ރައީސް މުއިއްޒު ޕޮޑްކާސްޓެއް ފަށަނީ

ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ފަށްޓަވާ ޕޮޑްކާސްޓުގެ ތެރެއިން ---- ފޮޓޯ: ރައީސް އޮފީސް

ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ފަށްޓަވާ ޕޮޑްކާސްޓުގެ ތެރެއިން ---- ފޮޓޯ: ރައީސް އޮފީސް

ރައްޔިތުންނާ ގާތުން މައުލޫމާތު ހިއްސާ ކުރެއްވުމަށް ކަމަށް ވިދާޅުވެ ރައީސް ޑރ. މުހައްމަދު މުއިއްޒު ޕޮޑްކާސްޓެއް ފަށްޓަވަން ނިންމައިފި އެވެ.

"ރައްޔިތުންނާ އެކު" މި ނަމުގައި ކުރިއަށްގެންދަވާ ޕޮޑްކާސްޓުގެ ފުރަތަމަ އެޕިސޯޑް މިއަދު މެންދުރު 01:00 ގައި ރައީސް އޮފީހުގެ ވެބްސައިޓުންނާއި ސޯޝަލް މީޑިއާ އެކައުންޓުތަކުން ދައްކާނެ ކަން ވަނީ އިއުލާނުކޮށްފަ އެވެ.

ރައީސް އޮފީހުން ބުނީ ރައްޔިތުންގެ އަޑުއައްސަވައި، ރައްޔިތުންނާއި ގާތުން، ރައްޔިތުންގެ މަޝްވަރާއާއެކު ސަރުކާރު ހިންގެވުމަކީ، ރައީސް މުއިއްޒު އެންމެ އިސްކަންދެއްވާ އެއް ސިޔާސަތު ކަމަށެވެ.

އެގޮތުން، "ރައްޔިތުންގެ އަޑު" ޕޯޓަލް އާއި "އަހާ ފޯރަމް" ފަދަ މަންސަތަކުގެ އިތުރުން، ރާއްޖޭގައި މީހުން ދިރިއުޅޭ ރަށްރަށަށް ޒިޔާރަތް ކުރައްވައި، ސީދާ ރައްޔިތުންނާއި ރައްޔިތުންގެ މަންދޫބުންނާ ބައްދަލުކުރައްވައިގެން ރައްޔިތުންގެ އަޑުއައްސަވައި، ހާލު ބައްލަވައި، ކަންކަން ހައްލު ކޮށްދެވޭނޭ ފަދައިން ސިޔާސަތުތައް ބައްޓަންކުރެއްވުމަށް އެމަނިކުފާނު ގެންދަވަނީ މަސައްކަތްޕުޅު ކުރައްވަމުން،" ރައީސް އޮފީހުން ބުންޏެވެ.

އެ އޮފީހުން މިހެން ބުނި ނަމަވެސް، ރައްޔިތުންގެ އަޑު ޕޯޓަލް އާއި އަހާ ފޯރަމް ވަނީ ހުއްޓުމަކަށް އައިސްފަ އެވެ. އަހާ ފޯރަމު ކޮންމެ ތިން މަހަކުން ބާއްވަވާނެ ކަމަށް ރައީސް މިދިޔަ އަހަރު ކުރީކޮޅު ވިދާޅުވި ނަމަވެސް މިހާތަަނަށް އެމަނިކުފާނަށް ބައިވެރިވެވަޑައިގެންނެވުނީ އެންމެ ފަހަރަކު އެވެ.

ރައްޔިތުންގެ އަޑު ޕޯޓަލް މެދުވެރިކޮށް ކުރާ ސުވާލުތަކަށް ޖަވާބު ނުދޭތާ އެތައް މަހެއް ވެގެންދިޔަ އެވެ. ވީޑިއޯ މެދުވެރިކޮށް އުސޫލެއް ނެތި ރައީސް އޮފީހުން ބޭނުންވި ބައެއްގެ ސުވާލު ނަގައިގެން ފެށި ޕްރޮގްރާމުވެސް ހުއްޓިފައި އޮންނަތާ އަހަރެއް ވަނީ އެވެ.

އޭގެއިތުރުން، ނޫސްވެރިންނާ ގާތުން މަސައްކަތް ކުރައްވާނެ ކަމަށް ވިދާޅުވެ ވެރިކަމަށް ވަޑައިގެންނެވި ފަހުން މިވީ 16 މަސްދުވަހުގެ ތެރޭގައި ރައީސް މުއިއްޒު ނޫސްވެރިންގެ ބައްދަލުވުމެއް ބޭއްވެވީ އެންމެ ފަހަރަކު އެވެ. ރައީސް އޮފީހުގައި އެ ނޫސްވެރިންގެ ބައްދަލުވުން ބޭއްވީ ޑިސެމްބަރު 5، 2023 ގަ އެވެ.

ފާހަގަކޮށްލެވޭ ގޮތުގައި މިއީ ދުނިޔޭގެ ގައުމެއްގެ ވެރިޔަކު ޕޮޑްކާސްޓެއް ފަށަން ނިންމި ފުރަތަމަ ފަހަރެވެ. އާންމުކޮށް ވެރިން ބައިވެރިވަނީ އެހެން މީހުން ނުވަތަ މީޑިއާތަކުން ގެނެސްދޭ ޕޮޑްކާސްޓުތަކުގަ އެވެ.

ޝާހީ އާއިލާތަކަށް ބެލި ނަމަވެސް އަމިއްލަ ޕޮޑްކާސްޓުތައް ހިންގަވަނީ ޑެންމާކުގެ ރާނީ މޭރީ އަދި އިނގިރޭސިވިލާތުގެ ރާނީ ކެމިލާ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ބޮޑު އަގުގައި ޑޮލަރު ވިއްކުމުގެ ތުހުމަތުގައި 3 ބިދޭސީން ބަންދަށް

ހުއްދަނެތި ބޮޑު އަގުގައި ބޭރު ފައިސާ ގަނެވިއްކާ ކަމުގެ ތުހުމަތުގައި ބަންގްލަދޭޝްގެ ތިން މީހަކު ފުލުހުންނާއި އިމިގްރޭޝަން ގުޅިގެން ހިންގި އޮޕަރޭޝަނެއްގައި ވަނީ އަތުލައިގަނެފަ. މި މީހުން އަތުލައިގަތީ ކަޅު ބާޒާރުގައި ޑޮލަރުގެ މުއާމަލާތްކުރާ ފަރާތްތައް ހޯދުމަށް ސަރުކާރުން އެކުލަވާލާފައިވާ ހާއްސަ ޓާސްކްފޯހަށް ލިބުނު މައުލޫމާތަކާ ގުޅިގެން.

ޖަރުމަނު ކޮންސުލޭޓު ބަންދުކުރީ ސަރުކާރާ ހެދި: ނަޝީދު

ނަޝީދު ތުހުމަތުކުރައްވާފައިވާ ގޮތުގައި ޖަރުމަނު ސަރުކާރުން ރާއްޖޭގައި ހުންނަ އެ ގައުމުގެ ކޮންސިއުލޭޓް ބަންދުކުރީ، އޮނަރަރީ ކޮންސުލްގެ މަގާމަށް ވަކި މީހަކު އައްޔަންކުރުން ދިވެހި ސަރުކާރުން ނުފޫޒު ފޯރުވުމުން.

ޔާމީނަށް ހުކުމް އިއްވުން މި މަހު 29 އަށް ތާވަލުކޮށްފި

ރ. ފުއްގިރި ކުއްޔަށް ދޫކުރުމުގެ މުއާމަލާތާ ގުޅިގެން ކުރީގެ ރައީސް ޔާމީންގެ މައްޗަށް އުފުލާފައިވާ ދައުވާތަކުގެ ޝަރީއަތް ނިންމާލައިފި. ޔާމީންގެ ފަރާތުން ހުލާސާ ބަޔާން ހުށަހަޅަމުން ވަކީލުން ވިދާޅުވީ، އެމަނިކުފާނާ ދެކޮޅަށް ދައުލަތުން ހުށަހެޅި ހެކިތަކުގައި ފުށުއެރުންތަކެއް ހުރި ކަމަށާއި ކުށް ސާބިތުވާވަރުގެ ހަރުދަނާ ހެއްކެއް ނެތް ކަމަށް.

މީހުންގެ އަގުވައްޓާލަން އޭސީސީއަށް ހުށަހެޅުން ހުއްޓުވަން އުސޫލެއް

އޭސީސީން ބުނީ އަސާސެއް ނެތް ކަންކަމުގައި މީހުންގެ އަގުވައްޓާލުމަށް ހުށަހަޅާ މައްސަލަތަކުގައި އަމަލުކުރާނެ ހާއްސަ އުސޫލެއް އެކުލަވާލުމުގެ މަސައްކަތް މިހާރު އޮތީ ފަހު މަރުހަލާގައި ކަމަށް. އީޔޫގެ އެހީތެރިކަމާއެކީ އެކުލަވާލާ މި ސްޓްރެޓެޖީގެ ސަބަބުން ނުބައި ނިޔަތުގައި ހުށަހަޅާ މައްސަލަތަކަށް ހައްލެއް ލިބޭނެ ކަމަށް އެ ކޮމިޝަނުން ބުނި.

ގަވާއިދާ ހިލާފަށް ވަދެ އުޅުނު ތިން މަސް ބޯޓު ހިފަހައްޓައިފި

ރާއްޖޭގެ ސަރަހައްދަށް ގަވާއިދާ ހިލާފަށް ވަދެ އުޅުނު ބޭރުގެ ތިން މަސް ބޯޓު އަތުލައިގަތީ އެމްއެންޑީއެފް ކޯސްޓްގާޑާއި އެއާ ކޯ ގުޅިގެން ހިންގި އޮޕަރޭޝަނެއްގައި. އަރިއަތޮޅުގެ ހުޅަނގުން އަތުލައިގަތް މި ބޯޓުތައް މިހާރު މާލެ ސަރަހައްދަށް ގެނައުމުގެ މަސައްކަތް ދަނީ ކުރަމުން.

ގޯތި ދޫކުރުމުގެ އުސޫލު ބަދަލުކޮށް ކުރިމަތިލާން ހުޅުވާލައިފި

ކ. ހުރާއިން 150 ގޯތި ދޫކުރުމުގެ އުސޫލަށް ބޮޑެތި ބަދަލުތަކެއް ގެނެސް، ގޯއްޗަށް ކުރިމަތިލުމުގެ ފުރުސަތު އެ ރަށު ކައުންސިލުން އަލުން ވަނީ ހުޅުވާލައިފި. އައު އުސޫލުގެ ދަށުން ރަށުގައި ދިރިއުޅޭ އާއިލާތަކަށާއި އުފަން ރަށްވެހިންނަށް އިސްކަންދޭ ގޮތަށް ޕޮއިންޓް ދިނުމުގެ މިންގަނޑުތަކަށް ވަނީ ބަދަލުތަކެއް ގެނެސްފައި.

ރަސްމާލޭގެ ތަންތަން ދާއިމީކުރުމުގެ ފުރުސަތެއް ނެތް: މުއްތަލިބު

ރަސްމާލެ މަޝްރޫއަކީ އިޒްރޭލު މީހުން ވަޒަންވެރިކުރުވަން ހިންގާ މަޝްރޫއެއް ކަމަށް ބުނެ ދެކެވޭ ވާހަކަތައް ދޮގުކުރައްވައި، މުއްތަލިބު ވިދާޅުވީ ބިންތައް އަބަދުވެސް އޮންނާނީ ދިވެހި ދައުލަތުގެ ފުރިހަމަ ބާރުގެ ދަށުގައި ކަމަށް. އަދި، މި ޝަހަރުގައި ދިވެހިންގެ ނިސްބަތް ގިނަ ކުރަން ތަންތަން ވިއްކާއިރު ދިވެހިންނަށް އިސްކަން ދޭން ކަމަށް އޭނާ ވިދާޅުވި.

Newsletter

Get the latest news delivered straight to your inbox