ބަދަލުހިފުމުގެ ވައުދާއެކު ޗައިނާއިން އެމެރިކާއަށް ގޮވާލީ ޓެރިފް ނެގުން ވަގުތުން ހުއްޓާލުމަށް

Apr 3, 2025, 2:33 PM
ބަދަލުހިފުމުގެ ވައުދާއެކު ޗައިނާއިން އެމެރިކާއަށް ގޮވާލީ ޓެރިފް ނެގުން ވަގުތުން ހުއްޓާލުމަށް

ބެއިޖިން، ޗައިނާ (އެޕްރީލް 3) - އެމެރިކާއިން އިމްޕޯޓު ކުރާ ޗައިނާގެ މުދަލުން 34 ޕަސެންޓުގެ "ރެސިޕްރޮކަލް ޓެރިފް"އެއް ނަގަން ނިންމާފައިވާތީ އެ ނިންމުން އަނބުރައި ނުގެންގޮސްފިނަމަ ބަދަލުހިފުމުގެ ގޮތުން ފިޔަވަޅުތަކެއް އަޅާނެ ކަމުގެ އިންޒާރު ޗައިނާގެ ސަރުކާރުން ދީފި އެވެ.

ޓްރަމްޕްގެ ރިޔާސީ ވައުދު ފުއްދެވުމުގެ ގޮތުން އިއްޔެ ވައިޓް ހައުސްގައި ހާއްސަ ރަސްމިއްޔާތެއް ބާއްވައި އެމަނިކުފާނު ވަނީ ރިޔާސީ އޯޑަރެއްގައި ސޮއިކުރައްވާފަ އެވެ. އާ ޓެރިފް ރޭޓުތައް އިއްޔެ އެމެރިކާގެ ސަރުކާރުން ވަނީ އާންމުކޮށްފަ އެވެ.

ދުނިޔޭގެ ބާޒާރުގައި އެމެރިކާގެ އެންމެ ބޮޑު ވާދަވެރިޔާގެ ގޮތުގައި އޮތް ޗައިނާއިން ނަގަނީ އެހެން ގައުމުތަކާ އަޅައިބަލާއިރު ބޮޑު ރޭޓެއްގެ ޓެރިފެކެވެ. އެގޮތުން، ޓްރަމްޕް ވެރިކަމަށް ވަޑައިގަތުމަށް ފަހު 20 ޕަސެންޓުގެ ޓެރިފެއް ނަގަމުންދާއިރު އިއްޔެ އިއުލާނުކުރި 34 ޕަސެންޓުގެ ޓެރިފްއާއެކު ޗައިނާއިން އެމެރިކާއަށް މުދާ އިމްޕޯޓް ކުރާނަމަ 54 ޕަސެންޓުގެ ޓެރިފެއް ނަގާނެ އެވެ.

Advertisement

ޗައިނާގެ ކޮމާސް މިނިސްޓްރީން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ އެމެރިކާގެ މި ފިޔަވަޅަކީ މަލްޓިލޭޓަރަލް ވިޔަފާރީގެ މަޝްވަރާތަކުގައި ފާއިތުވި އަހަރުތަކުގައި ވާސިލުވެފައިވާ މަސްލަހަތުތަކުގެ ބެލެންސް ގެއްލުވައިލާ ފިޔަވަޅެއް ކަމަށެވެ. އަދި އެމެރިކާއަކީ ބައިނަލްއަގުވާމީ ވިޔަފާރީގެ ސަބަބުން ޒަމާނުއްސުރެ ބޮޑު މަންފާތަކެއް ލިބިގެންދިޔަ ގައުމެއް ކަމަށް ވެސް ޗައިނާއިން ބުނެފައިވެ އެވެ.

އެމެރިކާއަކީ ދުނިޔޭގެ އެންމެ ބޮޑު އިގުތިސޯދު އޮތް ގައުމެވެ. އެ ގައުމުގެ ފަހަތުން ދެވަނައިގައި އޮތީ ޗައިނާ އެވެ. ޗައިނާގެ ޕްރޮޑިއުސަރުން އަހަރެއްގެ މައްޗަށް 400 ބިލިއަން ޑޮލަރަށް ވުރެ އަގުހުރި މުދާ އެމެރިކާއަށް ވިއްކަ އެވެ.

ޖޫން މަހުގެ ތެރޭގައި ރައީސް ޓްރަމްޕާއި ޗައިނާގެ ރައީސް ޝީ ޖިންޕިން ބައްދަލުކުރައްވާއިރު މި ރޭޓުތަކާ ގުޅޭގޮތުން މަޝްވަރާ ކުރަން ވަނީ ހަމަޖެހިފަ އެވެ.

ޓްރަމްޕްގެ ދެވަނަ ދައުރުގައި އެމެރިކާގެ އިމްޕޯޓް ޓެކްސްގެ ރޭޓް 22 ޕަސެންޓަށް ވަނީ އުފުލިފަ އެވެ. މިދިޔަ އަހަރު އެ އަދަދު ހުރީ 2.5 ޕަސެންޓުގަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޖެންޒީ މުޒާހަރާތައް ޖަރުމަނާ ހަމައަށް ފޯރައިފި

ތައުލީމީ ނިޒާމު ރަނގަޅުކުރުމަށާއި ދިރިއުޅުމުގެ ޚަރަދުތައް ކުޑަކުރުމަށް ގޮވާލައި، ޖަރުމަނުގެ 34 ސިޓީއެއްގައި ޒުވާނުން އިސްވެ ބާއްވާ ބޮޑު މުޒާހަރާއެއްގައި 160،000 އަށް ވުރެ ގިނަ މީހުން ބައިވެރިވާނެ ކަމަށް ލަފާކުރެވެއެވެ. ޔޫރަޕްގެ އެކި ގައުމުތަކުގައި ކުރިއަށްދާ "ޖެންޒީ" މުޒާހަރާތަކުގެ ބައެއްގެ ގޮތުގައި ބާއްވާ މި ހަރަކާތްތަކުގެ ތެރެއިން ހަމަނުޖެހުން ހިނގައިފާނެ ކަމުގެ އިންޒާރު ކަމާބެހޭ ފަރާތްތަކުން ވަނީ ދީފައެވެ.

އާ ކުރިމަތިލުންތަކެއް ފަށައިފި ނަމަ ވަރަށް ގޯސްވާނެ: މިސްރު

އެމެރިކާ އާއި އީރާނާ ދެމެދު އާ ކުރިމަތިލުންތަކެއް ފަށައިފި ނަމަ، އޭގެ ނޭދެވޭ އަސަރު މުޅި ސަރަހައްދަށް ވަރަށް ބޮޑަށް ކުރާނެ ކަމަށް ވިދާޅުވެ މިސްރުގެ ފޮރިން މިނިސްޓަރު ކަންބޮޑުވުން ފާޅުކުރައްވައިފިއެވެ. ދެ ގައުމުގެ މެދުގައި އުފެދިފައިވާ ޚިޔާލުތަފާތުވުންތައް ހައްލުކޮށް، ހޮރްމޫޒް ކަނޑުއޮޅި ހުޅުވުމަށް ގަތަރު މެދުވެރިވެގެން މަޝްވަރާތައް ކުރިއަށްދިޔަ ނަމަވެސް، އަދިވެސް އެއްބަސްވުމަކަށް އާދެވިފައެއް ނުވެއެވެ.

ވިހަ އިންޖެކްޝަން ޖަހައިގެން މަރުނުވި ކްރިސްޓާގެ ފުރަތަމަ ބަސް

އެމެރިކާގެ ޓެނެސީގައި ވިހަ އިންޖެކްޝަން ޖަހައިގެން މަރުގެ އަދަބު ތަންފީޒުކުރަން އުޅުމުގެ ތެރޭގައި ސަލާމަތްވި ކްރިސްޓާ ޕައިކް، އެ ހާދިސާއަށްފަހު އޭނާއަށް ޖިސްމާނީ އަދި ނަފްސާނީ ގޮތުން ބޮޑެތި ވޭންތަކެއް ތަހައްމަލު ކުރަންޖެހިފައިވާ ކަމަށް ބުނެފިއެވެ. އިންޖެކްޝަން ޖެހި ބޭސްތައް ލޭގެ ނިޒާމަށް ދައުރުނުވެ އަތަށް ޖަމާވުމުގެ ސަބަބުން އޭނާގެ އަތް ފިހި، ވާހަކަދެއްކުމަށް އުނދަގޫވެފައިވާއިރު، މިހާރު އޭނާ ބަންދުކޮށްފައި ހުރީ އެކަހެރި ގޮޅިއެއްގައެވެ.

އެމެރިކާގައި ޖާސޫސްކުރި ޗައިނާ ދެ މީހަކު ޖަލަށް

އެމެރިކާގެ އަސްކަރީ މައުލޫމާތު ހޯދައި ޗައިނާ ސަރުކާރަށް ޖާސޫސްކޮށްދޭން އުޅުނު ޗައިނާގެ ދެ މީހަކު 30 މަސްދުވަހަށް ޖަލަށްލުމަށް އެމެރިކާގެ ކޯޓަކުން ވަނީ ހުކުމްކޮށްފައެވެ. މި ދެ މީހުން ވަނީ 2021 ވަނަ އަހަރުން ފެށިގެން އެމެރިކާގެ ސިފައިން ރެކްރޫޓްކުރުމަށާއި އަސްކަރީ މަރުކަޒުތަކުގެ މައުލޫމާތު އެއްކުރުމަށް ފުޅާދާއިރާއެއްގައި މަސައްކަތްކޮށްފައެވެ.

ޔޫކްރޭނަށް 500 ޕެޓްރިއޮޓް މިސައިލް ވިއްކަން ހުއްދަ ދީފި

ރަޝިޔާގެ ވައިގެ ހަމަލާތަކުން ދިފާއުވުމަށްޓަކައި 2.1 ބިލިއަން ޑޮލަރުގެ ޕެޓްރިއޮޓް މިސައިލް ޔޫކްރޭނަށް ވިއްކުމަށް އެމެރިކާ ސަރުކާރުން ހުއްދަ ދީފިއެވެ. ކެނެޑާ އާއި ޔޫރަޕްގެ ގައުމުތަކުގެ މާލީ އެހީގައި ކުރިއަށްގެންދާ މި މުއާމަލާތުގެ ދަށުން 500 މިސައިލް ޔޫކްރޭނަށް ލިބޭނެ ނަމަވެސް، މި ތަކެތި އުފައްދާ ފޯރުކޮށްދިނުމަށް ގިނަ އަހަރުތަކެއް ނަގާނެ ކަމަށް ބެލެވެއެވެ.

ބައިނޭންސްއިން 6.3 ބިލިއަން ޑޮލަރު ވަގަށް ނަގައިފި

ދުނިޔޭގެ އެންމެ ބޮޑު ކްރިޕްޓޯ އެކްސްޗޭންޖް، ބައިނޭންސްއިން 6.3 ބިލިއަން ޑޮލަރު ވަގަށް ނެގުމާ ގުޅިގެން ކްރިޕްޓޯ ބާޒާރަށް ބޮޑު ލޮޅުމެއް އަރައި، ފައިސާ ނެގުން ވަގުތީ ގޮތުން މެދުކަނޑާލައިފިއެވެ. މި ހަމަލާގެ ފަހަތުގައި އުތުރު ކޮރެއާ އޮތް ކަމަށް ތުހުމަތު ކުރެވޭއިރު، ކަސްޓަމަރުންނަށް ލިބުނު ގެއްލުން ފޫބެއްދުމަށް ކުންފުނީގެ އަމިއްލަ ރިޒާވް ބޭނުންކުރާނެ ކަމަށް ބައިނޭންސްއިން ވަނީ ބުނެފައެވެ.

އަރަބި ޕާޓީތައް ގިނަ ވޯޓު ހޯދީ މަކަރު ހަދައިގެން: ނަތަންޔާހޫ

އިސްރާއީލުގެ އިންތިޚާބުގައި އަރަބި ޕާޓީތަކުން ހޯދި ކާމިޔާބީއަކީ އޮޅުވާލުމެއް ކަމަށް ބޮޑުވަޒީރު ނަތަންޔާހޫ އެއްވެސް ހެއްކެއް ނެތި ތުހުމަތުކޮށްފިއެވެ. މި ތުހުމަތުތަކަކީ އަރަބި ޕާޓީތަކުގެ އެހީގައި ވާދަވެރިން ސަރުކާރެއް އެކުލަވާލަފާނެތީ އެކަމަށް ހުރަސްއެޅުމަށް ނަތަންޔާހޫ ކުރާ މަސައްކަތެއް ކަމަށް މަސްރަހު ދިރާސާކުރާ ފަރާތްތަކުން ބުނެއެވެ. އިންތިޚާބުގެ ނަތީޖާ ދައްކާގޮތުން އެއްވެސް ޕާޓީއަކަށް ސަރުކާރެއް އެކުލަވާލުމަށް ބޭނުންވާ ސާފު އަޣުލަބިއްޔަތު ލިބިފައެއް ނުވެއެވެ.

Newsletter

Get the latest news delivered straight to your inbox