ޔުނައިޓެޑާއި ޓޮޓެންހަމް ޔޫރޮޕާ ލީގުގެ ފައިނަލާ ގާތަށް

May 2, 2025, 2:49 AM
ޔުނައިޓެޑާއި ޓޮޓެންހަމް ޔޫރޮޕާ ލީގުގެ ފައިނަލާ ގާތަށް

ލަންޑަން (މެއި 2) - ޔުއެފާ ޔޫރޮޕާ ލީގުގެ ސެމީ ފައިނަލުގެ ފުރަތަމަ ލެގުގައި ރަނގަޅު މޮޅެއް ހޯދައި، މެންޗެސްޓާ ޔުނައިޓެޑާއި ޓޮޓެންހަމް ހޮޓްސްޕާސް އިން މުބާާރާތުގެ ފައިނަލާ ގާތަށް ޖެހިލައިފި އެވެ.

އެ ގޮތުން، ޔުނައިޓެޑުން ވަނީ ރަށުންބޭރުގައި އެތުލެޓިކް ބިލްބާއޯ އަތުން 3-0 އިން މޮޅުވެފަ އެވެ. ޓޮޓެންހަމް އިން އަމިއްލަ ދަނޑުގައި ނޯވޭގެ ބޯޑޯ/ގިލްމް އަތުން ކުރިހޯދީ 3-1 އިންނެވެ.

ބިލްބާއޯ ދަނޑުގައި ރޭ އެ ޓީމުން ކުޅުނު މެޗު ފަށައިގެން ރަނގަޅަށް ކުޅުނެވެ. އެ ގޮތުން، ބިލްބާއޯ އަށް ގޯލެއް ޖަހައިދޭން އިނާކީ ވިލިއަމްސް އާއި އަލެކްސް ބެރެންގުއޭ އަށް ލިބުނު ފުރުސަތުތަކުގައި ގޯލެއް ޖަހައިނުލެވުނެވެ. ނަތީޖާ އަކަށްވީ މެޗުގެ 30 ވަަނަ މިނިޓްގައި ޔުނައިޓެޑްގެ ހެރީ މެގުއާ ކުރިއަށް ޖެހިގެން ކުރި އެޓޭކެއްގައި ނަގައިދިން ހުރަހަކުން މެނުއަލް އުގާޓޭ ބޮލުން ޖައްސާލި ބޯޅަ އަށް އަރައި، ކަސެމީރޯ ވަނީ ގޯލަށް ފޮނުވާލައިފަ އެވެ.

އޭގެ ހަތް މިނިޓް ފަހުން، ޔުނައިޓެޑަށް ލީޑުފުޅާކޮށްދިނީ، ޕެނަލްޓީ އަކުން ބްރޫނޯ ފެނާންޑޭސް އެވެ. މިއީ، މައްސަަލަ ބޮޑުވި ޕެނަލްޓީ އެކެވެ. ޔުނައިޓެޑްގެ ރަސްމުސް ހޮއިލުންޑަށް ބިލްބާއޯ އޭރިއާތެރެއިން އެ ޓީމުގެ ޑެނީ ވިވިއަން އަށް ފަައުލުކުރި ކަމަށް ނިންމީ، ވީޑިއޯ އެސިސްޓަންޓް ރެފްރީ (ވީއޭއާރް) އިން އަންގައިގެން ދަނޑުކައިރީގައި ހުރި މޮނީޓަރުން ވެސް ބަަލައިފަ އެވެ. އަދި، މި ފައުލަށް ވިވިއަން އަށް ސީދާ ރަތް ކާޑެއް ދެއްކި އެވެ.

ފުރަތަމަ ހާފު ނިމުމުގެ ކުރިން ޔުނައިޓެޑްގެ ތިން ވަނަ ގޯލު ޖެހީ ވެސް ފެނާންޑޭސް އެވެ. ކުުޅުންތެރިއަކު މަދުކޮށް ކުޅެ ވެސް ބިލްބާއޯ އިން ދެ ވަނަ ހާފުގައި އެޓޭކްކޮށް ފަރަގު ކުޑަކުރެވޭތޯ މަސައްކަތްކުރި އެވެ. އެކަމަކު، ގޯލެއް ޖެހޭގޮތެއްނުވި އެވެ.

މި ނަތީޖާއާ އެކު، އަންނަ ހަފްތާގައި ޔުނައިޓެޑް ދަނޑުގައި ކުޅޭ ލެގުގައި އެއްވަރުކޮށްލައިގެން ނޫނީ ތިން ގޯލަަށް ވުރެ މަދުކޮށް ބަލިވެގެން ވިޔަސް ޔުނައިޓެޑަށް ފައިނަލަށް ދެވޭނެ އެވެ.

ބޯޑޯ/ގިލްމް ކޮޅަށް ޓޮޓެންހަމް އިން 38 ސިކުންތު ތެރޭގައި ލީޑުނެގި އެވެ. މި ގޯލު ޖެހީ ރިޗާލިސަން ދިން ބޯޅައަކުން ބްރެނަން ޖޯންސަން އެވެ. ފުރަތަމަ ހާފު ނިމުމުގެ ކުރިން، ޓޮޓެންހަމް އިން ވަނީ ދެ ވަނަ ގޯލެއް ޖަހައިފަ އެވެ. މިއީ، ޕެޑްރޯ ޕޯރޯ ދިން ބޯޅައަކުން، ޖޭމްސް މެޑިސަން ޖެހި ގޯލެކެެވެ.

ދެ ވަނަ ހާފުގައި ޓޮޓެންހަމް އިން ޖެހި ގޯލަކީ ޕެނަލްޓީއަކުން ޑޮމިނިކް ސޮލާންކޭ ޖެހި ލަނޑެކެވެ. މިއީ، ޓޮޓެންހަމްގެ ކްރިސްޓިއަން ރޮމޭރޯ އަށް ކުރި ފައުލަކަށް ދިން ޕެނަލްޓީއެކެވެ. މެޗުގެ ފުރިހަމަ ވަގުތު ހަމަވާން ހަތް މިނިޓަށް ވެފައިވަނިކޮށް، ބޯޑޯ/ގިލްމް އިން ވަނީ އެ ޓީމުގެ ހަމައެކަނި ލަނޑު ޖަަހައިފަަ އެވެ. މި ލަނޑު ޖަހައިިދިނީ، އުލްރިކް ސޯލްޓްނަސް އެވެ.

ޓޮޓެންހަމް އިން 2008 ވަނަ އަހަރުގެ ފަހުން ފުރަތަމަ ތަށްޓެއް ހޯދަން ކުރާ މަސައްކަތުގެ ތެރެެއިން، 2019 ވަނަ އަހަރު ޗެމްޕިއަންސް ލީގުގެ ފައިނަލުގައި ކުޅުނެވެ. އެ ޓީމު ބަލިވީ ލިވަޕޫލް އަތުންނެވެ. މި ފަހަރުގެ ފައިނަލުގައި ޔުނައިޓެޑާ ޖެހުމުގެ ފުރުސަތު އެބައޮތެވެ. ޓޮޓެންހަމް އާއި ޔުނައިޓެޑުން ކުރެ ޓީމެއް ޔޫރޮޕާ ލީގު ކާމިޔާބުކޮށްފިނަމަ އަންނަ ސީޒަނުގައި ޗެމްޕިއަންސް ލީގުން ޕްރިމިއާ ލީގުގެ ހަ ޓީމު ފެނުމުގެ ފުރުސަތު އެބައޮތެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޖަރުމަނުގެ ޒްވެރެވް އަށް ދުނިޔޭގެ ރޭންކިން އެއް ވަނަ ޔަގީންވެއްޖެ

ޝަންހާއީ މާސްޓާސްއިން ކާލޯސް އަލްކަރާޒް ބަލިވުމާ ގުޅިގެން، މި އަހަރުގެ ޓެނިސް ސީޒަން ނިމޭއިރު ދުނިޔޭގެ ރޭންކިން އެއްވަނަ ޖަރުމަނުގެ ޒްވެރެވަށް ވަނީ ކަށަވަރުވެފައި. މިއީ ޖަރުމަނުގެ ކުޅުންތެރިއަކު މި ޝަރަފު ހޯދާ ފުރަތަމަ ފަހަރު ކަމަށްވާއިރު، އޭނާ މި މަގާމަށް އަންނަ މަހު އަންނާނީ މުޅިން އަލަށް އެއް ވަނަ ހޯދާ އެންމެ ދޮށީ ކުޅުންތެރިޔާގެ ގޮތުގައި

ފުޓްސަލްގައި ރާއްޖޭން ޗައިނާ، ހޮންގް ކޮންގް އަދި ކޮރެއާއާ ކުޅެނީ

އަންނަ މަހު ޗައިނާގައި ބާއްވާ އިންޓަނޭޝަނަލް ފުޓްސަލް މުބާރާތެއްގައި ރާއްޖޭގެ ގައުމީ ޓީމުން ވާދަކުރާ ގޮތަށް ހަމަޖެހި، އެ މުބާރާތަށް ތައްޔާރުވުމުގެ ފަރިތަކުރުންތައް ފަށައިފި. މި މުބާރާތުގައި ރާއްޖޭގެ އިތުރުން ޗައިނާ، ހޮންގް ކޮންގް އަދި ދެކުނު ކޮރެއާ ވާދަކުރާއިރު، ރާއްޖޭގެ ފުރަތަމަ މެޗު އޮންނާނީ އަންނަ މަހުގެ ފަސް ވަނަ ދުވަހު

އޯޕަން ވޯޓާ ގައުމީ ޗެމްޕިއަންކަން ޝައިމް އާއި އަލްޔާ އަށް

ކުޑަގިރީގައި ބޭއްވި 17 ވަނަ ގައުމީ އޯޕަން ވޯޓާ މުބާރާތުގެ 5 ކިލޯމީޓަރުގެ ފިރިހެން ޗެމްޕިއަންކަން ޝައިމް ހުސެއިން އިބްރާހިމް އަދި އަންހެން ޗެމްޕިއަންކަން އަލްޔާ އަޝްރަފް ހޯދައިފި. މި މުބާރާތުގައި ތަފާތު އުމުރުފުރާތަކުންނާއި ކެޓަގަރީތަކުން ގިނަ ފެތުންތެރިންތަކެއް ވާދަކޮށް ވަނަތައް ހާސިލްކުރި، މިއީ ކުޑަގިރީގައި މި މުބާރާތް ބޭއްވި ހަތަރު ވަނަ ފަހަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

Newsletter

Get the latest news delivered straight to your inbox