ގާނޫނަށް ހުރުމަތްތެރިކޮށް ހިތުމުގައި ފުލުހުން ފުރަތަމަ ނަމޫނާ ދައްކަންޖެހޭ: ރައީސް

ރައީސް ޑރ. މުހައްމަދު މުއިއްޒު: ގާނޫނަށް ހުރުމަތްތެރިކޮށް ހިތުމުގައި ފުލުހުން ފުރަތަމަ ނަމޫނާ ދައްކަންޖެހޭ ކަމަށް ވިދާޅުވި -- ފޮޓޯ: ރައީސް އޮފީސް

ރައީސް ޑރ. މުހައްމަދު މުއިއްޒު: ގާނޫނަށް ހުރުމަތްތެރިކޮށް ހިތުމުގައި ފުލުހުން ފުރަތަމަ ނަމޫނާ ދައްކަންޖެހޭ ކަމަށް ވިދާޅުވި -- ފޮޓޯ: ރައީސް އޮފީސް

ކޮންމެ ފުލުހެއްގެ އަޒުމަކަށް ވާން ޖެހެނީ ގާނޫނަށް ހުރުމަތްތެރިކޮށް ހިތުމުގައި ފުރަތަމަ ފުލުހުން ނަމޫނާ ދެއްކުން ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެ އެވެ.

ފުލުހުންގެ މުއައްސަސާއަށް 92 އަހަރު ފުރުމުގެ މުނާސަބަތުގައި އެމަނިކުފާނު ފޮނުއްވި ހިތާބުގައި ވިދާޅުވީ ކުށްކުރުން ހުއްޓުވުމުގެ އިތުރުން ކުށަށް އަރައިގަތުމާއި މުޖުތަމައު ދުރުހެލި ކުރުމަކީ ވެސް ފުލުހުންގެ ވާޖިބެއް ކަމަށެވެ.

އެގޮތުން ރައްޔިތުންގެ ހޭލުންތެރިކަން އިތުރުކޮށް ދިނުމާއި، ކަންކަން ކުރަން އޮންނަ ރަނގަޅު ގޮތް ވިސްނައިދީ ކިޔައިދިނުމާއި، ރީތި އުޅުމާއި އާދަ އަނެކުންނަށް ދަސްކޮށްދީ، އަނެކުންނަށް މަގުދައްކައިދޭ ބަޔެއްގެ ގޮތުގައި އަބަދުމެ ފުލުހުން ދެމިތިބުން މުހިންމުކަން ރައީސް މުއިއްޒު ފާހަގަކުރެއްވި އެވެ.

"ފުލުހުންގެ ވަޒީފާގެ މަސްއޫލިއްޔަތު އަބަދުވެސް އަދާކުރަމުންދަނީ ގާނޫނު ތަންފީޒުކުރުމަށް ޓަކައި. އެހެންކަމުން، ކޮންމެ ފުލުހެއްގެ އަޒުމަކަށް ވާންވާނީ، ގާނޫނަށް ހުރުމަތްތެރިކޮށް ހިތުމުގައި އެންމެ ފުރަތަމަ ފުލުހުން ނަމޫނާ ދެއްކުން. މުއާމަލާތު ކުރުމުގައި އަހްލާގީ ރީތި ހަމަތައް ހިފެހެއްޓުން،" އެމަނިކުފާނު ވިދާޅުވި އެވެ.

ރައީސް މުއިއްޒު ވިދާޅުވީ ވާޖިބު އަދާކުރުމުގައި ފުލުހުން އަބަދުމެ ދެމިތިބެނީ ގައުމާއި ރައްޔިތުންގެ މަސްލަހަތު އިސްކޮށް ކިތަންމެ ގިނަ ވަގުތެއް މަސައްކަތުގައި ހޭދަކުރަން ހާލަތު މެދުވެރި ކުރި ނަމަވެސް، ކިތަންމެ ބޮޑު ނުރައްކަލަކާ ކުރިމަތިލާން ޖެހުނު ކަމުގައި ވިޔަސް ފަސްޖެހުމެއް ނެތި ކަމަށެވެ.

އެ ގޮތުން ހިދުމަތުގައި ދެމި ތިބުމަށް ފުލުހުންގެ އާއިލާތަކުން ދެއްވާ އެއްބާރުލެއްވުމާއި ހިތްވަރުގެ މަތީން ހަނދާން ނައްތާލައިގެން ނުވާނެކަން ފާހަގަކުރައްވާ ރައީސް ވިދާޅުވީ ފުލުހުންގެ އާއިލާތަކަށް ހިތުގައި އެމަނިކުފާނުގެ ވަނީ ނުހަނު ފުން އިހްތިރާމަކާއި ލޯތްބެއް ކަމަށެވެ.

"ހިދުމަތުގެ ހަޔާތުގައި ދިވެހި ފުލުހުން މިހާތަނަށް ވޭތުކުރި ކޮންމެ ދުވަހަކުވެސް، ހަވާލުވެފައިވާ ޒިންމާއާއި މަސްއޫލިއްޔަތު އަދާކުރުމުގައި ބޮޑެތި ގުރުބާނީތަކެއް ވަނީ ވެފައި,"

"ހުތޫރަތްތެރި އެތައް ވަގުތަކާ ފުލުހުން ވަނީ ކުރިމަތިލައިފައި. ރައްޔިތުންގެ މުދަލާއި ފުރާނަ ސަލާމަތްކޮށްދިނުމުގައި، އަމާންކަން ގާއިމުކޮށްދިނުމުގައި، އަދި ކުށުގެ ވެށީން މުޖުތަމަޢު ސަލާމަތްކޮށްދިނުމުގައި، ލިބިފައިވާ ތަމްރީނުތަކާއި ތަޖުރިބާގެ ބޭނުން ހިފައިގެން ބޮޑެތި އެތައް ކާމިޔާބީއެއް ވަނީ ހޯދައިފައި،"

ރައީސްގެ ވާހަކައިގައި ފުލުހުންގެ ހިދުމަތުގެ މުހިންމުކަން ފާހަގަކުރައްވައި, މިހާރަށް ވުރެ ފުރިހަމައަށް ފުލުހުންގެ މަސައްކަތްތައް ބައްޓަންކުރުމަށް ބާރުއެޅުއްވި އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ފޮރިން މިނިސްޓަރު އިރުތިޝާމް، ޖައިޝަންކަރާ ބައްދަލުކުރައްވައިފި

ފޮރިން މިނިސްޓަރު އިރުތިޝާމް އާދަމް، އިންޑިއާގެ އެކްސްޓާނަލް އެފެއާޒް މިނިސްޓަރު އެސް. ޖައިޝަންކަރާ ނިއުދިއްލީގައި ބައްދަލުކުރައްވައި، ދެ ގައުމުގެ ދެމެދުގައި އޮތް ޒަމާންވީ ގުޅުން އިތުރަށް ބަދަހިކުރުމާ ގުޅޭގޮތުން މަޝްވަރާކުރެއްވި.

ވޯޓުލުމުގެ އިންތިޒާމުތައް ދަށްވެ މެންބަރުންގެ ޝަކުވާ

އެމްޑީޕީގެ ގައުމީ މަޖިލިސް އިންތިހާބުގެ އިންތިޒާމުތައް ދަށްވުމުގެ ސަބަބުން، ވޯޓުލުން ލަސްވުމާއި އޮފިޝަލުންނާއި ވަސީލަތްތައް މަދުވުމުގެ މައްސަލަތައް ކުރިމަތިވެ ގިނަ ބައެއްގެ ހިތްހަމަނުޖެހުން އަމާޒުވި. މިކަމާ ގުޅިގެން ޕާޓީގެ ޗެއާޕާސަން ރައީސް ނަޝީދު ވިދާޅުވީ، އިންތިޒާމުތަކަށް ދަތިވީ ސަރުކާރުގެ އެއްބާރުލުން ނުލިބުމުގެ ސަބަބުން ކަމަށް.

ޒުވާނުންގެ ވޯޓު ކަރުދާސް ދޫކުރެވިގެން ވޯޓު ފޮށްޓެއް ބަންދުކޮށްފި

އެމްޑީޕީގެ ގައުމީ މަޖިލިސް އިންތިހާބުގައި، މާފަންނު ދެކުނު ދާއިރާގެ ވޯޓުލާ ލިސްޓުގައި ނުހިމެނޭ ބަޔަކަށް ޒުވާނުންގެ ވޯޓު ކަރުދާސް ދޫކުރެވުނު މައްސަލައެއްގައި އެ ދާއިރާގެ ވޯޓު ފޮށި ވަނީ ބަންދުކޮށްފައި. މި މައްސަލައާ ގުޅިގެން ކުރީގެ ފޮށި ބަންދުކުރުމަށްފަހު އައު ފޮށްޓެއްގައި ވޯޓުލާން ވަނީ ފަށާފައި.

އެމްޑީޕީ އިންތިހާބުގައި ވޯޓުލުން 09:00 ޖަހަންދެން އިތުރުކޮށްފި

އެމްޑީޕީގެ އެތެރޭގެ އިންތިހާބުގެ ވޯޓުލުން ފެށުން ލަސްވުމާ ގުޅިގެން، ވޯޓުލުމުގެ ވަގުތު މިރޭ 09:00 އާ ހަމައަށް ވަނީ އިތުރުކޮށްފައި. ޖުމްލަ 1،102 މަގާމަކަށް މެންބަރުން އިންތިޚާބުކުރާ މި އިންތިހާބުގެ ދާއިމީ ނަތީޖާ އިއުލާންކުރުމަށް ހަމަޖެހިފައިވަނީ ނޮވެމްބަރު 30 ގައި.

ނުރައްކާތެރި "ރަތްމަޑި" އައްޑޫން ފެނިގެން ރުއް ބޭރުކުރުން މަނާ

ރުކުގެ އާއިލާގެ ގަސްތަކަށް ނުރައްކާތެރި ގެއްލުންދޭ "ރަތްމަޑި" އައްޑޫ ސިޓީން ފެނުމާ ގުޅިގެން، އެ ސިޓީން އެހެން ރަށްރަށަށް ރުއް ބޭރުކުރުން އެގްރިކަލްޗާ މިނިސްޓްރީން ވަނީ މަނާކޮށްފައި. މި މަޑި ފެތުރުން ހުއްޓުވުމަށްޓަކައި އިންސެކްޓިސައިޑް ޖެހުމާއި ރުއްތައް ބަލައި ފާސްކުރުމުގެ ޚާއްޞަ މަސައްކަތްތަކެއް އެ މިނިސްޓްރީން މިހާރު ވަނީ ފަށާފައި.

އެމްޑީޕީ އެތެރޭގެ އިންތިހާބުގެ ވޯޓުލުން ފަށައިފި

އެމްޑީޕީގެ އެތެރޭގެ އިންތިޚާބުގެ 1،102 މަގާމަކަށް މެންބަރުން ހޮވުމަށް ބާއްވާ ވޯޓުލުން މިއަދު މެންދުރުފަހު ވަނީ ފަށާފަައި. މި އިންތިޚާބުގައި ޖުމްލަ 1،612 ކެންޑިޑޭޓުން ވާދަކުރާއިރު، މީގެ ތެރޭގައި އެންމެ ބާރުގަދަ ގުނަން ކަމަށްވާ ގައުމީ މަޖިލީހުގެ 359 ގޮނޑި ހިމެނޭ. އިންތިޚާބުގެ ދާއިމީ ނަތީޖާ އިއުލާން ކުރުމަށް ހަމަޖެހިފައިވަނީ ނޮވެމްބަރު 30 ގައި.

މަރުގެ އަދަބުން ސަލާމަތްވި ދިވެއްސަކު ނޭޕާލުން ހައްޔަރުކޮށްފި

ލަންކާގައި އިއްވި މަރުގެ ހުކުމުން ދާދިފަހުން ސަލާމަތްވި ދިވެއްސަކު، ގިނަ އަދަދެއްގެ ފައިސާތަކަކާއެކު ނޭޕާލުން ހައްޔަރުކުރި. ނޭޕާލް ފުލުހުން ހިންގި އޮޕަރޭޝަނެއްގައި އޭނާ ހައްޔަރުކުރީ ކަތަމަންޑޫގެ ހޮޓަލެއްގައި ހުއްޓާ، އެކި ގައުމުތަކުގެ ފައިސާ ފެނުމާ ގުޅިގެން.

Newsletter

Get the latest news delivered straight to your inbox