ފަނޑިޔާރުން ވަކިކުރާ ބިލު ގާނޫނުއަސާސީއާ ހިލާފު، އެފަދަ ގާނޫނެއްގެ ބާރެއް ނުހިނގާނެ: ބާ ކައުންސިލް

ފަނޑިޔާރުން ވަކިކުރާ ބިލު ގާނޫނުއަސާސީއާ ހިލާފު، އެފަދަ ގާނޫނެއްގެ ބާރެއް ނުހިނގާނެ: ބާ ކައުންސިލް

ސުޕްރީމް ކޯޓުގެ ބައެއް ފަނޑިޔާރުން ވަކި ކުރަން މަޖުބޫރުވާ ގޮތަށް މިއަދު މަޖިލީހުން ފާސްކުރި ބިލަކީ ގައިރު ދުސްތޫރީ ބިލަކަށް ވާތީ އެ ބިލު ގާނޫނަކަށް ވިޔަސް ގާނޫނީ ބާރު ނުހިނގާނެ ކަމަށާއި އެ ބިލު ތަސްދީގުނުކޮށް އަނބުރާ މަޖިލީހަށް ފޮނުވައިލުމަށް ބާ ކައުންސިލުން ރައީސުލްޖުމްހޫރިއްޔާއަށް ގޮވާލައިފި އެވެ.

އެ ކައުންސިލުން މިއަދު ނެރުނު ނޫސްބަޔާނެއްގައި ބުނީ މިއަދު ފާސްކުރި ބިލަކީ ގާނޫނުއަސާސީގެ 148، 149 އަދި 154 ވަނަ މާއްދާއާ ހިލާފު އިސްލާހެއް ކަމަށެވެ.

އެހެންކަމުން ގާނޫނުއަސާސީގެ 268 ވަނަ މާއްދާގައި ބަޔާން ކޮށްފައިވާ ހަމައިގެ މަތިން އެ އިސްލާހަކީ ބާތިލު އިސްލާހެއް ކަމަށް ބާ ކައުންސިލުން ބުންޏެވެ.

"ގާނޫނުއަސާސީގެ 268 ވަނަ މާއްދާގައި ގާނޫނުއަސާސީއާ ހިލާފުވާ ގޮތަށް ހަދާ ކޮންމެ ގާނޫނެއް ނުވަތަ ގާނޫނަކުން ބައެއްވިޔަސް ވާނީ ބާތިލު އެއްޗަކަށް ކަމާއި އެފަދަ ގާނޫނެއް ނުވަތަ ގާނޫނެއްގެ ބައެއްގެ ބާރެއް ނުހިނގާނެ ކަމާއި އަދި ގާނޫނުއަސާސީއާ ހިލާފަށް ކުރާ ކޮންމެ ކަމަކީ ބާތިލު ކަމެއް ކަމަށް ބަޔާން ކޮށްފައިވާތީ އިސްވެ ދެންނެވުނު ބިލަކި ގާނޫނުއަސާސީގައި ކަނޑައެޅިގެން ބަޔާން ކޮށްފައިވާ ވަރަށް އަސާސީ ކަންކަމާ ހިލާފު ބިލެއް ކަމުގައި މި ކައުންސިލުން ދެކެން،" ބާ ކައުންސިލުގެ ބަޔާނުގައި ބުންޏެވެ.

ރައީސުލްޖުމްހޫރިއްޔާއަށް އެ ކައުންސިލުން ގޮވާލައިފައި ވަނީ މިއަދު މަޖިލީހުން ފާސްކުރި އިސްލާހު ތަސްދީގު ކުރެއްވުމުގެ ބަދަލުގައި އެ ބިލާމެދު އަލުން ވިސްނައި ބިލު އިސްލާހު ކުރުމަށް މަޖިލީހަށް އަނބުރާ ފޮނުވުމަށެވެ. އަދި އެކަން އެގޮތަށް ކުރުމަށް އެދި ކައުންސިލުން ރައީސްއަށް ސިޓީއެއް ވެސް ފޮނުވާފައި ވާނެ ކަމަށް އެ ބަޔާނުގައި ބުންޏެވެ.

މިއަދު ފާސްކުރި އިސްލާހަކީ ގާނޫނާ ހިލާފަށް އަމަލު ކުރުން ލާޒިމު ކުރާ ގޮތަށް ފާސްކޮށްފައިވާ ބިލެއް ކަމަށް ބަލައި އެ ބިލު މިހާރު އޮތް ގޮތަށް ތަސްދީގު ނުކުރަން ރައީސްއަށް ލަފާ އެރުވުމަށް ބަންޑާރަ ނައިބަށް ވެސް އެ ބަޔާނުގައި ގޮވާލައިފައިވެ އެވެ.

މިއަދު ފާސްކުރި ބިލު ހުށަހެޅި ސަބަބާއި އެ ބިލުން ހާސިލު ކުރަން ގަސްދުކުރާ މަގުސަދު ސާފުކޮށް އެނގެން ނެތް ކަމަށް ވެސް އެ ބަޔާނުގައި ބުންޏެވެ. އަދި ދެފުށް ފެންނަ ޑިމޮކްރެޓިކް މުޖުތަމައުތަކުގައި ދައުލަތުގެ އެއް ބާރާ ގުޅިފައިވާ މިފަދަ ގާނޫނުތައް އިސްލާހު ކުރާ ހާލަތުގައި ކަން ކުރަނީ ފާސްކުރާ އިސްލާހުން ހާސިލު ކުރަން ބޭނުންވާ މަގުސަދަކީ ކޮބައިކަން ރައްޔިތުންނަށް ސާފުކޮށް އެނގޭނޭހެން ކަމަށް ބާ ކައުންސިލުން ބުންޏެވެ.

ތަފުސީލުގައި ބާ ކައުންސިލުން ބުނީ ދިވެހިރާއްޖޭގެ އުއްތަމަ ފަނޑިޔާރާއި ސުޕްރީމް ކޯޓުގެ ފަނޑިޔާރުން އައްޔަނު ކުރުމުގެ އިޖުރާއަތު ވަރަށް ސާފުކޮށް ގާނޫނުއަސާސީގެ 148 ވަނަ މާއްދާގައި ބަޔާންކޮށް އެ ފަރާތްތައް އައްޔަނު ކުރާނީ ރައީސުލްޖުމްހޫރިއްޔާ ކަމާއި އެއީ ޖޭއެސްސީގެ މަޝްވަރާގެ މަތިން މަޖިލީހުގެ ޖަލްސާއަކަށް ހުށަހަޅައި އެ ޖަލްސާއަށް ހާޒިރުވާ މެންބަރުންގެ އަގުލަބިއްޔަތުން ކަމަށް އެ މާއްދާގައި އޮންނަ ކަމަށެވެ.

އެގޮތަށް އައްޔަނު ކުރެވޭ ފަނޑިޔާރުންނަކީ ކަނޑައެޅޭ ވަކި މުއްދަތަކަށް އައްޔަނު ކުރެވޭ ބައެއް ނޫން ކަމަށާއި ފަނޑިޔާރުން މުސްކުޅި ކުރެވެނީ އެ ފަނޑިޔާރެއްގެ އުމުރުން 70 އަހަރުވުމުން ކަމަށް އެ މާއްދާގައި ބަޔާން ކޮށްފައި އޮންނަ ކަމަށް ބާ ކައުންސިލުގެ ބަޔާނުގައި ބުންޏެވެ.

ހަމަ އެ ބާބުގެ ދަށުން 149 ވަނަ މާއްދާގައި ފަނޑިޔާރުކަމަށް އައްޔަނު ކުރާ މީހުންގެ ޝަރުތުތައް ބަޔާން ކޮށްފައިވާ ކަމަށާއި ފަނޑިޔާރުން ތަބާވާންޖެހޭ ސުލޫކީ މިންގަނޑުތަކާއި އުސޫލުތަކުން ބޭރުނުވެ މަސައްކަތް ކުރާހާ ހިނދަކު ފަނޑިޔާރަކު މަގާމުން ވަކި ކޮށްގެން ނުވާނެ ކަމަށް އެ ބާބުގެ 154 ވަނަ މާއްދާގައި ބަޔާން ކޮށްފައިވާކަން ބާ ކައުންސިލުގެ ބަޔާނުގައި ފާހަގަކޮށްފައިވެ އެވެ.

ނަމަވެސް މިއަދު ފާސްކުރި އިސްލާހު އެ މާއްދާތަކާ ފުށުއަރާ ކަމަށް އެ ބަޔާނުގައި ބުންޏެވެ.

ހަމައެހެންމެ، އަމިއްލަ ފަރުދަކުވިޔަސް ދައުލަތުގެ ކަމެއް ހިންގުމާ ހަވާލުވެ ހުރި މީހަކުވެސް ފަނޑިޔާރެއްގެ މަސައްކަތާ ބެހި ނުފޫޒު ފޯރުވައިގެން ނުވާނެކަމަށް ބަޔާންކޮށް ގާނޫނާއި ގަވާއިދުގެ ޒަރިއްޔާއިން ކޯޓުތަކަށް ހުރިހާ ފަރާތްތަކުން ވެސް އެހީތެރިވާން ވާނެ ކަމަށް ގާނޫނުއަސާސީގެ 141 ވަނަ މާއްދާގައި ބަޔާން ކޮށްފައި އޮންނަކަން ފާހަގަކޮށް ބާ ކައުންސިލުގެ ބަޔާނުގައި ބުނީ މިއަދު ފާސްކުރި އިސްލާހުން އެ މާއްދާއަށް ވެސް ހުރަސް އެޅޭ ކަމަށެވެ.

މިއަދު ފާސްކުރި އިސްލާހަށް އަމަލު ނުކުރުމަށް ބާ ކައުންސިލުން ވަނީ ޖޭއެސްސީއަށް ވެސް ގޮވާލައިފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޖިންސީ ގޯނާގެ ތުހުމަތުގައި އަބްދުالله ޝާހިދު ހައްޔަރުކޮށްފި

ފުލުހުން ބުނެފައިވާ ގޮތުގައި ޝާހިދު ހައްޔަރުކުރީ 18 އަހަރުން ދަށުގެ ކުއްޖަކަށް ޖިންސީ ގޯނާކުރިކަމުގެ ތުހުމަތުގަ އެވެ. އޭނާގެ މައްޗަށް ކުރާ ތުހުމަތުތައް ޝާހިދު ވަނީ ދޮގުކުރައްވާފައި.

މޯލްޑިވިއަންއިން ކިންގް އެއާ 360 މަރުކާރުގެ ބޯޓެއް ގެނެސްފި

މޯލްޑިވިއަން އާއި ނިލާ ކޮރަލް އައިލެންޑް ރިސޯޓު ގުޅިގެން، ލަގްޒަރީ ފެންވަރުގައި ފަތުރުވެރިން އުފުލުމަށް "ކިންގް އެއާ 360" މަރުކާގެ ބޯޓެއް ރާއްޖެ ގެނެސްފިއެވެ. އަށް ފަސިންޖަރުންގެ ޖާގަ ހިމެނޭ މި ބޯޓު މައިގަނޑު ގޮތެއްގައި ބޭނުންކުރާނީ އެ ރިސޯޓަށް ފަތުރުވެރިން އުފުލުމަށާއި ރާއްޖޭގެ އެކި ސަރަހައްދުތަކަށް ޗާޓަރު ދަތުރުތައް ކުރުމަށެވެ.

ތެލުގެ ސަބްސިޑީއަށް މި އަހަރު ރެކޯޑު 4.8 ބިލިއަން ރުފިޔާ ހޭދަވާނެ

ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު އުފުލުމާ ގުޅިގެން، މި އަހަރު ތެލުގެ ސަބްސިޑީއަށް 4.8 ބިލިއަން ރުފިޔާ ހޭދަވާނެ ކަމަށް ފިނޭންސް މިނިސްޓްރީން ވަނީ އަންދާޒާކޮށްފަ. މިއީ ކުރިން ބަޖެޓުކުރި އަދަދަށްވުރެ 2.7 ގުނަ އިތުރު އަދަދެއް ކަމަށާއި، އަންނަ އަހަރުގެ ބަޖެޓުގައި ވެސް ތެލުގެ ސަބްސިޑީއަށް ރެކޯޑު އަދަދެއް ކަމަށްވާ 3.9 ބިލިއަން ރުފިޔާ ވަނީ ހިމަނާފަ.

ރިވެލި ބީޗް ރެސްޓޯރެންޓު ހުސްކުރަން އެޗްޑީސީން އަންގައިފި

އެޗްޑީސީން ބުނީ މި ނިންމުން ނިންމާފައިވަނީ އެކަށީގެންވާ ނޯޓިސްތަކާއި ފުރުސަތުތައް ދިނުމަށްފަހު ކަމަށާއި، މިއަދުން ފެށިގެން އެ ބިމުގައި އެއްވެސް ވިޔަފާރި މުއާމަލާތެއް ނުހިންގޭނެ ކަމަށެވެ.

ރަސްމާލެ މައްސަލައިގައި ރިފަރެންޑަމްއަކަށް ދާން ހުށަހަޅައިފި

ބިދޭސީންނަށް ވަޒަންވެރިވެވޭ ގޮތަށް ރަސްމާލެއިން 500 ހެކްޓަރުގެ ބިން 99 އަހަރަށް ބޭރު ކުންފުންޏަކަށް ދިނުމާ މެދު ރައްޔިތުންގެ ފެންނަނުފެންނަ ވޯޓެއް ނެގުމަށް އެމްޑީޕީން މަޖިލީހަށް ހުށަހަޅައިފިއެވެ. މިފަދަ ވޯޓަކަށް ދާން ހުށަހެޅީ މި މަޝްރޫއުގެ ސަބަބުން ގައުމުގެ މަސްލަހަތަށް ބޮޑު އަސަރެއް ކޮށްފާނެތީ ކަމަށް އެ ޕާޓީން ބުނެއެވެ.

ޓެކްސް އަޅައިކަނޑައިދިނުމާ ގުޅޭ ނޫސް ބަޔާނަށް ބަދަލުތަކެއް

ވިޔަފާރިތަކަށް ސަރުކާރުން ދައްކަންޖެހޭ ފައިސާއިން ޓެކްސް ދެއްކޭނެ އިންތިޒާމު ހަމަޖެއްސިކަން ހާމަކޮށް ފިނޭންސް މިނިސްޓްރީން ނެރުނު ބަޔާނުން، ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ބައި އުނިކޮށް އިސްލާހުކޮށްފިއެވެ. ނަމަވެސް މީރާގެ އުސޫލު ބުނާގޮތުން ކުންފުނިތަކުން ލިބެންޖެހޭ ފައިސާވެސް ޓެކްސްއަށް އަޅައިކެނޑޭނީ އެ ފައިސާއެއް ދައުލަތުގެ އިދާރާއަކުން ނުވަތަ ކުންފުންޏަކުން މީރާއަށް ޖަމާކޮށްދިނުމުންނެވެ. ސަރުކާރުން ވިޔަފާރިވެރިންނަށް ދައްކަންޖެހޭ ދަރަނިތައް ދެއްކުމަށް އެކި ތާރީޚުތައް ދިން ނަމަވެސް، އަދިވެސް އެ ފައިސާ ދައްކާ ހަލާސްކޮށްފައެއް ނުވެއެވެ.

"ތައުލީމީ ނިޒާމު ހިންގަން ޖެހެނީ ބެލެނިވެރިންނާ ޓީޗަރުން އަތުން"

ސްކޫލުތަކުގެ ބަޖެޓު ނެތުމުގެ ސަބަބުން އަސާސީ ތަކެތި ހޯދުމަށާއި އިތުރު ހަރަކާތްތައް ހިންގުމަށް ބެލެނިވެރިންނާއި މުދައްރިސުންގެ އަތުން ފަންޑު ހޯދަން މަޖުބޫރުވެފައިވާ ކަމަށާއި ސަރުކާރުން އަސާސީ ހިދުމަތްތަކުން ހަރަދު ކުޑަކުރަނީ ރައްޔިތުންގެ ލާބައަށްވުރެ ބޮޑަށް ރައީސުލްޖުމްހޫރިއްޔާގެ އަމިއްލަފުޅު ބޭނުމަށްކަމަށް މެންބަރު މައުރޫފް ޒާކިރު ވިދާޅުވެއްޖެ.

Newsletter

Get the latest news delivered straight to your inbox