ގިބްލީ އިފެކްޓާއެކު ޗެޓްޖީޕީޓީގެ ބޭނުންކުރުން ރެކޯޑް އަދަދަކަށް އިތުރުވެއްޖެ

ގިބްލީ ސްޓައިލްގެ ފޮޓޯތައް ސޯޝަލް މީޑިއާގައި ވަނީ ވައިރަލް ވެފައި --

ގިބްލީ ސްޓައިލްގެ ފޮޓޯތައް ސޯޝަލް މީޑިއާގައި ވަނީ ވައިރަލް ވެފައި --

އޯޕަން އޭއައި ކުންފުނިން ތައާރަފުކޮށްފައިވާ ޗެޓްޖީޕީޓީގެ އާ ފީޗާއެއް ކަމަށްވާ ގިބްލީ ސްޓައިލް އާޓް އުފެއްދުމުގެ ފީޗާ ވައިރަލްވުމާ ގުޅިގެން، މި ހަފުތާގައި ޗެޓްޖީޕީޓީ ބޭނުންކުރާ މީހުންގެ އަދަދު ރެކޯޑް އަދަދަކަށް އިތުރުވެއްޖެއެވެ.

ޖަޕާނުގެ މަޝްހޫރު އެނިމޭޝަން ސްޓޫޑިއޯއެއް ކަމަށްވާ "ސްޓޫޑިއޯ ގިބްލީ"ގެ ސްޓައިލްގައި އާޓް އުފެއްދުމުގެ ފީޗާ ތައާރަފުކުރުމާ ގުޅިގެން، ދުނިޔޭގެ އެކި ކަންކޮޅުތަކުން ގިނަ އަދަދެއްގެ ޔޫޒަރުން މި ފީޗާ ބޭނުންކޮށްގެން އުފައްދާފައިވާ އާޓްތައް ސޯޝަލް މީޑިއާގައި ޝެއާ ކޮށްފައިވެ އެވެ. މިކަމާ ގުޅިގެން ޗެޓްޖީޕީޓީގެ ސާވަތަކަށް ބުރަ ބޮޑުވެ، ވަގުތީ ގޮތުން މި ފީޗާގެ ބޭނުންކުރުން މަޑުޖައްސާލަން ވެސް ޖެހުނެވެ.

މާކެޓް ރިސާޗް ކުންފުންޏެއް ކަމަށްވާ ސިމިލާވެބްގެ ތަފާސްހިސާބުތަކުން ދައްކާގޮތުގައި، މިއަހަރު ފުރަތަމަ ފަހަރަށް ޗެޓްޖީޕީޓީގެ ހަފުތާއަކު އެކްޓިވްކޮށް ބޭނުންކުރާ މީހުންގެ އަދަދު 150 މިލިއަނަށް އަރާފައިވެ އެވެ. އަދި އޯޕަން އޭއައިގެ ސީއީއޯ ސެމް އޯލްޓްމަން ވިދާޅުވެފައިވަނީ އެންމެ ގަޑިއިރެއްގެ ތެރޭގައި އެއް މިލިއަން ޔޫޒަރުން އިތުރުވެފައިވާ ކަމަށެވެ.

ސެންސަ ޓަވަރުގެ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި، ޗެޓްޖީޕީޓީގެ އެޕް ޑައުންލޯޑްކުރާ މީހުންގެ އަދަދާއި، އެޕް ބޭނުންކުރާ މީހުންގެ އަދަދު، އަދި އިން-އެޕް ސަބްސްކްރިޕްޝަން ރެވެނިއު ވެސް މިދިޔަ ހަފްތާގައި އޮފް ޓައިމް ހައިއަކަށް އަރާފައިވެ އެވެ. މިއީ އޯޕަން އޭއައިން ޖީޕީޓީ-4 މޮޑެލްއަށް ގެނެސްފައިވާ އަޕްޑޭޓްތަކާ ގުޅިގެން ވީ ކަމެއް ކަމަށް ބެލެވެއެވެ.

ނަމަވެސް، ޗެޓްޖީޕީޓީގެ އިމޭޖް ޖެނެރޭޓިން ފީޗާގެ މަގުބޫލުކަން ބޮޑުވުމާ ގުޅިގެން، ވޭތުވެދިޔަ ހަފުތާގައި ޗެޓްބޮޓަށް އެކި ވަރުގެ މައްސަލަތަކާއި އައުޓޭޖްތައް ކުރިމަތިވެފައިވާކަން ފާހަގަކުރެވެ އެވެ.

އޯޕަން އޭއައިގެ މުއައްސިސް އަންގާރަ ދުވަހު ވިދާޅުވެފައިވަނީ، ކުންފުނިން ކަންކަން ކޮންޓްރޯލްކުރަމުންދާ ކަމަށާއި، ނަމަވެސް އޯޕަން އޭއައިން ނެރޭ އައު އަޕްޑޭޓްތައް ލަސްވުމާއި، ބައެއް ހިދުމަތްތައް ހުއްޓުމާއި، އަދި ބައެއް ފަހަރު ސާވިސް ލަސްވެދާނެ ކަމަށެވެ. މިއީ ކެޕޭސިޓީގެ ގޮންޖެހުންތަކާ ކުރިމަތިލާންޖެހޭތީ ދިމާވާ މައްސަލަތަކެއް ކަމަށް އޭނާ ވިދާޅުވިއެވެ.

ގިބްލީ އިފެކްޓް އުފެއްދުމަށް އޭއައި ޓޫލް ފުޅާ ދާއިރާއެއްގައި ބޭނުންކުރަމުންދިއުމާ ގުޅިގެން، ކޮޕީރައިޓް ގާނޫނާ ހިލާފުވެދާނެ ކަމުގެ ސުވާލުތައް ވެސް އުފެދިފައިވެ އެވެ. ނީލް އެންޑް މެކްޑެވިޓް ލޯ ފާމްގެ ޕާޓްނަރު އީވަން ބްރައުން ވިދާޅުވެފައިވަނީ، ސްޓޫޑިއޯ ގިބްލީގެ ވަކި ސްޓައިލް ކޮޕީކޮށްގެން އޭއައި މެދުވެރިކޮށް އުފައްދާ އިމޭޖްތަކުގެ ޤާނޫނީ ހައިސިއްޔަތު އަދިވެސް ސާފުނޫން ކަމަށެވެ. އާންމު ގޮތެއްގައި ކޮޕީރައިޓް ޤާނޫނުން ހިމާޔަތްކުރަނީ ވަކި އުފެއްދުންތައް ކަމަށާއި، އާޓިސްޓިކް ސްޓައިލްތައް ނޫން ކަމަށް އޭނާ ވިދާޅުވި އެވެ.

މި ޓްރެންޑް ވައިރަލްވުމާ ގުޅިގެން، ސްޓޫޑިއޯ ގިބްލީގެ ވެރިޔާ ހަޔާއޮ މިޔަޒަކީ 2016 ވަނަ އަހަރު އޭއައި މެދުވެރިކޮށް އުފައްދާފައިވާ އިމޭޖްތަކާ ގުޅޭގޮތުން ދެއްކެވި ވާހަކަފުޅުތައް އަލުން ފެތުރިފައިވެއެވެ. އޭރު މިޔަޒަކީ ވިދާޅުވެފައިވަނީ އޭއައި މެދުވެރިކޮށް އުފައްދާފައިވާ އިމޭޖެއް ދެއްކުމުން އެކަމާ ވަރަށް ބޮޑަށް ނަފްރަތު ކުރައްވާ ކަމަށާއި، އެފަދަ ޓެކްނޮލޮޖީއެއް އެއްވެސް ހާލެއްގައި އޭނާގެ މަސައްކަތުގައި ބޭނުންކުރައްވަން ބޭނުންފުޅުނުވާ ކަމަށެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޖެންޒީ މުޒާހަރާތައް ޖަރުމަނާ ހަމައަށް ފޯރައިފި

ތައުލީމީ ނިޒާމު ރަނގަޅުކުރުމަށާއި ދިރިއުޅުމުގެ ޚަރަދުތައް ކުޑަކުރުމަށް ގޮވާލައި، ޖަރުމަނުގެ 34 ސިޓީއެއްގައި ޒުވާނުން އިސްވެ ބާއްވާ ބޮޑު މުޒާހަރާއެއްގައި 160،000 އަށް ވުރެ ގިނަ މީހުން ބައިވެރިވާނެ ކަމަށް ލަފާކުރެވެއެވެ. ޔޫރަޕްގެ އެކި ގައުމުތަކުގައި ކުރިއަށްދާ "ޖެންޒީ" މުޒާހަރާތަކުގެ ބައެއްގެ ގޮތުގައި ބާއްވާ މި ހަރަކާތްތަކުގެ ތެރެއިން ހަމަނުޖެހުން ހިނގައިފާނެ ކަމުގެ އިންޒާރު ކަމާބެހޭ ފަރާތްތަކުން ވަނީ ދީފައެވެ.

އާ ކުރިމަތިލުންތަކެއް ފަށައިފި ނަމަ ވަރަށް ގޯސްވާނެ: މިސްރު

އެމެރިކާ އާއި އީރާނާ ދެމެދު އާ ކުރިމަތިލުންތަކެއް ފަށައިފި ނަމަ، އޭގެ ނޭދެވޭ އަސަރު މުޅި ސަރަހައްދަށް ވަރަށް ބޮޑަށް ކުރާނެ ކަމަށް ވިދާޅުވެ މިސްރުގެ ފޮރިން މިނިސްޓަރު ކަންބޮޑުވުން ފާޅުކުރައްވައިފިއެވެ. ދެ ގައުމުގެ މެދުގައި އުފެދިފައިވާ ޚިޔާލުތަފާތުވުންތައް ހައްލުކޮށް، ހޮރްމޫޒް ކަނޑުއޮޅި ހުޅުވުމަށް ގަތަރު މެދުވެރިވެގެން މަޝްވަރާތައް ކުރިއަށްދިޔަ ނަމަވެސް، އަދިވެސް އެއްބަސްވުމަކަށް އާދެވިފައެއް ނުވެއެވެ.

ވިހަ އިންޖެކްޝަން ޖަހައިގެން މަރުނުވި ކްރިސްޓާގެ ފުރަތަމަ ބަސް

އެމެރިކާގެ ޓެނެސީގައި ވިހަ އިންޖެކްޝަން ޖަހައިގެން މަރުގެ އަދަބު ތަންފީޒުކުރަން އުޅުމުގެ ތެރޭގައި ސަލާމަތްވި ކްރިސްޓާ ޕައިކް، އެ ހާދިސާއަށްފަހު އޭނާއަށް ޖިސްމާނީ އަދި ނަފްސާނީ ގޮތުން ބޮޑެތި ވޭންތަކެއް ތަހައްމަލު ކުރަންޖެހިފައިވާ ކަމަށް ބުނެފިއެވެ. އިންޖެކްޝަން ޖެހި ބޭސްތައް ލޭގެ ނިޒާމަށް ދައުރުނުވެ އަތަށް ޖަމާވުމުގެ ސަބަބުން އޭނާގެ އަތް ފިހި، ވާހަކަދެއްކުމަށް އުނދަގޫވެފައިވާއިރު، މިހާރު އޭނާ ބަންދުކޮށްފައި ހުރީ އެކަހެރި ގޮޅިއެއްގައެވެ.

އެމެރިކާގައި ޖާސޫސްކުރި ޗައިނާ ދެ މީހަކު ޖަލަށް

އެމެރިކާގެ އަސްކަރީ މައުލޫމާތު ހޯދައި ޗައިނާ ސަރުކާރަށް ޖާސޫސްކޮށްދޭން އުޅުނު ޗައިނާގެ ދެ މީހަކު 30 މަސްދުވަހަށް ޖަލަށްލުމަށް އެމެރިކާގެ ކޯޓަކުން ވަނީ ހުކުމްކޮށްފައެވެ. މި ދެ މީހުން ވަނީ 2021 ވަނަ އަހަރުން ފެށިގެން އެމެރިކާގެ ސިފައިން ރެކްރޫޓްކުރުމަށާއި އަސްކަރީ މަރުކަޒުތަކުގެ މައުލޫމާތު އެއްކުރުމަށް ފުޅާދާއިރާއެއްގައި މަސައްކަތްކޮށްފައެވެ.

ޔޫކްރޭނަށް 500 ޕެޓްރިއޮޓް މިސައިލް ވިއްކަން ހުއްދަ ދީފި

ރަޝިޔާގެ ވައިގެ ހަމަލާތަކުން ދިފާއުވުމަށްޓަކައި 2.1 ބިލިއަން ޑޮލަރުގެ ޕެޓްރިއޮޓް މިސައިލް ޔޫކްރޭނަށް ވިއްކުމަށް އެމެރިކާ ސަރުކާރުން ހުއްދަ ދީފިއެވެ. ކެނެޑާ އާއި ޔޫރަޕްގެ ގައުމުތަކުގެ މާލީ އެހީގައި ކުރިއަށްގެންދާ މި މުއާމަލާތުގެ ދަށުން 500 މިސައިލް ޔޫކްރޭނަށް ލިބޭނެ ނަމަވެސް، މި ތަކެތި އުފައްދާ ފޯރުކޮށްދިނުމަށް ގިނަ އަހަރުތަކެއް ނަގާނެ ކަމަށް ބެލެވެއެވެ.

ބައިނޭންސްއިން 6.3 ބިލިއަން ޑޮލަރު ވަގަށް ނަގައިފި

ދުނިޔޭގެ އެންމެ ބޮޑު ކްރިޕްޓޯ އެކްސްޗޭންޖް، ބައިނޭންސްއިން 6.3 ބިލިއަން ޑޮލަރު ވަގަށް ނެގުމާ ގުޅިގެން ކްރިޕްޓޯ ބާޒާރަށް ބޮޑު ލޮޅުމެއް އަރައި، ފައިސާ ނެގުން ވަގުތީ ގޮތުން މެދުކަނޑާލައިފިއެވެ. މި ހަމަލާގެ ފަހަތުގައި އުތުރު ކޮރެއާ އޮތް ކަމަށް ތުހުމަތު ކުރެވޭއިރު، ކަސްޓަމަރުންނަށް ލިބުނު ގެއްލުން ފޫބެއްދުމަށް ކުންފުނީގެ އަމިއްލަ ރިޒާވް ބޭނުންކުރާނެ ކަމަށް ބައިނޭންސްއިން ވަނީ ބުނެފައެވެ.

އަރަބި ޕާޓީތައް ގިނަ ވޯޓު ހޯދީ މަކަރު ހަދައިގެން: ނަތަންޔާހޫ

އިސްރާއީލުގެ އިންތިޚާބުގައި އަރަބި ޕާޓީތަކުން ހޯދި ކާމިޔާބީއަކީ އޮޅުވާލުމެއް ކަމަށް ބޮޑުވަޒީރު ނަތަންޔާހޫ އެއްވެސް ހެއްކެއް ނެތި ތުހުމަތުކޮށްފިއެވެ. މި ތުހުމަތުތަކަކީ އަރަބި ޕާޓީތަކުގެ އެހީގައި ވާދަވެރިން ސަރުކާރެއް އެކުލަވާލަފާނެތީ އެކަމަށް ހުރަސްއެޅުމަށް ނަތަންޔާހޫ ކުރާ މަސައްކަތެއް ކަމަށް މަސްރަހު ދިރާސާކުރާ ފަރާތްތަކުން ބުނެއެވެ. އިންތިޚާބުގެ ނަތީޖާ ދައްކާގޮތުން އެއްވެސް ޕާޓީއަކަށް ސަރުކާރެއް އެކުލަވާލުމަށް ބޭނުންވާ ސާފު އަޣުލަބިއްޔަތު ލިބިފައެއް ނުވެއެވެ.

Newsletter

Get the latest news delivered straight to your inbox