އައިޕީއެލް: ހައިދަރުއާބާދު ބަލިކޮށް ގުޖުރާތު ދެ ވަނަ އަށް

May 3, 2025, 3:25 AM
އައިޕީއެލް: ހައިދަރުއާބާދު ބަލިކޮށް ގުޖުރާތު ދެ ވަނަ އަށް

އަހުމަދުއާބާދު، އިންޑިއާ (މެއި 3) - މިހާރު ކުރިއަށްދާ މަޝްހޫރު ފްރެންޗައިސް ކްރިކެޓް މުބާރާތް، އިންޑިއަން ޕްރިމިއާ ލީގު (އައިޕީއެލް)ގައި ރޭ ކުޅުނު މެޗުން ސަންރައިޒާސް ހައިދަރުއާބާދު އަތުން 38 ލަނޑުން މޮޅުވެ، ގުޖުރާތު ޓައިޓަންސް އިން ލީގު ތާވަލުގެ ދެ ވަނަ އަށް ޖެހިލައިފި އެވެ.

އެއް ވަނައިގައި އޮތް މުމްބައި އިންޑިއަންސް އާއި ދެ ވަނައިގައި އޮތް ގުޖުރާތު އަދި ތިން ވަނައިގައި އޮތް ރޯޔަލް ޗެލެންޖާސް ބެންގަލޫރަށް ވަނީ 14 ޕޮއިންޓް ލިބިފަ އެވެ. ޖެހިޖެހިގެން ހަ މެޗުން މޮޅުވި، މުމްބައި އިންޑިއަންސް އެއް ވަނައިގައި އޮތީ 11 މެޗު ކުޅެ، ނެޓް ރަން ރޭޓުންކުރިހޯދައިގެންނެވެ. ދެ ވަނައިގައި އޮތް ގުޖުރާތާއި ތިން ވަނައިގައި އޮތް ބެންގަލޫރުން އަދި ކުޅުނީ 10 މެޗެވެ.

ނަރެންދުރަ މޯދީ ސްޓޭޑިއަމްގައި ރޭ ކުޅުނު މެޗުގައި، ހައިދަރުއާބާދަށް ޓޮސް ދިމާވުމުން އެ ޓީމުން ނިންމީ ހޮވާށެެވެ. ގުޖުރާތުން ވަނީ 20 އޯވަރުގެ ތެރޭގައި، ހަ ކުޅުންތެރިން ނުބައިވިއިރު، 224 ލަނޑު ހަދައިފަ އެވެ. އެންމެ ރަނގަޅަށް ކުޅުނީ، ޓީމުގެ ކެޕްޓަން، ސުބްމަން ގިލް އެވެ. އޭނާ ނުބައިވީ، 38 ބޯޅައިން 76 ލަނޑު ހަދާފައިވަނިކޮށެވެ. އެ ޓީމުގެ ޖޯޝް ބަޓްލާ ވަނީ، 37 ބޯޅައިން 64 ލަނޑު ހަދައިފަ އެވެ.

މި އިނިންގްސްގައި ހައިދަރުއާބާދުގެ ޖޭދޭވް އުނާދުކަޓް ވަނީ ތިން ވިކެޓް ނަގައިފަ އެވެ.

ޖަވާބުގައި ކުޅެން އަރައި، ހައިދަރުއާބާދަށް ހެދުނީ 20 އޯވަރުގެ ތެރޭގައި ހަ ކުޅުންތެރިން ނުބައިވެގެން 186 ލަނޑެވެ، އެންމެ ރަނގަޅު ކުޅުމެއް ދެއްކީ، 41 ބޯޅައިން 74 ލަނޑު ހެދި އަބިޝޭކް ޝަރްމާ އެވެ. މި އިނިންގްސްގައި ގުޖުރާތުގެ މުހައްމަދު ސިރާޖު އާއި ޕްރާސިދު ކްރިޝްނާ ވަނީ ކޮންމެ ކުޅުންތެރިއަކު ދެ ވިކެޓް ނަގައިފަ އެވެ.

މުބާރާތުގައި މިރޭ ކުޅޭ މެޗުގައި، ބެންގަލޫރު ކުޅޭނީ ޗެންނާއި ސުޕަ ކިންގްސްއާ ދެކޮޅަށެވެ. ފަސް ފަހަރު ޗެމްޕިއަންކަން ހޯދި ޗެންނާއި ވަނީ މި ފަހަރުގެ މުބާރާތުން ކަޓައިފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޖަރުމަނުގެ ޒްވެރެވް އަށް ދުނިޔޭގެ ރޭންކިން އެއް ވަނަ ޔަގީންވެއްޖެ

ޝަންހާއީ މާސްޓާސްއިން ކާލޯސް އަލްކަރާޒް ބަލިވުމާ ގުޅިގެން، މި އަހަރުގެ ޓެނިސް ސީޒަން ނިމޭއިރު ދުނިޔޭގެ ރޭންކިން އެއްވަނަ ޖަރުމަނުގެ ޒްވެރެވަށް ވަނީ ކަށަވަރުވެފައި. މިއީ ޖަރުމަނުގެ ކުޅުންތެރިއަކު މި ޝަރަފު ހޯދާ ފުރަތަމަ ފަހަރު ކަމަށްވާއިރު، އޭނާ މި މަގާމަށް އަންނަ މަހު އަންނާނީ މުޅިން އަލަށް އެއް ވަނަ ހޯދާ އެންމެ ދޮށީ ކުޅުންތެރިޔާގެ ގޮތުގައި

ފުޓްސަލްގައި ރާއްޖޭން ޗައިނާ، ހޮންގް ކޮންގް އަދި ކޮރެއާއާ ކުޅެނީ

އަންނަ މަހު ޗައިނާގައި ބާއްވާ އިންޓަނޭޝަނަލް ފުޓްސަލް މުބާރާތެއްގައި ރާއްޖޭގެ ގައުމީ ޓީމުން ވާދަކުރާ ގޮތަށް ހަމަޖެހި، އެ މުބާރާތަށް ތައްޔާރުވުމުގެ ފަރިތަކުރުންތައް ފަށައިފި. މި މުބާރާތުގައި ރާއްޖޭގެ އިތުރުން ޗައިނާ، ހޮންގް ކޮންގް އަދި ދެކުނު ކޮރެއާ ވާދަކުރާއިރު، ރާއްޖޭގެ ފުރަތަމަ މެޗު އޮންނާނީ އަންނަ މަހުގެ ފަސް ވަނަ ދުވަހު

އޯޕަން ވޯޓާ ގައުމީ ޗެމްޕިއަންކަން ޝައިމް އާއި އަލްޔާ އަށް

ކުޑަގިރީގައި ބޭއްވި 17 ވަނަ ގައުމީ އޯޕަން ވޯޓާ މުބާރާތުގެ 5 ކިލޯމީޓަރުގެ ފިރިހެން ޗެމްޕިއަންކަން ޝައިމް ހުސެއިން އިބްރާހިމް އަދި އަންހެން ޗެމްޕިއަންކަން އަލްޔާ އަޝްރަފް ހޯދައިފި. މި މުބާރާތުގައި ތަފާތު އުމުރުފުރާތަކުންނާއި ކެޓަގަރީތަކުން ގިނަ ފެތުންތެރިންތަކެއް ވާދަކޮށް ވަނަތައް ހާސިލްކުރި، މިއީ ކުޑަގިރީގައި މި މުބާރާތް ބޭއްވި ހަތަރު ވަނަ ފަހަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

Newsletter

Get the latest news delivered straight to your inbox