‏މެޓާ އިން އައު އޭއައި އެސިސްޓެންޓް އެޕެއް ‏‏ތައާރަފުކޮށްފި‏

‏މެޓާ އިން އައު އޭއައި އެސިސްޓެންޓް އެޕެއް ‏‏ތައާރަފުކޮށްފި‏

‏ފޭސްބުކުގެ މައި ކުންފުނި ކަމުގައިވާ މެޓާ ‏‏ޕްލެޓްފޯމްސްއިން އެ ކުންފުނީގެ އަމިއްލަ އޭއައި ‏‏އެސިސްޓެންޓް އެޕެއް އާންމުކޮށްފި އެވެ.

މި އެޕަކީ ‏‏މައިކްރޯސޮފްޓުން ސަޕޯޓްދޭ އޯޕަން އޭއައި އަދި ‏‏އަލްފަބެޓްގެ ގޫގުލް ފަދަ ކުންފުނިތަކުން ވެސް ‏‏ނެރެފައިވާ އެޕްތަކާ އެއްގޮތް އެޕެކެވެ‏‎.‎

‏މި އެޕް ނެރުމުގެ މަގުސަދަކީ މެޓާގެ އޭއައި ‏‏އެސިސްޓެންޓްގެ ބޭނުންކުރުން އިތުރުކުރުމެވެ. ‏‏މިހާރު މި އެސިސްޓެންޓް ވަޓްސްއެޕް، ‏‏އިންސްޓަގްރާމް، ފޭސްބުކް އަދި މެސެންޖާ ފަދަ ‏‏މެޓާގެ އެހެނިހެން ޕްލެޓްފޯމްތަކުގައި ވެސް ލިބެން ‏‏ހުރެ އެވެ‏‎.‎

‏މި އެޕް ނެރުމަކީ މެޓާގެ ސީއީއޯ މާކް ޒަކަބާގް އޭއައި ‏‏ދާއިރާގައި ކުންފުނީގެ މަގާމު ވަރުގަދަކުރުމަށް ‏‏އަޅުއްވާ ފިޔަވަޅެއް ކަމަށް ބެލެވެއެވެ. މިގޮތުން އޯޕަން ‏‏އޭއައި އަދި ގޫގުލް ފަދަ ވާދަވެރިންނާ ވާދަކުރުމަށް ‏‏މަގުފަހިވާނެ އެވެ‏‎.‎

‏މެޓާގެ މި އަލަށް ނެރުނު އެޕުން ބޭނުންކުރާ ‏‏ފަރާތްތަކުގެ ފޭސްބުކް އަދި އިންސްޓަގްރާމް ‏‏އެކައުންޓްތަކާ ގުޅޭ މަޢުލޫމާތުތަކުގެ މައްޗަށް ‏‏ބިނާކޮށް އެ ފަރާތްތަކަށް ހާއްސަ އަދި އެކަށޭނަ ‏‏ޖަވާބުތަކެއް ދޭނެ އެވެ‏‎.‎

‏މެޓާގެ އެންމެ ފަހުގެ ލާޖް ލޭންގުއޭޖް މޮޑެލް ކަމަށްވާ ‏‏ލަމާ 4 އިން މި އޭއައި އެސިސްޓެންޓް ހިންގާއިރު، ‏‏މި މޮޑެލަކީ އޯޕަން އޭއައި، ގޫގުލް، ޑީޕްސީކް އަދި ‏‏އެންތްރޮޕިކް ފަދަ ކުންފުނިތަކުގެ އެންމެ ފަހުގެ އޭއައި ‏‏މޮޑެލްތަކާ ވާދަކުރެވޭ ފެންވަރުގެ މޮޑެލެކެވެ‏‎.‎

‏މީގެ އިތުރުން މެޓާއިން މިއަދު ފުރަތަމަ ފަހަރަށް ‏‏އޭއައި ޑިވެލޮޕަރުންނަށް ޚާއްޞަކޮށްގެން "ލަމާކޮން" ‏‏ގެ ނަމުގައި އިވެންޓެއް ދަނީ ބާއްވަމުންނެވެ. މި ‏‏އިވެންޓުގައި ލަމާ ފެމިލީ އޭއައި މޮޑެލްތަކަށް ‏‏އަލިއަޅުވާލާނެ އެވެ‏‎.‎

‏މެޓާއިން މި އަހަރުގެ ދެވަނަ ކުއާޓާގައި މި އޭއައި ‏‏ޗެޓްބޮޓްގެ އެޑްވާންސްޑް ވާޝަންތަކަށް ފައިސާ ‏‏ނަގައިގެން ހިދުމަތް ދިނުމުގެ ޓެސްޓުތައް ފަށާނެ ‏‏ކަމަށް ރޮއިޓާސްއިން ވަނީ ރިޕޯޓުކޮށްފަ އެވެ‏‎.‎

ކޮމެންޓް

ފަހުގެ ޚަބަރު

އައިފޯން ޑުއޯގެ ސްކްރީނަށް މައްސަލަ ދިމާވާ ނަމަ ބަދަލުކޮށްދޭނެ

އެޕަލްގެ ފުރަތަމަ ފަތްޖަހާލެވޭ ފޯނު "އައިފޯން ޑުއޯ" ގެ ސްކްރީނަށް ދިމާވި މައްސަލަތަކާ ގުޅިގެން، އެ ފޯނުތައް ބަދަލުކޮށްދޭން އެ ކުންފުނިން ނިންމައިފިއެވެ. ބާޒާރަށް ނެރުނުތާ މަދު ދުވަސްކޮޅެއްގެ ތެރޭގައި ސްކްރީނުގައި ރޮނގު އެޅުމާއި ރެނދުލުން ފަދަ މައްސަލަތައް ފާހަގަވެފައިވާއިރު، މި މައްސަލަ ދިމާވި ކަސްޓަމަރުން ފޯނު ބަދަލުކުރުމަށް އެޕަލްއާ ގުޅުމަށް ވަނީ އިލްތިމާސްކޮށްފައެވެ.

ސެކިއުރިޓީ ރިސްކާ ހެދި ބޮޑެތި ވެބްސައިޓްތައް އޮފްލައިންކޮށްފި

ދުނިޔޭގެ ބޮޑެތި އިދާރާތަކާއި ސަރުކާރުތަކުގެ ވެބްސައިޓްތައް ވަގުތީ ގޮތުން އޮފްލައިންކުރީ އޭއައިއިން ދެނެގަތް ޕީއެޗްޕީ ޕްރޮގްރާމިން ލެންގުއޭޖުން ފާހަގަވި ނުރައްކާތެރި ސެކިއުރިޓީ މައްސަލަތަކަކާ ގުޅިގެން މި މައްސަލަ ހައްލުކުރުމަށް ސެކިއުރިޓީ އަޕްޑޭޓްތައް ވަނީ ނެރެފަ.

ޖާސޫސްކުރި މީހާއަށް ސައުދީ ސަރުކާރުގެ އެހީތެރިކަން ލިބޭ

އޯޕަންއޭއައިގެ މީޓިން ރޫމެއްގައި ސިއްރުން އަޑު ރެކޯޑުކުރާ ޑިވައިސްއެއް ހަރުކުރި ކަމުގެ ތުހުމަތުގައި ހައްޔަރުކުރި ސައުދީ އިންޖިނިއަރަކަށް، އެ ގައުމުގެ ސަރުކާރުގެ އެހީތެރިކަން ލިބޭކަން އެމެރިކާގެ ކޯޓު ލިޔުންތަކުން ހާމަވެއްޖެއެވެ. މި އަމަލަކީ އެމެރިކާގެ ގައުމީ ސަލާމަތަށް އޮތް ނުރައްކަލެއް ކަމަށް ބަލައި، ޝަރީއަތް ނިމެންދެން އޭނާ ބަންދުގައި ބެހެއްޓުމަށް ކޯޓުން ވަނީ އަމުރުކޮށްފައެވެ.

ދިރާގުގެ ގޭމިން ކޮންކުއެސްޓް ނޮވެމްބަރު 26 ގައި

ދިރާގު މޯލްޑިވްސް ގޭމިން ކޮންކުއެސްޓް 2026، އަންނަ ނޮވެމްބަރު 26 އިން 28 އަށް ކަލާފާނު ސްކޫލުގައި ބޭއްވުމަށް ވަނީ ނިންމާފައެވެ. ޖުމްލަ 150,000 ރުފިޔާގެ އިނާމު ހުށަހަޅާފައިވާ މި އިވެންޓުގައި މޯބައިލް، ޕީސީ އަދި ކޮންސޯލްގެ އެކި މުބާރާތްތަކުގެ އިތުރުން މުނިފޫހިފިލުވުމުގެ ތަފާތު ގޭމްތައް ތަޖުރިބާކޮށްލުމުގެ ފުރުސަތު ހިލޭ ލިބޭނެއެވެ.

މާސްގެ ހަނދުން ސާމްޕަލް ނެގުމުގެ މިޝަނަށް ޖަޕާން ތައްޔާރު

މާސްގެ ހަނދެއް ކަމަށްވާ "ފޯބޯސް" އިން ސާމްޕަލް ނެގުމަށް ޖަޕާނުން ކުރިއަށްގެންދާ ދުނިޔޭގެ ފުރަތަމަ މިޝަން ފެށުމަށް އެ ގައުމުން ވަނީ ތައްޔާރުވެފައެވެ. ފަސް އަހަރުގެ މި ދިރާސާގެ ސަބަބުން މާސްގެ ހަނދުތައް އުފެދުނު ގޮތާއި އިރުގެ ނިޒާމުގައި ދިރުން އުފެދުނު ގޮތުގެ މުހިންމު މައުލޫމާތުތަކެއް ލިބިގެންދާނެއެވެ. މީގެ އިތުރުން، މި މިޝަންގެ ސަބަބުން ކުރިމަގުގައި މާސްއަށް ކުރާ އިންސާނީ ދަތުރުތަކުގައި އެ ހަނދު ބޭސްއެއްގެ ގޮތުގައި ބޭނުންކުރުމަށް މަގުފަހިވެގެންދާނެއެވެ.

ޓެސްލާގެ އިންގިލާބީ އީޖާދު: އުދުހޭ ކާރު 'ރޯޑްސްޓާ' ދައްކާލައިފި

ޓެސްލާ އާއި ސްޕޭސް އެކްސް ގުޅިގެން އުފެއްދި، ވައިގެ ޕްރެޝަރު ބޭނުންކޮށްގެން އުދުހުމުގެ ގާބިލުކަން ލިބިފައިވާ "ރޯޑްސްޓާ" ކާރުގެ ނަމޫނާ ދައްކާލައިފިއެވެ. މި އިންގިލާބީ އުޅަނދު އާންމުކޮށް އުފައްދަން ފަށާނީ 2028 ވަނަ އަހަރު ކަމަށް އީލޮން މަސްކް ހާމަކޮށްފައިވާއިރު، މިއީ ދަތުރުފަތުރުގެ ދާއިރާއަށް އަންނާނެ ބޮޑު ބަދަލެއް ކަމަށް ބެލެވެއެވެ.

ސިއްރުން ރެކޯޑިން ޑިވައިސްއެއް ހަރުކުރި ސައުދީ މީހަކަށް ދައުވާ

އޯޕަންއޭއައިގެ އޮފީހެއްގައި ސިއްރުން ރެކޯޑިން ޑިވައިސްއެއް ހަރުކުރި ކަމުގެ ތުހުމަތުގައި އެ ކުންފުނީގެ ކުރީގެ އިންޖިނިއަރެއް ކަމަށްވާ ސައުދީ ރައްޔިތެއްގެ މައްޗަށް އެމެރިކާގައި ދައުވާ އުފުލައިފިއެވެ. ކުންފުނީގެ އޭއައި މޮޑެލްތައް ބޭނުންކޮށްގެން މި އަމަލު ހިންގި މީހާ ދެނެގަނެފައިވާއިރު، މި ހާދިސާގައި ކުންފުނީގެ އެއްވެސް މުހިންމު މައުލޫމާތެއް ވަގަށް ނަގާފައިވާކަމުގެ ހެއްކެއް ފެނިފައެއް ނުވެއެވެ.

Newsletter

Get the latest news delivered straight to your inbox