އަވަސް އަރުވާލައިގެން ކޯޓުތަކާ ކުޅެފިނަމަ ބޭރުގެ އެހީ ނުލިބޭނެ، ބިލު ބޭރުކޮށްލަން ޖެހޭ: އަޒާން

ހިތަދޫ މެދު ދާއިރާގެ މެންބަރު އަޒާން ރައީސް މުއިއްޒު އާއެކު: އަޒާން ވިދާޅުވީ "އަވަސް އަރުވާލައިގެން ކޯޓުތަކާ ކުޅެފިނަމަ ބޭރުގެ އެހީ ނުލިބޭނެ ކަމަށް --- ފޮޓޯ: އަޒާންގެ ކެމްޕޭން ޓީމު

ހިތަދޫ މެދު ދާއިރާގެ މެންބަރު އަޒާން ރައީސް މުއިއްޒު އާއެކު: އަޒާން ވިދާޅުވީ "އަވަސް އަރުވާލައިގެން ކޯޓުތަކާ ކުޅެފިނަމަ ބޭރުގެ އެހީ ނުލިބޭނެ ކަމަށް --- ފޮޓޯ: އަޒާންގެ ކެމްޕޭން ޓީމު

އަވަސް އަރުވާލައިގެން ފަނޑިޔާރުގެއާ ކުޅެ ޖުޑީޝަރީއަށް ނުފޫޒު ފޯރުވައިފިނަމަ ބޭރުގެ ގައުމުތަކުން ރާއްޖެއަށް އެހީ ލިބުމަށް ދަތިވެ ލޯނުތައް އަނބުރާ ދެއްކުމުގައި ހުރަސްތަކެއް ކުރިމަތިވާނެ ކަމަށް ހިތަދޫ މެދު ދާއިރާގެ މެންބަރު އަހުމަދު އަޒާން ވިދާޅުވެއްޖެ އެވެ.

އަޒާން މިހެން ވިދާޅުވީ ސުޕްރީމް ކޯޓުގެ ދެ ފަނޑިޔާރުން ވަކިކޮށް، އެ ކޯޓުގެ ފަނޑިޔާރުންގެ އަދަދު ހަތަކުން ފަހަކަށް ބަދަލު ކުރަން ސަރުކާރުން ހުށަހަޅާ ރައްޔިތުންގެ މަޖިލީހުން ފާސްކުރި ބިލު ރައީސް ޑރ. މުހައްމަދު މުއިއްޒު ތަސްދީގުނުކުރައްވާ އަލުން އަނބުރާ މަޖިލީހަށް ފޮނުއްވާލި މައްސަލާގައި ބަހުސް ކުރައްވަމުންނެވެ.

"މި ދަނޑިވަޅަކީ ދިވެހިރާއްޖެ ބޭރު ގައުމުތަކުގެ އެހީއަށް ނުހަނު ބޭނުންޖެހިފައި އޮތް ދަނޑިވަޅެއް. ބޭރުގެ ގައުމުތަކާއި ބޭރުގެ މާލީ އިދާރާތަކުގެ އެހީއަށް އަޅުގަނޑުމެން ނުހަނު ބޭނުންޖެހިފަ އޮތް ދަނޑިވަޅެއް. އަންނަ އަހަރު އެއް ބިލިއަން ޑޮލަރު އަޅުގަނޑުމެން ދައްކަންޖެހޭ. އެކަންތައްތައް އަޅުގަނޑުމެން ކުރެވޭނީ ބޭރު ގައުމުތަކުގެ އެހީތެރިކަމާއެކު،" އަޒާން ވިދާޅުވި އެވެ.

ބައިނަލްއަގުވާމީ ކްރެޑިޓް ރޭޓިން އެޖެންސީތަކުން ރޭޓުކުރާއިރު ބަލާ ކަންކަމުގެ ތެރޭގައި ފަނޑިޔާރުގެތަކާއި މާލީ އިދާރާތަކުގެ މިނިވަންކަން ހިމެނޭކަން އޭނާ ފާހަގަކުރެއްވި އެވެ.

"މިގޮތަށް އަޅުގަނޑުމެން އަވަސް އަރުވާލައިގެން ފަނޑިޔާރުގެއާ އަދި އެމްއެމްއޭ އާ އެހެން ތަންތަނާ ކުޅެން ވެއްޖެނަމަ އެބޭފުޅުން ރޭޓިން ދެން ދެއްވާއިރު ދެއްވާނީ ރާއްޖެއަށް ޑީ ރޭޓިން އެއް. އެހެން ހަދައިފިނަމަ އަޅުގަނޑުމެންނަށް ވަރަށް ބޮޑެތި ގޮންޖެހުންތަކާ ކުރިމަތިވާނެ،" އަޒާން ވިދާޅުވި އެވެ.

މިދިޔަ އަހަރުވެސް ރާއްޖޭގެ ކްރެޑިޓް ރޭޓިން ދެ ފަހަރެއްގެ މަތިން ދަށްކުރި އެވެ.

ރޭޓިން އެޖެންސީ މޫޑީސް އިން ރާއްޖެ ޑައުންގްރޭޑް ކުރީ ސީއޭއޭ-2 އަށެވެ. އެއީ ކްރެޑިޓް ރިސްކު ވަރަށް ބޮޑަށް އޮތް ކަމަށް ބެލެވުމެވެ. އެ ރޭޓިން އަހަރުގެ ފަހުކޮޅު ދެމެހެއްޓި އެވެ. ދެން އެންމެ ފާހަގަކޮށްލެވޭ ރޭޓިން އެޖެންސީ ފިޗުން ރާއްޖޭގެ ރޭޓިން ދަށް ކުރީ ސީސީއަށެވެ.

މިއަދުގެ ބަހުސްގައި އަޒާން އިތުރަށް ވިދާޅުވީ، ބޭރުގެ އެހީ ނުލިބި ލޯނުތައް ނުދެއްކިއްޖެނަމަ ރައީސް މުއިއްޒު ވެވަޑައިގެންނެވި ރިޔާސީ ވައުދުތައް ފުއްދުމަށް ހުރަސް އެޅޭނެ ކަމަށެވެ. އަދި، ޖަޒުބާތުގައި މިފަދަ ނިންމުންތައް ނިންމުމުން ލިބޭ ގެއްލުވާނެ ކަމަށް ވިދާޅުވެ އޭނާ ވަނީ ބިލު ބޭރުކޮށްލަން ޖެހޭކަމަށް ތަކުރާރުކޮށް ވިދާޅުވެފަ އެވެ.

މި ބިލު މަޖިލީހަށް ބަލައިގަތުމަށާއި ފާސްކުރަން ނެގި ވޯޓުގައި އަޒާން ބައިވެރިވެވަޑައިގަނެފައެއް ނުވެ އެވެ. އެކަމާ ގުޅިގެން ޕީއެންސީގެ މަޖިލިސް މެންބަރުން ތިބޭ ވަޓްސްއެޕް ގްރޫޕުންނާއި މަޖިލީހުގެ ހާއްސަ ކޮމިޓީ ތަކުން އޭނާ ބޭރުކުރި އެވެ. އަދި މިއަދު އަނބުރާ ފޮނުއްވި ބިލަށް ވޯޓު ނުދިނުން ބަލައިނުގަނެވޭނެ ކަމަށް ރައީސް މުއިއްޒު، ޕީއެންސީގެ ޕީޖީ ވަޓްސްއެޕް ގްރޫޕަށް މެސެޖުކުރެއްވި އެވެ.

މި ބިލު ރައްޔިތުންގެ މަޖިލީހުން ފާސްކުރީ އެ މަޖިލީހުގެ މެންބަރުންގެ ގޮނޑި ސިޔާސީ ޕާޓީތަކަށް ގެއްލުވައިލެވޭ ގޮތަށް ގާނޫނޫއަަސާސީ ބަދަލުކުރުމާ ގުޅިގެން ހުށަހަޅާފައިވާ ދުސްތޫރީ މައްސަލައިގެ އަޑުއެހުމެއް ސުޕްރީމް ކޯޓުގައި ތާވަލުކޮށްފައި އޮތް ދުވަހުގަ އެވެ.

އޭގެ ކުޑަ ވަގުތުކޮޅެއް ފަހުން ރައީސް މުއިއްޒުގެ ފުރިހަމަ ކޮންޓްރޯލް އޮންނަ ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ސުޕްރީމް ކޯޓުގެ ތިން ފަނޑިޔާރުން ސަސްޕެންޑުކުރި އެވެ. އޭގެ ތެރެއިން އެއް ފަނޑިޔާރު އިސްތިއުފާ ދެއްވިއިރު ފުލް ބެންޗު ހަމަނުވާތީ ދުސްތޫރީ މައްސަލައިގެ އަޑުއެހުންތައް ވަނީ ހުއްޓިފަ އެވެ.

ބިލުގައި ބުނެފައި ވަނީ ފަނޑިޔާރުންގެ އަދަދު މަދު ކުރުމުގެ ސަބަބުން ކޯޓުން ވަކި ކުރާނެ ދެ ފަނޑިޔާރުން ކަނޑައަޅަންޖެހޭނީ ޖުޑީޝަލް ސާވިސް ކޮމިޝަނުން ކަމަށެވެ. ގާނޫނަށް އަމަލު ކުރަންފަށާތާ ފަސް ދުވަހުގެ ތެރޭގައި ވަކި ކުރާނެ ފަނޑިޔާރުންގެ ނަންތައް ޖޭއެސްސީން މަޖިލީހަށް ފޮނުވަން ޖެހެ އެވެ.

ހޮޅުދޫ ދާއިރާގެ މެންބަރު އަބްދުއްސައްތާރު މުހައްމަދު ހުށަހެޅުއްވި ބިލާ ދެކޮޅަށް ވޯޓު ދިނީ އެމްޑީޕީގެ އަށް މެންބަރުންނާއި އެއްވެސް ޕާޓީއަކަށް ނިސްބަތްނުވާ މިނިވަން މެންބަރު, އައްޑޫ މީދޫ ދާއިރާގެ އަބްދުއްރަހުމާނެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ގޮޅިތަކެއް އިމާރާތްކުރަން ޕޮލްކޯއާ ހަވާލުކުރުމުން ގެއްލުންތަކެއް

މާފުށީ ޖަލުގައި ގޮޅިތަކެއް އިމާރާތްކުރުމަށް ޕޮލްކޯއާ ހަވާލުކުރި މަޝްރޫއު، އެ ކުންފުނިން އެހެން ބަޔަކަށް ސަބް-ކޮންޓްރެކްޓް ކުރުމުގެ ސަބަބުން ދައުލަތަށް ބޮޑު މާލީ ގެއްލުމެއް ލިބިފައިވާކަން އޮޑިޓް ރިޕޯޓުން ހާމަވެއްޖެއެވެ. މީގެ އިތުރުން، ނުކުރާ މަސައްކަތްތަކަކަށް 2.9 މިލިއަން ރުފިޔާ ދައްކާފައިވާތީ، މި މައްސަލަ އޭސީސީއަށް ހުށަހެޅުމަށް އޮޑިޓް އޮފީހުން ވަނީ ލަފާދީފައެވެ.

ކުޅުދުއްފުށީގައި 'މަނަސްހަބް' ހުޅުވައިފި

ކުޅުދުއްފުށީ ސިޓީ ކައުންސިލާއި އޮސްޓްރޭލިއާ ހައިކޮމިޝަން ގުޅިގެން، ނަފްސާނީ ދުޅަހެޔޮކަމަށް ހޭލުންތެރިކަން އިތުރުކުރުމަށް "މަނަސްހަބް" ނަމުގައި ހާއްސަ މަރުކަޒެއް އެ ސިޓީގައި ހުޅުވައިފިއެވެ. މި މަރުކަޒުގެ މައިގަނޑު މަގުސަދަކީ ނަފްސާނީ ބަލިތަކަށް ހުރި ނުރަނގަޅު ތަސައްވަރުތައް ނައްތާލައި، އެހީތެރިކަން ބޭނުންވާ ފަރާތްތަކަށް ފަސޭހަކަމާއެކު ފަރުވާ ލިބޭނެ އިންތިޒާމު ހަމަޖައްސައިދިނުމެވެ.

ޔާމީނަށް އަބްދުއްރަހީމްގެ ހޫނު ރައްދެއް

ރަސްމާލެ މަޝްރޫއު ހުއްޓާލުމަށް ކުރީގެ ރައީސް ޔާމީން ގޮވައިލެއްވުމާ ގުޅިގެން، އެއީ ވެރިކަމުގެ ދަހިވެތިކަމުގައި ގައުމަށް ޣައްދާރުވުން ކަމަށް ވިދާޅުވެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް ވަނީ ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ. އަދި ޔާމީންގެ ވެރިކަމުގައި ފ. އަތޮޅު މަޝްރޫއަށް އެމްޑީޕީން ހުރަސްއެޅި ގޮތަށް، މިއަދު ޔާމީން ވެސް އަމަލުކުރައްވަނީ ހަމަ އެފަދައިންކަން އަބްދުއްރަހީމް ފާހަގަކުރެއްވިއެވެ.

ހައުސިން ޔުނިޓް ނިމޭއިރު ލިބޭ މީހުން ކަނޑަނޭޅޭތީ ކަންބޮޑުވުން

ލ. ގަމުގައި ތަރައްގީކުރާ 100 ހައުސިން ޔުނިޓްގެ މަސައްކަތް ނިމުމަކާ ގާތްވެފައިވާއިރު، އެ ތަންތަން ލިބޭނެ ފަރާތްތައް ކަނޑައެޅުމުގެ އެއްވެސް މަސައްކަތެއް ކުރިއަށް ނުދާތީ ކައުންސިލުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައި. ކައުންސިލުން އެދެނީ މިނިސްޓްރީން ނުވަތަ ކައުންސިލް މެދުވެރިކޮށް ނަމަވެސް، ވީހާވެސް އަވަހަށް އެ ތަންތަން ހަވާލުކުރުމުގެ މަރުހަލާ ފެށުމަށް.

ތިނަދޫ ކައުންސިލް ރައީސްގެ މަގާމަށް ކުރިމަތިލުމަށް ހުޅުވާލައިފި

ވ. ތިނަދޫ ކައުންސިލްގެ ރައީސް ޝުޖާއު އަލީ ޕާޓީ ބަދަލުކުރުމާ ގުޅިގެން އޭނާގެ ގޮނޑި ގެއްލިފައިވާތީ، އެ މަގާމަށް މީހަކު އިންތިޚާބު ކުރުމަށް ބާއްވާ ބައި-އިލެކްޝަނަށް ކުރިމަތިލުމުގެ ފުރުސަތު އިލެކްޝަންސް ކޮމިޝަނުން ހުޅުވާލައިފިއެވެ. އޮކްޓޯބަރު 26 އާ ހަމައަށް ކުރިމަތިލުމުގެ ފުރުސަތު އޮތް މި އިންތިޚާބު ބޭއްވުމަށް ހަމަޖެހިފައިވަނީ ނޮވެމްބަރު 28 ގައެވެ.

ރަސްމާލެ މަޝްރޫއު ހުއްޓާލަން ޔާމީން ގޮވައިލައްވައިފި

އެކްސްގައި ޔާމީން ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އީގަލް ހިލްސް ކުންފުނިން ދަނީ، ރައްޔިތުންގެ ތާއީދާއި އިތުބާރު ގެއްލިފައި އޮތް ރާއްޖޭގެ ސަރުކާރުގެ ނާޖާއިޒު ފައިދާ ނަގަމުން ކަމަށް. ސަރުކާރުން ރަސްމާލެ ދޫކޮށްލީ ލޭންޑް އިކުއިޒިޝަން ފީއެއް އަދި ބިމު ކުުއްޔެއް ނުނަގާ ގޮތަށް.

އެމްޓީސީސީއަށް "މެގަ" ޑްރެޖަރު ގަންނަ އަގު ހާމަނުކުރި

އެމްޓީސީސީގެ "މަހާޖައްރާފު" އަށް ނުފޯރާ ފުންމިނުން ވެލިނެގުމަށްޓަކައި 75 މީޓަރު އަޑިން މަސައްކަތްކުރެވޭ އާ ޑްރެޖަރެއް ގަތުމުގެ ޕްރޮކިއުމަންޓް މަސައްކަތް އެ ކުންފުނިން ދަނީ ކުރަމުން. ނަމަވެސް، އެއީ ބޮޑު އެސެޓަކަށްވެފައި ޕްރޮސެސް ކުރިއަށްދާތީ އެ ޑްރެޖަރު ގަންނަ އަގު ހާމަކޮށްފައެއް ނުވޭ.

Newsletter

Get the latest news delivered straight to your inbox