‏ތަރިއެއްގެ ވަށައިގެން ހުރި ގަނޑުފެން ފުރަތަމަ ފަހަރަށް ހޯދައިފި‏

ސައިންސްވެރިންގެ މިހޯދުން ވެގެންދާނީ އެހެން ޕްލެނެޓްތަކުގައި ފެންހުރިތޯ ބެލުމަށް ކުރާ ދިރާސާގެ ވަރަށް މުހިންމު ބަޔަކަށް -- ފޮޓޯ: ނާސާ

ސައިންސްވެރިންގެ މިހޯދުން ވެގެންދާނީ އެހެން ޕްލެނެޓްތަކުގައި ފެންހުރިތޯ ބެލުމަށް ކުރާ ދިރާސާގެ ވަރަށް މުހިންމު ބަޔަކަށް -- ފޮޓޯ: ނާސާ

ސޯލާސިސްޓަމުން ބޭރުގައިވާ ތަރިއެއްގެ ވަށައިގެން ހުރި ‏‏ގަނޑުފެން "ޖޭމްސް ވެބް ސްޕޭސް ޓެލެސްކޯޕުން" ފުރަތަމަ ފަހަރަށް ‏‏ހޯދައިފިކަމަށް ސައިންސްވެރިން ހާމަކޮށްފި‏ އެވެ.‏

މި ހޯދުމުގެ ސަބަބުން، އެހެން ތަރިތަކުގެ ‏‏ވަށައިގެންވާ ނިޒާމުތަކުގެ މުހިންމުކަމާ ބެހޭގޮތުން އިތުރު މައުލޫމާތު ލިބިގެންދާނެ‏ ‏‏އެވެ.‏

‏މި ހޯދުން ހަދާފައިވަނީ، އެޗްޑީ 181327 ނަމަކަށް ކިޔާ، އިރާ އެއްގޮތް ‏‏ތަރިއެއްގެ ވަށައިގެންވާ ނިޒާމެއްގެ ތެރެއިންނެވެ. މި ތަރި އަކީ ދުނިޔެއާ ‏‏155 އަލި އަހަރު ދުރުގައިވާ ތަރިއެކެވެ.

ޖޭމްސް ވެބް ޓެލެސްކޯޕުގެ ނިއަރ-‏‏އިންފްރާރެޑް ސްޕެކްޓްރޯގްރާފް‏‎ (NIRSpec) ‎‏ބޭނުންކޮށްގެން ސައިންސްވެރިން ‏‏ވަނީ މި ތަރީގެ ވަށައިގެންވާ ނިޒާމުގައި ކްރިސްޓަލައިން ވޯޓަރ އައިސް ‏‏ހުރިކަން ކަށަވަރުކޮށްފަ‏ އެވެ.‏ މިއީ އަޅުގަނޑުމެންގެ ސޯލާސިސްޓަމްގެ ‏‏ސެޓަރންގެ ރިންގްތަކާއި ކައިޕަރ ބެލްޓްގައި ހުންނަ އައިސްއާ އެއްވައްތަރުގެ ‏‏އައިސްއެކެވެ‏‎.‎

‏މި ދިރާސާގެ އެންމެއިސް ފަރާތް، ޖޯންސް ހޮޕްކިންސް ޔުނިވާސިޓީގެ ‏‏އެސިސްޓެންޓް ރިސާޗް ސައިންޓިސްޓް، ޗެން ޒީ ވިދާޅުވި ގޮތުގައި، ވެބް ‏‏ޓެލެސްކޯޕުން ހަމައެކަނި ގަނޑުފެން ހޯދީއެއް ނޫނެވެ. އެކަމަކު ކްރިސްޓަލައިން ‏‏ގަނޑުފެން ހުރިކަން ވަރަށް ސާފުކޮށް އެނގިގެން ހިނގައްޖެ‏ އެވެ.‏ އޭނާ ‏‏އިތުރަށް ވިދާޅުވީ، މިފަދަ އައިސް ހުރުމަކީ ސޯލާސިސޓަމްގެ އެހެން ގްރަހަ ‏‏ތަކުގައި ފެންހުރިތޯ ބެލުމަށް ކުރަމުންދާ މަސައްކަތަށް އެހީތެރިވެދޭ ކަމެއް ‏‏ކަމަށާއި، މިފަދަ ނިޒާމުތަކުގައި އުފެދޭ ބިމާ އެއްފަދަ ގްރަހަތަކަށް މި އައިސް ‏‏މާއްދާތައް ފޯރުކޮށްދެވިދާނެ ކަމަށެވެ‏‎.‎

‏މިދިސާއިން ހާމަވާ ގޮތުގައި އެޗްޑީ 181327 އަކީ އަޅުގަނޑުމެންގެ ސޯލާ ނިޒާމްގައިވާ އިރާ އަޅާބަލާއިރު، ވަރަށް ޒުވާން ތަރިއެކެވެ. އޭގެ އުމުރަކީ އެންމެ 23 ‏‏މިލިއަން އަހަރެވެ. އިރުގެ އުމުރަކީ 4.6 ‏‏ބިލިއަން އަހަރެވެ. މި ތަރި އިރަށްވުރެ ހޫނުގަދަ އަދި ބޮޑެވެ. އަދި އޭގެ ‏‏ނިޒާމަކީ ވަރަށް ހަލަބޮލި ނިޒާމެކެވެ.

މިދިރާސާއިން ދައްކާގޮތުގައި މިތަރީގެ ‏‏ވަށައިގެންވާ ނިޒާމާއި ތަރިއާ ދެމެދު ފާހަގަކުރެވޭ ފުޅާ ހުސް‏‎ ‎‏ޖާގަ‏‎ ‎‏އެއް އެބައޮތެވެ. ‏‏މިއީ އުފެދެމުން އަންނަ ގްރަހަތަކުން، އެ ގްރަހަތައް ބުރު ޖަހަމުން ދާއިރު، މި ‏‏ނިޒާމުތައް ސާފުކުރަމުންދާ ކަމުގެ ނިޝާނެއް ކަމަށް ބެލެވިދާނެ‏ ކަމަށް ސައިންސްވެރިން ބުނެ އެވެ.‏

‏މިދިރާސާއިން ދައްކާގޮތުގައި މި ނިޒާމުގައި ގަނޑުފެން ހުރި މިންވަރު ތަފާތެވެ. ‏‏ތަރިން ދުރުގައިވާ ބޭރު ނިޒާމުގައި، ފިނިހޫނުމިން ދަށްވުމުގެ ސަބަބުން، ‏‏އައިސްގެ މާއްދާތައް 20 އިންސައްތައަށްވުރެ އިތުރެވެ. ތަރިއާ ކައިރިވަމުން ‏‏އަންނަ ވަރަކަށް އައިސްގެ މިންވަރު 8 އިންސައްތައަށް ދަށްވެ‏ އެވެ.‏ އެންމެ ‏‏އެތެރޭގައިވާ ޖާގައިގައި ގާތްގަނޑަކަށް އެއްވެސް ވަަރަކަށް ގަނޑުފެން ނެތްކަމަށް ބެލެވެ‏ އެވެ.‏ މީގެ ‏‏ސަބަބެއްކަމަށް ބެލެވެނީ ތަރިން އަންނަ އަލްޓްރާވައިލެޓް ދޯދިތަކުގެ ‏‏ސަބަބުން އައިސް ވިރިގެން ދިއުން، ނުވަތަ ހިލަ ގްރަހަ އެޅޭއިރު އެތަކެތީގެ ‏‏އެތެރޭގައި އައިސް ތާށިވުމެވެ‏‎.‎

‏މި ހޯދުމަކީ އަޅުގަނޑުމެންގެ ސޯލާސިސްޓަމުން ބޭރުގައިވާ ގްރަހައެއްގެ ‏‏ނިޒާމުތަކުގައިވާ ފެނުގެ ދައުރާ ބެހޭގޮތުން ވިސްނުން އިތުރަށް ފުޅާކޮށްދޭނެ ‏‏ކަމެކެވެ.

ސައިންސްވެރިން ގަބޫލުކުރާ ގޮތުގައި، ބިމަށް ފެން ލިބުނީ ޒުވާން، ‏‏އަދި ވިރިފައިވާ ބިމުގައި އައިސް ހިމެނޭ ކޮމެޓްތަކާއި އެސްޓަރޮއިޑްތައް ޖެހުމުގެ ‏‏ސަބަބުންނެވެ. މިހާރު، އެޗްޑީ 181327 ގެ ނިޒާމް ދިރާސާކޮށް، އެތަނުގައި ‏‏އުފެދެމުން އަންނަ ގްރަހަތަކަށް ފެން ލިބިދާނެތޯއާއި، އެފަދަ ގްރަހަތަކުގައި ‏‏ދިރުން އޮތް މާހައުލެއް އުފެދިދާނެތޯ ސައިންސްވެރިން ދަނީ ‏‏ސުވާލުކުރަމުންނެވެ. ‏

‏ޖޭމްސް ވެބް ޓެލެސްކޯޕުން ކުރިއަށް އޮތްތަނުގައި މިފަދަ އިތުރު ދިރާސާތައް ‏‏ކުރުމަށް ހަމަޖެހިފައިވެ‏ އެވެ.‏

‏ނޭޗާ ޖާނަލްގައި މި ދިރާސާ ވަނީ ޝާއިއުކޮށްފަ ‏އެވެ.‏

ކޮމެންޓް

ފަހުގެ ޚަބަރު

194 އަހަރުވީ "ޖޮނަތަން" ގެ ދިގު އުމުރުގެ ސިއްރު ހޯދައިފި

ދުނިޔޭގެ އެންމެ ދުވަސްވީ އެއްގަމު ޖަނަވާރު "ޖޮނަތަން" ގެ ދިގު އުމުރުގެ ސިއްރަކީ އޭގެ ޖެނެޓިކް ސިފަތަކާއި ސެލްތައް ޒުވާންކަންމަތީ ދެމެހެއްޓުމުގެ ގާބިލުކަން ކަމަށް ސައިންސްވެރިން ހާމަކޮށްފިއެވެ. ދިރާސާތަކުން ދައްކާގޮތުގައި 194 އަހަރުވީ މި ކަހަނބުގެ ޑީއެންއޭ މަރާމާތުކުރުމާއި ހަށިގަނޑުގެ މުހިންމު ނިޒާމުތަކަށް އައިސްފައިވާ ބަދަލުތަކަކީ އޭތި އާދަޔާ ހިލާފަށް ގިނަ ދުވަހު ދިރިހުރުމަށް އެހީތެރިވާ މައިގަނޑު ސަބަބުތަކެވެ.

ދޫންޏެއްގެ އަޑާއި މުއާސަލާތު ކުރުމުގެ ވައްޓަފާޅިއަށް ބަދަލުތަކެއް

ހިމާލަޔާ ސަރަހައްދުގައި އިންސާނީ ހަރަކާތްތަކާއި އުމްރާނީ ތަރައްގީ އިތުރުވުމުގެ ސަބަބުން، "މޮނާލް" ދޫނީގެ ގުދުރަތީ މާހައުލު ގެއްލި އެ ސަރަހައްދުގެ މަތީ ހިސާބުތަކަށް ހިޖުރަކުރަން ވަނީ މަޖުބޫރުވެފައެވެ. މީގެ އިތުރުން، އިންސާނީ އަޑުގަދަވުމުގެ ސަބަބުން އެކަތި އަނެކައްޗާ މުއާމަލާތްކުރުމަށްޓަކައި އެ ދޫނިތަކުގެ އަޑުގެ ރާގަށް ބަދަލުތަކެއް އަންނަމުންދާކަން ދިރާސާތަކުން ދައްކައެވެ.

ޔޫކޭ ކަނޑުތަކުން އަލުން ނޫއުރަހަ ކަންނެލި ފެންނަން ފަށައިފި

ޔޫކޭގެ ކަނޑުތަކުން ހުސްވެފައިވާ ނޫއުރަހަ ކަންނެލި އަލުން ފެންނަން ފެށުމަކީ ތިމާވެށި ހިމާޔަތްކުރުމަށް ކުރާ މަސައްކަތުން ނަތީޖާ ނެރެވިދާނެކަމުގެ އުންމީދީ ހެއްކެއް ކަމަށް ޑަބްލިއުޑަބްލިއުއެފްގެ ރިޕޯޓެއްގައި ފާހަގަކޮށްފިއެވެ. މި ކުރިއެރުން ލިބިފައިވަނީ މަސް ބޭނޭ މިންވަރު ކަނޑައެޅުމާއި މަސް އަލާވާ ސަރަހައްދުތައް ހިމާޔަތްކުރުން ފަދަ ބައިނަލްއަގުވާމީ ފެންވަރުގައި ކުރެވުނު މަސައްކަތްތަކުގެ ސަބަބުންނެވެ.

ހަނދަށް ކުރި ދަތުރުގެ ސޮފްޓްވެއާ އިންޖިނިއަރު މަރުވެއްޖެ

ނާސާގެ އެޕޯލޯ މިޝަންތަކުގެ ސޮފްޓްވެއާ އިންޖިނިއަރިން ޓީމު އިސްވެ ބަލަހައްޓަވައި، ހަނދަށް އިންސާނުން ފޮނުވުމުގައި މުހިންމު ދައުރެއް އަދާކުރެއްވި މާގްރެޓް ހެމިލްޓަން އުމުރުން 90 އަހަރުގައި މަރުވެއްޖެއެވެ. އޭނާއަކީ "ސޮފްޓްވެއާ އިންޖިނިއަރިން" މި ލަފުޒު އުފެއްދެވި، އަދި އެޕޯލޯ 11 ހަނދަށް ތިރިކުރި ވަގުތު ދިމާވި ކޮމްޕިއުޓަރު މައްސަލަ ހައްލުކުރުމުގައި އެންމެ އިސްކޮށް ހުންނެވި ސައިންޓިސްޓެވެ. އޭނާގެ މި ތާރީޚީ ޚިދުމަތްތަކުގެ އަގުވަޒަންކުރުމުގެ ގޮތުން އެމެރިކާގެ އެންމެ މަތީ މަދަނީ ޝަރަފު ކަމަށްވާ "ޕްރެޒިޑެންޝަލް މެޑަލް އޮފް ފްރީޑަމް" ވެސް ވަނީ ލިބިވަޑައިގެންފައެވެ.

ޓީ-ރެކްސްގެ ހަށިގަނޑުގެ ހޫނުމިން އިންސާނުންނާ އެއްވަރު

ފޮސިލައިޒްޑް ދަތްތަކެއް ބޭނުންކޮށްގެން ކުރި އައު ދިރާސާއަކުން، ޓީ-ރެކްސްގެ ހަށިގަނޑުގެ އެވްރެޖް ހޫނުމިނަކީ 36 ޑިގްރީ ސެލްސިއަސްކަން ވަނީ ދެނެގަނެވިފައެވެ. މިއީ އިންސާނުންގެ ހަށިގަނޑުގެ ހޫނުމިނާ ދާދި އެއްވަރުގެ މިންވަރެއް ކަމަށްވާއިރު، މީގެ ކުރިން ޑައިނަސޯތަކަކީ ފިނި ލޭ ހުންނަ އެއްޗެއްގެ ގޮތުގައި އޮތް ގަބޫލުކުރުން މި ހޯދުމާއެކު ވަނީ ބަދަލުވެފައެވެ.

މީދަލުގެ ސިކުނޑީގެ ތެރޭގައި އިންސާނުންގެ ސެލް ހިމަނައިފި

އެމެރިކާގެ ސައިންސްވެރިން މީދަލުގެ ސިކުނޑީގައި އިންސާނުންގެ ސެލްތައް އަށަގަންނުވައިގެން ކާމިޔާބު ތަހުލީލެއް ކޮށްފިއެވެ. މި ދިރާސާގެ މައިގަނޑު ބޭނުމަކީ އިންސާނުންނަށް މެދުވެރިވާ ނަފްސާނީ އަދި ސިކުނޑީގެ ބަލިތައް ދެނެގަނެ، އެފަދަ ބަލިތަކަށް ފަރުވާ ހޯދުމަށް ކުރާ މަސައްކަތްތައް އިތުރަށް ހަރުދަނާކުރުމެވެ.

މަދުން ނޫނީ ނުފެންނަ "ބިގްފިން ސްކުއިޑް" އެއް ފެނިއްޖެ

ކެލިފޯނިއާގެ އައްސޭރިފަށުގައިވާ ކަނޑުއަޑީގެ އަލިފާން ފަރުބަދައެއް ދިރާސާކުރަމުންދިޔަ ސައިންސްވެރިންނަށް، ވަރަށް މަދުން ނޫނީ ނުފެންނަ "ބިގްފިން ސްކުއިޑް" އެއް ކަނޑުގެ 10،000 ފޫޓަށްވުރެ ފުން ސަރަހައްދަކުން ފެނިއްޖެއެވެ. ދުރުން ކޮންޓްރޯލްކުރާ އުޅަނދެއްގެ ކެމެރާއަށް އަރާފައިވާ މި ބޯވަދިލަމަހުގެ ދިގުމިނުގައި ގާތްގަނޑަކަށް 4.1 ފޫޓު ހުރިކަމަށް ސައިންސްވެރިން އަންދާޒާކުރެއެވެ.

Newsletter

Get the latest news delivered straight to your inbox