ޝަހުސުން ވައްކަން ކުރުމުން އީ-ގަވަނަންސަށް ރައްޔިތުން ކުރި އިތުބާރު ގެއްލިއްޖެ: ޝާޙިދު

އެމްޑީޕީގެ ރައީސް އަބްދުﷲ ޝާހިދު: ޝަހުސުން ވައްކަން ކުރުމުން އީ-ގަވަނަންސަށް ރައްޔިތުން ކުރި އިތުބާރު ގެއްލިއްޖެ ކަމަށް ވިދާޅުވި -- ފޮޓޯ: އެމްޑީޕީ

އެމްޑީޕީގެ ރައީސް އަބްދުﷲ ޝާހިދު: ޝަހުސުން ވައްކަން ކުރުމުން އީ-ގަވަނަންސަށް ރައްޔިތުން ކުރި އިތުބާރު ގެއްލިއްޖެ ކަމަށް ވިދާޅުވި -- ފޮޓޯ: އެމްޑީޕީ

ޝަހުސުން ވައްކަން ކޮށްގެން އެތައް ރައްޔިތުންނެއް ވެރިކަން ކުރާ ޕީޕަލްސް ނެޝަނަލް ކޮންގްރެސް (ޕީއެންސީ) އަށް ވެއްދުމުން، އީ-ގަވަނަންސަށް ރައްޔިތުން ކުރި އިތުބާރު ގެއްލިފައިވާ ކަމަށް އިދިކޮޅު އެމްޑީޕީގެ ރައީސް އަބްދުﷲ ޝާހިދު ރޭ ވިދާޅުވެއްޖެ އެވެ.

މާލޭ ޕީޓްރަލް ޕާކް ކަންމަތީގައި ބޭއްވި ކަންމަތީ ޖަލްސާގައި ޝާހިދު ވިދާޅުވީ އެމްޑީޕީގެ މެންބަރުންނާއި އެއްވެސް ޕާޓީއަކަށް ނިސްބަތް ނުވާ މީހުންގެ މައުލޫމާތު ޑީއެންއާރުން ވަގަށް ނަގައިގެން ފޯމުތައް ފުރައިގެން ޕީއެންސީއަށް ވެއްދިކަން ސާބިތުވެފައިވާ ކަމަށެވެ.

ދުނިޔޭގެ ގައުމުތަކުން އީ-ގަވަނަންސް ނިޒާމާ މެދު ރައްޔިތުންގެ މެދުގައި އިތުބާރު އުފައްދަމުންދާ ކަމަށާއި ނަމަވެސް އެސްޓޯނިއާގައި ހުންނަވައި ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ އެ ނިޒާމަށް ރައްޔިތުން ކުރަމުންދިޔަ އިތުބާރު އެކީ ކަނޑާލައްވާފައި ކަމަށް ޝާހިދު ވިދާޅުވި އެވެ.

"އީ-ގަވަނަންސަކީ ކޮބައިތޯ. އީ-ގަވަނަންސަކީ އަޅުގަނޑުމެންގެ ހުރިހާ އެންމެންގެ ހުރިހާ މައުލޫމާތެއް ކޮމްޕިއުޓަރައިޒްޑް ސިސްޓަމެއްގެ ތެރޭގައި އިންޓަނެޓް މެދުވެރިކޮށް ރައްކާ ކުރެވިފައި ހުންނަ ނިޒާމެއްގެ ތެރޭގައި ހިނގާ ނިޒާމެއް. އެ ނިޒާމާ ދޭތެރޭގައި ދުނިޔޭގެ ގައުމުތަކުން ދަނީ އިތުބާރު އުފައްދަމުން. އެސްޓޯނިއާގައި ހުންނަވައިގެން އެމަނިކުފާނު އެ ކުރެއްވި ކަމަކީ އެ ނިޒާމާ ދޭތެރޭގައި ދިވެހި ރައްޔިތުންގެ އިތުބާރު އެކީގައި ކަނޑާލެއްވީ،" އޭނާ ވިދާޅުވި އެވެ.

ދައުލަތުގެ އެކި މުއައްސާތަކުގައި ހުންނަ މައުލޫމާތު ވެރިކަން ކުރާ ޕާޓީގެ ފައިދާއަށް ނަގައި އެ ބޭނުން ކުރާ ކަމަށްވާނަމަ، ދިވެހި ރައްޔިތުންގެ މައުލޫމާތުތައް ދައުލަތުގެ މުއައްސަސާތަކުގެ ތެރޭގައި ހުންނަން އެ ރައްޔިތުން ބޭނުން ނުވާނެ ކަމަށް ޝާހިދު ވިދާޅުވި އެވެ.

"މިއަދު އަޅުގަނޑުމެންގެ ތެރެއިން ކާކުތޯ އެއްބަސްވާނީ އަޅުގަނޑުގެ، ތިޔަ ބޭފުޅުންގެ އަދި ދިވެހިރާއްޖޭގެ އެއްވެސް ރައްޔިތެއްގެ މައުލޫމާތެއް ޑީއެންއާރުގެ ތެރޭގައި ދައުލަތުގެ މުއައްސަސާތަކުގެ ތެރޭގައި ހުންނަން. ދައުލަތުގެ މުއައްސާތަކުގެ ތެރޭގައި ހުންނަ މައުލޫމާތަކީ ވަގަށް ނަގައިގެން ސަރުކާރު ހިންގާ ޕާޓީގެ ފައިދާއަށްޓަކައި ބޭނުން ކުރެވޭ އެއްޗެއް ކަމަށްވެއްޖެއްޔާ އެ އިތުބާރު އެއޮތީ ގެއްލިފައި،" އޭނާ ވިދާޅުވި އެވެ.

"އެސްޓޯނިއާގައި ހުންނަވައިގެން އެ ނަގާލެއްވީ އަޅުގަނޑުމެން ބޭނުންވާ، ދުނިޔެ ކުރިއަށްދާން ބޭނުންވާ އީ-ގަވަނަންސްގެ އިތުބާރު. ދިވެހި ރައްޔިތުންގެ އިތުބާރު. މުޅި މި ނިޒާމަށް، މުޅި ދައުލަތަށް ނަގާލެއްވީ. މި ދައްކާލަނީ އާދައިގެ ކުދިކުދި ވާހަކައެއް ނޫނޭ. މި ދައްކާލަނީ ދިވެހި ރައްޔިތެއްގެ ޝަހްސް ހަމަ ރޮލަށް ވަގަށް ނަގައިގެން ގެންގޮސް އެ ބޭނުންހާ ގޮތެއް ހަދާލެވޭތޯ."

ޝާހިދު ވިދާޅުވީ އެމްޑީޕީ އޮތީ ސަރުކާރުގެ ހުރިހާ އޮޅުވާލުންތަކެއް ރައްޔިތުންނާ ހިސާބަށް ހާމަކޮށް ގެނެސްދިނުމުގައި ސާބިތުކަމާ އެކީގައި ކަމަށވެ.

އަދި މި ސަރުކާރުގައި އުނދަގޫވާ ވަރަށް ވިއްދަމުން ގޮސް ބޮޑު ތަނުން ސަރުކާރު ބަލިކޮށްލާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ރަސްމާލޭގެ ޕްރޮޕަޓީއެއް ގަންނަ ކޮންމެ ފަހަރަކު އާ ލީސްއެއް ލިބޭނެ

މުއްތަލިބު މިރޭ ދެއްކި ވާހަކަ، އީގަލްސް ހިލްސް އިން ދެއްކި ވާހަކައާ ފުށުއެއް ނާރަ އެވެ. މުއްތަލިބު ވިދާޅުވީ ރަސްމާލެއިން ތަނެއް ގަންނަ މީހަކަށް ލިބޭ ކުލީގެ މުއްދަތު 99 އަހަރަށްވުރެ އިތުރު ކުރުމުގެ ފުރުސަތު އޭނާއަށް ނޯންނާނެ ކަމަށެވެ. ނަމަވެސް އޭނާ އެތަން ވިއްކާލައިފި ނަމަ ގަންނަ ފަރާތަށް ލިބޭނީ އާ ލީސްއެއް ކަމަށް އޭނާ ވިދާޅުވި އެވެ.

ރައީސް މުއިއްޒާއި މިނިސްޓަރު މުއްތަލިބުގެ ވާހަކަ ދިމައެއްނުވި

ނަމަވެސް މީހަކު އެތަނުން ޕްރޮޕަޓީއެއް ވިއްކާލަން ބޭނުންވެއްޖެ ނަމަ ސަރުކާރުން ކުޅޭނީ ހަމައެކަނި މެދުވެރިއެއްގެ ރޯލު ކަމަށް، ރަސްމާލެ ވިއްކާލަން އީގަލްސް ހިލްސްއާއެކު ކޮމާޝަލް ޓާމްސް އެގްރިމެންޓުގައި ސޮއި ކުރެއްވި މުއްތަލިބު ވިދާޅުވި އެވެ.

މާލޭގެ ބޮޑު ސަރަހައްދެއް ފެނުގެ ތެރޭގައި

ހުއްޓުމެއްނެތި ބޯކޮށް ވާރޭވެހުމުގެ ސަބަބުން މާލޭގެ ބޮޑު ސަރަހައްދެއްގައި ފެންބޮޑުވެފައިވާއިރު، އެމްއެންޑީއެފުން ދަނީ ފެންހިންދުމުގެ މަސައްކަތް ކުރަމުންނެވެ. ކުރިއަށް އޮތް ދުވަސްތަކުގައިވެސް މޫސުން ގޯސްވާނެތީ، ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށާއި މޫސުމަށް ސަމާލުވުމަށް ކަމާބެހޭ އިދާރާތަކުން ވަނީ އިލްތިމާސްކޮށްފައެވެ.

ކުރިއަށް އޮތް 24 ގަޑިއިރު ވިއްސާރަވާނެކަމަށް ލަފާކޮށްފި

ބޭ އޮފް ބެންގާލް އާއި އަރަބި ކަނޑުގައި އުފެދިފައިވާ ކޮޅިގަނޑުތަކުގެ ސަބަބުން، ކުރިއަށް އޮތް 24 ގަޑިއިރު މުޅި ރާއްޖެއަށް ވިއްސާރަކޮށް، ކުރިއަށް އޮތް ތިން ދުވަހު ވައިގަދަވެ ކަނޑުތައް ގަދަވާނެތީ ކަނޑުދަތުރުފަތުރު ކުރާ ފަރާތްތަކުން މޫސުމަށް ސަމާލުވުމަށް އެ އިދާރާއިން ވަނީ އިލްތިމާސްކޮށްފައެވެ.

ޖިންސީ ތުހުމަތެއް އަމާޒުވީ ގާޒީ އިހްސާން އިސްތިއުފާ ދެއްވައިފި

"ސިވިލް ކޯޓުގެ ގާޒީ އަލްއުސްތާޒު އަބްދުﷲ އިހްސާން 21 އޮކްޓޫބަރު 2026 އިން ފެށިގެން ފަނޑިޔާރު ކަމުގެ މަގާމުން އިސްތިއުފާ ދެއްވާ ކޮމިޝަނަށް ހުށަހަޅުއްވާފައިވާތީ، މިއަދުން ފެށިގެން އަލްއުސްތާޒު އަބްދުﷲ އިހްސާން ފަނޑިޔާރުކަމުގެ މަގާމުން ވަނީ ވަކިވެފަ،" ޖޭއެއްސީ އިން ބުނެފައިވެ އެވެ.

އައްޑޫ ޑިޖިޓަލް ހަބް އޮކްސީކާއާ ހަވާލުކޮށްފި

އައްޑޫ ސިޓީ ކައުންސިލްގެ ޚިދުމަތްތައް ޑިޖިޓަލްކޮށް ޒަމާނީ ކުރުމަށްޓަކައި "އައްޑޫ ޑިޖިޓަލް ހަބް" ފަރުމާކޮށް ތަރައްގީކުރުމުގެ މަސައްކަތް ދިވެހި ކުންފުންޏެއް ކަމަށްވާ އޮކްސީކާއާ ހަވާލުކޮށްފިއެވެ. މި މަޝްރޫއުގެ ދަށުން 65 އަށްވުރެ ގިނަ ޚިދުމަތް އޮންލައިންކޮށް ލިބޭނެ އިންތިޒާމު ހަމަޖެހި، ކައުންސިލަށް ދާންޖެހޭ ދިއުމާއި ކަރުދާހުގެ މަސައްކަތްތައް މަދުވެ ޚިދުމަތްތައް އަވަސްވެގެންދާނެއެވެ.

ދެކުނު ރަށެއްގައި ކުޑަކުދިންތަކަކަށް ޖިންސީ ގޯނާކުރި މައްސަލައެއް

މި މައްސަލައާ ގުޅިގެން މިހާތަނަށް އެކަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާއިރު، ކުޑަކުދިންގެ ރައްކާތެރިކަމަށްޓަކައި ހާދިސާ ހިނގި ރަށާއި ހައްޔަރުކުރި މީހާގެ ތަފުސީލެއް ފުލުހުން ހާމައެއް ނުކުރެއެވެ.

Newsletter

Get the latest news delivered straight to your inbox