ސާފް ޗެމްޕިއަންޝިޕް ހޯމް އެންޑް އަވޭ ފޯމެޓަށް: ކްލަބް ޗެމްޕިއަންޝިޕް އަންނަ އަހަރު ފަށަނީ

Jan 8, 2025, 2:30 PM
ސާފް ޗެމްޕިއަންޝިޕް ހޯމް އެންޑް އަވޭ ފޯމެޓަށް: ކްލަބް ޗެމްޕިއަންޝިޕް އަންނަ އަހަރު ފަށަނީ

ދެކުނު އޭޝިއާގެ އެންމެ ބޮޑު ފުޓްބޯޅަ މުބާރާތް ސާފް ޗެމްޕިއަންޝިޕް މި އަހަރުން ފެށިގެން ހޯމް އެންޑް އަވޭ ފޯމެޓަށް ކުޅެން ނިންމައި، ސާފް ކްލަބް ޗެމްޕިއަންޝިޕްގެ ފުރަތަމަ މުބާރާތް އަންނަ އަހަރު ބާއްވަން ނިންމައިފި އެވެ.

ނޭޕާލުގެ ކަތުމަންޑޫގައި މިއަދު ބޭއްވި ސާފްގެ އެގްޒެކްޓިވް ކޮމިޓީގެ ބައްދަލުވުމުގައި ދޮޅު މަހަށް ދިގުދެމިގެންދާ ގޮތަށް ސާފް ޗެމްޕިއަންޝިޕް ހޯމް އެންޑް އަވޭ ފޯމެޓަށް ކުޅެން ނިންމީ، 15 ޖޫން އިން 25 ޖުލައި އަށެވެ. ދެ އަހަރުން އެއް އަހަރު ބާއްވާ މި މުބާރާތުގެ ރައިޓްސް، 2029އާ ހަމައަށް އޮންނާނީ ސްޕޮޓްފައިވް އަށް ކަމަށް ސާފުން ވަނީ ކަނޑައަޅައިފަ އެވެ.

ސާފް ޖެނެރަލް ސެކްރެޓަރީ އަންވަރުލް ހައްގު ވިދާޅުވީ، ހޯމް އެންޑް އަވޭ ފޯމެޓަށް ސާފް ޗެމްޕިއަންޝިޕް ބޭއްވޭތޯ މި އަހަރު މަސައްކަތް ފަށާއިރު، އެކަން ކާމިޔާބުނުވެއްޖެނަމަ ކުރިއެކޭ އެއްގޮތަށް ސެންޓްރަލައިޒްކޮށް މި ފަހަރު ކުޅޭނެ ކަމަށެވެ.

Advertisement

މީގެ ކުރިން، 2022 ވަނަ އަހަރު ވެސް ސާފް އިން ވަނީ ސާފް ޗެމްޕިއަންޝިޕް ހޯމް އެންޑް އަވޭ އަށް ކުޅެން ލިބިފައިވާ ޕްރޮޕޯސަލަކާ ގުޅޭގޮތުން މަޝްވަރާކޮށްފަ އެވެ. މާކެޓިން އޭޖެންޓެއް މެދުވެރިކޮށް ސާފަށް އެ ފަހަރު ލިބުނު ޕްރޮޕޯސަލްގައިވާ ގޮތުން އެއް މަހަށް ދިގު ދެމިގެންދާ ގޮތަށް ސާފް ޗެމްޕިއަންޝިޕް ބަދަލުވާނީ ހޯމް އެންޑް އަވޭ ފޯމެޓަށެވެ. ކޮންމެ ގައުމަކަށް އަމިއްލަ ގައުމުގައި މެޗު ކުޅެން ފުރުސަތު ލިބޭނެ ގޮތަށް މި ފޯމެޓުން ފުރުސަތު އޮންނާނެ އެވެ.

މީގެ ކުރިން، މުޅިންހެން (އެއް ފަހަރު ފިޔަވައި) ސާފް ޗެމްޕިއަންޝިޕް ބޭއްވި ފޯމެޓާ ހިލާފަށް މެޗުތައް އެއް ދަނޑެއްގައި ކުޅެ، ނިންމާލުމުގެ ބަދަލުގައި ގިނަ ސަރަހައްދެއްގައި ކުޅޭ ގޮތަށް ވެސް ފުރުސަތު އޮންނާނެ އެވެ.

ސާދަ ފަހަރު ސާފް ޗެމްޕިއަންޝިޕް ބޭއްވިއިރު، އެއް ފަހަރު ފިޔަވައި ހުރިހާ އަހަރަކު ބޭއްވީ ސެންޓްރަލައިޒްކޮށް އެއް ދަނޑެއްގަ އެވެ. ދެ ގައުމެއް މެދުވެރިވެގެން ސާފް ޗެމްޕިއަންޝިޕް ހޯސްޓްކުރީ 2008 ވަނަ އަހަރު ސްރީ ލަންކާ އާއި ރާއްޖޭންނެވެ.

މިޑިއާ ރިޕޯޓްތައް ބުނާގޮތުން، އަންނަ އަހަރުގެ ސާފް ޗެމްޕިއަންޝިޕް ހޯމް އެންޑް އަވޭ ފޯމެޓަށް ބަދަލުކުރުމުގެ ޕްރޮޕޯސަލަކާ ގުޅޭގޮތުން އަންނަނީ މަޝްވަރާ ކުރަމުންނެވެ. އެ ގޮތުން، މަޝްވަރާ ކުރަމުން އަންނަނީ ކޮންމެ ޓީމެއް ކޮންމެ ޓީމަކާ އެއް ފަހަރު ކުޅޭ ގޮތަށެވެ. އެއީ، އަމިއްލަ ގައުމުގައި ތިން މެޗު އަދި ރަށުންބޭރުގައި ތިން މެޗު ކުޅޭ ގޮތަށެވެ.

ސާފް ކްލަބް ޗެމްޕިއަންޝިޕް 2026 އަށް

ސާފް ކްލަބް ޗެމްޕިއަންޝިޕް ބާއްވަން ވާހަކަ ދައްކައި، މަޝްވަރާ ކުރަން ފެށިތާ 11 އަހަރަށް ވުރެ ގިނަ ދުވަސްވެއްޖެ އެވެ. އެކަމަކު، މިހާތަނަށް އެ މުބާރާތް އަދި އެންމެ ފަހަރަކު ވެސް ބޭއްވިފައިނުވެ އެވެ.

އެކި ފަހަރު މަތިން އެކި ލެވަލްގައި މަޝްވަރާކުރި، އެ މުބާރާތް، މިދިޔަ އަހަރު، ޖުލައި ނޫނީ އޮގަސްޓްގައި ފެށޭތޯ ސާފުން ގިނަ މަސައްކަތްކެއް ކުރަމުން އަންނަ ކަމަށް ސަރަހައްދުގެ އެކި މީޑިއާތަކުން އޭރު ރިޕޯޓްކުރި އެވެ. އެކަމަކު، މިދިޔަ އަހަރު ވެސް ނުބޭއްވުނުއިރު، އެންމެ ފަހުން، މިހާރު ނިންމާފައި އޮތީ އަންނަ އަހަރު އެ މުބާރާތް ފެށުމަށެވެ.

އެ ގޮތުން، ސާފުން ނިންމާފައިވަނީ، ސާފްގެ ހަތް ގައުމުގެ ޗެމްޕިއަނުންނަށް ފުރުސަތު ދިނުމަށް ފަހު، އޭއެފްސީ ކްލަބް ރޭންކިން އެންމެ ރަނގަޅު ގައުމަކަށް ދެ ސްލޮޓް ދޭ ގޮތަށް ހެދުމަށެވެ. އެ މުބާރާތުގެ ފޯމެޓާ ގުޅޭ އެކިއެކި ކަންކަން މި އަހަރު ތެރޭ ސާފްގެ އެގްޒެކްޓިވް ކޮމިޓީ އާއި ކޮމްޕެޓިޝަން ކޮމިޓީން މަޝްވަރާކޮށް ގޮތެއް ނިންމާނެ އެވެ.

ސާފުން ވަނީ އަންނަ އަހަރަށް 23 އަހަރުން ދަށުގެ މުބާރާތެއް ފަށަން ވެސް ނިންމައިފަ އެވެ.

އެންމެ ފުރަތަމަ ސާފް ކްލަބް ޗެމްޕިއަންޝިޕެއްގެ ވާހަކަ ދެކެވުނީ، 2009 ވަނަ އަހަރު އެވެ. އެކަމަކު، ސާފް އިން އެންމެ ފުރަތަމަ ރަސްމީކޮށް ކްލަބް ޗެމްޕިއަންޝިޕް ބޭއްވުމުގެ ޝައުގުވެރިކަން ފާޅުކޮށް އެކަން އިއުލާނުކުރީ 2011 ވަނަ އަހަރު އެވެ. އެ ފަަހަރު، ނިންމީ ސާފްގެ ފުރަތަމަ ކްލަބް މުބާރާތް ބަންގްލަދޭޝްގައި ބޭއްވުމަށެވެ. އެކަަމަކު، އެކި ސަބަބުތަކާ ހުރެ އެ ފަހަރު އެ މުބާރާތް ނުބޭއްވި ޖެހުނީ ފަސްކުރާށެވެ.

ދެ ވަނަ ފަހަރަށް ކްލަބް ޗެމްޕިއަންޝިޕްގެ ވާހަކަ ދެކެވުނީ 2013 ވަނަ އަހަރުގެ ޖުލައި މަހުގަ އެވެ. އެ ފަހަރު ނިންމީ 2014 ވަނަ އަހަރު ސްރީ ލަންކާގައި ފުރަތަމަ ކްލަބް ޗެމްޕިއަންޝިޕް ހޯސްޓް ކުރާގޮތަށެވެ. އެ ފަހަރު، މުބާރާތް ނުބޭއްވުނު އެންމެ ބޮޑު ސަބަބެއްގެ ގޮތުގައި ފާހަގަކޮށްފައިވަނީ ސަރަހައްދުގެ ގަދަބާރު އިންޑިއާ އިން މުބާރާތް ކުރިއަށް ގެންދަން މާ ބޮޑު ޝައުގުވެރިކަމެއް ނުގެންގުޅޭތީ އެވެ.

އޭގެ ފަހުން 2016، 2017 އަދި 2018 ވަަނަ އަހަރު ވެސް ކްލަބް ޗެމްޕިއަންޝިޕްގެ ވާހަކަ އެކި ފަހަރު މަތިން ދެކެވުނު ނަމަވެސް އޮތީ ރަސްމީކޮށް އެ މުބާރާތް ނުފެށި އެވެ. އެންމެ ފަހުން، 2021 ވަނަ އަހަރު ރާއްޖޭގައި އުރީދޫ ސާފް ޗެމްޕިއަންޝިޕް ނިންމާލުމަށް ފަހު ހޮޓެލް ޖެންގައި ބޭއްވި ސާފްގެ އާންމު ޖަލްސާގައި ވަނީ 2022 އަހަރު ބާއްވާނެ މުބާރާތްތަކާ މެދު މަޝްވަރާކޮށްފަ އެވެ. ސާފްގެ ހިންގާ ކޮމިޓީން ފަސް މުބާރާތެއް 2022 އަށް ޝެޑިއުލްކުރިއިރު، އޭގެ ތެރޭގައި ކްލަބް ޗެމްޕިއަންޝިޕް ވެސް ހިމެނި އެވެ.

އަދި ކްލަބް ޗެމްޕިއަންޝިޕްގެ ފުރަތަމަ މުބާރާތް 2022 ވަނަ އަހަރު ބޭއްވުން ކޮންމެހެން މުހިއްމު ކަމެއްގެ ގޮތުގައި ފާހަގަކުރި އެވެ. އެކަމަކު، އެ އަހަރު ވެސް އެކަންނުވި އެވެ. އެންމެ ފަހުން، 2023 ވަނަ އަހަރު އިންޑިއާގެ، ބެންގަލޫރުގައި ބޭއްވި ސާފް ޗެމްޕިއަންޝިޕްގެ ހަވާސާގައި ބޭއްވި، ސާފްގެ އާންމު ޖަލްސާގައި ނިންމާފައިވަނީ، މިދިޔަ އަހަރު ކްލަބް ޗެމްޕިއަންޝިޕް ބޭއްވުމުގެ ކަންކަން ވަރުގަދަ އަށް ކުރުމަށެވެ. އެކަމަކު، މިދިޔަ އަހަރު ވެސް ނިމިދިޔައީ އެކަން ހާސިލްނުވެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ލިވަޕޫލް ދަނޑުގައި މޮޅުވެ އާސެނަލަށް އެއް ވަނައިގައި ލީޑެއް

އިނގިރޭސި ޕްރިމިއާ ލީގުގައި ލިވަޕޫލް އަތުން 1-0 އިން މޮޅުވެ، އާސެނަލުން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް ނަގައިފި. ކައި ހަވާޓްޒް ކާމިޔާބުކުރި ލަނޑުން ހޯދި މި މޮޅަކީ ވޭތުވެދިޔަ 14 އަހަރު ތެރޭ ލިވަޕޫލްގެ ދަނޑުގައި އާސެނަލް ހޯދި ފުރަތަމަ މޮޅު

ވޯލްޑް ކަޕްގެ ތަޖުރިބާ، ރާއްޖޭގެ ފުޓްބޯޅަ އަށް ފުރުސަތުތަކެއް

އަޒަރުބައިޖާންގައި ބޭއްވި 15 އަހަރުން ދަށުގެ ވޯލްޑް ކަޕްގައި ރާއްޖޭގެ ޓީމު ވާދަކުރުމަކީ ޒުވާން ކުޅުންތެރިންގެ ކުރިމަގަށް ލިބުނު މުހިންމު ތަޖުރިބާއެއް ކަމަށް ކޯޗު ޝާކިއްޓެ ވަނީ ބުނެފައި. ޖުމްލަ 189 ޓީމު ވާދަކުރި މި މުބާރާތުގައި ރާއްޖެއިން 10 މެޗު ކުޅުނުއިރު، އެއް މެޗުން މޮޅުވެ، އެއް މެޗު އެއްވަރުކޮށް، މުޅި މުބާރާތުގެ 159 ވަނަ ވަނީ ހޯދާފައި

ބައެއް ހާލަތްތަކުގައި އަނގައިން ނުބުނުން ބުއްދިވެރި: މޮރީނިއޯ

ޗައިނާގެ ކުރީގެ ލީޑަރު މާއޯ ޒެޑެންގާ ބެހޭގޮތުން އެމްބާޕޭ ދެއްކި ވާހަކަތަކަކާ ގުޅިގެން، ޗައިނާގެ ކުންފުނިތަކުންނާއި މީޑިއާއިން އޭނާއާ ދެކޮޅަށް ފިޔަވަޅު އަޅަން ފަށައިފި. މި މައްސަލައިގައި ރެއާލް މެޑްރިޑާއި އެމްބާޕޭ މައާފަށް އެދިފައިވާއިރު، ކޯޗު މޮރީނިއޯ ބުނީ މިފަދަ ހާލަތްތަކުގައި އަނގައިން ނުބުނެ ހުރުމަކީ އެންމެ ބުއްދިވެރި ގޮތް ކަމަށް.

ވޯލްޑް ކަޕް ފައިނަލުގައި ސްޕެއިނާ މިހާރު ކުޅެފިނަމަ ބަލިކުރާނަން

ވޯލްޑް ކަޕް ފައިނަލުގައި ސްޕެއިން އަތުން ބަލިވި ނަމަވެސް، މިހާރު އެ ޓީމާ ކުޅެފިނަމަ ބަލިކުރާނެ ކަމަށް އާޖެންޓީނާގެ ކީޕަރު އެމިލިއާނޯ މާޓިނޭޒް ބުނެފިއެވެ. އޭނާ ފާހަގަކުރި ގޮތުގައި ސްޕެއިނަށް ވުރެ 2022 ވަނަ އަހަރުގެ ފައިނަލުގައި ބައްދަލުކުރި ފްރާންސް ޓީމު މާ ވަރުގަދައެވެ. އަދި މިފަހަރުގެ މުބާރާތުގެ ބޮޑުބައި އޭނާ ކުޅުނީ އިނގިލި ބިންދައިގެން ގޮސްފައި ހުރެގެން ކަމަށްވެސް މާޓިނޭޒް ހާމަކުރިއެވެ.

ކޭން އަތުން ޕެނަލްޓީ ނާކާމިޔާބު، ބަޔާނާއި ޑޯޓްމަންޑް އެއްވަރު

ޖަރުމަނު ލީގުގައި ބަޔާން މިއުނިކާއި ބޮރޫޝިއާ ޑޯޓްމަންޑް ބައްދަލުކުރި މެޗު 2-2 އިން އެއްވަރުވިއިރު، ބަޔާންގެ ހެރީ ކޭން އަތުން ވަނީ ޕެނަލްޓީއެއް ނާކާމިޔާބުވެފައި. މެޗުގެ ފަހު ވަގުތު ޑޯޓްމަންޑުން ލަނޑު ޖަހައި ނަތީޖާ އެއްވަރުކުރިއިރު، މި ނަތީޖާއާއެކު ދެ ޓީމަށް ވެސް 18 ޕޮއިންޓް ލިބިގެން ބަޔާން އޮތީ ތާވަލުގެ އެއްވަނައިގައި

މިލާން އަތުން ބަލިވެ އިންޓަ އަށް އެއް ވަނަ ގެއްލިއްޖެ

އިޓާލިއަން ލީގުގައި ރޭ ކުޅުނު މިލާން ޑާބީގައި އޭސީ މިލާން އަތުން 3-1 އިން ބަލިވެ، އިންޓަ މިލާނަށް ތާވަލުގެ އެއްވަނަ ގެއްލިއްޖެ. މި ނަތީޖާއާއެކު އިންޓަ ދެވަނައަށް ސޮއްސާލިއިރު، ލަނޑުގެ ތަފާތުން ލާޒިއޯ މިހާރު އޮތީ ތާވަލުގެ އެއްވަނައިގައި

އަލަވޭސް ބަލިކޮށް ބާސެލޯނާ އަލުން އެއް ވަނަ އަށް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުން ޑިޕޯޓިވޯ އަލަވޭސް 6-1 އިން ބަލިކޮށް، ބާސެލޯނާ އިން އަލުން ތާވަލުގެ އެއްވަނަ މަގާމު ހޯދައިފި. މި މޮޅާއެކު ބާސެލޯނާ އެއްވަނައިގައި އޮތީ 11 މެޗުން 30 ޕޮއިންޓް ހޯދައިގެން ކަމަށްވާއިރު، މި މެޗުގައި އެޓީމުގެ ލަމީން ޔަމާލް އަދި ރަފީނިއާ ވަނީ މޮޅު ކުޅުމެއް ދައްކާފައި

Newsletter

Get the latest news delivered straight to your inbox