ގައުމީ ވޮލީބޯޅަ މުބާރާތް: ސިޓީ ކަޓުވާލައި ސިފައިން ފައިނަލުގެ ފަހު ޖާގަ ހޯދައިފި

Jan 10, 2025, 3:28 AM
މި ފަހަރުގެ ގައުމީ މުބާރާތުގެ މެޗެއްގެ ތެރެއިން ސިފައިންގެ ޓީމުގެ ކުޅުންތެރިން އުފާފާޅުކުރަނީ.--- ފޮޓޯ: މިރާޝް ނާޝިމް / އަދަދު ސްޕޯޓްސް

މި ފަހަރުގެ ގައުމީ މުބާރާތުގެ މެޗެއްގެ ތެރެއިން ސިފައިންގެ ޓީމުގެ ކުޅުންތެރިން އުފާފާޅުކުރަނީ.--- ފޮޓޯ: މިރާޝް ނާޝިމް / އަދަދު ސްޕޯޓްސް

ގައުމީ ވޮލީބޯޅަ މުބާރާތުގެ ސެމީ ފައިނަލުގައި ސްޕޯޓްސް ކްލަބް ސިޓީ ކަޓުވާލުމަށް ފަހު، ދިވެހި ސިފައިންގެ ކްލަބުން ފައިނަލުގެ ފަހު ޖާގަ ހޯދައިފި އެވެ.

މިރޭ ކުޅޭ ފައިނަލުގައި، އެންމެ ފަހުގެ ޗެމްޕިއަން، ސިފައިން ބައްދަލުކުރާނީ ކްލަބް އެޗްޑީސީއާ އެވެ.

ގައުމީ ވޮލީ ލީގުގެ ގަދަ ހަތަރު ޓީމުގެ މެދުގައި ގައުމީ މުބާރާތް މި ފަހަރު ކުޅޭ ފޯމެޓަށް ބަދަލު އައިސްފައިވާއިރު، ފުރަތަމަ ކުޅެނީ ލީގު ބުރެކެވެ. އެއް ވަނަ އަށް ފައިނަލުގެ ސީދާ ޖާގަ ލިބޭއިރު، ދެ ވަނަ އާއި ތިން ވަނައިގެ މެދުގައި ސެމީ ފައިނަލެއް ކުޅެ، ފައިނަލުގެ ފަހު ޖާގަ ކަނޑައަޅާނެ އެވެ.

ލީގު ބުރުގެ ކުޅުން ނިމުނުއިރު، އެޗްޑީސީ އަށް ވަނީ ތިން މެޗުން ހަތް ޕޮއިންޓު ލިބިފަ އެވެ. އެހެންވެ، އެ ޓީމަށް ފައިނަލުގެ ފުރަތަމަ ޖާގަ ލިބުނީ އެވެ. ލީގު ބުރުގެ ދެ ވަނަ އަށް ދިޔަ ސްޕޯޓްސް ކްލަބް ސިޓީ އަށް ތިން މެޗުން ހަ ޕޮއިންޓް ލިބުނުއިރު، ތިން ވަނައިގައި އޮތް އެންމެ ފަހުގެ ޗެމްޕިއަން ސިފައިންނަށް ވަނީ ފަސް ޕޮއިންޓު ލިބިފަ އެވެ. އެހެންވެ، މި ދެ ޓީމުގެ މެދުގައި، ސެމީ ފައިނަލެއް ކުޅެ ފައިނަލުގެ ފަހު ޖާގަ ކަނޑައެޅީ އެވެ

ފުލަށް ދިޔަ ބްލޫސް ފޯ ވޮލީބޯލް އަށް ޕޮއިންޓެއް ނުލިބި ކެޓީ އެވެ.

ރޭ ކުޅުނު ސެމީ ފައިނަލުން ސިފައިން މޮޅުވީ ސީދާ ތިން ސެޓުންނެވެ. އެ ގޮތުން، ސިފައިން ސެޓުތައް ގެންދިޔައީ، 25-22، 25-22 އަދި 25-15 އިންނެވެ. މެޗުގެ މޮޅު ކުޅުންތެރިއަކީ ސިފައިން ޓީމުގެ ހުސެއިން ރަޒާން އެވެ.

ގައުމީ ފައިނަލުގައި ސިފައިން މިރޭގެ މެޗުގައި، އެޗްޑީސީއާ ކުޅޭއިރު، މި ފަހަރު، އެޗްޑީސީން ވަނީ ސިފައިން ބަލިކޮށް، އެސޯސިއޭޝަން ކަޕާއި ގައުމީ ލީގު ކާމިޔާބުކޮށްފަ އެވެ. އެކަމަކު، ގައުމީ މުބާރާތުގެ ލީގު ބުރުގެ ފަހު މެޗުން ސިފައިން ވަނީ ފަސް ސެޓު ކުޅެގެން، އެޗްޑީސީ ބަލިކޮށްފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޖަރުމަނުގެ ޒްވެރެވް އަށް ދުނިޔޭގެ ރޭންކިން އެއް ވަނަ ޔަގީންވެއްޖެ

ޝަންހާއީ މާސްޓާސްއިން ކާލޯސް އަލްކަރާޒް ބަލިވުމާ ގުޅިގެން، މި އަހަރުގެ ޓެނިސް ސީޒަން ނިމޭއިރު ދުނިޔޭގެ ރޭންކިން އެއްވަނަ ޖަރުމަނުގެ ޒްވެރެވަށް ވަނީ ކަށަވަރުވެފައި. މިއީ ޖަރުމަނުގެ ކުޅުންތެރިއަކު މި ޝަރަފު ހޯދާ ފުރަތަމަ ފަހަރު ކަމަށްވާއިރު، އޭނާ މި މަގާމަށް އަންނަ މަހު އަންނާނީ މުޅިން އަލަށް އެއް ވަނަ ހޯދާ އެންމެ ދޮށީ ކުޅުންތެރިޔާގެ ގޮތުގައި

ފުޓްސަލްގައި ރާއްޖޭން ޗައިނާ، ހޮންގް ކޮންގް އަދި ކޮރެއާއާ ކުޅެނީ

އަންނަ މަހު ޗައިނާގައި ބާއްވާ އިންޓަނޭޝަނަލް ފުޓްސަލް މުބާރާތެއްގައި ރާއްޖޭގެ ގައުމީ ޓީމުން ވާދަކުރާ ގޮތަށް ހަމަޖެހި، އެ މުބާރާތަށް ތައްޔާރުވުމުގެ ފަރިތަކުރުންތައް ފަށައިފި. މި މުބާރާތުގައި ރާއްޖޭގެ އިތުރުން ޗައިނާ، ހޮންގް ކޮންގް އަދި ދެކުނު ކޮރެއާ ވާދަކުރާއިރު، ރާއްޖޭގެ ފުރަތަމަ މެޗު އޮންނާނީ އަންނަ މަހުގެ ފަސް ވަނަ ދުވަހު

އޯޕަން ވޯޓާ ގައުމީ ޗެމްޕިއަންކަން ޝައިމް އާއި އަލްޔާ އަށް

ކުޑަގިރީގައި ބޭއްވި 17 ވަނަ ގައުމީ އޯޕަން ވޯޓާ މުބާރާތުގެ 5 ކިލޯމީޓަރުގެ ފިރިހެން ޗެމްޕިއަންކަން ޝައިމް ހުސެއިން އިބްރާހިމް އަދި އަންހެން ޗެމްޕިއަންކަން އަލްޔާ އަޝްރަފް ހޯދައިފި. މި މުބާރާތުގައި ތަފާތު އުމުރުފުރާތަކުންނާއި ކެޓަގަރީތަކުން ގިނަ ފެތުންތެރިންތަކެއް ވާދަކޮށް ވަނަތައް ހާސިލްކުރި، މިއީ ކުޑަގިރީގައި މި މުބާރާތް ބޭއްވި ހަތަރު ވަނަ ފަހަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

Newsletter

Get the latest news delivered straight to your inbox