ރައީސް މުއިއްޒު އާރަށަށް ވަޑައިގެންނެވި އަދަދު ހޯދަން ހުށަހެޅުމުން އެކަން މައްސަލައަކަށް ހަދައި ތަހުގީގު ކުރަނީ

ޑިފެންސް މިނިސްޓަރު ގައްސާން މައުމޫން : ރައީސް މުއިއްޒު އާރަށަށް ވަޑައިގެންނެވި އަދަދު ހޯދާ މަގުސަދު ޑިފެންސުން ތަހުގީގުކުރަން ފަށައިފި --- ފޮޓޯ: ޕޮލިސް

ޑިފެންސް މިނިސްޓަރު ގައްސާން މައުމޫން : ރައީސް މުއިއްޒު އާރަށަށް ވަޑައިގެންނެވި އަދަދު ހޯދާ މަގުސަދު ޑިފެންސުން ތަހުގީގުކުރަން ފަށައިފި --- ފޮޓޯ: ޕޮލިސް

ރައީސުލްޖުމްހުރިއްޔާ އަށް ހާއްސަކޮށްފައިވާ، ކ. އާރަށަށް ރައީސް ޑރ. މުހައްމަދު މުއިއްޒު އަދި އަނބިކަނބަލުން ސާޖިދާ މުހައްމަދު ވަޑައިގެންނެވި އަދަދު ހޯދަން ހުށަހެޅުމުން އެއީ މައްސަލައަކަށް ހަދައި އެކަން ތަހުގީގު ކުރަން ފަށައިފި އެވެ.

އަދަދު ނޫހާއި އަމިއްލަ ފަރާތަކުން މި މައުލޫމާތަށް އެދުމުން ޑިފެންސުން ދީފައިވަނީ ދާދި އެއް ޖަވާބެކެވެ. އެގޮތުން ރައީސްގެ ދެކަނބަލުން އާރަށް ވަޑައިގެންނެވި އަދަދާއި އެ ރަށަށް ކުރާ ހަރަދުތައް ހާމަކުރެވެން ނެތް ކަމަށް ޑިފެންސުން ބުނެފައިވެ އެވެ.

ޖަވާބު ނިންމާލަމުން ޑިފެންސުން ބުނެފައިވަނީ މި މައުލޫމާތަކީ ރައީސް އަދި އެމަނިކުފާނުގެ އާއިލާގެ ސަލާމަތަށް ނުރައްކާ ވެދާނެ ގޮތަކަށް ބޭނުންކުރެވޭނެ މައުލޫމާތެއް ކަމަށް ބެލެވޭ ކަމަށެވެ. އެހެންކަމުން އެ މައުލޫމާތު ހޯދަން އެދޭ ފަރާތްތަކުގެ މަގުސަދު ދެނެގަތުމަށް ކުރަންޖެހޭ ކަންކަން ދިފާއީ ބާރުން ކުރާނެ ކަމަށް ސިފައިންގެއިން ބުނެފައިވެ އެވެ.

އާރަށުގެ މަރާމާތާއި ރިކަރެންޓަށް ދާ ހަރަދު ކުރަނީ ސިފައިންގޭގެ ބަޖެޓުންނެވެ. މި ތަފުސީލުތަކާއި ރައީސް އާއެކު އާރަށަށް ދާ ސަރުކާރުގެ ވެރިންގެ ތަފުސީލު ވެސް ޑިފެންސުން ވަނީ ސިއްރުކޮށްފަ އެވެ.

ރައީސް މުއިއްޒުގެ ވެރިކަމަށް ހިނގައިދިޔަ ދޮޅު އަހަރުގެ ތެރޭގައި، ރައީސްގެ ދެކަނބަލުން އާރަށަށް ވަޑައިގެންނެވީ ކިތައް ފަހަރުތޯ ސާފުކުރުމަށް މި ނޫހުން ރައީސް އޮފީހުގައި ވެސް އެދިފައިވާނެ އެވެ. އެ އޮފީހުން ޖަވާބުގައި ބުނީ މިއީ އެ އިދާރާއިން ބަލަހައްޓާ ހިސާބުތަކެއް ނޫން ކަމަށެވެ.

ރައީސްގެ ދެކަނބަލުން އާރަށަށް ގިނަ އަދަދަކަށް ދަތުރުކުރާ ކަމަށާއި އެ ރަށަށް ދައުލަތުން ބޮޑެތި ހަރަދުތަކެއް ކުރާ ކަމަށް ދަނީ އަޑުފެތުރެމުންނެވެ.

އޭގެ ފަހުން އޮކްޓޯބަރު 30، 2024، ގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ރައީސް އޮފީހުގެ ތަރުޖަމާނު ހީނާ ވަލީދުއާ ނޫސްވެރިޔަކު ވަނީ ސުވާލު ވެސް ކޮށްފަ އެވެ. ނަމަވެސް އެ ސުވާލަށް ހީނާ ސީދާ ޖަވާބެއް ނުދެއްވަ އެވެ.

އެގޮތުން ވިދާޅުވީ، އާރަށަށް ވަޑައިގަތުމަކީ ރައީސުންނަށާއި ރައީސުންގެ އަނބިކަނބަލުންނަށް ލިބިދޭ އިހުތިޔާރެއް ކަމަށެވެ. އަދި އެ ރަށުގައި ވަޒީރުންނާ އެކު ބައްދަލުވުންތައް ބޭއްވުމަކީ ވެސް ލިބިފައި އޮތް އިހުތިޔާރެއް ކަމުގައި ހީނާ އެދުވަހު ވިދާޅުވި އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ގޮޅިތަކެއް އިމާރާތްކުރަން ޕޮލްކޯއާ ހަވާލުކުރުމުން ގެއްލުންތަކެއް

މާފުށީ ޖަލުގައި ގޮޅިތަކެއް އިމާރާތްކުރުމަށް ޕޮލްކޯއާ ހަވާލުކުރި މަޝްރޫއު، އެ ކުންފުނިން އެހެން ބަޔަކަށް ސަބް-ކޮންޓްރެކްޓް ކުރުމުގެ ސަބަބުން ދައުލަތަށް ބޮޑު މާލީ ގެއްލުމެއް ލިބިފައިވާކަން އޮޑިޓް ރިޕޯޓުން ހާމަވެއްޖެއެވެ. މީގެ އިތުރުން، ނުކުރާ މަސައްކަތްތަކަކަށް 2.9 މިލިއަން ރުފިޔާ ދައްކާފައިވާތީ، މި މައްސަލަ އޭސީސީއަށް ހުށަހެޅުމަށް އޮޑިޓް އޮފީހުން ވަނީ ލަފާދީފައެވެ.

ކުޅުދުއްފުށީގައި 'މަނަސްހަބް' ހުޅުވައިފި

ކުޅުދުއްފުށީ ސިޓީ ކައުންސިލާއި އޮސްޓްރޭލިއާ ހައިކޮމިޝަން ގުޅިގެން، ނަފްސާނީ ދުޅަހެޔޮކަމަށް ހޭލުންތެރިކަން އިތުރުކުރުމަށް "މަނަސްހަބް" ނަމުގައި ހާއްސަ މަރުކަޒެއް އެ ސިޓީގައި ހުޅުވައިފިއެވެ. މި މަރުކަޒުގެ މައިގަނޑު މަގުސަދަކީ ނަފްސާނީ ބަލިތަކަށް ހުރި ނުރަނގަޅު ތަސައްވަރުތައް ނައްތާލައި، އެހީތެރިކަން ބޭނުންވާ ފަރާތްތަކަށް ފަސޭހަކަމާއެކު ފަރުވާ ލިބޭނެ އިންތިޒާމު ހަމަޖައްސައިދިނުމެވެ.

ޔާމީނަށް އަބްދުއްރަހީމްގެ ހޫނު ރައްދެއް

ރަސްމާލެ މަޝްރޫއު ހުއްޓާލުމަށް ކުރީގެ ރައީސް ޔާމީން ގޮވައިލެއްވުމާ ގުޅިގެން، އެއީ ވެރިކަމުގެ ދަހިވެތިކަމުގައި ގައުމަށް ޣައްދާރުވުން ކަމަށް ވިދާޅުވެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް ވަނީ ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ. އަދި ޔާމީންގެ ވެރިކަމުގައި ފ. އަތޮޅު މަޝްރޫއަށް އެމްޑީޕީން ހުރަސްއެޅި ގޮތަށް، މިއަދު ޔާމީން ވެސް އަމަލުކުރައްވަނީ ހަމަ އެފަދައިންކަން އަބްދުއްރަހީމް ފާހަގަކުރެއްވިއެވެ.

ހައުސިން ޔުނިޓް ނިމޭއިރު ލިބޭ މީހުން ކަނޑަނޭޅޭތީ ކަންބޮޑުވުން

ލ. ގަމުގައި ތަރައްގީކުރާ 100 ހައުސިން ޔުނިޓްގެ މަސައްކަތް ނިމުމަކާ ގާތްވެފައިވާއިރު، އެ ތަންތަން ލިބޭނެ ފަރާތްތައް ކަނޑައެޅުމުގެ އެއްވެސް މަސައްކަތެއް ކުރިއަށް ނުދާތީ ކައުންސިލުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައި. ކައުންސިލުން އެދެނީ މިނިސްޓްރީން ނުވަތަ ކައުންސިލް މެދުވެރިކޮށް ނަމަވެސް، ވީހާވެސް އަވަހަށް އެ ތަންތަން ހަވާލުކުރުމުގެ މަރުހަލާ ފެށުމަށް.

ތިނަދޫ ކައުންސިލް ރައީސްގެ މަގާމަށް ކުރިމަތިލުމަށް ހުޅުވާލައިފި

ވ. ތިނަދޫ ކައުންސިލްގެ ރައީސް ޝުޖާއު އަލީ ޕާޓީ ބަދަލުކުރުމާ ގުޅިގެން އޭނާގެ ގޮނޑި ގެއްލިފައިވާތީ، އެ މަގާމަށް މީހަކު އިންތިޚާބު ކުރުމަށް ބާއްވާ ބައި-އިލެކްޝަނަށް ކުރިމަތިލުމުގެ ފުރުސަތު އިލެކްޝަންސް ކޮމިޝަނުން ހުޅުވާލައިފިއެވެ. އޮކްޓޯބަރު 26 އާ ހަމައަށް ކުރިމަތިލުމުގެ ފުރުސަތު އޮތް މި އިންތިޚާބު ބޭއްވުމަށް ހަމަޖެހިފައިވަނީ ނޮވެމްބަރު 28 ގައެވެ.

ރަސްމާލެ މަޝްރޫއު ހުއްޓާލަން ޔާމީން ގޮވައިލައްވައިފި

އެކްސްގައި ޔާމީން ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އީގަލް ހިލްސް ކުންފުނިން ދަނީ، ރައްޔިތުންގެ ތާއީދާއި އިތުބާރު ގެއްލިފައި އޮތް ރާއްޖޭގެ ސަރުކާރުގެ ނާޖާއިޒު ފައިދާ ނަގަމުން ކަމަށް. ސަރުކާރުން ރަސްމާލެ ދޫކޮށްލީ ލޭންޑް އިކުއިޒިޝަން ފީއެއް އަދި ބިމު ކުުއްޔެއް ނުނަގާ ގޮތަށް.

އެމްޓީސީސީއަށް "މެގަ" ޑްރެޖަރު ގަންނަ އަގު ހާމަނުކުރި

އެމްޓީސީސީގެ "މަހާޖައްރާފު" އަށް ނުފޯރާ ފުންމިނުން ވެލިނެގުމަށްޓަކައި 75 މީޓަރު އަޑިން މަސައްކަތްކުރެވޭ އާ ޑްރެޖަރެއް ގަތުމުގެ ޕްރޮކިއުމަންޓް މަސައްކަތް އެ ކުންފުނިން ދަނީ ކުރަމުން. ނަމަވެސް، އެއީ ބޮޑު އެސެޓަކަށްވެފައި ޕްރޮސެސް ކުރިއަށްދާތީ އެ ޑްރެޖަރު ގަންނަ އަގު ހާމަކޮށްފައެއް ނުވޭ.

Newsletter

Get the latest news delivered straight to your inbox