ޕައޮލީނީ، 40 އަހަރުވީ ތާރީހު ބަދަލުކޮށްލައިފި

May 18, 2025, 5:37 AM
ޕައޮލީނީ، 40 އަހަރުވީ ތާރީހު ބަދަލުކޮށްލައިފި

ރޯމް، އިޓަލީ (މެއި 18) - އިޓާލިއަން އޯޕަންގެ ފައިނަލުގައި، ކޮކޯ ގޯފް އަތުން މޮޅުވެ، އިޓަލީގެ ޖާސްމީން ޕައޮލީނީ، 40 އަހަރުވީ ތާރީހު ބަދަލުކޮށްލައިފި އެވެ.

މިއީ މި މުބާރާތުގެ ޗެމްޕިއަންކަން، އިޓަލީ އަށް އުފަން އަންހެން ކުޅުންތެރިއަކު، މިދިޔަ 40 އަހަރުތެރޭ ހޯދި ފުރަތަމަ ފަހަރު އެވެ.

އިޓަލީގެ ރައީސް، ސާޖިއޯ މަޓަރެއްލާ ވެސް އިއްޔެގެ މެޗު ބެލުމަށް ފޯރޯ އިޓާލިކޯ އަށް ވަޑައިގެންނެވިއިރު، ގޯފް އަތުން ޕައޮލީނީ މޮޅުވީ 6-4، 6-2 އިން ސެޓުތައް ގެންގޮސްގެންނެވެ. މިދިޔަ އަހަރުގެ ފްރެންޗް އޯޕަން އާއި ވިމްބަލްޑަންގެ ފައިނަލަށް ދަތުރުކުރި ޕައޮލީނީ ވަނީ ގޯފްއާ ދެކޮޅަށް ކުޅުނު މެޗު އެއް ގަޑިއިރާއި 30 މިނިޓަށް ދިގުލައިގެންދިޔައިރު ވެސް ތަފާތު ރޫހެއްގައި ކުޅެފަ އެވެ.

"އަހަރެން ކުޑަ ކުއްޖެއްގެ ގޮތުގައި މި ތަނަށް މި މުބާރާތް ބަލަން އައިން. މިއަދު މި މުބާރާތުގެ ތަށި އަހަރެންގެ އަތުން ފެންނަން އޮތުމަކީ ގަބޫލުކުރަން ވެސް ދަތި އާދަޔާހިލާފު އިހުސާސެއް ކުރެވޭ ކަމެއް. މިއީ ހުވަފެނެއް ހަގީގަތަކަށް ވުން،" ޕައޮލީނީ ބުންޏެވެ.

ޕައޮލީނީ އަކީ، 1985 ވަނަ އަހަރު ރަަފައެއްލާ ރެއްޖީ، މި މުބާރާތުގެ ޗެމްޕިއަންކަން ގެނައި ފަހުން، ތަށި ހޯދި ފުރަތަމަ އަންހެން ކުުޅުންތެރިޔާ އެވެ. މިއީ، 1930 ގައި ފެށި މި މުބާރާތުގެ ޗެމްޕިއަންކަން ޖުމްލަ އެކު، އިޓަލީ އަށް އުފަން ކުޅުންތެރިއަކު ހޯދި ހަތަރު ވަނަ ފަަހަރެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޖަރުމަނުގެ ޒްވެރެވް އަށް ދުނިޔޭގެ ރޭންކިން އެއް ވަނަ ޔަގީންވެއްޖެ

ޝަންހާއީ މާސްޓާސްއިން ކާލޯސް އަލްކަރާޒް ބަލިވުމާ ގުޅިގެން، މި އަހަރުގެ ޓެނިސް ސީޒަން ނިމޭއިރު ދުނިޔޭގެ ރޭންކިން އެއްވަނަ ޖަރުމަނުގެ ޒްވެރެވަށް ވަނީ ކަށަވަރުވެފައި. މިއީ ޖަރުމަނުގެ ކުޅުންތެރިއަކު މި ޝަރަފު ހޯދާ ފުރަތަމަ ފަހަރު ކަމަށްވާއިރު، އޭނާ މި މަގާމަށް އަންނަ މަހު އަންނާނީ މުޅިން އަލަށް އެއް ވަނަ ހޯދާ އެންމެ ދޮށީ ކުޅުންތެރިޔާގެ ގޮތުގައި

ފުޓްސަލްގައި ރާއްޖޭން ޗައިނާ، ހޮންގް ކޮންގް އަދި ކޮރެއާއާ ކުޅެނީ

އަންނަ މަހު ޗައިނާގައި ބާއްވާ އިންޓަނޭޝަނަލް ފުޓްސަލް މުބާރާތެއްގައި ރާއްޖޭގެ ގައުމީ ޓީމުން ވާދަކުރާ ގޮތަށް ހަމަޖެހި، އެ މުބާރާތަށް ތައްޔާރުވުމުގެ ފަރިތަކުރުންތައް ފަށައިފި. މި މުބާރާތުގައި ރާއްޖޭގެ އިތުރުން ޗައިނާ، ހޮންގް ކޮންގް އަދި ދެކުނު ކޮރެއާ ވާދަކުރާއިރު، ރާއްޖޭގެ ފުރަތަމަ މެޗު އޮންނާނީ އަންނަ މަހުގެ ފަސް ވަނަ ދުވަހު

އޯޕަން ވޯޓާ ގައުމީ ޗެމްޕިއަންކަން ޝައިމް އާއި އަލްޔާ އަށް

ކުޑަގިރީގައި ބޭއްވި 17 ވަނަ ގައުމީ އޯޕަން ވޯޓާ މުބާރާތުގެ 5 ކިލޯމީޓަރުގެ ފިރިހެން ޗެމްޕިއަންކަން ޝައިމް ހުސެއިން އިބްރާހިމް އަދި އަންހެން ޗެމްޕިއަންކަން އަލްޔާ އަޝްރަފް ހޯދައިފި. މި މުބާރާތުގައި ތަފާތު އުމުރުފުރާތަކުންނާއި ކެޓަގަރީތަކުން ގިނަ ފެތުންތެރިންތަކެއް ވާދަކޮށް ވަނަތައް ހާސިލްކުރި، މިއީ ކުޑަގިރީގައި މި މުބާރާތް ބޭއްވި ހަތަރު ވަނަ ފަހަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

Newsletter

Get the latest news delivered straight to your inbox