ފޮރިން މިނިސްޓަރު ޑރ. އަބްދުﷲ ހަލީލު އަވަށްޓެރި ސްރީ ލަންކާއަށް ރަސްމީ ދަތުރެއް ކުރައްވަން ހަމަޖެހިއްޖެ އެވެ.
ލަންކާގެ ފޮރިން މިނިސްޓްރީން ނެރުނު ނޫސްބަޔާނެއްގައި ބުނީ ރަސްމީ ދަތުރެއްގައި ހަލީލު އެ ގައުމަށް ވަޑައިގަންނަވަނީ މާދަމާ ކަމަށެވެ. މިއީ ހަތަރު ދުވަހުގެ ދަތުރެއް ކަމަށްވެސް ލަންކާ ސަރުކާރުން އިއުލާނުކޮށްފައިވެ އެވެ.
ހަލީލުގެ މި ދަތުރުގައި ލަންކާގެ ރައީސް އަނޫރާ ކުމާރާ ޑިސަނަޔަކެ އަދި އެ ގައުމުގެ ބޮޑުވަޒީރު ޑރ. ހަރިނީ އަމަރަސުރިޔާ އާ ބައްދަލުކުރައްވާ ރަސްމީ މަޝްވަރާތައް ބާއްވާނެ އެވެ.
މި މަޝްވަރާތަކުގައި ދެ ގައުމުގެ ދެމެދު އޮތް ޒަމާންވީ ގުޅުން އިތުރަށް ބަދަހިކުރުމަށާއި އާ ދާއިރާތަކުން ގުޅުން ބަދަހިކުރުމާމެދު ދެ ގައުމުގެ އިސްވެރިން ހިޔާލު ބަދަލުކުރައްވާނެ ކަމަށްވެސް ލަންކާގެ ހާރިޖިއްޔާއިން ބުނެފައިވެ އެވެ.
އެގޮތުން ސިއްހީ ދާއިރާ އާއި ޓޫރިޒަމް ދާއިރާގެ އިތުރުން މަސައްކަތްތެރިން ހޯދުމުގެ ދާއިރާ އަށް މި މަޝްވަރާތަކުގައި ހާއްސަ ސަމާލުމަކެއް ދޭނެ އެވެ.

ފޮރިން މިނިސްޓަރުގެ އަރިހުގައި އެ ފޮރިން ސެކްރެޓަރީ ފާތިމަތު އިނާޔާވެސް ލަންކާއަށް ވަޑައިގަންނަވާނެ އެވެ.













