ދުންފަތް މަނާކުރާ އުމުރު ކަނޑައަޅަން ހިޔާލު ހޯދަން ރައީސް ސޯޝަލް މީޑިއާގައި ޕޯލްއެއް ހުޅުވައިފި

Apr 3, 2025, 12:00 PM
ރައީސް ޑރ. މުހައްމަދު މުއިއްޒު "ރައްޔިތުންނާ އެކު" ޕޮޑްކާސްޓުގައި: ރައީސް ވިދާޅުވީ ޒުވާން ޖީލު މި އަމަލުން ދުރުހެލި ކުރަން ފަސޭހަ ވާނެ ކަމަށް -- ފޮޓޯ: ރައީސް އޮފީސް

ރައީސް ޑރ. މުހައްމަދު މުއިއްޒު "ރައްޔިތުންނާ އެކު" ޕޮޑްކާސްޓުގައި: ރައީސް ވިދާޅުވީ ޒުވާން ޖީލު މި އަމަލުން ދުރުހެލި ކުރަން ފަސޭހަ ވާނެ ކަމަށް -- ފޮޓޯ: ރައީސް އޮފީސް

ރައީސް ޑރ. މުހައްމަދު މުއިއްޒު ވިސްނަވާފައިވާ ގޮތަށް، ވަކި އަހަރަކަށް ވުރެ ފަހުން ވިހެއި މީހުންނަށް ދުންފަތް މަނާކުރާ "ޖެނަރޭޝަން ބޭން" ފަށާ އަހަރު ކަނޑެޅުމާ ގުޅޭ ގޮތުން އާންމުންގެ ހިޔާލު ހޯދަން ޕޯލްއެއް މިއަދު ހުޅުވައިފި އެވެ.

ރައީސްގެ ރަސްމީ ސޯޝަލް މީޑިއާ އެކައުންޓުގައި ހުޅުވާފައިވާ ޕޯލްގައި ވަނީ، މި ވިސްނުން ގެންގުޅުއްވާ ކަން ހާމަކުރެއްވި "ރައްޔިތުންނާ އެކު" ޕޮޑްކާސްޓުގައި އެމަނިކުފާނު ހުށަހެޅުއްވި އަހަރުތަކެވެ.

އެ ދުވަހު ރައީސް ހުށަހެޅުއްވީ ތިން ގޮތެކެވެ. އެއީ 2000 ވަނަ އަހަރުގެ ފަހުން ވިހެއި އެންމެންނަށް، ނޫނީ 2004 ވަނަ އަހަރުގެ ފަހުން ވިހެއި އެންމެނަށް ނޫނީ 2007 ވަނަ އަހަރުން ފެށިގެން ވިހެއި އެންމެނަށް ދުންފަތުގެ ހުރިހާ އުފެއްދުމެއް މަނާކުރާށެވެ.

ވަކި އުމުރެއްގެ މީހުންނަށް ދުންފަތް އެއްކޮށް މަނާކުރަން ކަމާ ބެހޭ ފަރާތްތަކާއި ޑޮކްޓަރުންގެ ލަފަޔާ އެކު ޖެނެރޭޝަން ބޭން ގެނައުމަށް ކުރިއަށް އޮތް ދުވަސްތަކުގައި ކެބިނެޓް ކަރުދާހެއް ދިރާސާކޮށްގެން ތައްޔާރު ކުރަން ހެލްތު މިނިސްޓްރީއާ ހަވާލުކޮށްފައިވާ ރައީސް ވަނީ ވިދާޅުވެފަ އެވެ.

މިއީ ދުންފަތުގެ އިސްތިއުމާލުނުކުރާ މުޖުތަމައެއް ބިނާކުރަން ސަރުކާރުން ގެންގުޅޭ ވިސްނުމުގެ ތެރެއިން ކުރަން ނިންމާފައިވާ ކަމެކެވެ.

ރައީސް ވިދާޅުވެފައިވާ ގޮތުގައި، ޒުވާން ޖީލަށް އަމާޒުކޮށްގެން ދުންފަތް މަނާކުރުމުގެ ވިސްނުން ގެންގުޅުއްވަނީ ގިނަ ދުވަސްތަކެއް ވަންދެން ދުންފަތަށް ދެވިހިފާފައި ތިބި މީހުން އެ އަމަލުން ދުރުކުރުމަށް ވުރެ، އެކަމުން ޒުވާނުން ދުރުކުރަން ފަސޭހަ ވާނެތީ އެވެ.

ސަރުކާރުން ވަނީ މިދިޔަ އަހަރު، ދުންފަތުގެ މައްސަލަ ދާއިމީ ގޮތެއްގައި ހައްލުކުރަން ހަތަރު އަހަރުގެ ޕްލޭނެއް ހަދަން ވެސް ނިންމާފަ އެވެ. ނަމަވެސް އެ ޕްލޭން އަދި އިއުލާނެއް ނުކުރެ އެވެ.

މި ސަރުކާރުން އަންނަނީ ދުންފަތުގެ އިސްތިއުމާލުކުރުން ހުއްޓުވާށާއި މަދުކުރަން ގިނަ ފިޔަވަޅުތަކެއް އަޅަމުންނެވެ. އޭގެ ތެރޭގައި މިދިޔަ އަހަރުގެ ތެރޭގައި ވޭޕު މަނާކުރުމާއި، ދުންފަތުގެ ބާވަތްތަކުން ނަގާ ޑިއުޓީ ބޮޑުކުރުން ހިމެނެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ގޮޅިތަކެއް އިމާރާތްކުރަން ޕޮލްކޯއާ ހަވާލުކުރުމުން ގެއްލުންތަކެއް

މާފުށީ ޖަލުގައި ގޮޅިތަކެއް އިމާރާތްކުރުމަށް ޕޮލްކޯއާ ހަވާލުކުރި މަޝްރޫއު، އެ ކުންފުނިން އެހެން ބަޔަކަށް ސަބް-ކޮންޓްރެކްޓް ކުރުމުގެ ސަބަބުން ދައުލަތަށް ބޮޑު މާލީ ގެއްލުމެއް ލިބިފައިވާކަން އޮޑިޓް ރިޕޯޓުން ހާމަވެއްޖެއެވެ. މީގެ އިތުރުން، ނުކުރާ މަސައްކަތްތަކަކަށް 2.9 މިލިއަން ރުފިޔާ ދައްކާފައިވާތީ، މި މައްސަލަ އޭސީސީއަށް ހުށަހެޅުމަށް އޮޑިޓް އޮފީހުން ވަނީ ލަފާދީފައެވެ.

ކުޅުދުއްފުށީގައި 'މަނަސްހަބް' ހުޅުވައިފި

ކުޅުދުއްފުށީ ސިޓީ ކައުންސިލާއި އޮސްޓްރޭލިއާ ހައިކޮމިޝަން ގުޅިގެން، ނަފްސާނީ ދުޅަހެޔޮކަމަށް ހޭލުންތެރިކަން އިތުރުކުރުމަށް "މަނަސްހަބް" ނަމުގައި ހާއްސަ މަރުކަޒެއް އެ ސިޓީގައި ހުޅުވައިފިއެވެ. މި މަރުކަޒުގެ މައިގަނޑު މަގުސަދަކީ ނަފްސާނީ ބަލިތަކަށް ހުރި ނުރަނގަޅު ތަސައްވަރުތައް ނައްތާލައި، އެހީތެރިކަން ބޭނުންވާ ފަރާތްތަކަށް ފަސޭހަކަމާއެކު ފަރުވާ ލިބޭނެ އިންތިޒާމު ހަމަޖައްސައިދިނުމެވެ.

ޔާމީނަށް އަބްދުއްރަހީމްގެ ހޫނު ރައްދެއް

ރަސްމާލެ މަޝްރޫއު ހުއްޓާލުމަށް ކުރީގެ ރައީސް ޔާމީން ގޮވައިލެއްވުމާ ގުޅިގެން، އެއީ ވެރިކަމުގެ ދަހިވެތިކަމުގައި ގައުމަށް ޣައްދާރުވުން ކަމަށް ވިދާޅުވެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް ވަނީ ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ. އަދި ޔާމީންގެ ވެރިކަމުގައި ފ. އަތޮޅު މަޝްރޫއަށް އެމްޑީޕީން ހުރަސްއެޅި ގޮތަށް، މިއަދު ޔާމީން ވެސް އަމަލުކުރައްވަނީ ހަމަ އެފަދައިންކަން އަބްދުއްރަހީމް ފާހަގަކުރެއްވިއެވެ.

ހައުސިން ޔުނިޓް ނިމޭއިރު ލިބޭ މީހުން ކަނޑަނޭޅޭތީ ކަންބޮޑުވުން

ލ. ގަމުގައި ތަރައްގީކުރާ 100 ހައުސިން ޔުނިޓްގެ މަސައްކަތް ނިމުމަކާ ގާތްވެފައިވާއިރު، އެ ތަންތަން ލިބޭނެ ފަރާތްތައް ކަނޑައެޅުމުގެ އެއްވެސް މަސައްކަތެއް ކުރިއަށް ނުދާތީ ކައުންސިލުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައި. ކައުންސިލުން އެދެނީ މިނިސްޓްރީން ނުވަތަ ކައުންސިލް މެދުވެރިކޮށް ނަމަވެސް، ވީހާވެސް އަވަހަށް އެ ތަންތަން ހަވާލުކުރުމުގެ މަރުހަލާ ފެށުމަށް.

ތިނަދޫ ކައުންސިލް ރައީސްގެ މަގާމަށް ކުރިމަތިލުމަށް ހުޅުވާލައިފި

ވ. ތިނަދޫ ކައުންސިލްގެ ރައީސް ޝުޖާއު އަލީ ޕާޓީ ބަދަލުކުރުމާ ގުޅިގެން އޭނާގެ ގޮނޑި ގެއްލިފައިވާތީ، އެ މަގާމަށް މީހަކު އިންތިޚާބު ކުރުމަށް ބާއްވާ ބައި-އިލެކްޝަނަށް ކުރިމަތިލުމުގެ ފުރުސަތު އިލެކްޝަންސް ކޮމިޝަނުން ހުޅުވާލައިފިއެވެ. އޮކްޓޯބަރު 26 އާ ހަމައަށް ކުރިމަތިލުމުގެ ފުރުސަތު އޮތް މި އިންތިޚާބު ބޭއްވުމަށް ހަމަޖެހިފައިވަނީ ނޮވެމްބަރު 28 ގައެވެ.

ރަސްމާލެ މަޝްރޫއު ހުއްޓާލަން ޔާމީން ގޮވައިލައްވައިފި

އެކްސްގައި ޔާމީން ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އީގަލް ހިލްސް ކުންފުނިން ދަނީ، ރައްޔިތުންގެ ތާއީދާއި އިތުބާރު ގެއްލިފައި އޮތް ރާއްޖޭގެ ސަރުކާރުގެ ނާޖާއިޒު ފައިދާ ނަގަމުން ކަމަށް. ސަރުކާރުން ރަސްމާލެ ދޫކޮށްލީ ލޭންޑް އިކުއިޒިޝަން ފީއެއް އަދި ބިމު ކުުއްޔެއް ނުނަގާ ގޮތަށް.

އެމްޓީސީސީއަށް "މެގަ" ޑްރެޖަރު ގަންނަ އަގު ހާމަނުކުރި

އެމްޓީސީސީގެ "މަހާޖައްރާފު" އަށް ނުފޯރާ ފުންމިނުން ވެލިނެގުމަށްޓަކައި 75 މީޓަރު އަޑިން މަސައްކަތްކުރެވޭ އާ ޑްރެޖަރެއް ގަތުމުގެ ޕްރޮކިއުމަންޓް މަސައްކަތް އެ ކުންފުނިން ދަނީ ކުރަމުން. ނަމަވެސް، އެއީ ބޮޑު އެސެޓަކަށްވެފައި ޕްރޮސެސް ކުރިއަށްދާތީ އެ ޑްރެޖަރު ގަންނަ އަގު ހާމަކޮށްފައެއް ނުވޭ.

Newsletter

Get the latest news delivered straight to your inbox