ސުއޫދު އިސްތިއުފާ ދެއްވުމުން ޑރ. މުނައްވަރު އެކަމަށް މަރުހަބާ ވިދާޅުވެއްޖެ

Mar 4, 2025, 6:31 PM
ޑރ. މުނައްވަރު: ވިދާޅުވީ ސުއޫދުގެ ހަޔާތް ހޭދަ ކުރެއްވީ ދިވެހިރާއްޖެއަށް ހިދުމަތް ކުރެއްވުމުގައި ކަމަށް -- ފޮޓޯ: އަދަދު ފައިލް

ޑރ. މުނައްވަރު: ވިދާޅުވީ ސުއޫދުގެ ހަޔާތް ހޭދަ ކުރެއްވީ ދިވެހިރާއްޖެއަށް ހިދުމަތް ކުރެއްވުމުގައި ކަމަށް -- ފޮޓޯ: އަދަދު ފައިލް

ރައީސް މުހައްމަދު މުއިއްޒު ހިމެނޭ ގޮތަށް ސަރުކާރުގެ އިސް ވެރިން ސުޕްރީމް ކޯޓުގެ ފަނޑިޔާރުންނަށް ބިރު ދައްކައި ނުފޫޒު ފޯރުވަން މަސައްކަތް ކުރާތީ އެ ކޯޓުގެ ފަނޑިޔާރުގެ މަގާމުން މިއަދު އިސްތިއުފާ ދެއްވި ހުސްނުއްސުއޫދަށް ކުރީގެ ބަންޑާރަ ނައިބު ޑރ. މުހައްމަދު މުނައްވަރު މަރުހަބާ ވިދާޅުވެއްޖެ އެވެ.

ރާއްޖޭގެ އެންމެ ގާބިލް އެއް ގާނޫނީ ވަކީލު، މުނައްވަރު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި މިރޭ ވިދާޅުވީ ސުއޫދަށް އޭނާ ސެލިއުޓު ކުރައްވާ ކަމަށެވެ. ސުއޫދަކީ ގާނޫނީ ދާއިރާއިން ރާއްޖޭގައި މަސައްކަތް ކުރައްވާ އެންމެ މޮޅު އެއް ފަރާތް ކަމަށް ވެސް މުނައްވަރު ވިދާޅުވި އެވެ.

"ވަކީލެއްގެ ހައިސިއްޔަތުން، ގާނޫނީ ފަންނުގެ އެކެޑެމިކެއްގެ ހައިސިއްޔަތުން، ބަންޑާރަ ނައިބެއްގެ ހައިސިއްޔަތުން، ސިވިލް ކޯޓުގެ އިސް ގާޒީގެ ހައިސިއްޔަތުން އަދި ސުޕްރީމް ކޯޓުގެ ފަނޑިޔާރެއްގެ ހައިސިއްޔަތުން، މި ގައުމަށް ހިދުމަތް ކުރަން ސުއޫދު ވަނީ ހަޔާތެއް ހޭދަ ކުރައްވައިފަ،" މުނައްވަރު ވިދާޅުވި އެވެ.

މިއަދު އިސްތިއުފާ ދެއްވުމަށްފަހު ޖޭއެސްސީއަށް ފޮނުވި ސިޓީގައި ސުއޫދު ވިދާޅުވީ، ކޯޓަށް ނުފޫޒު ފޯރުވަން މަސައްކަތް ކުރަނީ، ސިޔާސީ ޕާޓީތަކަށް ގޮނޑި ގެއްލުވައިލެވޭ ގޮތަށް ގާނޫނުއަސާސީއަށް ގެނައި އިސްލާހު ބާތިލް ކުރަން ކޯޓަށް ހުށަހަޅާފައިވާ މައްސަލައަށް ނުފޫޒު ފޯރުވުމުގެ ގޮތުން ކަމަށެވެ.

"ސުޕްރީމް ކޯޓަށް ހުށަހެޅިފައިވާ މި ބަޔާން ކުރެވުނު މައްސަލަ ރައީސް ޑރ. މުހައްމަދު މުއިއްޒު އާއި އެޓާނީ ޖެނެރަލް އަހުމަދު އުޝާމް އެދޭ ގޮތަށް ނިންމުމަށް ރައީސުލްޖުމްހޫރިއްޔާ އާއި އެޓާނީ ޖެނެރަލް އަހުމަދު އުޝާމް އާއި ޖޭއެސްސީގެ ރައީސް ހުސެއިން ރިޒާ އާއި އެންޓި ކޮރަޕްޝަން ކޮމިޝަނުގެ ރައީސް [ދަނީ ގާނޫނުއަސާސީއާ ހިލާފަށް ނުފޫޒު ފޯރުވަމުން]،" ސުއޫދު ވިދާޅުވި އެވެ.

ގޮނޑި ގެއްލުވައިލެވޭ މައްސަލަ ކޯޓުން ބަލަނިކޮށް، ކޯޓުތަކުގެ ގާނޫނަށް ގެންނަ އިސްލާހަކުން، ސުޕްރީމް ކޯޓުގެ ދެ ފަނޑިޔާރަކު މަގާމުން ވަކި ކުރަން މަޖުބޫރުވާ ގޮތަށް ބިލެއް ވެސް ފާސް ކުރި އެވެ.

ދިޔަ ހޯމަ ދުވަހު ފުރަތަމަ ކިޔުން އިއްވި ބިލު ފާސް ކުރީ، އެ ބިލަކީ އިންސާފުވެރި ބިލެއް ނޫން ކަމަށް ރައްޔިތުންގެ މަޖިލީހުގެ ކައުންސެލް ޖެނެރަލް ވެސް ވިދާޅުވެފައި އޮއްވައި، މިދިޔަ ބުދަ ދުވަހެވެ. ނަމަވެސް މިހާތަނަށް އެ ބިލު ތަސްދީގުކޮށްފައެއް ނުވެ އެވެ.

އެ ބިލު ތަސްދީގު ނުކުރައްވަނީ ކީއްވެގެންވާ ސަރުކާރުގެ ތަރުޖަމާނު ހީނާ ވަލީދުއާ މި ނޫހުން ސުވާލު ކުރުމުން އެއްވެސް ޖަވާބެއް ދީފައެއް ނުވެ އެވެ. އެ ބިލު ތަސްދީގު ކުރެއްވުމަށް ނުވަތަ އަނބުރާ ރައްޔިތުންގެ މަޖިލީހަށް ފޮނުވާލެއްވުމަށް ރައީސުލްޖުމްހޫރިއްޔާ 15 ދުވަހުގެ މުއްދަތެއް ލިބެ އެވެ.

މަޖިލީހުން ފާސްކުރި އެ ބިލަކީ ގާނޫނުއަސާސީއާ ހިލާފު، ތަސްދީގު ކުރި ނަމަވެސް ބާރު ނުހިނގާނޭ ބިލެއް ކަމަށް ދިވެހިރާއްޖޭގެ ބާ ކައުންސިލުން ވަނީ ބުނެފަ އެވެ.

"ގާނޫނުއަސާސީގެ 268 ވަނަ މާއްދާގައި ގާނޫނުއަސާސީއާ ހިލާފުވާ ގޮތަށް ހަދާ ކޮންމެ ގާނޫނެއް ނުވަތަ ގާނޫނަކުން ބައެއްވިޔަސް ވާނީ ބާތިލު އެއްޗަކަށް ކަމާއި އެފަދަ ގާނޫނެއް ނުވަތަ ގާނޫނެއްގެ ބައެއްގެ ބާރެއް ނުހިނގާނެ ކަމާއި އަދި ގާނޫނުއަސާސީއާ ހިލާފަށް ކުރާ ކޮންމެ ކަމަކީ ބާތިލު ކަމެއް ކަމަށް ބަޔާން ކޮށްފައިވާތީ އިސްވެ ދެންނެވުނު ބިލަކި ގާނޫނުއަސާސީގައި ކަނޑައެޅިގެން ބަޔާން ކޮށްފައިވާ ވަރަށް އަސާސީ ކަންކަމާ ހިލާފު ބިލެއް ކަމުގައި މި ކައުންސިލުން ދެކެން،" ބާ ކައުންސިލުގެ ބަޔާނުގައި ބުންޏެވެ.

ރައްޔިތުންގެ މަޖިލީހުން އެ ބިލު ފާސް ކުރުމާއެކު ޖުޑީޝަލް ސާވިސް ކޮމިޝަނުން ވަނީ ސުޕްރީމް ކޯޓުގެ ފަނޑިޔާރުން މަހާޒް އަލީ ޒާހިރާއި ހުސްނުއްސުއޫދާއި ޑރ. އަޒްމިރާލްދާ ޒާހިރު ސަސްޕެންޑުކޮށްފަ އެވެ. ފަނޑިޔާރުން ސަސްޕެންޑު ކުރީ އެންޓި ކޮރަޕްޝަން ކޮމިޝަނުން އެ ފަނޑިޔާރުންގެ ޖިނާއީ މައްސަލައެއް ބަލަމުންދާ ކަމަށް ބުނެ އެވެ.

ނަމަވެސް ބަލަމުންދަނީ ފަނޑިޔާރުންގެ ކޮން މައްސަލައެއްކަން ހާމަ ކުރަން އޭސީސީއިން ވަނީ ދެކޮޅު ހަދައިފަ އެވެ. މައްސަލައެއް ބަލަމުންދާކަން ފަނޑިޔާރުންނަށް އަންގާފައެއް ވެސް ނުވެ އެވެ. ފާޑުކިޔާ ފަރާތްތަކުން ބުނަނީި އޭސީސީއިން ބަލަނީ ފޭކު މައްސަލައެއް ކަމަށެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ނުރައްކާތެރިކޮށް ދުއްވާ މީހުން ހާޒިރުކުރަނީ

މިގޮތުން ހާޒިރުކުރާ މީހުން ކުށް ތަކުރާރުކޮށްފިނަމަ ޖިނާއީ ދައުވާ އުފުލާނެ ކަމަށް ފުލުހުން ބުނާއިރު، އައު ގާނޫނުގެ ދަށުން ބޮޑެތި ޖޫރިމަނާތަކާއި ލައިސެންސް ހިފެހެއްޓުމުގެ ބާރު ފުލުހުންނަށް ވަނީ ލިބިދީފައެވެ.

ރަސްމާލެ ދޫކޮށްލާ އެގްރިމެންޓުގައި ޖުމްހޫރީ ދުވަހު ސޮއި ކުރަނީ

މިދިޔަ ބުރާސްފަތި ދުވަހު "ސަން" އަށް ދެއްވި އިންޓަވިއުއެއްގައި އީގަލް ހިލްސްގެ ވެރިޔާ މުހައްމަދު އަލައްބާރު ވިދާޅުވީ، ޖުމްހޫރީ ދުވަހުގެ ކުރިން ދާއިމީ އެގްރިމެންޓުގައި ސޮއި ކުރަން އޭނާ އުއްމީދު ކުރައްވާ ކަމަށެވެ.

ނޭޝަނަލް ރޯޑްސޭފްޓީ ކައުންސިލްގެ ފުރަތަމަ ބައްދަލުވުން ބާއްވައިފި

މި ކައުންސިލްގެ މައިގަނޑު މަސްއޫލިއްޔަތަކީ ދަތުރުފަތުރުގެ ސިޔާސަތުތަކާއި ސްޓްރެޓެޖީތައް އެކުލަވާލުމުގައި ރައީސުލްޖުމްހޫރިއްޔާއަށާއި ވަޒީރަށް ލަފާދިނުމެވެ. އައު ގާނޫނުގެ ދަށުން ވެހިކަލްގެ އުމުރު ކަނޑައެޅުމާއި، އިތުރު ވެހިކަލްތަކުން ފީ ނެގުމުގެ އިތުރުން މަގުމަތީގެ ސަލާމަތާ ގުޅޭ އައު އުސޫލުތަކެއް ވަނީ ތައާރަފުކޮށްފައެވެ.

ނުވަ ލައްކައެއްހާ ރުފިޔާގެ ބޭރު ފައިސާ ހިފަހައްޓައިފި

ކަސްޓަމްސް އިން ބުނީ ހުއްޓުވީ އިންޑިއާގެ ރައްޔިތެއް ކަމަށެވެ. އޭނާގެ އަތުގައި 905،669 ރުފިޔާއަށްވާ ވަރަށް އެކި ގައުމުތަކުގެ ފައިސާ ހުރި ކަމަށް ކަސްޓަމްސް އިން ބުނެ އެވެ. އެ މީހާ ހުއްޓުވީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުންނެވެ.

"ރަސްމާލެ ޑީލުގެ ގެއްލުމާ ކުރިމަތިލާންޖެހޭނީ ފަހުގެ ޖީލުތަކުން"

ރަސްމާލެ މަޝްރޫއުގެ ބިން ދޭން ނިންމާފައިވާ މުހައްމަދު އަލައްބާރަކީ މުސްލިމުންގެ ވިސްނުން ޔަހޫދީންނާ އެއްގޮތްކުރަން މަސައްކަތްކުރާ މީހެއް ކަމަށް ބުނެ، އަބްދުލް މަތީން ކަންބޮޑުވުން ފާޅުކުރައްވައިފިއެވެ. އޭނާ ވިދާޅުވީ މިފަދަ ވިޔަފާރިވެރިންނާއެކު ހިންގާ މުއާމަލާތްތަކުގެ ސަބަބުން އަންނަން އޮތް ޖީލުތަކަށް ބޮޑެތި ގެެއްލުންތަކެއް ކުރިމަތިވާނެ ކަމަށެވެ.

ޕީއެންސީއަށް ސޮއިނުކުރެއްވުމުން އެމްބެސަޑަރު ސަރީރު ވަކިކުރަނީ

ސަރީރަކީ ދިވެހިރާއްޖޭގައި މިވަގުތު ހުންނެވި އެންމެ ތަޖުރިބާކާރު އެއް ޑިޕްލޮމެޓެވެ. ހާރިޖީ ދާއިރާގައި ސަރީރު މަސައްކަތް ކުރައްވަން ފެއްޓެވީ މީގެ 40 އަހަރު ކުރިން 1986 ވަނަ އަހަރެވެ. އޭނާ ވަނީ އެމެރިކާ އަދި ބަންގްލަދޭޝްގެ ސަފީރުގެ މަގާމު މީގެ ކުރިން އަދާކުރައްވާފަ އެވެ.

ޔާމީންގެ ދިފާއީ ހެކިތައް ބަލައިގަންނަން ނިންމައިފި

ޔާމީންގެ ފަރާތުން ހުށަހެޅި ހެކިތަކަކީ ޑޮލަރު މާރުކުރުމުގެ މުއާމަލާތެއް ހިނގިކަން ސާބިތުކުރުމަށް ހުށަހެޅި ހެކިތަކެއް ކަމަށްވާއިރު، ދައުލަތުން އެ ހެކިތަކާ މެދު ކުރި އިއުތިރާޒުތައް ކޯޓުން ބަލައެއް ނުގަތެވެ. މި މައްސަލަ އަލުން ބަލަން ފަށާފައިވަނީ ހައިކޯޓުން ކުރިން ކުރި ހުކުމް ބާތިލުކޮށް، އަލުން މައްސަލަ ބެލުމަށް އަމުރުކުރުމާ ގުޅިގެންނެވެ.

Newsletter

Get the latest news delivered straight to your inbox