ރިސޯޓް ލީގުގެ ދ. ޒޯނުގައި ނިޔާމަ ޕްރައިވެޓް އައިލަންޑް ބަލިކޮށް އަންގްސާނާ ވެލާވަރު އިން ކުރިއަށް ޖެހިލައިފި އެވެ.
ފަސް ޓީމު ވާދަކުރާ މި ޒޯނުގެ މެޗުތައް މިހާރު ގޮސްފައިވާ ގޮތުން ސީދާ ފައިނަލުގެ ޖާގަ ހޯދުމަށް އެންމެ ފަހި ފުރުސަތެއް އޮތީ ސެއިންޓް ރެޖިސް ވޮއްމުލި އަތުގަ އެވެ. ދެވަނަ އަދި ތިން ވަނަ އަށް ދާ ޓީމު ދާނީ ސެމީ ފައިނަލަށެވެ.
މި މެޗުގެ ހަތަރު ވަނަ މިނިޓްގައި ވެލާވަރު އިން ވަނީ ގޯލު ޖަހައި ލީޑު ނަގައިފަ އެވެ. މި ގޯލު އެ ޓީމަށް ޖަހައިދިނީ އަލީ ޝާނިއު އެވެ. އަދި އޭގެ ހަ މިނިޓް ފަހުން މުހައްމަދު ޝާހް ވަނީ ގޯލު ޖަހައި އެ ޓީމުގެ ލީޑު ފުޅާކޮށްދީފަ އެވެ.
ވެލާވަރުގެ ތިން ވަނަ ގޯލު ދެ ވަނަ ހާފު ފަށައިގެން މިނިޓެއްގެ ތެރޭގައި އެ ޓީމަށް ޖަހައިދިނީ ވިޝާހް ޝަރީފް އެވެ.
އެކަމަކު އޭގެ ހަތަރު މިނިޓް ފަހުން އަހުމަދު ވިސާމް ވަނީ ގޯލު ޖަހައި ފަރަގު ކުޑަކޮށްފަ އެވެ. އަދި އޭގެ މިނިޓެއް ފަހުން އިބްރާހީމް އަފްސަލް ވަނީ ވެލާވަރަށް ގޯލު ޖަހައިދީ ފަރަގު ކުޑަކޮށްފަ އެވެ.
މި ނަތީޖާތަކާ އެކު މި ޒޯނުގެ ފައިނަލަށް ދާނެ ޓީމެއް އެނގޭނީ މާދަމާ ކުޅޭ އިރުވެލި އާއި ކަނޑިންމަ މެޗާއި މިއަދު ހަވީރު 05:00 ގައި ކުޅޭ ނިޔާމަ އާއި ސެއިންޓް ރެޖިސް މެޗަށްފަހުގަ އެވެ.












