ހުލާސާކޮށް އިއްޔެ: 354 މިލިއަން ރުފިޔާގެ ގެއްލުމެއް

Jan 25, 2025, 1:37 AM
އައިލެންޑް އެކްސްޕާޓާއި ނޫމަޑީގެ ވެރިޔާ އަނޮން.

އައިލެންޑް އެކްސްޕާޓާއި ނޫމަޑީގެ ވެރިޔާ އަނޮން.

ފުލުހުންނަށް ހާއްސަ ހައުސިން ޔުނިޓުތަކެއް އަޅަން ޕޮލިސް ކޯޕަރޭޓިވް ސޮސައިޓީ (ޕޮލްކޯ) އިން 2013 ވަނަ އަހަރު ހަވާލި މަޝްރޫއުގެ ދަށުން މިހާތަނަށް ބިލިއަނަކަށްވުރެ ގިނަ ރުފިޔާ ހަރަދުވެ، ޕޮލްކޯގެ ނާގާބިލްކަމާއި ކޮރަޕްޝަނުގެ ސަބަބުން 354 މިލިއަން ރުފިޔާ ދައުލަތަށް ގެއްލިފައިވާ ކަމަށް އެ މަޝްރޫއާ ގުޅިގެން ހެދި ހާއްސަ އޮޑިޓެއްގައި ބުނެފި ކަމަށް އިއްޔެ ރިޕޯޓުކުރި އެވެ.

އޮޑިޓުގައި ބަލާފައި ވަނީ ޕޮލްކޯއިން 2013 ވަނަ އަހަރު ނޫމަޑި ކުންފުންޏާ ހަވާލުކޮށްގެން ހަދަން މަސައްކަތް ފެށި 13 ބުރީގެ ތިން ޓަވަރުގެ މަސައްކަތްތައް ގޮސްފައިވާ ގޮތަށެވެ. އެ މަސައްކަތް ހަވާލު ކުރި އޮރިޖިނަލް އަގަކީ 580 މިލިއަން ރުފިޔާ އެވެ. ނަމަވެސް މިހާތަނަށް މަޝްރޫއަށް 1.06 ބިލިއަން ރުފިޔާ ވަނީ ހަރަދުކޮށްފަ އެވެ.

އެހެންކަމުން އެއީ 1851ރ. އެވެ. ނަމަވެސް އޮޑިޓް އޮފީހުން ބެލިއިރު، އަކަފޫޓަކަށް ހަގީގަތުގައި ޖެހޭނީ 1500ރ. ކަމަށް ބެލެވުނެވެ. އެހެންކަމުން އެންމެ ބޮޑުވެގެން ވެސް 859.9 މިލިއަން ރުފިޔާއަށް މަޝްރޫއު ނިންމޭނެ ކަމަށް އޮޑިޓް އޮފީހުން ލަފާ ކުރެ އެވެ.

Advertisement

"މި މަޝްރޫއަށް 240.1 މިލިއަން ރުފިޔާއާ 354.7 މިލިއަން ރުފިޔާއާ ދެމެދުގެ އަދަދެއް އިތުރަށް ހަރަދުވެފައިވާކަން އަންދާޒާ ކުރެވޭ،" އޮޑިޓު ރިޕޯޓުގައި ބުނެފައިވެ އެވެ.

ފުލުހުންނަށް ހައުސިން ޔުނިޓު އެޅުމުގެ މަސައްކަތް އެންމެ ފުރަތަމަ ހަވާލު ކުރީ ނޫމަޑި ކުންފުންޏާ އެވެ. ނޫމަޑިއާ މަސައްކަތް ހަވާލު ކުރީ އިއުލާނު ކުރުމެއް، ޓެންޑާ ކުރުމެއް ނެތި އެވެ. ފަހުން މުޅި ޕްރޮޖެކްޓު ހަވާލު ކުރީ ނޫމަޑީގެ ސަބް ކޮންޓްރެކްޓަރު އައިލެންޑް އެކްސްޕާޓްއާ އެވެ. އައިލެންޑް އެކްސްޕާޓުގެ މެނޭޖިން ޑިރެކްޓަރަކީ ނޫމަޑީގެ ރިޕްރެޒެންޓޭޓަރެވެ. އެހެންކަމުން، އެކަމުގައި ފައިދާވީ ދައުލަތުގެ ބަދަލުގައި އޭނާއަށްކަން އޮޑިޓުގައި ފާހަގަ ކުރެ އެވެ.

"މި މަޝްރޫއުގެ އަގު އާދަޔާ ހިލާފަށް ބޮޑުވެފައި ވަނީ ޓެންޑާ ކުރުމުގެ އުސޫލުތަކާ ހިލާފަށް ސިންގަލް ސޯސްކޮށް ފަންނީ އަދި މާލީ ގާބިލްކަން ނެތް ކޮންޓްރެކްޓަރުންނަށް މަސައްކަތް ހަވާލު ކުރުމާއި ކޮންޓްރެކްޓަރުންނަށް ފައިދާވާ ގޮތަށް އެއްބަސްވުންތަކުގެ އަގަށް ބޮޑެތި ބަދަލުތަކެއް ގެނެސްފައިވުމުންނާއި ފްރޯޑާއި ކޮރަޕްޝަނުގެ އަމަލުތަކަށް ޝައްކު ކުރެވޭ ކަންކަން މި މަޝްރޫއުގެ ތެރެއިން ހިންގާފައިވާތީ،" އެ އޮޑިޓުގައި ބުނެފައިވެ އެވެ.

ޕޮލްކޯއިން ކަނޑައެޅިގެން މަސައްކަތް ކޮށްފައި ވަނީ ނޫމަޑީގެ ރިޕްރެޒެންޓޭޓިވްއަށް ފައިދާވާ ގޮތަށް ކަމަށް ވެސް ރިޕޯޓުގައި ބުނެފައިވެ އެވެ. އޭނާގެ ނަމެއް އޮޑިޓް ރިޕޯޓުގައި ފާހަގައެއް ނުކުރެ އެވެ. އޭނާއަށް ދީފައިވާ ނަމަކީ "މިސްޓާ އެކްސް" އެވެ. މިސްޓަ އެކްސް އަކީ ނޫމަޑި އާއި އައިލެންޑް އެކްސްޕާޓުގެ ވެރިޔާ އަނޮން އެވެ.

"މި އޮފީހުން ބެލި ބެލުމުން ޕޮލްކޯއިން މި މަޝްރޫއަށް ހަދާފައި ހުރި 628.7 މިލިއަން ރުފިޔާގެ ކޮންޓްރެކްޓުތަކަކީ މިސްޓާ އެކްސްއާ ސީދާ ގޮތުންނާއި ނުސީދާ ގޮތުން ގުޅިފައިވާ އެސޯސިއޭޓެޑް ކުންފުނިތަކެއް ކަމަށް ބެލެވޭ،" އޮޑިޓުގައި ބުނެފައިވެ އެވެ. "އެއްބަސްވުންތަކުގެ ދަށުން ދީފައިވާ މާލީ ލުއިތަކާއި އަގު އިތުރުކޮށްދިނުމާއި ކޮންޓްރެކްޓުގެ މުއްދަތު އިތުރުކޮށްދިނުން ފަދަ ހުރިހާ ފައިދާއެއް ސީދާ ގޮތުންނާއި ނުސީދާ ގޮތުން ލިބިފައިވާ ފަރާތަކީ މިސްޓާ އެކްސް ކަމަށް ބެލެވޭ."

ނޫމަޑި ކުންފުނި ހިމެނޭ ގޮތަށް (އަމީން ކޮންސްޓްރަކްޝަން ފިޔަވައި) އެ މަސައްކަތް މިހާތަނަށް ކޮށްފައިވާ ހުރިހާ ކުންފުންޏަކަށް އިތުރަށް ފައިސާ ދޫކޮށްފައިވާކަން އޮޑިޓުން ދައްކަ އެވެ. އެއީ ސަބް ކޮންޓްރެކްޓަރުން ހިމަނައިގެން ޖުމުލަ ހަ ކޮންޓްރެކްޓަރުންނެވެ.

ބްލޫސް ހައުސިންއަށް މިހާތަނަށް ހަރަދުކޮށްފައިވާ ފައިސާ

  • އެޗްޑީސީއަށް ދެއްކި ބިމުގެ އަގު - 15.4 މިލިއަން ރުފިޔާ
  • އެޗްޑީސީއަށް ޖޫރިމަނާގެ ގޮތުގައި ދެއްކި ފައިސާ - 151،282ރ.
  • ނޫމަޑި ކުންފުންޏަށް ދެއްކި ފައިސާ - 76 މިލިއަން ރުފިޔާ
  • އައިލެންޑް އެކްސްޕާޓަށް ދެއްކި ފައިސާ - 432 މިލިއަން ރުފިޔާ
  • އައިލެންޑް އެކްސްޕާޓުގެ ސަބް ކޮންޓްރެކްޓަރުންނަށް ދެއްކި އަދަދު - 199 މިލިއަން ރުފިޔާ
  • ދެ ކޯމަސް ކުންފުންޏަށް ދެއްކި ފައިސާ - 4.1 މިލިއަން ރުފިޔާ
  • ދެ ކޯމަސްގެ ސަބް ކޮންްޓްރެކްޓަރުންނަށް ދެއްކި އަދަދު - 10 މިލިއަން ރުފިޔާ
  • ހާއޯ ކުންފުންނަށް ދެއްކި ފައިސާ - 10.2 މިލިއަން ރުފިޔާ
  • ހައުސިން މިނިސްޓްރީން، އަމީން ކޮންސްޓްރަކްޝަނަށް ދެއްކި އަދަދު - 310 މިލިއަން ރުފިޔާ

އޭގެ އިތުރުން އަދި ނުދައްކާ އެ ޕްރޮޖެކްޓުގެ ބައެއް ބިލުތަކަށް ފައިސާ ނުދައްކާ ވެސް އެބަ ހުއްޓެވެ. އެއީ އެމްޓީސީސީއަށް ދައްކަންޖެހޭ 480،006ރ. އާއި އަމީން ކޮންސްޓްރަކްޝަންގެ ބިލުތަކަކަށް ދައްކަންޖެހޭ 18.3 މިލިއަން ރުފިޔާ އެވެ.

މުހިއްމު ބައެއް ހަބަރު

ކޮމެންޓް

ފަހުގެ ޚަބަރު

އަދާލަތުން މުއިއްޒާއެކު ކޯލިޝަން ހަދަން ފާސްކޮށްފި

މި ދައުރުގެ ބާކީ އޮތް މުއްދަތުގައި ސަރުކާރުގައި ބައިވެރިވުމަށާއި، 2028 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބުގައި ރައީސް މުއިއްޒަށް ތާއީދުކޮށް ޕީއެންސީއާއެކު ކޯލިޝަން ހެދުމަށް އަދާލަތު ޕާޓީގެ މަޝްވަރާ މަޖިލީހުން ފާސްކޮށްފިއެވެ. މި ނިންމުމާއެކު ސަރުކާރުގެ އިސް މަގާމުތައް އެ ޕާޓީއަށް ދިނުމަށް ހަމަޖެހިފައިވާއިރު، ކޯލިޝަން އެއްބަސްވުމުގައި ސޮއިކުރުމުގެ ބާރު މިހާރު ވަނީ ޕާޓީގެ ރައީސަށް އަރުވާފައެވެ.

ދޮގުހެދުމުން ދުރުވުމަށް މުއިއްޒު އިލްތިމާސްކުރައްވައިފި

ދޮގުހެދުމާއި، ޣީބަބުނުމާއި، ފުރައްސާރަކުރުން ފަދަ ނުބައި ސިފަތަކުން ދުރުހެލިވެ މުޖުތަމައު ތާހިރުކުރުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު އިލްތިމާސްކުރައްވައިފިއެވެ. "އިހުތިރާމް އަދާކުރުމުގެ ގައުމީ މަޝްރޫއު" އިފްތިތާހުކޮށްދެއްވަމުން ރައީސް ވިދާޅުވީ، ރާއްޖެއަށް ބޭނުންވަނީ އުމްރާނީ ތަރައްގީގެ އިތުރުން ދިވެހިންގެ ފިކުރާއި އަހުލާގު ބިނާކުރުމުގެ މާނަވީ ތަރައްގީ ކަމަށެވެ.

އިހުތިރާމް އަދާކުރުމުގެ ގައުމީ މަޝްރޫއު އިފުތިތާހުކޮށްފި

މުޖުތަމައުގައި އެކަކު އަނެކަކަށް އިހުތިރާމްކުރުމުގެ ސިފަ އާލާކުރުމަށް ސަރުކާރުން ފެށި ގައުމީ މަޝްރޫއު ރައީސުލްޖުމްހޫރިއްޔާ އިފުތިތާހުކޮށްދެއްވައިފިއެވެ. މި މަޝްރޫއުގެ މަގުސަދަކީ އިޖުތިމާއީ އަގުތަކާއި އަދަބުވެރިކަން ދިރުވައި އާލާކުރުން ކަމަށްވީ ނަމަވެސް، މި ރަސްމިއްޔާތަށް މުވައްޒަފުން ހާޒިރުވުމަށް މަޖުބޫރުކުރުމާއި ދުވާ ޓްރެކް ބަންދުކުރުމުން އާންމުންގެ ފާޑުކިޔުން ވަނީ އަމާޒުވެފައެވެ.

ޕީއެންސީ އާއެކު ކޯލިޝަން ހެދުމަށް އަދާލަތުން މަޝްވަރާކުރަނީ

ވެރިކަން ކުރާ ޕީއެންސީން ދީފައިވާ ދައުވަތަކަށް، އެ ޕާޓީއާއެކު ކޯލިޝަން ހެދުމާ ގުޅޭގޮތުން އަދާލަތު ޕާޓީގެ މަޝްވަރާ މަޖިލީހުން ދަނީ މަޝްވަރާ ކުރަމުންނެވެ. މިކަމާ މެދު އަދި ވަކި ގޮތެއް ނުނިންމި ނަމަވެސް، އަދާލަތު ޕާޓީގެ މިހާރުގެ ލީޑާޝިޕްގެ ވިސްނުން ހުރީ ސަރުކާރާ ގުޅިގެން ކުރިއަށް ދިއުމަށެވެ.

އިހުތިރާމް ކެމްޕެއިންގައި ބައިވެރިވާން މަޖުބޫރުކުރަނީ

ސަރުކާރުން ފަށާ "އިހުތިރާމް އަދާކުރުމުގެ ގައުމީ ކެމްޕެއިން" ލޯންޗުކުރުމުގެ ރަސްމިއްޔާތަށް ސިވިލް ސާވިސް މުވައްޒަފުންނާއި ކުންފުނިތަކުގެ މުވައްޒަފުން ހާޒިރުވުމަށް މަޖުބޫރުކޮށް، ހާޒިރީ ބެލުމަށް ވަނީ އަންގާފައި. މިރޭ ބާއްވާ މި ހަރަކާތުގައި ބައިވެރިވުމަށް ސިވިލް ސާވިސް ކޮމިޝަނުންނާއި އޮފީސްތަކުގެ ވެރިން މުވައްޒަފުންނަށް ދަނީ އަންގަމުން.

ކޮޕް ސަމިޓަށް ފަހު މުއިއްޒު މާލެ ވަޑައިގެންފި

ސަމިޓުގެ ހަވާސާގައި ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ވަނީ އެކި ގައުމުތަކުގެ އިސްވެރިންނާއި، ބައިނަލްއަގުވާމީ ޖަމްއިއްޔާތަކުގެ ވެރިންގެ އިތުރުން މޫސުމާ ގުޅުންހުރި ދާއިރާތަކުގައި މަސައްކަތްކުރައްވާ އިސް ފަރާތްތަކާ ބައްދަލުކުރައްވައި، ރާއްޖެއަށް މުހިންމު ދާއިރާތަކުން މަޝްވަރާ ކުރައްވާފަ އެވެ.

އުޝާމާއި "ބްރަދާ އަބްދުﷲ"ގެ އިސްތިއުފާ އަށް އިމްރާން ގޮވާލައިފި

ބީލަމަކަށް ނުލައި ރަސްމާލެ ދޫކޮށްލުމުގައި ބޮޑެތި ޚިޔާނާތްތަކެއް ހިންގާފައިވާ ކަމަށް ތުހުމަތުކުރައްވައި، ބަންޑާރަ ނައިބު އަހުމަދު އުޝާމާއި "ބްރަދާ އަބްދުﷲ" އިސްތިއުފާ ދެއްވުމަށް ކުރީގެ ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ގޮވާލައްވައިފިއެވެ. އިމްރާން ތުހުމަތުކުރެއްވި ގޮތުގައި ޔޫއޭއީގެ މަހުޖަނު އަލައްބާރު އަތުން "ބްރަދާ އަބްދުﷲ" އަށް ގިނަ އަދަދެއްގެ ފައިސާ ލިބިފައިވާ ކަމުގެ މައުލޫމާތު ވަނީ ލިބިފައެވެ.

Newsletter

Get the latest news delivered straight to your inbox