ފެނަކައިގެ ޑީއެމްޑީ ބީއެމްއެލްއަށް ނުދައްކާ އޮތް ދަރަންޏެއް، މަހަކު 110 ޑޮލަރުގެ މަގުން ދައްކަން ހުކުމްކޮށްފި

ޕީޕީއެމްގެ މުޒާހަރާއެއްގައި ރުކުމާ މުހައްމަދު އަބްދުލްކަރީމް ބައިވެރިވަނީ -- ފޮޓޯ: އަދަދު ފައިލް

ޕީޕީއެމްގެ މުޒާހަރާއެއްގައި ރުކުމާ މުހައްމަދު އަބްދުލްކަރީމް ބައިވެރިވަނީ -- ފޮޓޯ: އަދަދު ފައިލް

ފެނަކައިގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު، މުހައްމަދު އަބްދުލްކަރީމް (ރުކުމާ) ބީއެމްއެލަށް ނުދައްކާ އޮތް ދަރަންޏެއް، މަހަކު 110 އެމެރިކާ ޑޮލަރަށްވުރެ މަދު ނޫން އަދަދެއްގެ މަގުން ދައްކައި ހަލާސްކުރަން ސިވިލް ކޯޓުން ހުކުމްކޮށްފި އެވެ.

ސިވިލް ކޯޓުން ކުރި ހުކުމުގައި ބުނެފައި ވަނީ ފެބްރުއަރީ 11، 2025 ގެ ނިޔަލަށް ރުކުމާ މުހައްމަދު ބީއެމްއެލްއަށް ދައްކަންޖެހި ނުދައްކާ 4،542 ޑޮލަރު އެބަހުރި ކަމަށެވެ. އެހެންކަމުން އެ ފައިސާ އާއެކު އިތުރަށް އަރަމުންދާ އިންޓްރެސްޓާއި ޖޫރިމަނާ ފެބްރުއަރީ 12، އިން ފެށިގެން ކޮންމެ މަހަކު 110 އެމެރިކާ ޑޮލަރަށްވުރެ މަދު ނުވާ އަދަދަކުން ފައިސާ ދައްކަމުން ގޮސް ހަލާސް ކުރުމަށް ސިވިލް ކޯޓުގެ ހުކުމުގައި އަންގާފައިވެ އެވެ.

އެ ދަރަންޏަކީ ރުކުމާ މުހައްމަދު އަބްދުލްކަރީމްއަށް ބީއެމްއެލުން ދޫކޮށްފައިވާ ވިސާ ގޯލްޑް ކްރެޑިޓް ކާޑަށް މާޗު 31، 2021 ގެ ނިޔަލަށް ދައްކަންޖެހި ނުދައްކާ އޮތް 4،088 ޑޮލަރާއި އެ ފައިސާ ނުދައްކާ އޮތުމުން އަރާފައިވާ އިންޓްރެސްޓާއި ޖޫރިމަނާ އެވެ.

މިއީ އެ ދަރަނި ދައްކަން ރުކުމާ މުހައްމަދު އަބްދުލްކަރީމްގެ މައްޗަށް ސިވިލް ކޯޓުން ހުކުމްކުރި ދެވަނަ ފަހަރެވެ. މީގެ ކުރިން 2021 ވަނަ އަހަރު ވެސް އެހައިތަނަށް ދައްކަން ހުރި ފައިސާ އަށް މަސްދުވަހަށް ބަހާލައިގެން ދައްކަން އޭޕްރިލް 20، 2021 ގައި ސިވިލް ކޯޓުން ހުކުމްކުރި އެވެ. ނަމަވެސް އަލުން އެ މައްސަލަ ބީއެމްއެލުން ސިވިލް ކޯޓަށް ހުށަހެޅީ އެ ހުކުމާ އެއްގޮތަށް ރުކުމާ މުހައްމަދު އަބްދުލްކަރީމް ފައިސާ ދައްކާފައި ނުވާތީ އެވެ.

ސިވިލް ކޯޓުގައި ބީއެމްއެލުން ބުނެފައި ވަނީ އެ ބޭންކަށް ރުކުމާ އަބްދުލްކަރީމް ދައްކަން އޮތް ދަރަނި ދެއްކުމުގެ އެއްބަސްވުމެއް ވެސް މިދިޔަ އަހަރުގެ އޮކްޓޫބަރު 15، ގައި ރުކުމާ މުހައްމަދު އަބްދުލްކަރީމް އާއި ބީއެމްއެލްއާ ދެމެދު އެކުލަވައިލި ކަމަށެވެ. ނަމަވެސް އެ އެއްބަސްވުމާ އެއްގޮތަށް އޭނާ ފައިސާ ދައްކާފައި ނުވާކަން، ސިވިލް ކޯޓުން ފާހަގަކޮށްފައިވެ އެވެ.

ރުކުމާ މުހައްމަދު އަބްދުލްކަރީމް ފެނަކައިގެ ޑީއެމްޑީއަކަށް އައްޔަނު ކުރީ މިދިޔަ އަހަރުގެ އޯގަސްޓު 24، ގަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ސައިކަލުގައި އިން އެކަކު މުއްދަތު ހަމަނުވަނީސް ބަންދުން ދޫކޮށްލި

ހުޅުމާލޭގައި ތިން މީހުން އަރުވައިގެން ވަންވޭއާ ދެކޮޅަށް ދުއްވި ސައިކަލެއް އެކްސިޑެންޓްވިއިރު، އޭގައި އިން އެކަކީ ކުށުގެ ރެކޯޑު އޮތް، ބަންދުގެ މުއްދަތު ހަމަނުވަނީސް ދޫކޮށްލާފައިވާ މީހެއް. މި ހާދިސާގައި ފަސް މީހަކަށް އަނިޔާވެ ދެ މީހަކަށް ވެންޓިލޭޓަރުގައި ފަރުވާދެމުންދާއިރު، އެ ސައިކަލަކީ ވަގަށް ނަގާފައިވާ ސައިކަލެއް ކަމަށް ބެލެވޭ.

އެމްޓީސީސީގައި 6،700 މުވައްޒަފުން، ކޮންޓްރެކްޓް މުވައްޒަފުން ގިނަ

އާރްޑީސީ އާއި އެމްޓީސީސީ އެއްކޮށްލުމުގެ ކުރިން އެމްޓީސީސީގައި 6،700 މުވައްޒަފުން ތިބިއިރު، އޭގެ ތެރެއިން ގިނައީ ކޮންޓްރެކްޓް މުވައްޒަފުން. ދެ ކުންފުނި އެއްކޮށްލުމުން އާރްޑީސީގެ 4،000 އެއްހާ މުވައްޒަފުން އެމްޓީސީސީއާ ގުޅޭނެ ކަމަށާއި، މިއާއެކު ރާއްޖޭގެ ހުރިހާ ރަށެއްގައި އެ ކުންފުނީގެ މުވައްޒަފުން ތިބޭނެ ކަމަށް އެމްޓީސީސީން ބުނޭ.

ހުޅުމާލޭ ސިންތެޓިކް ޓްރެކް މަރާމާތު ކުރުމުގެ މަސައްކަތް ފަށައިފި

ހުޅުމާލޭ ސިންތެޓިކް ޓްރެކް ބައިނަލްއަގުވާމީ މިންގަނޑުތަކަށް ފެއްތުމަށްޓަކައި މަރާމާތުކުރުމުގެ އަމަލީ މަސައްކަތް ޔޫތު މިނިސްޓްރީން މިހާރު ވަނީ ފަށާފައި. މި މަޝްރޫއުގެ ދަށުން ޓްރެކް ޕީޔޫއަށް ބަދަލުކޮށް، އެތުލީޓުން ހަދާ ރެކޯޑުތައް ބަލައިގަނެވޭ ފެންވަރަށް ތަރައްގީކޮށް އަންނަ އަހަރުގެ ޖެނުއަރީއަށް ނިންމުމަށް ވަނީ އަމާޒު ހިފާފައި.

ހުޅުމާލެ އެކްސިޑެންޓުގައި އަނިޔާވި ދެ މީހުން ދޫކޮށްލައިފި

ހުޅުމާލޭގައި ފުލުހުންނަށް ފިލަން އުޅުނު ސައިކަލެއް އެހެން ސައިކަލެއްގައި ޖެހި ހިނގި އެކްސިޑެންޓުގައި އަނިޔާވި ފަސް މީހުންގެ ތެރެއިން ދެ މީހަކަށް އަދިވެސް ފަރުވާދެނީ ވެންޓިލޭޓަރުގައި. މި ހާދިސާގައި އަނިޔާވި ދެ މީހަކު ފަރުވާއަށްފަހު ދޫކޮށްލާފައިވާއިރު، އެކްސިޑެންޓުވި އެއް ސައިކަލަކީ ވަގަށް ނަގާފައިވާ ސައިކަލެއް ކަމަށް ބެލެވޭ ކަމަށް ފުލުހުން ބުނޭ.

އީގަލް ހިލްސްއިން ހައުސިން ޔުނިޓުތައް އަޅަނީ އާބަން އައިލްގައި

ޔޫއޭއީގެ އީގަލް ހިލްސް ކުންފުނިން ހުޅުމާލޭ އާބަން އައިލްގައި ތަރައްގީކުރާ 5000 ހައުސިން ޔުނިޓުގެ އަގު ދައްކަނީ ސަރުކާރަށް މުސްތަގުބަލުގައި ލިބޭނެ ކަަމަށް ބުނާ ކޮމިޝަނުން.

ނޮވެމްބަރުގެ ތިން ދުވަސް: ނަވީ ޕިއްލޭ އަދި ދިވެހިރާއްޖެ

އދ. ގައި ފަހުން ބޭއްވި ރިވިއުއެއްގައި، ރާއްޖޭގެ އޮފިޝަލުން ވަނީ ހައްދު ޖެހުމަކީ އިސްލާމީ ޝަރީއަތުގެ ތެރެއިން ކުރާ ކަމެއް ކަމަށް ބުނެ އެކަން ދިފާއުކޮށްފަ އެވެ. ނަމަވެސް ޕިއްލޭ އާއި އެމްނެސްޓީ އިންޓަނޭޝަނަލް ފަދަ ޖަމާއަތްތަކުން ދިޔައީ އެކަން ހުއްޓާލުމަށް ގޮވާލަމުންނެވެ.

"މެދުއިރުމަތީ ހަނގުރާމަ ރާއްޖެއާ ގާތަށް އައުމުގެ ބިރު އެބައޮތް"

ރާއްޖޭގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި އިންޑިއާ ފަދަ ބޭރުގެ ބާރުތަކުގެ އަސްކަރީ އެހީތެރިކަން ހޯދުމަކީ މުހިންމު ކަމެއް ކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

Newsletter

Get the latest news delivered straight to your inbox