާލް އޮވިއޭޑޯގެ ކޯޗަކަށް 2028 ވަނަ އަހަރުގެ ނިޔަލަށް ހަމަޖައްސައިފި. އޭނާ މި މަގާމާ ހަވާލުވީ ރެއާލް މެޑްރިޑްގެ ރިޒާވް ޓީމުގައި ހަ އަހަރު ދުވަހު ކޯޗުކަން ކުރުމަށްފަހު، ނަތީޖާ ދަށްވުމުގެ ސަބަބުން ވަކިކުރި ޖޫލިއަން ކަލޭރޯގެ ބަދަލުގައި

ތަޖުރިބާ ރަނގަޅު، ބޭނުމީ ވަރުގަދަ ޓީމުތަކާ ކުޅެން: އިންމި

ޗައިނާ އިންޓަނޭޝަނަލް ފުޓްސަލް މުބާރާތުގެ ތިންވަނަ ރާއްޖެއަށް ލިބުނުއިރު، މިއީ ގައުމީ ޓީމުގެ ކުރިއެރުމަށް ލިބުނު ވަރަށް ރަނގަޅު ތަޖުރިބާއެއް ކަމަށް ކެޕްޓަން އިމްރާން (އިންމި) ބުނެފި. އޭނާ ފާހަގަކުރި ގޮތުގައި ރާއްޖޭގެ ޓީމުން މިހާރު ބޭނުންވަނީ ވަރުގަދަ ޓީމުތަކާ ދެކޮޅަށް ކުޅެގެން ފެންވަރު ރަނގަޅުކުރަން ކަމަށް

ރާއްޖެ ކައިރިން މޮޅުވެ ޗައިނާ އަށް ޗެމްޕިއަންކަން

ޗައިނާ އިންޓަނޭޝަނަލް ފުޓްސަލް މުބާރާތުގެ ފަހު މެޗުގައި ރާއްޖެ 8-3 އިން ބަލިކޮށް، ކުޅުނު ތިން މެޗުން މޮޅުވެގެން ޗައިނާ އިން މުބާރާތުގެ ޗެމްޕިއަންކަން ހޯދައިފި. މި މުބާރާތުގައި ރާއްޖެއަށް ލިބުނީ ތިން ވަނަ މަގާމު ކަމަށްވާއިރު، ރާއްޖެއިން ވަނީ ހޮންގް ކޮންގް އަތުން ބޮޑު މޮޅެއް ހޯދައި ދެކުނު ކޮރެއާ އަތުން ބަލިވެފައި

ގަލޮޅު ދަނޑު ފުޓްބޯޅަ ކުޅުމާއި މުނިފޫހިފިލުވޭނެ ތަނަކަށް ހަދަނީ

ގަލޮޅު ދަނޑު ތަޅާލުމަށްފަހު، އެތަނަކީ ފުޓްބޯޅައިގެ އިތުރުން މުނިފޫހިފިލުވުމުގެ ތަފާތު ހަރަކާތްތައް ބޭއްވޭނެ ފަދަ ހިތްގައިމު މަރުކަޒަކަށް ބަދަލުކުރަން ސަރުކާރުން ވަނީ ނިންމާފައި. މި މަޝްރޫޢުގެ ދަށުން ދަނޑުގެ ޕިޗާއި ސިޑިބަރިތައް އައުކޮށް، އާންމުންނަށް ފަސޭހައިން ވަދެނިކުމެ އުޅެވޭނެހެން އެ ސަރަހައްދު ތަރައްގީކުރާނެ

ޔުނައިޓެޑްގެ ކޯޗުކަމުން އިސްތިއުފާ ނުދޭނެ ކަމަށް ކެރިކް ބުނެފި

މެންޗެސްޓާ ޔުނައިޓެޑްގެ ނަތީޖާތައް ދަށްވެ ޓީމު ރެލިގޭޝަން ޒޯނަށް ވެއްޓިފައިވީ ނަމަވެސް، މަގާމުން އިސްތިއުފާ ދިނުމުގެ ވިސްނުމެއް ނެތް ކަމަށް ކޯޗު މައިކަލް ކެރިކް ބުނެފި. ކެރިކް ގަބޫލުކުރާ ގޮތުގައި ހެދޭ ގޯސްތައް ރަނގަޅުކޮށްގެން ޓީމުގެ ހާލަތު ބަދަލުކުރެވޭނެ ކަމުގެ އުންމީދު އެބައޮތް.

Newsletter

Get the latest news delivered straight to your inbox