ކުށަށް އިއުތިރާފުވުމުން ދުނިޔޭގެ އެއް ވަނަ ޓެނިސް ތަރި ސިނާ ތިން މަހަށް ސަސްޕެންޑް

Feb 15, 2025, 10:44 AM
ކުށަށް އިއުތިރާފުވުމުން ދުނިޔޭގެ އެއް ވަނަ ޓެނިސް ތަރި ސިނާ ތިން މަހަށް ސަސްޕެންޑް

ޒިއުރިކް (ފެބްރުއަރީ 15) - މިދިިޔަ އަހަރު ތެރޭ ދެ ފަހަރެއްގެ މަތިން މަނާބޭހަށް ޕޮޒިޓިވްވި، ދުނިޔޭގެ އެއް ވަނަ ޓެނިސް ތަަރި، އިޓަލީގެ ޖަނިކް ސިނާއާ ދެކޮޅަށް ވޯލްޑް އެންޓި ޑޯޕިން އެޖެންސީ (ވާޑާ) އިން އިން ހުށަހެޅި މައްސަލައިގައި، ސިނާ އިއުތިރާފުވުމުން، އޭނާ ތިން މަހަށް ސަސްޕެންޑްކުރުމަށް ނިންމައިފި އެވެ.

މިދިޔަ އަހަރު ތެރޭ، ދެ ފަހަރެއްގެ މަތިން ވެސް ސިނާ، 23، ގެ ސާމްޕަލެއް މަނާބޭހަށް ޕޮޒިިޓިވްވެފައިވާއިރު، މި ކަން ބަލާފައިވަނީ އެންމެ ރަނގަޅަށް ނޫން ކަމަށް ބުނެ، ވާޑާ އިން ވަނީ އެކަން ކާސް އަށް ހުށަހަޅައިފަ އެވެ.

މި ކަމުގައި، އަވަހަށް ގޮތެއް ނިންމަން އެދި، ސިނާ ވެސް ޕްރެޝަރު ކުރުުމުން، މިއަދު، ވާޑާ އިން ނިންމާފައިވަނީ، ސިނާ ބޭނުންކުރި މަނާބޭހުގެ ސަބަބުން އޭނާގެ ކުޅުމަށް އޭގެއިން އަަސަރެއް ކޮށްފައިވޭތޯ ބެލުމަށްޓަކައި، އިތުރު ތަހުގީގެއް ކުރެވުނު ކަމަށެވެ. އަދި އޭގެއިން ޔަގީންވީ، ސިނާގެ ކުޅުމަަށް އަސަރެއް ކުރާފަދަ ކަމެއް އޭނާ ބޭނުންކުރި މަނާބޭހުގެ ސަބަބުން ކުރިމަތިވެފައި ނެތް ކަމަށެވެ. އެހެންކަމުން، ސިނާ އަށް ދޭން ޖެހޭ އަދަބަކީ، ސަމާލުވާންވީ މިންވަރަށް ނުބަލައި، މަނާބޭހެއް ބޭނުން ކުރުމުން އަންނަން ޖެހޭ ސަސްޕެންޝަނެއް ކަމަށް ވާޑާ އިން ކަނޑައެޅި އެވެ.

އެއާ އެކު، ސިނާގެ ވަކީލުން އެއްބަސްވެފައިވަނީ، މި މައްސަލަ އިތުރަށް ދިގުލައި ނުގެންގޮސް ކުރިއަށްދާނެ ގޮތަކަށް، ވާޑާއާ އެކު ކުރިއަށްދިއުމަށެވެ. އެހެންވެ، ތިން މަހުގެ ސަސްޕެންޝަން ބަލައިގަންނަން ނިންމީ އެވެ.

މިދިޔަ މަހު އޮސްޓްރޭލިއަން އޯޕަން ޓެނިސް މުބާރާތް ކާމިޔާބުކުރި، ސިނާގެ ސަސްޕެންޝަންގެ މުއްދަތު އޮތީ، މި މަހު 9 އިން މެއި މަހުގެ 4 ވަނަ ދުވަހަށެވެ. ސަސްޕެންޝަންގެ މުއްދަތު ހަމަވާއިރު، ފިޓްކޮށް ހުރުމުގެ ގޮތުން، އަންނަ އޭޕްރީލް މަހުގެ 13 ގައި، ސިނާ އަށް ރަސްމީ ޕްރެކްޓިސްތައް ފެށޭނެ އެވެ.

މި ސަސްޕެންޝަންގެ ސަބަބުން، ސިނާ އަށް މެއި މަހު ފަށާ އަހަރުގެ ދެ ވަނަ ގްރޭންޑް ސްލޭމް، ފްރެންޗް އޯޕަންގެ ކުރިން އޮންނަ މުބާރާތްތައް ގެއްލޭނެ އެވެ. ސިނާ އަކީ، ގްރޭންޑް ސްލޭމް ތިން މުބާރާތް ކާމިޔާބުކުރި އިޓަލީ އަށް އުފަން ފުރަތަމަ ކުޅުންތެރިޔާ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޖަރުމަނުގެ ޒްވެރެވް އަށް ދުނިޔޭގެ ރޭންކިން އެއް ވަނަ ޔަގީންވެއްޖެ

ޝަންހާއީ މާސްޓާސްއިން ކާލޯސް އަލްކަރާޒް ބަލިވުމާ ގުޅިގެން، މި އަހަރުގެ ޓެނިސް ސީޒަން ނިމޭއިރު ދުނިޔޭގެ ރޭންކިން އެއްވަނަ ޖަރުމަނުގެ ޒްވެރެވަށް ވަނީ ކަށަވަރުވެފައި. މިއީ ޖަރުމަނުގެ ކުޅުންތެރިއަކު މި ޝަރަފު ހޯދާ ފުރަތަމަ ފަހަރު ކަމަށްވާއިރު، އޭނާ މި މަގާމަށް އަންނަ މަހު އަންނާނީ މުޅިން އަލަށް އެއް ވަނަ ހޯދާ އެންމެ ދޮށީ ކުޅުންތެރިޔާގެ ގޮތުގައި

ފުޓްސަލްގައި ރާއްޖޭން ޗައިނާ، ހޮންގް ކޮންގް އަދި ކޮރެއާއާ ކުޅެނީ

އަންނަ މަހު ޗައިނާގައި ބާއްވާ އިންޓަނޭޝަނަލް ފުޓްސަލް މުބާރާތެއްގައި ރާއްޖޭގެ ގައުމީ ޓީމުން ވާދަކުރާ ގޮތަށް ހަމަޖެހި، އެ މުބާރާތަށް ތައްޔާރުވުމުގެ ފަރިތަކުރުންތައް ފަށައިފި. މި މުބާރާތުގައި ރާއްޖޭގެ އިތުރުން ޗައިނާ، ހޮންގް ކޮންގް އަދި ދެކުނު ކޮރެއާ ވާދަކުރާއިރު، ރާއްޖޭގެ ފުރަތަމަ މެޗު އޮންނާނީ އަންނަ މަހުގެ ފަސް ވަނަ ދުވަހު

އޯޕަން ވޯޓާ ގައުމީ ޗެމްޕިއަންކަން ޝައިމް އާއި އަލްޔާ އަށް

ކުޑަގިރީގައި ބޭއްވި 17 ވަނަ ގައުމީ އޯޕަން ވޯޓާ މުބާރާތުގެ 5 ކިލޯމީޓަރުގެ ފިރިހެން ޗެމްޕިއަންކަން ޝައިމް ހުސެއިން އިބްރާހިމް އަދި އަންހެން ޗެމްޕިއަންކަން އަލްޔާ އަޝްރަފް ހޯދައިފި. މި މުބާރާތުގައި ތަފާތު އުމުރުފުރާތަކުންނާއި ކެޓަގަރީތަކުން ގިނަ ފެތުންތެރިންތަކެއް ވާދަކޮށް ވަނަތައް ހާސިލްކުރި، މިއީ ކުޑަގިރީގައި މި މުބާރާތް ބޭއްވި ހަތަރު ވަނަ ފަހަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

Newsletter

Get the latest news delivered straight to your inbox