ބުނި ތާރީހަށް ހިޔާ ލިފްޓުތަކެއް ނުނިމުނު، މިހާރު ބުނަނީ ނިންމޭނީ ނޮވެމްބަރަށް ކަމަށް

ހިޔާ ޓަވަރުތަކުގައި ޓެސްޓުކުރަމުން އަންނަ ލިފްޓެއް: ކޮންމެ ލިފްޓެއްގައި 16 މީހުންގެ ޖާގަ ހުންނާނެ -- ފޮޓޯ: އެޗްޑީސީ

ހިޔާ ޓަވަރުތަކުގައި ޓެސްޓުކުރަމުން އަންނަ ލިފްޓެއް: ކޮންމެ ލިފްޓެއްގައި 16 މީހުންގެ ޖާގަ ހުންނާނެ -- ފޮޓޯ: އެޗްޑީސީ

މިމަހު 15، ގައި ހަރުކޮށް ނިންމަން ބުނި ހިިޔާ ޓަވަރުގެ ލިފްޓުތަކުގެ މަސައްކަތް ނިންމައިލެވޭނީ މި އަހަރުގެ ފަހުކޮޅު ކަމަށް ބުނެ ތިން ވަނަ ތާރީހެއް އެޗްޑީސީން ދީފި އެވެ.

ހިޔާ ލިފްޓުތަކުގެ މަސައްކަތް ޗައިނާގެ ޝެންޔެންގެ ޔުއަންޝާ އިންޓެލެކްޗުއަލް އިންޑަސްޓްރީ ގްރޫޕާ ހަވާލުކުރީ 18 މިލިއަން ޑޮލަރު (278 މިލިއަން ރުފިޔާ) އަށެވެ.

އެއީ ހިޔާގެ 16 ޓަވަރުގެ، ކޮންމެ ޓަވަރެއްގައި ދެ ލިފްޓު ހަރަކުރާ ގޮތަށް ޖުމްލަ 32 ލިފްޓު ހަރުކުރާށެވެ. މި މަސައްކަތް ނިންމަން ފުރަތަމަ އެއްބަސްވީ ތާރީހަކީ، މިދިޔަ ޖެނުއަރީ 30 އެވެ. ނަމަވެސް އެ މުއްދަތަށް އެ ތަންތަނުގެ މަސައްކަތް ނުނިމޭނެތީ، މި މަހުގެ މެދުތެރެއަށް މަސައްކަތް ނިންމަން މުއްދަތު އިތުރުކޮށްދިނެވެ.

މުއްދަތު އިތުރުކޮށްދިން ނަމަވެސް، ބުނި ތާރީހަށް އެންމެ ލިފްޓެއް ވެސް ބޭނުންކުރަން ނުފެށޭނެކަން އެޗްޑީސީން ހާމަކޮށްފައިވާ މައުލޫމާތުން ވަނީ ކަށަވަރުވެފަ އެވެ.

އެ ގޮތުން ހިޔާގެ އެޗު1 އަދި އެޗު2 ގައި ހަރުކުރާ ލިފްޓުތައް ނޫސްވެރިންނަށް ދައްކައިލުމަށް ފަހު މައުލޫމާތު ދެއްވަމުން އެޗްޑީސީގެ އެސިސްޓެންޓް ޑިރެކްޓާ، މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް، ހަސަން ޝަހީދު ވިދާޅުވީ ހަރުކޮށް ނިމިފައި ހުރި ލިފްޓުތައް ބޭނުންކުރަން ފަށާނީ އަންނަ މަހުގެ 12 ގައި ކަމަށެވެ.

ލިފްޓުގެ ސްޓްރަކްޗާގެ މަސައްކަތާއި ހަރުކުރުމުގެ މަސައްކަތް ނިމިފައިވާ އަނެއް ދެ ޓަވަރު ކަމުގައިވާ އެޗު3 އާއި އެޗު4 ގެ ލިފްޓުތައް ބޭނުންކުރަން ފެށޭނީ އެ މަހުގެ ފަހުކޮޅު ކަމަށް ވެސް އޭނާ ވިދާޅުވި އެވެ. އަދި ހުރިހާ ޓަވަރެއްގެ މަސައްކަތް ނިންމާލެވޭނީ ނޮވެމްބަރަށް ކަމަށް އޭނާ ވިދާޅުވި އެވެ.

"ވީހައިވެސް އަވަހަށް، މި އަހަރުގެ ނިޔަލަށް، ނޮވެމްބަރު މަހުގެ ނިޔަލަށް އަޅުގަނޑުމެން މި ބަލަނީ ހުރިހާ ލިފްޓުތަކެއް ހަރު ކުރެވި ރައްޔިތުންނަށް ބޭނުން ކުރަން ފެށިގެން ދާނެ ކަމަށް،" ޝަހީދު ވިދާޅުވި އެވެ.

އެޗްޑީސީން ބުނި ގޮތުން ނަމަ ލިފްޓުތައް ހަރުކުރުމުގެ މިހާތަނަށް ނިމުނީ 58 ޕަސެންތެވެ. އަދި އެ މަސައްކަތަށް ބޭނުންވާ ހުރިހާ ސާމާނެއް ވެސް ރާއްޖެ ނާންނައިރު، ކުރިއަށް 45 ދުވަހުގެ ތެރޭގައި އެ ސާމާނުތައް ލިބޭނެ ކަމަށް އެޗްޑީސީން ބުނެފައިވެ އެވެ.

ހިޔާ ލިފްޓުތަކުގެ މަސައްކަތް ނޮވެމްބަރު މަހުގެ ނިޔަލަށް ނިންމައިލާނެ ކަމަށް އެޗްޑީސީން ބުނި ނަމަވެސް، އެ ތަނުގެ ބައެއް ޓަވަރުތަކުގައި ލިފްޓު ހަރުކުރުމަށް ބޭނުންވާ ސްޓްރަކްޗާގެ މަސައްކަތް ވެސް ގިނަ ޓަވަރުތަކުގައި އަދި ނުފަށަ އެވެ.

ހިޔާ ފްލެޓުތަކުގައި އިތުރު ލިފްޓުތައް ހަރުކުރުމަކީ މި ސަރުކާރުގެ 100 ދުވަހުގެ ވައުދުތަކުގެ ތެރޭގައި ހިމަނައިގެން މިދިޔަ އަހަރަށް ފާސްކުރި ބަޖެޓުގައި ޖަހައިގެން ކުރަން ފެށި މަސައްކަތެކެވެ.

އޭރު ބަޖެޓުގައި އޮތީ މި މަސައްކަތަށް 200 މިލިއަން ރުފިޔާ ހަރަދުކުރާ ގޮތަށެވެ. ނަމަވެސް މި އަހަރަށް ލަފާކޮށް ފާސްކުރި ބަޖެޓުގައި އޮތީ މަޝްރޫއުގެ އަގު ރިވައިސްކޮށް ދައުލަތުގެ ބަޖެޓުން ހަރަދު ކުރާ ވަރު 108 މިލިއަން ރުފިޔާއަށް ކުޑަކޮށްފަ އެވެ. ބާކީ ފައިސާ ހަރަދުކުރަނީ ބެލެވޭ ގޮތުގައި އެޗްޑީސީންނެވެ.

ހިޔާގައި ލިފްޓު ހަރުކުރަން ޗައިނާ ކުންފުންޏާ ހަވާލު ކުރީ ލިފްޓަކަށް 8.8 މިލިއަން ރުފިޔާގެ މަގުންނެވެ. އެހެންކަމުން ކޮންމެ ފްލެޓެއްގައި ލިފްޓު ހަރުކުރަން 17.6 މިލިއަން ރުފިޔާ ހަރަދުވާނެ އެވެ.

ހިޔާ ފްލެޓުތަކަށް އިތުރުކުރާ ލިފްޓުތަކުގެ ތެރޭގައި ހިމެނެނީ ސްޓެރަޗަރު އުފުލޭ ވަރުގެ ލިފްޓަކާއި މީހުން އުފުލާ ލިފްޓެކެވެ. މީހުން އުފުލާ ލިފްޓިގައި ފަހަރަކު 16 މީހުން އުފުލޭނެ ކަމަށް އެޗްޑީސީން ބުންޏެވެ. ލިފްޓު ހަރުކުރުމުގެ އިތުރުން ލިފްޓުތައް ހަރުކުރަން ބޭނުންވާ ސްޓްރަކްޗާ ގާއިމުކުރުން ވެސް މަސައްކަތުގެ ތެރޭގައި ހިމެނެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ގޮޅިތަކެއް އިމާރާތްކުރަން ޕޮލްކޯއާ ހަވާލުކުރުމުން ގެއްލުންތަކެއް

މާފުށީ ޖަލުގައި ގޮޅިތަކެއް އިމާރާތްކުރުމަށް ޕޮލްކޯއާ ހަވާލުކުރި މަޝްރޫއު، އެ ކުންފުނިން އެހެން ބަޔަކަށް ސަބް-ކޮންޓްރެކްޓް ކުރުމުގެ ސަބަބުން ދައުލަތަށް ބޮޑު މާލީ ގެއްލުމެއް ލިބިފައިވާކަން އޮޑިޓް ރިޕޯޓުން ހާމަވެއްޖެއެވެ. މީގެ އިތުރުން، ނުކުރާ މަސައްކަތްތަކަކަށް 2.9 މިލިއަން ރުފިޔާ ދައްކާފައިވާތީ، މި މައްސަލަ އޭސީސީއަށް ހުށަހެޅުމަށް އޮޑިޓް އޮފީހުން ވަނީ ލަފާދީފައެވެ.

ކުޅުދުއްފުށީގައި 'މަނަސްހަބް' ހުޅުވައިފި

ކުޅުދުއްފުށީ ސިޓީ ކައުންސިލާއި އޮސްޓްރޭލިއާ ހައިކޮމިޝަން ގުޅިގެން، ނަފްސާނީ ދުޅަހެޔޮކަމަށް ހޭލުންތެރިކަން އިތުރުކުރުމަށް "މަނަސްހަބް" ނަމުގައި ހާއްސަ މަރުކަޒެއް އެ ސިޓީގައި ހުޅުވައިފިއެވެ. މި މަރުކަޒުގެ މައިގަނޑު މަގުސަދަކީ ނަފްސާނީ ބަލިތަކަށް ހުރި ނުރަނގަޅު ތަސައްވަރުތައް ނައްތާލައި، އެހީތެރިކަން ބޭނުންވާ ފަރާތްތަކަށް ފަސޭހަކަމާއެކު ފަރުވާ ލިބޭނެ އިންތިޒާމު ހަމަޖައްސައިދިނުމެވެ.

ޔާމީނަށް އަބްދުއްރަހީމްގެ ހޫނު ރައްދެއް

ރަސްމާލެ މަޝްރޫއު ހުއްޓާލުމަށް ކުރީގެ ރައީސް ޔާމީން ގޮވައިލެއްވުމާ ގުޅިގެން، އެއީ ވެރިކަމުގެ ދަހިވެތިކަމުގައި ގައުމަށް ޣައްދާރުވުން ކަމަށް ވިދާޅުވެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް ވަނީ ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ. އަދި ޔާމީންގެ ވެރިކަމުގައި ފ. އަތޮޅު މަޝްރޫއަށް އެމްޑީޕީން ހުރަސްއެޅި ގޮތަށް، މިއަދު ޔާމީން ވެސް އަމަލުކުރައްވަނީ ހަމަ އެފަދައިންކަން އަބްދުއްރަހީމް ފާހަގަކުރެއްވިއެވެ.

ހައުސިން ޔުނިޓް ނިމޭއިރު ލިބޭ މީހުން ކަނޑަނޭޅޭތީ ކަންބޮޑުވުން

ލ. ގަމުގައި ތަރައްގީކުރާ 100 ހައުސިން ޔުނިޓްގެ މަސައްކަތް ނިމުމަކާ ގާތްވެފައިވާއިރު، އެ ތަންތަން ލިބޭނެ ފަރާތްތައް ކަނޑައެޅުމުގެ އެއްވެސް މަސައްކަތެއް ކުރިއަށް ނުދާތީ ކައުންސިލުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައި. ކައުންސިލުން އެދެނީ މިނިސްޓްރީން ނުވަތަ ކައުންސިލް މެދުވެރިކޮށް ނަމަވެސް، ވީހާވެސް އަވަހަށް އެ ތަންތަން ހަވާލުކުރުމުގެ މަރުހަލާ ފެށުމަށް.

ތިނަދޫ ކައުންސިލް ރައީސްގެ މަގާމަށް ކުރިމަތިލުމަށް ހުޅުވާލައިފި

ވ. ތިނަދޫ ކައުންސިލްގެ ރައީސް ޝުޖާއު އަލީ ޕާޓީ ބަދަލުކުރުމާ ގުޅިގެން އޭނާގެ ގޮނޑި ގެއްލިފައިވާތީ، އެ މަގާމަށް މީހަކު އިންތިޚާބު ކުރުމަށް ބާއްވާ ބައި-އިލެކްޝަނަށް ކުރިމަތިލުމުގެ ފުރުސަތު އިލެކްޝަންސް ކޮމިޝަނުން ހުޅުވާލައިފިއެވެ. އޮކްޓޯބަރު 26 އާ ހަމައަށް ކުރިމަތިލުމުގެ ފުރުސަތު އޮތް މި އިންތިޚާބު ބޭއްވުމަށް ހަމަޖެހިފައިވަނީ ނޮވެމްބަރު 28 ގައެވެ.

ރަސްމާލެ މަޝްރޫއު ހުއްޓާލަން ޔާމީން ގޮވައިލައްވައިފި

އެކްސްގައި ޔާމީން ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އީގަލް ހިލްސް ކުންފުނިން ދަނީ، ރައްޔިތުންގެ ތާއީދާއި އިތުބާރު ގެއްލިފައި އޮތް ރާއްޖޭގެ ސަރުކާރުގެ ނާޖާއިޒު ފައިދާ ނަގަމުން ކަމަށް. ސަރުކާރުން ރަސްމާލެ ދޫކޮށްލީ ލޭންޑް އިކުއިޒިޝަން ފީއެއް އަދި ބިމު ކުުއްޔެއް ނުނަގާ ގޮތަށް.

އެމްޓީސީސީއަށް "މެގަ" ޑްރެޖަރު ގަންނަ އަގު ހާމަނުކުރި

އެމްޓީސީސީގެ "މަހާޖައްރާފު" އަށް ނުފޯރާ ފުންމިނުން ވެލިނެގުމަށްޓަކައި 75 މީޓަރު އަޑިން މަސައްކަތްކުރެވޭ އާ ޑްރެޖަރެއް ގަތުމުގެ ޕްރޮކިއުމަންޓް މަސައްކަތް އެ ކުންފުނިން ދަނީ ކުރަމުން. ނަމަވެސް، އެއީ ބޮޑު އެސެޓަކަށްވެފައި ޕްރޮސެސް ކުރިއަށްދާތީ އެ ޑްރެޖަރު ގަންނަ އަގު ހާމަކޮށްފައެއް ނުވޭ.

Newsletter

Get the latest news delivered straight to your inbox