ދަރަނި ނުދެއްކި ރާއްޖެ ބަނގުރޫޓުވާން އުޅޭ ކަމުގެ އަޑުތަކެއް ފެތުރެން ފަށައިފި

Mar 15, 2025, 7:42 AM
ރައީސް މުއިއްޒު: އިކޮނޮމިކް ޓައިމްސް އިން ބުނީ އެއްވެސް ގައުމަކުން ރާއްޖެއަށް އެހީތެރިވާން ބޭނުންނުވި ކަމަށް -- ފޮޓޯ: ރައްޔިތުންގެ މަޖިލިސް

ރައީސް މުއިއްޒު: އިކޮނޮމިކް ޓައިމްސް އިން ބުނީ އެއްވެސް ގައުމަކުން ރާއްޖެއަށް އެހީތެރިވާން ބޭނުންނުވި ކަމަށް -- ފޮޓޯ: ރައްޔިތުންގެ މަޖިލިސް

ދިވެހިރާއްޖެއިން ދައްކަން ޖެހޭ ބޭރުގެ ދަރަނިތައް ނުދެއްކiިގައުމު ބަނގުރޫޓުވުމުގެ ބިރު އެބަ އޮތް ކަމަށް އިކޮނޮމިކް ޓައިމްސް އިން ރިޕޯޓުކޮށްފި އެވެ.

ރާއްޖެއިން މި އަހަރު 600 މިލިއަން ޑޮލަރުގެ ދަރަނި ދައްކަންޖެހޭ ކަމަށް އިކޮނޮމިކް ޓައިމްސް އިން ބުނެ އެވެ. އަދި އަންނަ އަހަރު އެއް ބިލިއަން ޑޮލަރުގެ ދަރަނި ދައްކަންޖެހޭ ކަމަށް ވެސް އެ ނޫހުން ބުނެ އެވެ. އެ ނޫހުން ބުނާ ގޮތުގައި ރާއްޖޭގެ ޖުމްލަ ބޭރުގެ ދަރަނި ތިން ބިލިއަން ޑޮލަރަށް އަރަ އެވެ.

ލޯނު ދައްކައި، މާލީ ހާލަތު ރަނގަޅު ކުރަން ސްރީ ލަންކާ އަދި ބަންގްލަދޭޝްގެ ފަރާތުން ރާއްޖެއިން އެހީއަށް އެދިފައިވާ ކަމަށް އިކޮނޮމިކް ޓައިމްސް އިން ބުނެ އެވެ. އަދި ޔުނައިޓެޑް އެރަބް އެމިރޭޓްސްގެ ޝާރްޖާ އިސްލާމިކް ބޭންކުން ފައިނޭންސިން ހޯދޭތޯ ވެސް ސަރުކާރުން މަސައްކަތް ކުރި ކަމަށް އެ ނޫހުން ބުނެ އެވެ.

ނަމަވެސް އެއިން އެއްވެސް ގައުމަކުން ރާއްޖެއަށް އެހީތެރިކަން ފޯރުކޮށްދޭން އެއްބަސްވެފައިނުވާ ކަމަށްވެ އެވެ. އެ ގައުމުތަކުގެ އިތުރުން، އެހީއަށް އެދި ޗައިނާ އާއި ބަހުރެއިން އާއި ސައުދީ އަރަބިއްޔާ އާއި ޔުނެއިޓެޑް އެރަބް އެމިރޭޓްސްގެ ވެރިންނަށް ރައީސް މުހައްމަދު މުއިއްޒުގެ ފަރާތުން ސިޓީއެއް ފޮނުވި އެވެ.

އެކަމަކު، އެއިން އެއްވެސް ގައުމަކުން އަދި އެހީތެރިކަމެއް އަދި ނުލިބެ އެވެ. ބަޖެޓު ސަޕޯޓަށް ޗައިނާއިން 200 މިލިއަން ޑޮލަރު ހޯދަން ރާއްޖެއިން އެދިފައިވާ ކަމަށް ވެސް އިކޮނޮމިކް ޓައިމްސް އިން ބުނެ އެވެ. އަދި ކަރަންސީ ސްވޮޕު އެގްރިމަންޓަކާއި ދަރަނި ރިފައިނޭންސިންގެ އެގްރިމަންޓަކަށް ދިޔުމަށް ވެސް ޗައިނާގައި އެދިފައިވާ ކަމަށް އެ ނޫހުން ބުންޏެވެ.

ނަމަވެސް ޗައިނާއަށް ދައްކަންޖެހޭ ލޯނެއް ރިފައިނޭންސް ކުރަން އެ ގައުމުން ވަނީ އޮކްޓޯބަރު، 2024، ގައި 74 މިލިއަން ރުފިޔާގެ އިތުރު ލޯނެއް ނަގައިފަ އެވެ. ޗައިނާއިން ލޯނު ނެގީ، ރާއްޖެއަށް އެންމެ ރަނގަޅު ގޮތަކީ ރިފައިނޭންސް ނުވަތަ ރިސްޓްރަކްޗާނުކޮށް ލޯނުތައް ދެއްކުން ކަމަށް ޗައިނާއިން ބުނެފައި އޮއްވަ އެވެ.

އޭގެ އިތުރުން، ރާއްޖެއިން ދައްކަންޖެހޭ 50 މިލިއަން ޑޮލަރުގެ ލޯނެއް އިންޑިއާއިން ވަނީ އޮކްޓޯބަރު، 2024، ގައި ރޯލްއޯވާ ކޮށްދީފަ އެވެ. ރޯލްއޯވާ ކުރުމަކީ ލޯނު ދައްކަންޖެހޭ ތާރީހުތަކަށް ބަދަލު ގެނައުމެވެ. އޭގެ އިތުރުން، އިންޑިއާއިން ވަނީ 400 މިލިއަން ޑޮލަރު އަދި 30 ބިލިއަން ރުޕީސް (400 މިލިއަން ޑޮލަރު) ގެ ކަރަންސީ ސްވޮޕެއް ވެސް ރާއްޖެއަށް ހަމަޖައްސައިދީފަ އެވެ.

އިންޑިއާއަށް ދައްކަންޖެހޭ ލޯނެއް ރޯލްއޯވާ ކުރި ފަހުން، ރާއްޖެއިން ޗައިނާއާއެކު ފްރީ ޓްރޭޑް އެގްރިމަންޓަކަށް ދިޔުމުން އެކަމުގެ ކަންބޮޑުވުން އިންޑިއާއިން ވަނީ ފާޅުކޮށްފަ އެވެ. އިންޑިއާއިން ބުނަނީ އެފްޓީއޭގެ ސަބަބުން ރާއްޖެއަށް ވަރަށް ބޮޑު މާލީ ގެއްލުމެއްވާނެ ކަމަށެވެ.

"އެ އެގްރިމެންޓުގެ ސަބަބުން ރާއްޖެއަށް އާމްދަނީއެއް މަދުވާނެ. އެއީ [އަހަރުމެންގެ] ކަންބޮޑުވުމެއް. އަދި އޭގެ ސަބަބުން ރާއްޖޭގެ މާލީ ހާލަތަށް ދުރު ރާސްތާގައި ނުރަނގު އަސަރުތަކެއް ކުރާނެ. އަހަރުމެންގެ ސިޔާސަތުތައް ބައްޓަން ކުރާއިރު، އެކަމަށް ވިސްނަންޖެހޭނެ،" އިންޑިއާގެ އެކްސްޓާނަލް އެފެއާޒް މިނިސްޓްރީގެ ތަރުޖަމާނު ރަންދިރު ޖައިސްވާލު ފެބްރުއަރީ މަހު ވިދާޅުވި އެވެ.

ރައީސް ޑރ. މުހައްމަދު މުއިއްޒު ވެރިކަމަށް ވަޑައިގަތީ "އިންޑިއާ އައުޓް" ކެމްޕެއިނަކަށްފަހެވެ. ވެރިކަމަށް ވަޑައިގެން ގުޅުން ބަދަހި ކުރަން މަސައްކަތް ކުރީ ޗައިނާއާއެކު އެވެ. އެއާއެކު ރާއްޖެ-އިންޑިއާ ގުޅުން ވަރަށް ބޮޑަށް ގޯސްވި އެވެ.

ނަމަވެސް މާލީ ހާލަތު ވަރަށް ބޮޑަށް ދަށްވެ، ރާއްޖެއަށް ބޭނުންވާ ބޭރުގެ އިންވެސްޓްމެންޓުތައް ސަރުކާރުން ލަފާ ކުރި ގޮތަށް ނުވަނުމުން އިންޑިއާއާއެކު އަލުން ގުޅުން ބަދަހި ކުރުމުގެ މަސައްކަތް ސަރުކާރުން ފެށި އެވެ. އިންޑިއާއިން މާލީ އެހީތެރިކަން ދިނުމަށް އެއްބަސްވީ ބަދަލުގައި ބައެއް ކަންކަން ކޮށްދޭން ސަރުކާރުން އެއްބަސްވުމުންނެވެ. އޭގެ ތެރޭގައި އުތުރުތިލަފަޅުގައި އިންޑިއާއިން އަޅާ އަސްކަރީ ބަނދަރަށް އެއްބާރުލުން ދިނުން ހިމެނެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ގޮޅިތަކެއް އިމާރާތްކުރަން ޕޮލްކޯއާ ހަވާލުކުރުމުން ގެއްލުންތަކެއް

މާފުށީ ޖަލުގައި ގޮޅިތަކެއް އިމާރާތްކުރުމަށް ޕޮލްކޯއާ ހަވާލުކުރި މަޝްރޫއު، އެ ކުންފުނިން އެހެން ބަޔަކަށް ސަބް-ކޮންޓްރެކްޓް ކުރުމުގެ ސަބަބުން ދައުލަތަށް ބޮޑު މާލީ ގެއްލުމެއް ލިބިފައިވާކަން އޮޑިޓް ރިޕޯޓުން ހާމަވެއްޖެއެވެ. މީގެ އިތުރުން، ނުކުރާ މަސައްކަތްތަކަކަށް 2.9 މިލިއަން ރުފިޔާ ދައްކާފައިވާތީ، މި މައްސަލަ އޭސީސީއަށް ހުށަހެޅުމަށް އޮޑިޓް އޮފީހުން ވަނީ ލަފާދީފައެވެ.

ކުޅުދުއްފުށީގައި 'މަނަސްހަބް' ހުޅުވައިފި

ކުޅުދުއްފުށީ ސިޓީ ކައުންސިލާއި އޮސްޓްރޭލިއާ ހައިކޮމިޝަން ގުޅިގެން، ނަފްސާނީ ދުޅަހެޔޮކަމަށް ހޭލުންތެރިކަން އިތުރުކުރުމަށް "މަނަސްހަބް" ނަމުގައި ހާއްސަ މަރުކަޒެއް އެ ސިޓީގައި ހުޅުވައިފިއެވެ. މި މަރުކަޒުގެ މައިގަނޑު މަގުސަދަކީ ނަފްސާނީ ބަލިތަކަށް ހުރި ނުރަނގަޅު ތަސައްވަރުތައް ނައްތާލައި، އެހީތެރިކަން ބޭނުންވާ ފަރާތްތަކަށް ފަސޭހަކަމާއެކު ފަރުވާ ލިބޭނެ އިންތިޒާމު ހަމަޖައްސައިދިނުމެވެ.

ޔާމީނަށް އަބްދުއްރަހީމްގެ ހޫނު ރައްދެއް

ރަސްމާލެ މަޝްރޫއު ހުއްޓާލުމަށް ކުރީގެ ރައީސް ޔާމީން ގޮވައިލެއްވުމާ ގުޅިގެން، އެއީ ވެރިކަމުގެ ދަހިވެތިކަމުގައި ގައުމަށް ޣައްދާރުވުން ކަމަށް ވިދާޅުވެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް ވަނީ ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ. އަދި ޔާމީންގެ ވެރިކަމުގައި ފ. އަތޮޅު މަޝްރޫއަށް އެމްޑީޕީން ހުރަސްއެޅި ގޮތަށް، މިއަދު ޔާމީން ވެސް އަމަލުކުރައްވަނީ ހަމަ އެފަދައިންކަން އަބްދުއްރަހީމް ފާހަގަކުރެއްވިއެވެ.

ހައުސިން ޔުނިޓް ނިމޭއިރު ލިބޭ މީހުން ކަނޑަނޭޅޭތީ ކަންބޮޑުވުން

ލ. ގަމުގައި ތަރައްގީކުރާ 100 ހައުސިން ޔުނިޓްގެ މަސައްކަތް ނިމުމަކާ ގާތްވެފައިވާއިރު، އެ ތަންތަން ލިބޭނެ ފަރާތްތައް ކަނޑައެޅުމުގެ އެއްވެސް މަސައްކަތެއް ކުރިއަށް ނުދާތީ ކައުންސިލުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައި. ކައުންސިލުން އެދެނީ މިނިސްޓްރީން ނުވަތަ ކައުންސިލް މެދުވެރިކޮށް ނަމަވެސް، ވީހާވެސް އަވަހަށް އެ ތަންތަން ހަވާލުކުރުމުގެ މަރުހަލާ ފެށުމަށް.

ތިނަދޫ ކައުންސިލް ރައީސްގެ މަގާމަށް ކުރިމަތިލުމަށް ހުޅުވާލައިފި

ވ. ތިނަދޫ ކައުންސިލްގެ ރައީސް ޝުޖާއު އަލީ ޕާޓީ ބަދަލުކުރުމާ ގުޅިގެން އޭނާގެ ގޮނޑި ގެއްލިފައިވާތީ، އެ މަގާމަށް މީހަކު އިންތިޚާބު ކުރުމަށް ބާއްވާ ބައި-އިލެކްޝަނަށް ކުރިމަތިލުމުގެ ފުރުސަތު އިލެކްޝަންސް ކޮމިޝަނުން ހުޅުވާލައިފިއެވެ. އޮކްޓޯބަރު 26 އާ ހަމައަށް ކުރިމަތިލުމުގެ ފުރުސަތު އޮތް މި އިންތިޚާބު ބޭއްވުމަށް ހަމަޖެހިފައިވަނީ ނޮވެމްބަރު 28 ގައެވެ.

ރަސްމާލެ މަޝްރޫއު ހުއްޓާލަން ޔާމީން ގޮވައިލައްވައިފި

އެކްސްގައި ޔާމީން ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އީގަލް ހިލްސް ކުންފުނިން ދަނީ، ރައްޔިތުންގެ ތާއީދާއި އިތުބާރު ގެއްލިފައި އޮތް ރާއްޖޭގެ ސަރުކާރުގެ ނާޖާއިޒު ފައިދާ ނަގަމުން ކަމަށް. ސަރުކާރުން ރަސްމާލެ ދޫކޮށްލީ ލޭންޑް އިކުއިޒިޝަން ފީއެއް އަދި ބިމު ކުުއްޔެއް ނުނަގާ ގޮތަށް.

އެމްޓީސީސީއަށް "މެގަ" ޑްރެޖަރު ގަންނަ އަގު ހާމަނުކުރި

އެމްޓީސީސީގެ "މަހާޖައްރާފު" އަށް ނުފޯރާ ފުންމިނުން ވެލިނެގުމަށްޓަކައި 75 މީޓަރު އަޑިން މަސައްކަތްކުރެވޭ އާ ޑްރެޖަރެއް ގަތުމުގެ ޕްރޮކިއުމަންޓް މަސައްކަތް އެ ކުންފުނިން ދަނީ ކުރަމުން. ނަމަވެސް، އެއީ ބޮޑު އެސެޓަކަށްވެފައި ޕްރޮސެސް ކުރިއަށްދާތީ އެ ޑްރެޖަރު ގަންނަ އަގު ހާމަކޮށްފައެއް ނުވޭ.

Newsletter

Get the latest news delivered straight to your inbox