އައިޕީއެލް: ގުޖުރާތު އަތުން ވެސް ބަލިވެ މުމްބާއި އަށް އަޑިގަނޑުން އަރައިނުގަނެވުނު

Mar 30, 2025, 4:43 AM
އައިޕީއެލް: ގުޖުރާތު އަތުން ވެސް ބަލިވެ މުމްބާއި އަށް އަޑިގަނޑުން އަރައިނުގަނެވުނު

އަހުމަދުއާބާދު، އިންޑިއާ (މާޗް 30) - އިންޑިއަން ޕްރިމިއާ ލީގު (އައިޕީއެލް)ގެ ތާރީހުގައި އެންމެ ކާމިޔާބު އެއް ޓީމު މުމްބާއި އިންޑިއަންސް އިން މި ސީޒަނުގައި ކުޅުނު ދެ ވަނަ މެޗުން ގުޖުރާތު ޓައިޓަންސް އަތުން 36 ލަނޑުން ބަލިވެއްޖެ އެވެ.

ފަސް ފަަހަރު އައިޕީއެލްގެ ތަށި ހޯދި މުމްބާއި އަށް މިދިޔަ އަހަރު ވެސް ފެށުން ދަށްކޮށްދިޔައިރު، މި ފަހަރު ފަށައިގެން ފުރަަތަމަ ދެ މެޗުން މި ވަނީ ބަލިވެފަ އެވެ. ފުރަތަމަ މެޗުގައި، މުމްބާއި ބަލިވީ، ޗެންނާއި ސުޕަ ކިންގްސް އަތުންނެވެ.

ނަރެންދުރަ މޯދީ ސްޓޭޑިއަމްގައި ރޭ ކުޅުނު މެޗުގައި ޓޮސް ދިމާވުމުން މުމްބާއި އިން ނިންމީ ފީލްޑް ކުރުމަށެވެ. އެ ގޮތުން، ގުޖުރާތުން ކުޅެން އަރައި، 20 އޯވަރުގެ ތެރޭގައި، އަށް ކުޅުންތެރިން ނުބައިވެގެން 196 ލަނޑު ހެދި އެވެ. އެންމެ ރަނގަޅު ކުޅުމެއް ދެއްކީ، 41 ބޯޅައިން 63 ލަނޑު ހެދި ސައި ސުދަރުސަން އެވެ. އެ ޓީމުގެ، ޝުބްމަން ގިލް 38 ލަނޑު ހެދިއިރު، ޖޯޝް ބަޓްލާ ވަނީ 39 ލަނޑު ހަދައިފަ އެެވެ.

މި އިނިންސްގައި، މުމްބާއިގެ ހާޑިކް ޕާންޑްޔާ ދެ ވިކެޓް ނެގި އެވެ.

މުމްބާއި އިން ކުޅެން އަރައި، 20 އޯވަރު ހަމަވިއިރު، ހަ ކުޅުންތެރިން ނުބައިވެގެން ހެދުނީ 160 ލަނޑެވެ. ފުރަތަމަ މެޗުގައި ލަނޑެއް ވެސް ނުހެދި ނުބައިވި މުމްބާއިގެ ރޯހިތު ޝަރްމާ މި މެޗުގައި ނުބައިވީ ހަތަރު ބޯޅައިން އަށް ލަނޑު ހަދާފައިވަނިކޮށެވެ. މުމްބާއި އިން އެންމެ ރަނގަޅަށް ކުުޅުނީ 48 ލަނޑު ހެދި ސޫރްޔަކުމާރު ޔާދަވް އެވެ. އެ ޓީމުގެ ތިލަކް ވަރުމާ ވަނީ 39 ލަނޑު ހަދައިފަ އެެވެ.

މި އިނިންގްސްގައި ގުޖުރާތު ޓީމުގެ، މުހައްމަދު ސިރާޖު އާއި ޕްރަސިދު ކްރިޝްނާ ކޮންމެ ކުޅުންތެރިއަކު ދެ ވިކެޓް ނެގި އެެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޖަރުމަނުގެ ޒްވެރެވް އަށް ދުނިޔޭގެ ރޭންކިން އެއް ވަނަ ޔަގީންވެއްޖެ

ޝަންހާއީ މާސްޓާސްއިން ކާލޯސް އަލްކަރާޒް ބަލިވުމާ ގުޅިގެން، މި އަހަރުގެ ޓެނިސް ސީޒަން ނިމޭއިރު ދުނިޔޭގެ ރޭންކިން އެއްވަނަ ޖަރުމަނުގެ ޒްވެރެވަށް ވަނީ ކަށަވަރުވެފައި. މިއީ ޖަރުމަނުގެ ކުޅުންތެރިއަކު މި ޝަރަފު ހޯދާ ފުރަތަމަ ފަހަރު ކަމަށްވާއިރު، އޭނާ މި މަގާމަށް އަންނަ މަހު އަންނާނީ މުޅިން އަލަށް އެއް ވަނަ ހޯދާ އެންމެ ދޮށީ ކުޅުންތެރިޔާގެ ގޮތުގައި

ފުޓްސަލްގައި ރާއްޖޭން ޗައިނާ، ހޮންގް ކޮންގް އަދި ކޮރެއާއާ ކުޅެނީ

އަންނަ މަހު ޗައިނާގައި ބާއްވާ އިންޓަނޭޝަނަލް ފުޓްސަލް މުބާރާތެއްގައި ރާއްޖޭގެ ގައުމީ ޓީމުން ވާދަކުރާ ގޮތަށް ހަމަޖެހި، އެ މުބާރާތަށް ތައްޔާރުވުމުގެ ފަރިތަކުރުންތައް ފަށައިފި. މި މުބާރާތުގައި ރާއްޖޭގެ އިތުރުން ޗައިނާ، ހޮންގް ކޮންގް އަދި ދެކުނު ކޮރެއާ ވާދަކުރާއިރު، ރާއްޖޭގެ ފުރަތަމަ މެޗު އޮންނާނީ އަންނަ މަހުގެ ފަސް ވަނަ ދުވަހު

އޯޕަން ވޯޓާ ގައުމީ ޗެމްޕިއަންކަން ޝައިމް އާއި އަލްޔާ އަށް

ކުޑަގިރީގައި ބޭއްވި 17 ވަނަ ގައުމީ އޯޕަން ވޯޓާ މުބާރާތުގެ 5 ކިލޯމީޓަރުގެ ފިރިހެން ޗެމްޕިއަންކަން ޝައިމް ހުސެއިން އިބްރާހިމް އަދި އަންހެން ޗެމްޕިއަންކަން އަލްޔާ އަޝްރަފް ހޯދައިފި. މި މުބާރާތުގައި ތަފާތު އުމުރުފުރާތަކުންނާއި ކެޓަގަރީތަކުން ގިނަ ފެތުންތެރިންތަކެއް ވާދަކޮށް ވަނަތައް ހާސިލްކުރި، މިއީ ކުޑަގިރީގައި މި މުބާރާތް ބޭއްވި ހަތަރު ވަނަ ފަހަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

Newsletter

Get the latest news delivered straight to your inbox