ތިބާ މަރުވުމުން އޮންލައިން އެކައުންޓްތަކަށް ވާނީ ކިހިނެއް؟

ތިބާ މަރުވުމުން އޮންލައިން އެކައުންޓްތަކަށް ވާނީ ކިހިނެއް؟

ތަރައްގީވެ ކުރިއަރަމުން މިއަންނަ ޑިޖިޓަލް ދުނިޔޭގައި، ގިނަ މީހުން އެމީހުންގެ އަގުހުރި ހަނދާންތަކާއި، މުހިންމު ލިޔެކިޔުންތައް އަދި އަމިއްލަ މައުލޫމާތު ޑިޖިޓަލް ޕްލެޓްފޯމްތަކުގައި ޖަމާކުރެ އެވެ. ސެލްފީތަކާއި، އީމެއިލްތަކާއި، ވީޑިއޯތަކާއި އަދި އެހެނިހެން އަގުހުރި ޑިޖިޓަލް މުދާ އެއްތަނަކަށް އެއްކުރެވެމުން ދާއިރު، މި ދުނިޔެ ދޫކޮށްފައި ދިޔުމުން، މި ޑިޖިޓަލް ތަރިކައަށް ވާނެގޮތަކާމެދު ގިނަ މީހުން ވިސްނާފައި ނުވާކަން އެއީ ހިތާމަހުރި ހަގީގަތެކެވެ.

އަޅުގަނޑުމެން އާއްމު ދިރިއުޅުމުގައި ދޫކޮށްފައިދާ ތަރިކަތައް ފަދައިން، ޑިޖިޓަލް މުދަލަށް ވެސް ވަސިއްޔަތް ކުރުމަކީ މުހިންމު ކަމެކެވެ. އެހެންނޫނަމަ، ތިބާ މަރުވުމަށްފަހު ތިބާގެ އަގުހުރި ފައިލްތަކާއި ޕޯސްޓްތައް ގެއްލިގެން ހިނގައިދާނެއެވެ. މިކަމަށް ހައްލެއް ހޯދައިދިނުމުގެ ގޮތުން އިޖްތިމާއީ ވިޔުގަތަކުގައި ތަފާތު ގޮތްގޮތަށް ތަފާތު ހިދުމަތްތައް ތައާރަފްކޮށްފައިވެ އެވެ.

އެޕަލް

މިކަމަށް ތައްޔާރުވުމަށް އެޕަލް ކުންފުނިން ވަނީ "ލެގަސީ ކޮންޓެކްޓް" ގެ ނަމުގައި ހިދުމަތެއް ތައާރަފުކޮށްފަ އެވެ. މި ހިދުމަތް މެދުވެރިކޮށް، އެޕަލް އެކައުންޓުގެ ވެރިފަރާތް މަރުވުމަށްފަހު އެކައުންޓަށް ވަދެވޭނެ ފަރާތެއް ކަނޑައެޅިދާނެ އެވެ. މިގޮތުން ކަނޑައެޅޭ ފަރާތަށް ފޮޓޯތަކާއި، ފައިލްތަކާއި އަދި މެސެޖްތައް ފަދަ މައުލޫމާތުތަކަށް ވަދެވޭނެ އެވެ.

Advertisement

އެޕަލްގެ މި ހިދުމަތް ބޭނުންކުރުމަށް އައިފޯނާއި އައިޕެޑްގައި އައިއޯއެސް ނުވަތަ އައިޕެޑްއޯއެސް 15.2 އަދި މެކްބުކްގައި މެކްއޯއެސް މޮންޓެރޭ 12.1 ބޭނުންކުރަންޖެހެ އެވެ. އައިފޯނުގައި މި ހިދުމަތް ބޭނުންކުރުމަށް ސެޓިންގްސްއަށް ގޮސް، ސައިން-އިން އެންޑް ސެކިއުރިޓީ އަށްފަހު ލެގަސީ ކޮންޓެކްޓަށް ވަދެވޭނެ އެވެ.

ލެގަސީ ކޮންޓެކްޓަށް އެކަކު ނުވަތަ އެއަށްވުރެ ގިނަ މީހުން އިތުރުކުރެވިދާނެއެވެ. މި ހިދުމަތް ބޭނުންކުރުމަށް އެޕަލް އައިޑީ ނުވަތަ އެޕަލް ޑިވައިސްއެއް ބޭނުމެއް ނުވެއެވެ. ނަމަވެސް ލެގަސީ ކޮންޓެކްޓަށް އެކްސެސް ކީއެއް ހިއްސާކުރަންޖެހެ އެވެ. މިކީ ޑިޖިޓަލްކޮށް ނުވަތަ ޕްރިންޓްކޮށް ނުވަތަ ސްކްރީންޝޮޓެއްގެ ގޮތުގައި ނުވަތަ ޕީޑީއެފްއެއްގެ ގޮތުގައި ރައްކާކުރެވިދާނެއެވެ.

މި ހިދުމަތް ބޭނުންކޮށްގެން ތިބާ މަރުވުމަށްފަހު ވެސް ތިބާގެ އަގުހުރި ޑިޖިޓަލް މަޢުލޫމާތުތައް ރައްކާތެރިކަމާއެކު ތިބާގެ ލޯބިވާ އެހެން މީހުންނަށް ލިބިގަނެވޭނެކަމަށް އެޕަލް ކުންފުނިން ބުނެއެވެ.

ގޫގްލް

ގޫގްލްއިން "އިންއެކްޓިވް އެކައުންޓް މެނޭޖަރ" އާއެކު މިކަމަށް ތަފާތު ގޮތެއް ގެންގުޅެއެވެ. އެއީ ތިބާގެ އެކައުންޓް ބޭނުންކުރުން ހުއްޓާލައިފިނަމަ، ތިބާގެ ޑޭޓާ އެހެން މީހަކާ ޙިއްސާކުރުމަށް ހުއްދަދޭ ގޮތެކެވެ.

މިކަން ސެޓްއަޕްކުރާއިރު، ގޫގްލްއިން ތިބާގެ އެކައުންޓް ނުހިންގާ އެކައުންޓެއްގެ ގޮތުގައި ބެލުމުގެ ކުރިން ކިހާ މުއްދަތެއް އިންތިޒާރުކުރަންވީތޯ ނިންމަންޖެހެއެވެ. (ތިން މަހުން ފެށިގެން 18 މަހާ ހަމައަށް) އެ މުއްދަތު ހަމަވުމުން، ތިބާގެ އެކަންޓްގެ މައުލޫމާތު ލިބިގަނެވޭނެ މީހުން 10 މީހުންނަށް ވުރެ ގިނަ ނޫން އަދަދަކަށް ގޫގްލްއަށް އެންގިދާނެއެވެ. އަދި ތިބާ އެ އެކައުންޓް ބޭނުންކުރުން ހުއްޓާލިކަން އަންގައިދޭ މެސެޖެއް ލިޔުމާއި، އޮޕްޝަނަލްކޮށް، ތިބާގެ ޑޭޓާ ޑައުންލޯޑްކުރުމަށް ލިންކެއް ހިމެނިދާނެއެވެ. އެމީހުންނަށް ލިބިދެވޭނެ ޑޭޓާގެ ބާވަތްތައް ވެސް އިޚްތިޔާރު ކުރެވިދާނެއެވެ. މިސާލަކަށް އީމެއިލްތަކާއި، ފޮޓޯތަކާއި، ކަލަންޑަރު އެންޓްރީތަކާއި އަދި ޔޫޓިއުބް ވީޑިއޯތައް ހިމެނޭ ގޮތަށް ނިންމިދާނެއެވެ.

ތިބާގެ ގޫގުލް އެކައުންޓަކީ ތިބާ މަރުވުމަށްފަހު، ތިން މަސް ފަހުން އެކައުންޓް އޮޓޮމެޓިކުން ޑިލީޓްކުރުމުގެ އޮޕްޝަންވެސް ގޫގުލްއިން ލިބެން އެބަހުއްޓެވެ. އެހެންކަމުން ތިބާގެ ކޮންޓެކްޓްތަކުން އެ ސުންގަޑި ހަމަވުމުގެ ކުރިން ޑޭޓާ ޑައުންލޯޑްކުރަންޖެހޭނެއެވެ.

ފޭސްބުކް އަދި އިންސްޓަގްރާމް

ބައެއް ސޯޝަލް މީޑިއާ ޕްލެޓްފޯމްތަކުން، މަރުވެފައިވާ މީހުންގެ އެކައުންޓްތައް ރައްކާކޮށްދެއެވެ. އެއީ ރައްޓެހިންނާއި އާއިލާއަށް އެމީހުންގެ ހަނދާން އާކުރުމަށްޓަކައެވެ.

ފޭސްބުކް ނުވަތަ އިންސްޓަގްރާމް ބޭނުންކުރާ މީހަކު މަރުވެއްޖެނަމަ، މެޓާއިން ބުނާ ގޮތުން ރައްޓެއްސެއް ނުވަތަ އާއިލީ މެންބަރެއްގެ ފަރާތުން "ސައްހަ އެދުމެއް" ލިބިއްޖެނަމަ، އެކައުންޓް މެމޯރިއަލައިޒްކޮށްދެވިދާނެ އެވެ.

މެޓާ ކުންފުނިން، ފޭސްބުކް ބޭނުންކުރާ މީހުންނަށް ބޮޑަށް އެދެނީ އެމީހުންގެ މެމޯރިއަލް އެކައުންޓްތައް ބެލެހެއްޓުމަށް ލެގަސީ ކޮންޓެކްޓެއް އިތުރުކުރުމަށެވެ. ލެގަސީ ކޮންޓެކްޓްތަކަށް އައު ފްރެންޑް ރިކުއެސްޓްތަކަށް ޖަވާބުދިނުމާއި ޕިންކޮށްފައިވާ ޕޯސްޓްތައް އަޕްޑޭޓްކުރުން ފަދަ ކަންކަން ކުރެވިދާނެ އެވެ. ނަމަވެސް އެމީހުންނަށް ޕްރައިވެޓް މެސެޖްތައް ކިޔުން ނުވަތަ ކުރީގެ ޕޯސްޓްތައް ފޮހެލުން ނުވަތަ ބަދަލުކުރުން ފަދަ އެއްވެސް ކަމެއް ނުކުރެވޭނެއެވެ.

ފޭސްބުކް އަދި އިންސްޓަގްރާމް އިން ކަށަވަރުކޮށްދޭ ގޮތުގައި މަރުވެފައިވާ މީހެއްގެ އެކައުންޓް ފޮހެލުމަށް އެހެން މީހަކަށްވެސް އެ ޕްލެޓްފޯމްގައި އެދެވިދާނެއެވެ. އެކަމަކު އެއީ ތިބާއަކީ ގާތް ޢާއިލީ މެންބަރެއް ނުވަތަ އެގްޒެކިއުޓަރެއްނަމައެވެ. އަދި އެފަދަ މީހެއް ނަމަވެސް، މަރު ސެޓްފިކެޓް ފަދަ ރަސްމީ ލިޔެކިޔުންތައް ހުށަހަޅަންޖެހޭނެއެވެ.

ޓިކްޓޮކް

ވީޑިއޯ-ހިއްސާކުރާ ޕްލެޓްފޯމު ޓިކްޓޮކުން ބުނާ ގޮތުގައި، ޔޫޒަރަކު މަރުވެއްޖެނަމަ، އެކައުންޓް މެމޯރިއަލައިޒްކުރުމަށް ސެޓިންގްސް މެނޫ މެދުވެރިކޮށް ރިކްއެސްޓެއް ހުށަހެޅިދާނެއެވެ. އެކަން ކުރުމަށްޓަކައި 'ރިޕޯޓް އަ ޕްރޮބްލަމް' ސެކްޝަނަށް ގޮސް، 'އެކައުންޓް އެންޑް ޕްރޮފައިލް'، ނެގުމަށްފަހު، ދެން 'މެނޭޖް އެކައުންޓް' އަށް ގޮސް، ރިޕޯޓްކުރާށެވެ.

އެކައުންޓެއް މެމޯރިއަލައިޒްކުރެވުމުން، އެ އެކައުންޓް "ރިމެމްބަރިން"ގައި ލޭބަލްކުރެވޭނެ އެވެ. އޭގެފަހުން ދެން އެއްވެސް މީހަކަށް އެކައުންޓަށް ލޮގިން ނުކުރެވޭނެއެވެ. މިކަން ކުރަނީ އެއްވެސް މީހަކު ޕްރޮފައިލް އެޑިޓްކުރުން ނުވަތަ އައު ކޮންޓެންޓް ޕޯސްޓްކުރުމަށް ނުވަތަ މެސެޖްތައް ފޮނުވުމަށް އެކައުންޓް ބޭނުންކުރުން ހުއްޓުވުމަށްޓަކައެވެ.

އެކްސް

އީލޮން މަސްކްގެ ސޯޝަލް މީޑިއާ ޕްލެޓްފޯމް އެކްސްގައި ލެގަސީ ކޮންޓެކްޓެއް ނޮމިނޭޓް ނުކުރެވެއެވެ. ނަމަވެސް އާއިލީ މެންބަރުންނަށް ނުވަތަ ހުއްދަދެވިފައިވާ ފަރާތަކަށް މަރުވެފައިވާ މީހެއްގެ އެކައުންޓް އިންއެކްޓިވް ކުރުމަށްޓަކައި ހުށަހެޅިދާނެއެވެ.

ޕާސްވޯޑްތައް

އޮންލައިން ހިދުމަތްތަކުގެ އިތުރުން، ތިބާ މަރުވުމަށްފަހު ތިބާގެ ދަރިން ނުވަތަ އާއިލާގެ މީހުންނަށް އެކްސެސްކުރަން ބޭނުންވެދާނެ އެތައް ބައިވަރު އެހެން ޑިޖިޓަލް އެކައުންޓްތައް ހުރެދާނެއެވެ. އެ ހުރިހާ ލޮގިން މައުލޫމާތެއް ނޯޓްބުކެއްގައި ލިޔެ ރައްކާތެރި ތަނެއްގައި ބެހެއްޓިދާނެ އެވެ. ނަމަވެސް ފިޒިކަލް ކޮޕީއެއް ހެދުމުގައި އަމިއްލަ ޒާތީ މައުލޫމާތު ލީކްވުމުގެ ފުރުސަތު އޮތުމުގެ އިތުރުން ނާޒުކުކަންތައްތައް ހުރެއެވެ. އެގެއްލިއްޖެނަމަ ނުވަތަ އެހެން މީހަކަށް އެ ފެނިއްޖެނަމަ ވާނީ ކިހިނެއްހެއްޔެވެ؟

އޭގެ ބަދަލުގައި، އިމާޖެންސީ އެކްސެސް ފީޗާއެއް ހިމެނޭ ޕާސްވޯޑް މެނޭޖަރެއް ބޭނުންކުރުމަށް ވިސްނާށެވެ. ޕާސްވޯޑް މެނޭޖަރުތަކަކީ ތިބާގެ ހުރިހާ ލޮގިން މައުލޫމާތެއް ރައްކާކުރުމަށް ބޭނުންކުރެވޭ ޑިޖިޓަލް ވޯލްޓްތަކެކެވެ. މިސާލަކަށް ކީޕަރ، ބިޓްވޯޑަން އަދި ނޯޑްޕާސް ފަދަ ޕާސްވޯޑް މެނޭޖަރުތައް ބޭނުން ކުރެވިދާނެއެވެ. އެފަދަ މެނޭޖަރުތަކުން ޔޫޒަރުންނަށް އިމަޖެންސީއެއްގައި، މިސާލަކަށް މަރުވުމެއްގައި، އެމީހުންގެ ކީތަކަށް އެކްސެސްކުރެވޭނެ އެކަކު ނުވަތަ އެއަށްވުރެ ގިނަ އިތުބާރުކުރެވޭ ކޮންޓެކްޓެއް ނޮމިނޭޓްކުރުމަށް ހުއްދަދެއެވެ.

ނަމަވެސް މީގައި ބައެއް ޝަރުތުތައް އެބަހުއްޓެވެ. އެގޮތުން އެ ކޮންޓެކްޓްތަކުންވެސް އެއް ޕާސްވޯޑް މެނޭޖަރު ބޭނުންކުރަންޖެހެއެވެ. އަދި ތިބާ އެ ހިދުމަތަށް ފައިސާ ދައްކަންޖެހިދާނެއެވެ.

ޑިޖިޓަލް ދުނިޔޭގައި އަޅުގަނޑުމެންގެ އަގުހުރި ހަނދާންތަކާއި ތަކެތި ރައްކާތެރިކުރުމަށް ޕާސްވޯޑް މެނޭޖަރުގެ ރައްކާތެރިކަމަކީ މުހިންމު ވަސީލަތެކެވެ. އަޅުގަނޑުމެން މަރުވުމަށްފަހުވެސް އަޅުގަނޑުމެންގެ ލޯތްބާއި އިތުބާރު ލިބޭ މީހުންނަށް އެކްސެސް ކޮންޓްރޯލްކުރެވޭ ގޮތަކަށް އަޅުގަނޑުމެންގެ ޑިޖިޓަލް ތަރިކަ ވަސިއްޔަތްކުރެވޭނެ އެންމެ ރައްކާތެރި ގޮތެއް އަޅުގަނޑުމެން ހިޔާރު ކުރަންޖެހެއެވެ.

އަޅުގަނޑުމެންގެ ޑިޖިޓަލް ދިރިއުޅުން މުހިންމުވަމުން އަންނަހެން، އަޅުގަނޑުމެންގެ ޑިޖިޓަލް މުދާ ބެލެހެއްޓުމަށްޓަކައި ރަނގަޅު ޕްލޭނެއް އޮތުމަކީ އަޅުގަނޑުމެންގެ ލޯބިވާ މީހުންނަށް ދޫކޮށްފައި ދެވޭނެ އެންމެ އަގުހުރި ހަދިޔާތަކުގެ ތެރެއިން އެކެކެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އައިފޯން ޑުއޯގެ ސްކްރީނަށް މައްސަލަ ދިމާވާ ނަމަ ބަދަލުކޮށްދޭނެ

އެޕަލްގެ ފުރަތަމަ ފަތްޖަހާލެވޭ ފޯނު "އައިފޯން ޑުއޯ" ގެ ސްކްރީނަށް ދިމާވި މައްސަލަތަކާ ގުޅިގެން، އެ ފޯނުތައް ބަދަލުކޮށްދޭން އެ ކުންފުނިން ނިންމައިފިއެވެ. ބާޒާރަށް ނެރުނުތާ މަދު ދުވަސްކޮޅެއްގެ ތެރޭގައި ސްކްރީނުގައި ރޮނގު އެޅުމާއި ރެނދުލުން ފަދަ މައްސަލަތައް ފާހަގަވެފައިވާއިރު، މި މައްސަލަ ދިމާވި ކަސްޓަމަރުން ފޯނު ބަދަލުކުރުމަށް އެޕަލްއާ ގުޅުމަށް ވަނީ އިލްތިމާސްކޮށްފައެވެ.

ސެކިއުރިޓީ ރިސްކާ ހެދި ބޮޑެތި ވެބްސައިޓްތައް އޮފްލައިންކޮށްފި

ދުނިޔޭގެ ބޮޑެތި އިދާރާތަކާއި ސަރުކާރުތަކުގެ ވެބްސައިޓްތައް ވަގުތީ ގޮތުން އޮފްލައިންކުރީ އޭއައިއިން ދެނެގަތް ޕީއެޗްޕީ ޕްރޮގްރާމިން ލެންގުއޭޖުން ފާހަގަވި ނުރައްކާތެރި ސެކިއުރިޓީ މައްސަލަތަކަކާ ގުޅިގެން މި މައްސަލަ ހައްލުކުރުމަށް ސެކިއުރިޓީ އަޕްޑޭޓްތައް ވަނީ ނެރެފަ.

ޖާސޫސްކުރި މީހާއަށް ސައުދީ ސަރުކާރުގެ އެހީތެރިކަން ލިބޭ

އޯޕަންއޭއައިގެ މީޓިން ރޫމެއްގައި ސިއްރުން އަޑު ރެކޯޑުކުރާ ޑިވައިސްއެއް ހަރުކުރި ކަމުގެ ތުހުމަތުގައި ހައްޔަރުކުރި ސައުދީ އިންޖިނިއަރަކަށް، އެ ގައުމުގެ ސަރުކާރުގެ އެހީތެރިކަން ލިބޭކަން އެމެރިކާގެ ކޯޓު ލިޔުންތަކުން ހާމަވެއްޖެއެވެ. މި އަމަލަކީ އެމެރިކާގެ ގައުމީ ސަލާމަތަށް އޮތް ނުރައްކަލެއް ކަމަށް ބަލައި، ޝަރީއަތް ނިމެންދެން އޭނާ ބަންދުގައި ބެހެއްޓުމަށް ކޯޓުން ވަނީ އަމުރުކޮށްފައެވެ.

ދިރާގުގެ ގޭމިން ކޮންކުއެސްޓް ނޮވެމްބަރު 26 ގައި

ދިރާގު މޯލްޑިވްސް ގޭމިން ކޮންކުއެސްޓް 2026، އަންނަ ނޮވެމްބަރު 26 އިން 28 އަށް ކަލާފާނު ސްކޫލުގައި ބޭއްވުމަށް ވަނީ ނިންމާފައެވެ. ޖުމްލަ 150,000 ރުފިޔާގެ އިނާމު ހުށަހަޅާފައިވާ މި އިވެންޓުގައި މޯބައިލް، ޕީސީ އަދި ކޮންސޯލްގެ އެކި މުބާރާތްތަކުގެ އިތުރުން މުނިފޫހިފިލުވުމުގެ ތަފާތު ގޭމްތައް ތަޖުރިބާކޮށްލުމުގެ ފުރުސަތު ހިލޭ ލިބޭނެއެވެ.

މާސްގެ ހަނދުން ސާމްޕަލް ނެގުމުގެ މިޝަނަށް ޖަޕާން ތައްޔާރު

މާސްގެ ހަނދެއް ކަމަށްވާ "ފޯބޯސް" އިން ސާމްޕަލް ނެގުމަށް ޖަޕާނުން ކުރިއަށްގެންދާ ދުނިޔޭގެ ފުރަތަމަ މިޝަން ފެށުމަށް އެ ގައުމުން ވަނީ ތައްޔާރުވެފައެވެ. ފަސް އަހަރުގެ މި ދިރާސާގެ ސަބަބުން މާސްގެ ހަނދުތައް އުފެދުނު ގޮތާއި އިރުގެ ނިޒާމުގައި ދިރުން އުފެދުނު ގޮތުގެ މުހިންމު މައުލޫމާތުތަކެއް ލިބިގެންދާނެއެވެ. މީގެ އިތުރުން، މި މިޝަންގެ ސަބަބުން ކުރިމަގުގައި މާސްއަށް ކުރާ އިންސާނީ ދަތުރުތަކުގައި އެ ހަނދު ބޭސްއެއްގެ ގޮތުގައި ބޭނުންކުރުމަށް މަގުފަހިވެގެންދާނެއެވެ.

ޓެސްލާގެ އިންގިލާބީ އީޖާދު: އުދުހޭ ކާރު 'ރޯޑްސްޓާ' ދައްކާލައިފި

ޓެސްލާ އާއި ސްޕޭސް އެކްސް ގުޅިގެން އުފެއްދި، ވައިގެ ޕްރެޝަރު ބޭނުންކޮށްގެން އުދުހުމުގެ ގާބިލުކަން ލިބިފައިވާ "ރޯޑްސްޓާ" ކާރުގެ ނަމޫނާ ދައްކާލައިފިއެވެ. މި އިންގިލާބީ އުޅަނދު އާންމުކޮށް އުފައްދަން ފަށާނީ 2028 ވަނަ އަހަރު ކަމަށް އީލޮން މަސްކް ހާމަކޮށްފައިވާއިރު، މިއީ ދަތުރުފަތުރުގެ ދާއިރާއަށް އަންނާނެ ބޮޑު ބަދަލެއް ކަމަށް ބެލެވެއެވެ.

ސިއްރުން ރެކޯޑިން ޑިވައިސްއެއް ހަރުކުރި ސައުދީ މީހަކަށް ދައުވާ

އޯޕަންއޭއައިގެ އޮފީހެއްގައި ސިއްރުން ރެކޯޑިން ޑިވައިސްއެއް ހަރުކުރި ކަމުގެ ތުހުމަތުގައި އެ ކުންފުނީގެ ކުރީގެ އިންޖިނިއަރެއް ކަމަށްވާ ސައުދީ ރައްޔިތެއްގެ މައްޗަށް އެމެރިކާގައި ދައުވާ އުފުލައިފިއެވެ. ކުންފުނީގެ އޭއައި މޮޑެލްތައް ބޭނުންކޮށްގެން މި އަމަލު ހިންގި މީހާ ދެނެގަނެފައިވާއިރު، މި ހާދިސާގައި ކުންފުނީގެ އެއްވެސް މުހިންމު މައުލޫމާތެއް ވަގަށް ނަގާފައިވާކަމުގެ ހެއްކެއް ފެނިފައެއް ނުވެއެވެ.

Newsletter

Get the latest news delivered straight to your inbox