ފަނޑިޔާރުންގެ މައްސަލަ ބަލަން އުފެއްދި ޖޭއެސްސީގެ ކޮމިޓީން އުޝާމް ވަކިވެވަޑައިގެންފި

ދައުލަތުގެ ބަންޑާރަނައިބު، އަހުމަދު އުޝާމް: އޭނާ ވިދާޅުވީ ފަނޑިޔާރުންގެ މައްސަލަ ބަލާ ކޮމިޓީން ވަކިވެވަޑައިގަތީ އެ ކޮމިޓީގައި އިންނެވުމަކީ ރަނގަޅު ގޮތެއް ނޫން ކަމަށް އަމިއްލައަށް ގަބޫލު ކުރެއްވޭތީ ކަމަށް -- ފޮޓޯ: އަދަދު

ދައުލަތުގެ ބަންޑާރަނައިބު، އަހުމަދު އުޝާމް: އޭނާ ވިދާޅުވީ ފަނޑިޔާރުންގެ މައްސަލަ ބަލާ ކޮމިޓީން ވަކިވެވަޑައިގަތީ އެ ކޮމިޓީގައި އިންނެވުމަކީ ރަނގަޅު ގޮތެއް ނޫން ކަމަށް އަމިއްލައަށް ގަބޫލު ކުރެއްވޭތީ ކަމަށް -- ފޮޓޯ: އަދަދު

ސަސްޕެންޑު ކޮށްފައި ތިބި ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ މައްސަލަތައް ބަލަން ޖޭއެސްސީން އެކުލަވައިލި ކޮމިޓީން ބަންޑާރަނައިބު އަހުމަދު އުޝާމް އަމިއްލައަށް ވަކިވެވަޑައިގެންފި އެވެ.

ފަނޑިޔާރުންގެ މައްސަލަ ބަލާ ކޮމިޓީގައި ތިއްބެވީ ބަންޑާރަނައިބު އަހުމަދު އުޝާމް އާއި ފަނޑިޔާރުން ސަސްޕެންޑުކުރުމުގެ ކުރިން ޖޭއެސްސީ އަށް އައްޔަން ކުރި ރައީސުލްޖުމްހޫރިއްޔާގެ މެންބަރު ޔަޒްމީދު މުހައްމަދު އަދި ވަކީލުންގެ ތެރެއިން އައްޔަން ކުރެއްވި އަލީ އަބްދުއްލަތީފު އެވެ.

ނަމަވެސް އުޝާމް އެ ކޮމިޓީން އިއްޔެ އަމިއްލައަށް ވަކިވެވަޑައިގަތުމާއެކު، އޭނާގެ ބަދަލުގައި އެ ކޮމިޓީއަށް އައްޔަނު ކޮށްފައި ވަނީ ސިވިލް ސާވިސް ކޮމިޝަނުގެ ރައީސް، މުހައްމަދު ނާސިހު އެވެ.

ފަނޑިޔާރުންގެ މައްސަލަ ބަލާ ޖޭއެސްސޫގެ ކޮމިޓީން މީގެ ކުރިން ބަލަމުންދިޔައީ ފަނޑިޔާރުކަމުން މިފަހުން އިސްތިއުފާދެއްވި ހުސްނުއްސުއޫދުގެ މައްސަލަ އެވެ.

ނަމަވެސް އަދަދު އަށް މައުލޫމާތު ލިބިފައިވާގޮތުގައި އިއްޔެ އޮތް އެ ކޮމިޓީގެ ބައްދަލުވުމުގައި ވަނީ ފަނޑިޔާރު ޑރ. އަޒްމިރާލްދާ ޒާހިރު އާއި މަހާޒު އަލީގެ މައްސަލަ ވެސް ބަލަން ނިންމައިފަ އެވެ. އެއާއެކު އެ ކޮމިޓީގައި އުޝާމް ހިމެނިވަޑައިގަންނަވާތީ ކަންބޮޑުވުން ފާޅުކުރައްވައި ފަނޑިޔާރު އަޒްމިރާލްދާ ޖޭއެސްސީއަށް ސިޓީއެއް ފޮނުއްވި އެވެ.

އެ ސިޓީގައި އަޒްމިރާލްދާ ކަންބޮޑުވުން ފާޅުކުރައްވާފައި އޮތީ އޭނާގެ މައްސަލަ ބަލާ ކޮމިޓީގައި ބަންޑާރަނައިބު އުޝާމް ހިމެނިވަޑައިގަންނަވާއިރު، އެ މައްސަލައިގައި އުޝާމްގެ މަސްލަހަތު އޮތް ކަމަށް ގަބޫލު ކުރެއްވޭ ކަމަށް ވިދާޅުވެ އެވެ.

ކަންބޮޑުވުން ފާޅުކޮށް އަޒްމިރާލްދާ ޖޭއެސްސީއަށް ފޮނުއްވި ސިޓީއާ ގުޅިގެން އުޝާމް ވަނީ އިއްޔެ އެ މައްސަލަ ބަލާ ކޮމިޓީން ވަކިވެވަޑައިގެންފަ އެވެ.

އެކަމާ ގުޅޭގޮތުން އަދަދު ނޫހުން ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން އުޝާމް ވިދާޅުވީ ފަނޑިޔާރުންގެ މައްސަލަ ބަލާ ކޮމިޓީން އޭނާ ވަކިވެވަޑައިގަތީ ފަނޑިޔާރު އަޒްމިރާލްދާ ކަންބޮޑުވުން ފާޅުކުރައްވައި ސިޓީއެއް ފޮނުވާފައި އޮއްވައި އެ ކޮމިޓީގައި އިންނެވުން އެއީ ރަނގަޅު ކަމެއް ކަމަށް ގަބޫލު ނުކުރައްވާތީ ކަމަށެވެ.

"މި މައްސަލައިގައި ފަނޑިޔާރު އަޒްމިރަލްދާ އެބަ އޮތް ޖޭއެސްސީއަށް ސިޓީއެއް ފޮނުވާފައި، އެ ސިޓީގައި ފަނޑިޔާރު އެބަ އޮތް ލިޔުއްވާފައި މައްސަލައިގައި އަޅުގަނޑުގެ މަސްލަހަތު އޮތް ކަމެއް ހިމެނޭ ކަމަށް ގަބޫލު ކުރައްވާ ކަމަށް، ވީމަ ފަނޑިޔާރުގެ ފަރާތުން އެކަހަލަ ޝަކުވާގެ ސިޓީއެއް އައީމާ އަޅުގަނޑު އަމިއްލައަށް ޑިސައިޑް ކުރީ (ނިންމީ) އަޅުގަނޑު އިނދެގެން މި މައްސަލަ ބެލުން އެއީ ރަނގަޅު ކަމަކަށް ނުވާނެޔޭ،" އުޝާމް ވިދާޅުވި އެވެ.

ފަނޑިޔާރު އަޒްމިރާލްދާގެ މައްސަލަ ބަލާ ކޮމިޓީން އުޝާމް ވަކިވެވަޑައިގެންނެވިއިރު، އަޒްމިރާލްދާއަށް ކުރެވޭ ތުހުމަތުތަކާ ގުޅޭ ގޮތުން ކްރިމިނަލް ކޯޓުގެ ފަނޑިޔާރުންގެ ބަޔާންތައް ނެގިއިރު ވެސް އެ ކޮމިޓީގައި އުޝާމް އިންނެވި އެވެ.

ޑރ. އަޒްމިރާލްދާއާ ގުޅޭގޮތުން ޖޭއެސްސީން ބަލަމުން ދަނީ އޭނާގެ ފިރިކަލުން ޑރ. އިސްމާއިލް ލަތީފް ހައްޔަރު ކޮށްފައި ހުއްޓައި ބަންދުން ދޫކުރުވުމަށް ނުފޫޒު ފޯރުވި ކަމަށް ބުނާ މައްސަލަ އެކެވެ. ނަމަވެސް ޖޭއެސްސީއަށް އަޒްމިރާލްދާ ފޮނުއްވި ސިޓީގައި ވިދާޅުވެފައި ވަނީ އެ ތުހުމަތަކީ ކަނޑައެޅިގެން ހަގީގަތާ ހިލާފު ދޮގު ތުހުމަތެއް ކަމަށާއި އެ މައްސަލައާ ގުޅިގެން އެއްވެސް ފަނޑިޔާރަކަށް ގުޅައި ނުފޫޒެއް ފޯރުވާފައި ނުވާނެ ކަމަށެވެ.

ނުފޫޒު ފޯރުވި މައްސަލައިގައި ޖޭއެސްސީން ތުހުމަތުކުރަނީ ފަނޑިޔާރު އަޒްމިރަލްދާގެ އިތުރުން ސުޕްރީމް ކޯޓުގެ ފަނޑިޔާރު މަހާޒު އަލީ އަށެވެ. މަހާޒް ވެސް ސަސްޕެންޝަންގައި ހުންނެވިއިރު، އޭނާ ސަސްޕެންޑުކުރީ އެ މައްސަލައާ ގުޅިގެނެއް ނޫނެވެ.

އަޒްމިރާލްދާ އާއި މަހާޒްގެ އިތުރުން ސުޕްރީމް ކޯޓުގެ ފަނޑިޔާރު ހުސްނުއްސުއޫދު ވެސް ޖޭއެސްސީސް ސަސްޕެންޑު ކުރި އެވެ. އެކަމަކު ހުސްނުއްސުއޫދު ވަނީ ރައީސް ޑރ. މުހައްމަދު މުއިއްޒު ފަނޑިޔާރުގެއަށް ނުފޫޒު ފޯރުވާ ކަމަށް ވިދާޅުވެ މަގާމުން އިސްތިއުފާ ދެއްވާފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޑްރަގު ކެފޭއަކުން ހަ މީހުން ހައްޔަރުކޮށްފި

މަސްތުވާތަކެތި ބޭނުންކޮށް ވިއްކާ ކެފޭއެއްގެ ގޮތުގައި ހިންގި އެޕާޓްމަންޓަކުން ހަ މީހަކު ހައްޔަރުކޮށް، އެ އެންމެން 30 ދުވަހަށް ބަންދުކުރުމަށް ކްރިމިނަލް ކޯޓުން ވަނީ އަމުރުކޮށްފައެވެ. ފުލުހުންގެ އޮޕަރޭޝަނުގައި އެ ތަނުން ގިނަ އަދަދެއްގެ މަސްތުވާތަކެއްޗާއި ފައިސާ ފެނިފައިވާއިރު، ހައްޔަރުކުރި ހަ މީހުންވެސް ވަނީ މަސްތުވާތަކެއްޗަށް ޕޮޒިޓިވްވެފައެވެ.

ގެދޮރު އިމާރާތްކުރަން ލޯނު ނަގަން ބޭނުންވާ އިކުއިޓީއަށް އެހީއެއް

ރައީސް މުއިއްޒު ވިދާޅުވި ގޮތުގައި، މި ފައިސާއަކީ އަނބުރާ ދައްކަން ނުޖެހޭ އެހީއެއް ކަމަށާއި، މިކަމަށް ބޭނުންވާ ފައިސާ މިހާރު ވަނީ ޓްރަސްޓް ފަންޑެއްގައި ރައްކާކުރެވިފައެވެ.

އާންމު އުނދަގޫކުރާކަމަށް ތުހުމަތުވާ މީހާ ހައްޔަރުކޮށްފި

އޭނާ ހައްޔަރުކޮށްފައިވަނީ އޭނާގެ އުނދަގޫތަކަށް ހައްލެއް ނުލިބިގެން މީހަކު ބަނޑުހައިހޫނުކަމުގެ ހަޅުތާލެއް ކުރަމުން ދަނިކޮށް ކަމަށްވާއިރު، މި މައްސަލައަށް ގާނޫނީ ހައްލެއް ހޯދުމަށް މަސައްކަތް ކުރާނެ ކަމަށް ފުލުހުން ބުނެފައިވެއެވެ.

މީހެއްގެ އުނދަގުލާ ހެދި ބަނޑުހައިހޫނުކަމުގެ ހަޅުތާލެއް

ހަޅުތާލުކުރާ މީހާ ބުނާގޮތުން، ދޮޅު އަހަރު ވަންދެން އެކި އިދާރާތަކަށް މައްސަލަ ހުށަހަޅައިގެން ވެސް އެކަމަށް އެދެވޭ ފިޔަވަޅެއް އަޅާފައެއް ނުވެއެވެ. އޭނާ ބުނީ އެ މައްސަލައަށް ދާއިމީ ހައްލެއް ނުލިބެނީސް ހަޅުތާލު ހުއްޓާނުލާނެ ކަމަށެވެ.

އައިޖީއެމްއެޗް މުވައްޒަފުންގެ ޕެޓިޝަނެއް ރައީސްއަށް

މި ޕެޓިޝަނުގައި މައިގަނޑު ގޮތެއްގައި އެދިފައިވަނީ ހާޒިރީ އިނާޔަތް އެއްހަމަކުރުމަށާއި، ހޮނިހިރު ދުވަހާއި ބަންދު ދުވަސްތަކުގައި ކުރާ މަސައްކަތަށް އިންސާފުވެރި އުޖޫރައެއް ހަމަޖައްސައިދިނުމަށެވެ. މީގެ ކުރިން ހުށަހެޅި ޕެޓިޝަނަށް ޖަވާބެއް ލިބިފައިނުވާތީ، މުވައްޒަފުން ވަނީ ޕޭ ހާމަނައިޒް ކުރުމުގައި އުނިވެފައިވާ ކަންކަން އިސްލާހުކޮށްދިނުމަށް އެދިފައެވެ.

ފުލުސް މީހާގެ ގައިގައި ޖެއްސީ 100 ކިލޯމީޓަރު ބާރަށް ދުއްވާފައި

"މިހާދިސާއާ ގުޅިގެން މިހާތަނަށް ބެލިބެލުމުން، މިއީ މަގުމަތީގައި ނުރައްކާތެރިކޮށް އުޅަނދު ދުއްވާ ފަރާތްތަކާ ދެކޮޅަށް ފުލުހުން މިހާރު ހިންގަމުންގެންދާ ހާއްސަ އޮޕަރޭޝަނަށް ހުރަސްއަޅައި، މިކަމުގައި ހަރަކާތްތެރިވާ ފުލުހުން ނަފްސާނީގޮތުން ބަލިކަށިކޮށްލައި ފަހަތަށް ޖެއްސުމުގެ މަގުސަދުގައި ގަސްތުގައި ހިންގާފައިވާ އަމަލެއް ކަމަށް ބެލެވޭ."

ރަސްމާލޭގައި ދިވެހި ފުލުހުންނަށް ނުތިބެވޭނެ: ޒަމްޒަމް

ރަސްމާލޭގައި އީގަލް ހިލްސްއަށް ދޭ ސަރަހައްދުގައި ދިވެހި ފުލުހުންނަށް ނުތިބެވޭނެ ކަމަށް ސަރުކާރުގެ ބައެއް ވަޒީރުން ވިދާޅުވި ކަމަށް ޝެއިހް ޒަމްޒަމް ފާރިޝް ހާމަކޮށްފިއެވެ. މި މަޝްރޫއާ ގުޅޭގޮތުން ގިނަ އިލްމުވެރިންތަކެއްގެ ކަންބޮޑުވުން ހުރި އިރު، މިކަމާ ގުޅޭ 100 ސަފުހާގެ ރިޕޯޓެއް ދައުލަތުގެ ކަމާބެހޭ ފަރާތްތަކަށް ފޮނުވުމަށް ދަނީ ތައްޔާރުވަމުންނެވެ.

Newsletter

Get the latest news delivered straight to your inbox