ބަޖެޓު ނެތް ކަމަށް ބުނެ މޭޔަރު ކަމުގައި ތަރައްގީ ނުކުރި ޕާކުތައް ވިރާނާވާތީ ރައީސް ހިތާމަފާޅު ކުރައްވައިފި

ރައީސް ޑރ. މުހައްމަދު މުއިއްޒު: ބަޖެޓު ނެތް ކަމަށް ބުނެ މޭޔަރު ކަމުގައި ތަރައްގީ ނުކުރި ޕާކުތައް ވިރާނާވާތީ ރައީސް ވަނީ ހިތާމަފާޅު ކުރައްވާފައި -- ފޮޓޯ: ރައީސް އޮފީސް

ރައީސް ޑރ. މުހައްމަދު މުއިއްޒު: ބަޖެޓު ނެތް ކަމަށް ބުނެ މޭޔަރު ކަމުގައި ތަރައްގީ ނުކުރި ޕާކުތައް ވިރާނާވާތީ ރައީސް ވަނީ ހިތާމަފާޅު ކުރައްވާފައި -- ފޮޓޯ: ރައީސް އޮފީސް

ބަޖެޓު ނެތް ކަމަށް ބުނެ އެމަނިކުފާނުގެ މޭޔަރު ކަމުގައި ތަރައްގީ ނުކުރި ޕާކުތައް ވިރާނާވާތީ ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ހިތާމަފާޅު ކުރައްވައިފި އެވެ.

ރައީސް މުއިއްޒު "އެކްސް" ގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ރަސްފަންނާއި ސަލްޓަންޕާކު ވީރާނާވަމުންދާތީ، އެ ދެ ތަނުގެ ރީތިކަމާއި އާރޯކަން އަނބުރާ ގެނެސްދީ އަދި ކުރިއަށްވުރެ ފުރިހަމަ ކޮށްދިނުމަށް ސަރުކާރުން މަސައްކަތްތަކެއް ކުރާނެ ކަމަށެވެ.

"ރަސްފަންނާއި ސަލްޓަންޕާކް ގެ ހާލަތު ފެނިފައި ހިތާމަކުރަން. ދެ ތަންވެސް ދަނީ ވީރާނާވަމުން. މި ދެތަނަކީ ވެސް ތޮށްޖެހިފައިވާ މާލޭގައި، ރައްޔިތުންނަށް ނުހަނު ހިތްހަމަޖެހުމާއި އުފާ ލިއްބައިދޭ ދެތަން،" ރައީސް ވިދާޅުވި އެވެ.

ރައީސް މުއިއްޒުގެ މޭޔަރުގައި ކަމުގައި އެމަނިކުފާނު ވިދާޅުވީ ޕާކުތައް ވީރާނާވީ ކުރިން އޮތް ސިޓީ ކައުންސިލްގެ އިހުމާލުގެ ސަބަބުންނެވެ. އަދި ޕާކުތައް މަރާމާތުކޮށް ބަލަހައްޓާނެ ބަޖެޓެއް ނެތުމުން ޕްރައިވެޓް ޕާޓްނާޝިޕް އުސޫލަށް ދިއުމަށް ވިސްނާ ކަމަށް އެމަނިކުފާނު އޭރު ވިދާޅުވިއިރު، އެ މަސައްކަތް ބަޔަކާ ހަވާލު ކުރެވި ޕާކުތައް ބެލެހެއްޓިފައެއް ނުވެ އެވެ.

"މި ބަލަނީ އެއްގޮތުން ނުވިއްޔާ އަނެއް ގޮތުން ވެސް އަޅުގަނޑުމެންގެ ކެޕޭސިޓީގައި މި ތަންތަން ހެދޭނެ ގޮތްތައް ހޯދަން،" އެމަނިކުފާނުގެ މޭޔަރު ކަމުގައި ވިދާޅުވި އެވެ.

ޕާކުތައް ބަލަހައްޓާނެ ބަޖެޓެއް ނެތް ކަމަށް ރައީސް މުއިއްޒު މޭޔަރު ކަމުގައި ވިދާޅުވިއިރު، މާލެ ސިޓީން ބޮޑެތި ހަރަދުކޮށްގެން އޭރު ސްޓާފް ނައިޓެއް ބޭއްވުމުން އާންމުންގެ ފާޑުކިޔުން އަމާޒުވި އެވެ.

ރައީސް މުއިއްޒުގެ މޭޔަރުކަމުގައި ވިދާޅުވާ ގޮތުގައި ޕާކުތައް ހަލާކުވީ ކުރިން އޮތް ސިޓީ ކައުންސިލްގެ އިހުމާލުގެ ސަބަބުންނެވެ. އެއީ 2021 ވަނަ އަހަރު ޕީޕީއެމްގެ މެޖޯރިޓީ އޮތް ސިޓީ ކައުންސިލު އިންތިހާބުވެ މަގާމާ ހަވާލުވުމާ ހަމައަށް ޕާކުތައް އެއްވެސް ވަރަކަށް ނުބެލެހެއްޓި ދިޔަ ވާހަކަ އެވެ.

"އަޅުގަނޑުމެން ސާވޭއެއް ހެދިން. [ޕާކުތައް] މަރާމާތުކުރުމަށްޓަކައި ކަންކަން ދެނެގަނެ އެކަމަށް ދާނެ ހަރަދު ބެލިން. ވަރަށް ބޮޑު ހަރަދެއް އެބަ ހިނގާ މިތަންތަން ހަދަން. ވަރަށް ބޮޑަށް ނެގްލެކްޓް ކޮށްލާފަ މި ޕާކުތައް ހުރީ އަޅުގަނޑުމެންނާ މި ދައުރުގަ ޕާކުތައް ހަވާލުވީއިރު،" ރައީސްގެ މޭޔަރުކަމުގައި ވިދާޅުވި އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ކުރީގެ ޑެޕިއުޓީ މޭޔަރަާއި އިތުރު ދެ މީހުން ކުންފުނިތަކުގެ ބޯޑަށް

މާލޭ ސިޓީ ކައުންސިލްގެ ކުރީގެ ޑެޕިއުޓީ މޭޔަރު މުހައްމަދު އަރީޝް މޯލްޑިވްސް ޕޯސްޓްގެ ބޯޑަށް، އަދި އިތުރު ދެ ބޭފުޅަކު އެސްޓީއޯ އާއި އެސްޕީއެމްސީގެ ބޯޑަށް ޕީސީބީން މިއަދު ވަނީ އައްޔަނުކޮށްފައި މީގެ ކުރިން ރައީސް އޮފީހުގެ އަންޑަ ސެކްރެޓަރީގެ މަގާމުގައި ހުންނެވި އަރީޝްއަކީ އެމްޑީޕީ ދޫކުރައްވައި މިހާރު ވެރިކަންކުރާ ޕީއެންސީއާ ގުޅިވަޑައިގެންފައިވާ ބޭފުޅެއ

"އެއް ގައުމެއްގެ މީހުންނަށް ގަނެވޭނީ ރަސްމާލޭގެ 25 ޕަސެންޓު"

ރަސްމާލެއިން ބޭރު ގައުމުތަކުގެ މީހުންނަށް ޕްރޮޕަޓީ ގަނެވޭނީ ވަކި އިންސައްތައަކަށް ކަމަށާއި، އެއްވެސް ގައުމެއްގެ ރައްޔިތުންނަށް 25 ޕަސަންޓަށްވުރެ އިތުރަށް ބިން ނުގަނެވޭނެ ގޮތަށް ގާނޫނެއް އެކުލަވާލާނެ ކަމަށް ރައީސް މުއިއްޒު ވިދާޅުވި. މި މަޝްރޫއުގެ ދަށުން އިޒްރޭލު މީހުންނަށް ފުރުސަތު ނޯންނާނެ ކަމަށް.

ހުޅުޖަހަން ހިތްވަރުދިން ޒިހާން ހައްޔަރުކޮށްފި

ދައުލަތުގެ މުހިންމު އިދާރާތަކެއްގައި ހުޅުޖެހުމަށް ހިތްވަރުދީ ސޯޝަލް މީޑިއާގައި ޕޯސްޓުކުރި ކުރީގެ ޑެޕިއުޓީ މިނިސްޓަރު ހަސަން ޒިހާން ފުލުހުން މިއަދު ހައްޔަރުކޮށްފިއެވެ. އޭނާ ހައްޔަރުކުރީ ސުޕްރީމް ކޯޓާއި، ރައީސް އޮފީހާއި، މަޖިލީހުގައި ހުޅުޖެހުމަކީ މަޖާ ކަމަކަށް ވާނެ ކަމަށް ބުނެ ކުރި ޕޯސްޓާ ގުޅިގެން ބަލަމުންދާ މައްސަލައެއްގައެވެ.

އޮޑިޓު އޮފީހުން އެދުނު 133.6 މިލިއަން ރުފިޔާގެ ފާސްކޮށްފި

އޮޑިޓާ ޖެނެރަލްގެ އޮފީހުން އަންނަ އަހަރަށް ހުށަހެޅި 133.6 މިލިއަން ރުފިޔާގެ ބަޖެޓު، އެއްވެސް ބަދަލެއް ނުގެނެސް ރައްޔިތުންގެ މަޖިލީހުން މިއަދު ވަނީ ފާސްކޮށްފަ އެވެ. މި ބަޖެޓުގެ ބޮޑު ބައެއް އޮފީހުގެ ހިންގުމަށާއި މުވައްޒަފުންގެ މުސާރައަށް ކަނޑައަޅާފައިވާއިރު، 43.5 މިލިއަން ރުފިޔާ ހޭދަކުރުމަށް ހަމަޖެހިފައިވަނީ ހުޅުމާލޭގައި އިމާރާތްކުރާ އެ އޮފީހުގެ އާ އިމާރާތަށެވެ.

ރަސްމާލޭގައި ސްކޫލްތައް ނުހުންނާނެ ކަމަށް މުއިއްޒު ވިދާޅުވެއްޖެ

ރަސްމާލޭގެ އީގަލް ހިލްސް މަޝްރޫއު ހިންގާ ސަރަހައްދުގައި ސްކޫލްތައް ނުހުންނާނެ ކަމަށާއި، އެތަނުގައި އެހެން ދީންތަކަށް އެއްވެސް ފުރުސަތެއް ނޯންނާނެ ކަމަށް ރައީސް މުއިއްޒު ވިދާޅުވި. ނަމަވެސް، ކުރިން ހައުސިން މިނިސްޓްރީން ބުނެފައިވަނީ އެ ސަރަހައްދުގައި ސްކޫލްތަކާއި ސިއްހީ މަރުކަޒުތައް ހުންނާނެ ކަމަށް.

99 އަހަރުވުމުން ވެސް ރަސްމާލެ އަނބުރާ ލިބޭނީ އަގު ދައްކައިގެން

"މި އިންވެސްޓްމެންޓުގެ ތެރެއިން މި އެޅޭ، ނޫނީ ޑިވެލޮޕް ކުރެވޭ ޕްރޮޕަޓީސްތައް ގަންނަ ފަރާތަކުން 99 އަހަރުގެ މުއްދަތަކަށް މި ގަނެވެނީ. އެ ފަރާތުން ދެ އެތަން ޖެހޭނީ ސަރުކާރަށް، ދައުލަތަށް ވިއްކަން. ދައުލަތަށް ލިބޭނީ. ސަރުކާރުން ދެން އެހެން ފަރާތަކަށް ވިއްކަންޏާ ވިއްކާނީ،" ރައީސް ވިދާޅުވި އެވެ.

ފަޔާގެ އަމާޒު: މާލީ މިނިވަންކަން ދީ، ވިޔަފާރިވެރިން އުފެއްދުން

ފައްޔާޒް އިސްމާއިލްގެ ވެރިކަމެއްގައި އެންމެ ބޮޑު އިސްކަމެއް ދެއްވާނީ 10،000 ވިޔަފާރިވެރިން އުފައްދައި، ރައްޔިތުންނަށް މާލީ މިނިވަންކަން ހޯދައިދިނުމަށް. އޭނާގެ އަމާޒަކީ ވަޒީފާގެ ބިރުވެރިކަމުން ރައްޔިތުން ސަލާމަތްކޮށް، ރަށްރަށުގެ އިގްތިސާދީ ފުރުސަތުތަކުގެ ބޭނުން ހިފައިގެން އަމިއްލަ މަސައްކަތުން ކުރިއަށްދެވޭނެ މަގު ފަހިކޮށްދިނުން.

Newsletter

Get the latest news delivered straight to your inbox