ފަނޑިޔާރުން ސަސްޕެންޑުކުރި މައްސަލައިގައި އެޗްއާރްސީއެމްގެ ރައީސް އެއްޗެއް ބުނަން ދެކޮޅު ހަދައިފި

އެޗްއާރްސީއެމްގެ ރައީސް މުނާ: ފަނޑިޔާރުން ސަސްޕެންޑުކުރި މައްސަލައިގައި އެއްޗެއް ބުނަން އޭނާ ވަނީ ދެކޮޅު ހަދާފައި -- ފޮޓޯ: އެޗްއާރްސީއެމް

އެޗްއާރްސީއެމްގެ ރައީސް މުނާ: ފަނޑިޔާރުން ސަސްޕެންޑުކުރި މައްސަލައިގައި އެއްޗެއް ބުނަން އޭނާ ވަނީ ދެކޮޅު ހަދާފައި -- ފޮޓޯ: އެޗްއާރްސީއެމް

ސުޕްރީމް ކޯޓުގެ ތިން ފަނޑިޔާރެއްގެ ސުލޫކީ މައްސަލަތަކެއް ފެންމަތިކޮށް ސަސްޕެންޑު ކުރި މައްސަލައިގައި ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް (އެޗްއާރްސީއެމް) ގެ ރައީސް މަރިޔަމް މުނާ އެއްވެސް އެއްޗެއް ބުނަން ދެކޮޅު ހަދައިފި އެވެ.

އަދަދު އިން އިއްޔެ އާއި މިއަދު މުނާއަށް ތަކުރާރުކޮށް ގުޅައި މެސެޖު ކުރުމުން ވެސް، ސުޕްރީމް ކޯޓުގެ ފަނޑިޔާރުން ސަސްޕެންޑުކުރި މައްސަލައާ ގުޅިގެން އެއްވެސް އެއްޗެއް ވިދާޅެއް ނުވި އެވެ. އެޗްއާރްސީއެމްގެ މީޑިއާ އޮފިޝަލް އަލީ ޒާޖިލް ޝަހީދުއާ ވެސް އެކަމާ ގުޅިގެން ސުވާލު ކުރުމުން މިހާތަނަށް އެއްވެސް އެއްޗެއް ބުނެފައެއް ނުވެ އެވެ.

އެޗްއާރްސީއެމްގައި މި ވަގުތު ތިއްބެވީ ރައީސް މަރިޔަމް މުނާ އާއި ނައިބު ރައީސް މުއުމިނާ ވަހީދާއި މެންބަރު އައިމިނަތު ޝިފާއަތު އާއި މެންބަރު ސަމާއު އަހުމަދު ނަޖީބު އަދި މެންބަރު އިސްމާއިލް ހަބީބް އަބްދުއްރަހީމް އެވެ.

ސުޕްރީމް ކޯޓުގެ ފަނޑިޔާރު ހުސްނުއްސުއޫދާއި އަޒްމިރާލްދާ ޒާހިރާއި މަހާޒް އަލީ ޒާހިރު ޖުޑީޝަލް ސާވިސް ކޮމިޝަނުން ސަސްޕެންޑު ކުރީ ފެބްރުއަރީ 26، ގަ އެވެ. ފަނޑިޔާރުން ސަސްޕެންޑު ކުރިއިރު ސިޔާސީ ޕާޓީތަކަށް ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ ގޮނޑި ގެއްލުވައިލެވޭ މައްސަލައިގައި ހިންގާ ޝަރީއަތުގެ އަޑުއެހުމެއް ފަށަން އޮތީ ކުޑަތަންވެފަ އެވެ.

ސުޕްރީމް ކޯޓުގައި ކުރިއަށް ދަނިކޮށް އެ ކޯޓުގެ ފަނޑިޔާރުން ސަސްޕެންޑުކުރުމުން، ސަރުކާރުން ފަނޑިޔާރުގެއަށް ނުފޫޒު ފޯރުވާ ކަމަށް ބުނެ ރާއްޖޭގެ ވަރަށް ގިނަ ވަކީލުންނާއި ގާނޫނީ ދާއިރާގެ ބޭފުޅުން ވަނީ ކަންބޮޑުވުން ފާޅުކުރި އެވެ.

ފަނޑިޔާރުންނާއި ވަކީލުންގެ މިނިވަންކަން ކަށަވަރު ކުރާ އދ. ގެ ހާއްސަ ރެޕަޓުއާއަށް ވެސް ސުޕްރީމް ކޯޓުގެ ފަނޑިޔާރުން ސަސްޕެންޑުކުރި މައްސަލަ ވަނީ ހުށަހަޅައިފަ އެވެ.

އެ ފަނޑިޔާރުން ސަސްޕެންޑުކުރި މައްސަލައިގައި އެޗްއާރްސީއެމް އިން އެއްޗެއް ނުބުނި ނަމަވެސް، އިދިކޮޅު އެމްޑީޕީން ކުރި މުޒާހަރާއެއްގައި ރައީސްގެ ދަރިކަލެއްގެ ވާހަކަ ދެއްކި ކަމަށް ބުނެ އެކަން ކުށްވެރިކޮށް ކޮމިޝަނުން ވަނީ މިފަހުން ބަޔާނެއް ނެރަފަ އެވެ.

ފަނޑިޔާރުން ސަސްޕެންޑު ކުރީ، ސުޕްރީމް ކޯޓުގެ ދެ ފަނޑިޔާރަކު މަގާމުން ވަކި ކުރަން މަޖުބޫރުވާ ގޮތަށް ރައްޔިތުންގެ މަޖިލީހުން ގައިރު ގާނޫނީ ބިލެއް ފާސް ކުރި ދުވަހު، ބިލު ފާސް ކުރިތާ ކުޑަ ވަގުތުކޮޅެއް ފަހުންނެވެ. ނަމަވެސް އެ ބިލު ގާނޫނުއަސާސީއާ ހިލާފު ކަމަށް ބުނެ އަނބުރާ ރައްޔިތުންގެ މަޖިލީހަށް މިހާރު ވަނީ ފޮނުވާލައިފަ އެވެ.

ފަނޑިޔާރު ސުއޫދު ސަސްޕެންޑު ކުރީ މީގެ ދެ އަހަރު ކުރިން ހިނގި ކަމެއް އަލުން ނެގުމަށްފަހެވެ. އެއީ މަސްތުވާތަކެތީގެ މައްސަލައެއްގައި ހިމެނޭ މުހިންމު ލިޔެކިޔުންތަކެއް ސުޕްރީމް ކޯޓަށް ނުފޮނުވައިގެން ހައި ކޯޓުގެ ކުރީގެ ރަޖިސްޓްރާ ހާޒިރުކޮށް ޖަވާބުދާރީ ކުރުވި މައްސަލައެއްގަ އެވެ.

ސަސްޕެންޑު ކުރި ފަހުން މާޗް 4، ގައި ފަނޑިޔާރު ސުއޫދު ވަނީ އިސްތިއުފާ ދެއްވައިފަ އެވެ. ސުއޫދު ވިދާޅުވީ އިސްތިއުފާ ދެއްވަނީ، ރައީސް މުހައްމަދު މުއިއްޒާއި ބަންޑާރަނައިބު އަހުމަދު އުޝާމް ފަނޑިޔާރުންނަށް ބިރު ދައްކަވާތީ އެކަމާ އިހުތިޖާޖު ކުރެއްވުމުގެ ގޮތުން ކަމަށެވެ.

ފަނޑިޔާރު އަޒްމިރާލްދާ އާއި މަހާޒް ސަސްޕެންޑު ކުރީ ކްރިމިނަލް ކޯޓަށް ނުފޫޒު ފޯރުވަން އުޅުނު ކަމަށް ބުނެ އެވެ. އެކަމަކު، ހައި ކޯޓުގެ ރަޖިސްޓްރާ ހާޒިރު ކުރުވި ތަނުގައި ހުންނެވުން އެއީ މައްސަލައަކަށް ހަދައި މަހާޒް އާއި އަޒްމިރާލްދާގެ އިތުރު މައްސަލައެއް އަނެއްކާ އަންނަނީ ބަލަމުންނެވެ.

ފަނޑިޔާރު އަޒްމިރާލްދާގެ ދިފާއުގައި އޭނާގެ ގާނޫނީ ވަކީލުންގެ ޓީމުން ނޫސް ބަޔާން ނެރޭތީ އެ މައްސަލަ ބަލަން ވެސް ޖޭއެސްސީއިން މިހާރު ވަނީ ނިންމައިފަ އެވެ.

ސަރުކާރުން ޖުޑިޝަރީއަށް ނުފޫޒު ފޯރުވާތީ ސުއޫދު އަދި ފަނޑިޔާރު އަޒްމިރާލްދާގެ ފަރާތުން ވަނީ އެ މައްސަލަ އދ. ގެ ކަމާ ބެހޭ ބޮޑީތަކަށް ހުށަހަޅައިފަ އެވެ. އަދި އެ މައްސަލަ ވަނީ ބައިނަލްއަގްވާމީ މާލީ ބައެއް އިދާރާތަކަށް ވެސް ހުށަހަޅައިފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ކުރީގެ ޑެޕިއުޓީ މޭޔަރަާއި އިތުރު ދެ މީހުން ކުންފުނިތަކުގެ ބޯޑަށް

މާލޭ ސިޓީ ކައުންސިލްގެ ކުރީގެ ޑެޕިއުޓީ މޭޔަރު މުހައްމަދު އަރީޝް މޯލްޑިވްސް ޕޯސްޓްގެ ބޯޑަށް، އަދި އިތުރު ދެ ބޭފުޅަކު އެސްޓީއޯ އާއި އެސްޕީއެމްސީގެ ބޯޑަށް ޕީސީބީން މިއަދު ވަނީ އައްޔަނުކޮށްފައި މީގެ ކުރިން ރައީސް އޮފީހުގެ އަންޑަ ސެކްރެޓަރީގެ މަގާމުގައި ހުންނެވި އަރީޝްއަކީ އެމްޑީޕީ ދޫކުރައްވައި މިހާރު ވެރިކަންކުރާ ޕީއެންސީއާ ގުޅިވަޑައިގެންފައިވާ ބޭފުޅެއ

"އެއް ގައުމެއްގެ މީހުންނަށް ގަނެވޭނީ ރަސްމާލޭގެ 25 ޕަސެންޓު"

ރަސްމާލެއިން ބޭރު ގައުމުތަކުގެ މީހުންނަށް ޕްރޮޕަޓީ ގަނެވޭނީ ވަކި އިންސައްތައަކަށް ކަމަށާއި، އެއްވެސް ގައުމެއްގެ ރައްޔިތުންނަށް 25 ޕަސަންޓަށްވުރެ އިތުރަށް ބިން ނުގަނެވޭނެ ގޮތަށް ގާނޫނެއް އެކުލަވާލާނެ ކަމަށް ރައީސް މުއިއްޒު ވިދާޅުވި. މި މަޝްރޫއުގެ ދަށުން އިޒްރޭލު މީހުންނަށް ފުރުސަތު ނޯންނާނެ ކަމަށް.

ހުޅުޖަހަން ހިތްވަރުދިން ޒިހާން ހައްޔަރުކޮށްފި

ދައުލަތުގެ މުހިންމު އިދާރާތަކެއްގައި ހުޅުޖެހުމަށް ހިތްވަރުދީ ސޯޝަލް މީޑިއާގައި ޕޯސްޓުކުރި ކުރީގެ ޑެޕިއުޓީ މިނިސްޓަރު ހަސަން ޒިހާން ފުލުހުން މިއަދު ހައްޔަރުކޮށްފިއެވެ. އޭނާ ހައްޔަރުކުރީ ސުޕްރީމް ކޯޓާއި، ރައީސް އޮފީހާއި، މަޖިލީހުގައި ހުޅުޖެހުމަކީ މަޖާ ކަމަކަށް ވާނެ ކަމަށް ބުނެ ކުރި ޕޯސްޓާ ގުޅިގެން ބަލަމުންދާ މައްސަލައެއްގައެވެ.

އޮޑިޓު އޮފީހުން އެދުނު 133.6 މިލިއަން ރުފިޔާގެ ފާސްކޮށްފި

އޮޑިޓާ ޖެނެރަލްގެ އޮފީހުން އަންނަ އަހަރަށް ހުށަހެޅި 133.6 މިލިއަން ރުފިޔާގެ ބަޖެޓު، އެއްވެސް ބަދަލެއް ނުގެނެސް ރައްޔިތުންގެ މަޖިލީހުން މިއަދު ވަނީ ފާސްކޮށްފަ އެވެ. މި ބަޖެޓުގެ ބޮޑު ބައެއް އޮފީހުގެ ހިންގުމަށާއި މުވައްޒަފުންގެ މުސާރައަށް ކަނޑައަޅާފައިވާއިރު، 43.5 މިލިއަން ރުފިޔާ ހޭދަކުރުމަށް ހަމަޖެހިފައިވަނީ ހުޅުމާލޭގައި އިމާރާތްކުރާ އެ އޮފީހުގެ އާ އިމާރާތަށެވެ.

ރަސްމާލޭގައި ސްކޫލްތައް ނުހުންނާނެ ކަމަށް މުއިއްޒު ވިދާޅުވެއްޖެ

ރަސްމާލޭގެ އީގަލް ހިލްސް މަޝްރޫއު ހިންގާ ސަރަހައްދުގައި ސްކޫލްތައް ނުހުންނާނެ ކަމަށާއި، އެތަނުގައި އެހެން ދީންތަކަށް އެއްވެސް ފުރުސަތެއް ނޯންނާނެ ކަމަށް ރައީސް މުއިއްޒު ވިދާޅުވި. ނަމަވެސް، ކުރިން ހައުސިން މިނިސްޓްރީން ބުނެފައިވަނީ އެ ސަރަހައްދުގައި ސްކޫލްތަކާއި ސިއްހީ މަރުކަޒުތައް ހުންނާނެ ކަމަށް.

99 އަހަރުވުމުން ވެސް ރަސްމާލެ އަނބުރާ ލިބޭނީ އަގު ދައްކައިގެން

"މި އިންވެސްޓްމެންޓުގެ ތެރެއިން މި އެޅޭ، ނޫނީ ޑިވެލޮޕް ކުރެވޭ ޕްރޮޕަޓީސްތައް ގަންނަ ފަރާތަކުން 99 އަހަރުގެ މުއްދަތަކަށް މި ގަނެވެނީ. އެ ފަރާތުން ދެ އެތަން ޖެހޭނީ ސަރުކާރަށް، ދައުލަތަށް ވިއްކަން. ދައުލަތަށް ލިބޭނީ. ސަރުކާރުން ދެން އެހެން ފަރާތަކަށް ވިއްކަންޏާ ވިއްކާނީ،" ރައީސް ވިދާޅުވި އެވެ.

ފަޔާގެ އަމާޒު: މާލީ މިނިވަންކަން ދީ، ވިޔަފާރިވެރިން އުފެއްދުން

ފައްޔާޒް އިސްމާއިލްގެ ވެރިކަމެއްގައި އެންމެ ބޮޑު އިސްކަމެއް ދެއްވާނީ 10،000 ވިޔަފާރިވެރިން އުފައްދައި، ރައްޔިތުންނަށް މާލީ މިނިވަންކަން ހޯދައިދިނުމަށް. އޭނާގެ އަމާޒަކީ ވަޒީފާގެ ބިރުވެރިކަމުން ރައްޔިތުން ސަލާމަތްކޮށް، ރަށްރަށުގެ އިގްތިސާދީ ފުރުސަތުތަކުގެ ބޭނުން ހިފައިގެން އަމިއްލަ މަސައްކަތުން ކުރިއަށްދެވޭނެ މަގު ފަހިކޮށްދިނުން.

Newsletter

Get the latest news delivered straight to your inbox