ޑިއެގޯ ގާސިއާއަށް ހަމަލާ ދީފާނެކަމުގެ އިންޒާރު އިރާނުން ދީފި

ޑިއެގޯ ގާސިއާގެ މަތިން ނަގާފައިވާ ސެޓްލައިޓް ފޮޓޯއެއް : ޑިއެގޯ ގާސިއާއަށް ހަމަލާ ދީފާނެކަމުގެ އިންޒާރު އިރާނުން ވަނީ ދީފަ --- ފޮޓޯ: ނާސާ / ގެޓީ އިމޭޖެސް

ޑިއެގޯ ގާސިއާގެ މަތިން ނަގާފައިވާ ސެޓްލައިޓް ފޮޓޯއެއް : ޑިއެގޯ ގާސިއާއަށް ހަމަލާ ދީފާނެކަމުގެ އިންޒާރު އިރާނުން ވަނީ ދީފަ --- ފޮޓޯ: ނާސާ / ގެޓީ އިމޭޖެސް

ޓެހްރާން، އިރާން (މާޗު 31) - ރާއްޖޭގެ ދެކުނުން އޮންނަ ޗާގޯސް ޖަޒީރާގައި ހިމެނޭ ޑިއެގޯ ގާސިއާއަށް ހަމަލާ ދީފާނެ ކަމުގެ އިންޒާރު އިރާނުން ދީފި އެވެ.

އީރާނުން މިފަދަ އިންޒާރެއް ދީފައިވަނީ އެ ގައުމުގެ ނިއުކްލިއާ ހަތިޔާރު އުފެއްދުމުގެ މަޝްރޫއު ހުއްޓާލުމަށް އެމެރިކާއިން ހުށަހަޅާފައިވާ އެއްބަސްވުމަށް ތަބާނުވެއްޖެނަމަ އިރާނަށް ހަމަލާދޭނެ ކަމުގެ އިންޒާރު އެމެރިކާގެ ރައީސް ޑޮނަލްޑު ޓްރަމް ދެއްވުމާ ގުޅިގެންނެވެ.

ޑިއެގޯ ގާސިއާ އަކީ ޗާގޯސް ޖަޒީރާގެ އެންމެ ބޮޑު ރަށެވެ. އެ ރަށުގެ އެމެރިކާ އަދި އިނގިރޭސިވިލާތުން ގުޅިގެން ހިންގާ އަސްކަރީ މަރުކަޒެއް ހުރެ އެވެ.

އިނގިރޭސިވިލާތުގެ ދަ ޓެލެގްރާފުން ރިޕޯޓުކޮށްފައިވާ ގޮތުގައި އެމެރިކާގެ ހަމަލާގެ ރައްދުގެ ގޮތުގައި އީރާނުން ޑިއެގޯ ގާސިއާގައި ހުންނަ އަސްކަރީ މަރުކަޒަށް ހަމަލާ ދީފާނެ ކަމަށް އެ ގައުމުގެ އަސްކަރިއްޔާގެ އޮފިޝަލަކު އެ ނޫހަށް ކަށަވަރުކޮށްދީފައިވެ އެވެ.

"ރައްދު ހަމަލާގެ ވަގުތު އައިސް ޖެހުމުން އަހަރުމެން ނުބަލާނަން އެއީ އެމެރިކާ، އިނގިރޭސިވިލާތް، ނުވަތަ ތުރުކީގެ ސިފައިންނެއްތޯއެއް. އެމެރިކާއިން ބޭނުންކުރާ އަސްކަރީ މަރުކަޒެއް ނަމަ އެ ތަނަކަށް ހަމަލާ ދޭނަން،" ޓެލެގްރާފާ ވާހަކަދެ އްކި އީރާނުގެ އޮފިޝަލު ބުނި ކަމަށް އެ ނޫހުން ރިޕޯޓުކޮށްފައިވެ އެވެ.

އެމެރިކާއިން ހަމަލާދީފިނަމަ ބެލިސްޓިކް މިސައިލްތަކާއި ޑްރޯންތައް ބޭނުންކޮށްގެން ޑިއެގޯ ގާސިއާއަށް ހަމަލާ ދޭން ނިންމާފައިވާކަން އިރާނުގެ ސަރުކާރުން ހިންގާ އެ ގައުމުގެ ސްޓޭޓް މީޑިއާއިންވެސް ވަނީ ކަށަވަރުކޮށްދީފަ އެވެ.

އީރާނާ ޑިއެގޯ ގާސިއާއާ ދެމެދު 2،390 މޭލުގެ ދުރުމިނެއް ހުރެ އެވެ. އިރާނުގެ ދައުލަތުގެ މީޑިއާއިން ބުނާ ގޮތުގައި އެ ގައުމުގެ އަސްކަރިއްޔާއިން ބޭނުންކުރާ ހޮރަމްޝަހްރު މިސައިލް އަދި ޝަހީދު-136ބީ ޑްރޯން ބޭނުންކޮށްގެން ޑިއެގޯ ގާސިއާއަށް ހަމަލާ ދެވޭނެ އެވެ. ޝަހީދު ޑްރޯންގެ ރޭންޖަކީ 2،485 މޭލެވެ.

ޓެހްރާނުން ގަބޫލުކުރާ ގޮތުގައި އެ ގައުމަށް ހަމަލާދޭން އެމެރިކާއިން ބޭނުންކުރާނީ ޑިއެގޯ ގާސިއާގައި ހުންނަ މަރުކަޒެވެ. މިކަމަށް ބޭނުންކުރާނެ ކަމަށް ބެލެވޭ ބީ-2 ސްޕްރިޓް މަރުކާގެ އަސްކަރީ ވައިގެ އުޅަނދުތަކެއް މިދިޔަ ހަފުތާގެ ތެރޭ ޑިއެގޯ ގާސިއާއަށް އައިސްފައިވާ ކަމަށްވެސް ޓެލެގްރާފުން ރިޕޯޓުކޮށްފައިވެ އެވެ.

ޑިއެގޯ ގާސިއާގައި އެމެރިކާ އަދި އިނގިރޭސިވިލާތުގެ ޖުމްލަ 4،000 އެއްހާ ސިފައިން މަރުކަޒުވެގެން ތިބޭ ކަމަށް ރިޕޯޓުތައް ބުނެ އެވެ. މި މަރުކަޒުގެ އިތުރުން އޭޝިއާ އަދި މެދުއިރުމަތީގައި ހުރި އެމެރިކާގެ އެހެން އަސްކަރީ މަރުކަޒުތަކަށްވެސް އީރާނުން ބަދަލު ހަމަލާއެއް ދީފާނެ ކަމަށް އެ ގައުމުން ބުނެފައިވެ އެވެ.

ޗާގޯސް ޖަޒީރާއަކީ ރާއްޖޭގެ މަސްލަހަތުވެސް އޮންނަ ތަނެކެވެ. އެގޮތުން ސިޔާދަތީ ބާރު ރާއްޖެއަށް ލިބުން މާ ހައްގު ކަމަށް ވިދާޅުވެ، އިނގިރޭސިވިލާތުގެ ސަރުކާރަށް ވަނީ މި ފަހުން ސިޓީއެއް ފޮނުވާފަ އެވެ. އެކަން ކުރެއްވިކަން ރައީސް ޑރ. މުހައްމަދު މުއިއްޒު އިއުލާނުކުރެއްވީ މިދިޔަ އަހަރުގެ ޖުމްހުރީ ދުވަހުގެ ޖަލްސާގަ އެވެ.

އެފަދަ ސިޓީއެއް ރާއްޖެއިން ފޮނުވީ ޗާގޯސް ޖަޒީރާ ނުވަތަ ފޯޅަވަހީގެ ސިޔާދަތީ ބާރު މޮރިޝަސްއަށް ދޫކޮށްލަން އިނގިރޭސިވިލާތުން ނިންމައި، އެއްބަސްވުމެއް އެކުލަވާލިކަން އިއުލާނުކުރުމާ ގުޅިގެންނެވެ.

އިނގިރޭސިވިލާތުން ޗާގޯސްގެ ސިޔާދަތީ ބާރު މޮރިޝަސްއަށް ދޭން އެއްބަސްވީ އދ. އިން އެދެމުންދާތާ އެތައް އަހަރެއް ފަހުންނެވެ. އެގޮތަށް އެކަން ކުރުމަށް އަންގާ އިންޓަނޭޝަނަލް ކޯޓު އޮފް ޖަސްޓިސް އިން ވަނީ ހުކުމެއްވެސް ކޮށްފަ އެވެ.

މި އެއްބަސްވުމުގެ ދަށުން މޮރިޝަސް އަށް ޗާގޯސްގެ ސިޔާދަތީ ބާރު ދޫކޮށްލި ނަމަވެސް އެ ގައުމަށް ކުލި ދައްކާ ގޮތަށް ޑިއެގޯ ގާސިއާގައި ހުންނަ އަސްކަރީ މަރުކަޒު 99 އަހަރަށް ކުއްޔަށް ދޭން ޖެހޭނެ އެވެ. އެއްބަސްވުމަށް އެމެރިކާގެ އައު ސަރުކާރުން އެއްބާރުލުން ލިބޭނެކަމާމެދު ސުވާލު އުފެދިފައިވަނިކޮށް ޓްރަމްޕުގެ އެއްބާރުލުން ލިބޭނެ ކަމަށް މޮރިޝަސްގެ ބޮޑުވަޒީރު ނަވިން ރާމްގޫލާމް މި ފަހުން ވަނީ ވިދާޅުވެފަ އެެވެ.

ޑިއެގޯ ގާސިއާ އާއި އިރާނާ ދެމެދު ހަމަލާ ބަދަލުކުރަން ފަށައިފިނަމަ އެކަމުގެ ކޮންމެވެސް އަސަރެއް ރާއްޖެއަށް ކުރާނެ ކަމަށް ބެލެވެ އެވެ. ނަމަވެސް ދިވެހި ސަރުކާރުން މިކަމާ ގުޅިގެން އަދި ބަހެއް ނުބުނެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޖެންޒީ މުޒާހަރާތައް ޖަރުމަނާ ހަމައަށް ފޯރައިފި

ތައުލީމީ ނިޒާމު ރަނގަޅުކުރުމަށާއި ދިރިއުޅުމުގެ ޚަރަދުތައް ކުޑަކުރުމަށް ގޮވާލައި، ޖަރުމަނުގެ 34 ސިޓީއެއްގައި ޒުވާނުން އިސްވެ ބާއްވާ ބޮޑު މުޒާހަރާއެއްގައި 160،000 އަށް ވުރެ ގިނަ މީހުން ބައިވެރިވާނެ ކަމަށް ލަފާކުރެވެއެވެ. ޔޫރަޕްގެ އެކި ގައުމުތަކުގައި ކުރިއަށްދާ "ޖެންޒީ" މުޒާހަރާތަކުގެ ބައެއްގެ ގޮތުގައި ބާއްވާ މި ހަރަކާތްތަކުގެ ތެރެއިން ހަމަނުޖެހުން ހިނގައިފާނެ ކަމުގެ އިންޒާރު ކަމާބެހޭ ފަރާތްތަކުން ވަނީ ދީފައެވެ.

އާ ކުރިމަތިލުންތަކެއް ފަށައިފި ނަމަ ވަރަށް ގޯސްވާނެ: މިސްރު

އެމެރިކާ އާއި އީރާނާ ދެމެދު އާ ކުރިމަތިލުންތަކެއް ފަށައިފި ނަމަ، އޭގެ ނޭދެވޭ އަސަރު މުޅި ސަރަހައްދަށް ވަރަށް ބޮޑަށް ކުރާނެ ކަމަށް ވިދާޅުވެ މިސްރުގެ ފޮރިން މިނިސްޓަރު ކަންބޮޑުވުން ފާޅުކުރައްވައިފިއެވެ. ދެ ގައުމުގެ މެދުގައި އުފެދިފައިވާ ޚިޔާލުތަފާތުވުންތައް ހައްލުކޮށް، ހޮރްމޫޒް ކަނޑުއޮޅި ހުޅުވުމަށް ގަތަރު މެދުވެރިވެގެން މަޝްވަރާތައް ކުރިއަށްދިޔަ ނަމަވެސް، އަދިވެސް އެއްބަސްވުމަކަށް އާދެވިފައެއް ނުވެއެވެ.

ވިހަ އިންޖެކްޝަން ޖަހައިގެން މަރުނުވި ކްރިސްޓާގެ ފުރަތަމަ ބަސް

އެމެރިކާގެ ޓެނެސީގައި ވިހަ އިންޖެކްޝަން ޖަހައިގެން މަރުގެ އަދަބު ތަންފީޒުކުރަން އުޅުމުގެ ތެރޭގައި ސަލާމަތްވި ކްރިސްޓާ ޕައިކް، އެ ހާދިސާއަށްފަހު އޭނާއަށް ޖިސްމާނީ އަދި ނަފްސާނީ ގޮތުން ބޮޑެތި ވޭންތަކެއް ތަހައްމަލު ކުރަންޖެހިފައިވާ ކަމަށް ބުނެފިއެވެ. އިންޖެކްޝަން ޖެހި ބޭސްތައް ލޭގެ ނިޒާމަށް ދައުރުނުވެ އަތަށް ޖަމާވުމުގެ ސަބަބުން އޭނާގެ އަތް ފިހި، ވާހަކަދެއްކުމަށް އުނދަގޫވެފައިވާއިރު، މިހާރު އޭނާ ބަންދުކޮށްފައި ހުރީ އެކަހެރި ގޮޅިއެއްގައެވެ.

އެމެރިކާގައި ޖާސޫސްކުރި ޗައިނާ ދެ މީހަކު ޖަލަށް

އެމެރިކާގެ އަސްކަރީ މައުލޫމާތު ހޯދައި ޗައިނާ ސަރުކާރަށް ޖާސޫސްކޮށްދޭން އުޅުނު ޗައިނާގެ ދެ މީހަކު 30 މަސްދުވަހަށް ޖަލަށްލުމަށް އެމެރިކާގެ ކޯޓަކުން ވަނީ ހުކުމްކޮށްފައެވެ. މި ދެ މީހުން ވަނީ 2021 ވަނަ އަހަރުން ފެށިގެން އެމެރިކާގެ ސިފައިން ރެކްރޫޓްކުރުމަށާއި އަސްކަރީ މަރުކަޒުތަކުގެ މައުލޫމާތު އެއްކުރުމަށް ފުޅާދާއިރާއެއްގައި މަސައްކަތްކޮށްފައެވެ.

ޔޫކްރޭނަށް 500 ޕެޓްރިއޮޓް މިސައިލް ވިއްކަން ހުއްދަ ދީފި

ރަޝިޔާގެ ވައިގެ ހަމަލާތަކުން ދިފާއުވުމަށްޓަކައި 2.1 ބިލިއަން ޑޮލަރުގެ ޕެޓްރިއޮޓް މިސައިލް ޔޫކްރޭނަށް ވިއްކުމަށް އެމެރިކާ ސަރުކާރުން ހުއްދަ ދީފިއެވެ. ކެނެޑާ އާއި ޔޫރަޕްގެ ގައުމުތަކުގެ މާލީ އެހީގައި ކުރިއަށްގެންދާ މި މުއާމަލާތުގެ ދަށުން 500 މިސައިލް ޔޫކްރޭނަށް ލިބޭނެ ނަމަވެސް، މި ތަކެތި އުފައްދާ ފޯރުކޮށްދިނުމަށް ގިނަ އަހަރުތަކެއް ނަގާނެ ކަމަށް ބެލެވެއެވެ.

ބައިނޭންސްއިން 6.3 ބިލިއަން ޑޮލަރު ވަގަށް ނަގައިފި

ދުނިޔޭގެ އެންމެ ބޮޑު ކްރިޕްޓޯ އެކްސްޗޭންޖް، ބައިނޭންސްއިން 6.3 ބިލިއަން ޑޮލަރު ވަގަށް ނެގުމާ ގުޅިގެން ކްރިޕްޓޯ ބާޒާރަށް ބޮޑު ލޮޅުމެއް އަރައި، ފައިސާ ނެގުން ވަގުތީ ގޮތުން މެދުކަނޑާލައިފިއެވެ. މި ހަމަލާގެ ފަހަތުގައި އުތުރު ކޮރެއާ އޮތް ކަމަށް ތުހުމަތު ކުރެވޭއިރު، ކަސްޓަމަރުންނަށް ލިބުނު ގެއްލުން ފޫބެއްދުމަށް ކުންފުނީގެ އަމިއްލަ ރިޒާވް ބޭނުންކުރާނެ ކަމަށް ބައިނޭންސްއިން ވަނީ ބުނެފައެވެ.

އަރަބި ޕާޓީތައް ގިނަ ވޯޓު ހޯދީ މަކަރު ހަދައިގެން: ނަތަންޔާހޫ

އިސްރާއީލުގެ އިންތިޚާބުގައި އަރަބި ޕާޓީތަކުން ހޯދި ކާމިޔާބީއަކީ އޮޅުވާލުމެއް ކަމަށް ބޮޑުވަޒީރު ނަތަންޔާހޫ އެއްވެސް ހެއްކެއް ނެތި ތުހުމަތުކޮށްފިއެވެ. މި ތުހުމަތުތަކަކީ އަރަބި ޕާޓީތަކުގެ އެހީގައި ވާދަވެރިން ސަރުކާރެއް އެކުލަވާލަފާނެތީ އެކަމަށް ހުރަސްއެޅުމަށް ނަތަންޔާހޫ ކުރާ މަސައްކަތެއް ކަމަށް މަސްރަހު ދިރާސާކުރާ ފަރާތްތަކުން ބުނެއެވެ. އިންތިޚާބުގެ ނަތީޖާ ދައްކާގޮތުން އެއްވެސް ޕާޓީއަކަށް ސަރުކާރެއް އެކުލަވާލުމަށް ބޭނުންވާ ސާފު އަޣުލަބިއްޔަތު ލިބިފައެއް ނުވެއެވެ.

Newsletter

Get the latest news delivered straight to your inbox