ގައުމީ ވޮލީބޯޅަ މުބާރާތް: އެޗްޑީސީ ކުރިއަށް، ސިޓީން ސިފައިން ބަލިކޮށް އުންމީދެއް ހޯދައިފި

Jan 7, 2025, 4:59 AM
ރޭގެ މެޗުގެ ތެރެއިން ސިޓީ ކުޅުންތެރިން އުފާފާޅުކުރަނީ.--- ފޮޓޯ: މިރާޝް ނާޝިމް/ އަދަދު ސްޕޯޓްސް

ރޭގެ މެޗުގެ ތެރެއިން ސިޓީ ކުޅުންތެރިން އުފާފާޅުކުރަނީ.--- ފޮޓޯ: މިރާޝް ނާޝިމް/ އަދަދު ސްޕޯޓްސް

މިހާރު ކުރިއަށްދާ ގައުމީ ވޮލީބޯޅަ މުބާރާތުގައި ބްލޫސް ފޯ ވޮލީބޯލް ބަލިކޮށް ކްލަބް އެޗްޑީސީން ލީގު ތާވަލުގެ ކުރިއަށް ޖެހިލިއިރު، ސްޕޯޓްސް ކްލަބް ސިޓީން ދިވެހި ސިފައިންގެ ކްލަބް ބަލިކޮށް ކުރިއަށްދިއުމަށް އުންމީދެއް ހޯދައިފި އެވެ.

ގައުމީ ވޮލީ ލީގުގެ ގަދަ ހަތަރު ޓީމުގެ މެދުގައި ގައުމީ މުބާރާތް މި ފަހަރު ކުޅޭ ފޯމެޓަށް ބަދަލު އައިސްފައިވާއިރު، ފުރަތަމަ ކުޅެނީ ލީގު ބުރެކެވެ. އެއް ވަނަ އަށް ފައިނަލުގެ ސީދާ ޖާގަ ލިބޭއިރު، ދެ ވަނަ އާއި ތިން ވަނައިގެ މެދުގައި ސެމީ ފައިނަލެއް ކުޅެ، ފައިނަލުގެ ފަހު ޖާގަ ކަނޑައަޅާނެ އެވެ.

ކޮންމެ ޓީމެއް ދެ މެޗު ކުޅުނުއިރު، އެޗްޑީސީ ކުރީގައި އޮތީ ހަ ޕޮއިންޓާ އެކު އެވެ. ދެ ވަނައިގައި އޮތް ސިފައިންނަށް ތިން ޕޮއިންޓް އަދި ތިން ވަނައިގައި އޮތް ސިޓީ އަށް ވަނީ ތިން ޕޮއިންޓް ލިބިފަ އެވެ. ބްލޫސް އަށް އަދި ޕޮއިންޓެއް ނުލިބެ އެވެ.

އިއްޔެ ހަވީރު ބްލޫސްގެ މައްޗަށް އެޗްޑީސީން ކުރިހޯދީ، ސީދާ ތިން ސެޓުންނެވެ. މެޗުގެ ސެޓުތައް ގެންދިޔައީ، 25-21، 25-17 އަދި 25-21 އިންނެވެ. މެޗުގެ މޮޅު ކުޅުންތެރިއަކީ އެޗްޑީސީގެ ސެޓަރު، އަލީ ނިމާލް އެވެ.

ރޭ ކުޅުނު މެޗުގައި ސިފައިންގެ މައްޗަށް ސިޓީ ކުރިހޯދީ ވެސް ސީދާ ތިން ސެޓުންނެވެ. މެޗުގެ ސެޓުތައް ސިޓީން ގެންދިޔައީ، 25-19، 25-19 އަދި 25-19 އިންނެެވެ. މެޗުގެ މޮޅު ކުޅުންތެރިއަކީ، ސިޓީގެ ދްރޫވިލް ނަޔަންބާއި ޕަޓޭލް އެވެ.

މުބާރާތުގެ ލީގު ބުރުގެ ފަހު މެޗުތައް މިއަދު ކުޅޭއިރު، ހަވީރު ބްލޫސް އިން ބައްދަލުކުރާނީ ސިޓީއާ އެވެ. އަދި މިރޭ ސިފައިންނާއި އެޗްޑީސީ ކުޅޭނެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޖަރުމަނުގެ ޒްވެރެވް އަށް ދުނިޔޭގެ ރޭންކިން އެއް ވަނަ ޔަގީންވެއްޖެ

ޝަންހާއީ މާސްޓާސްއިން ކާލޯސް އަލްކަރާޒް ބަލިވުމާ ގުޅިގެން، މި އަހަރުގެ ޓެނިސް ސީޒަން ނިމޭއިރު ދުނިޔޭގެ ރޭންކިން އެއްވަނަ ޖަރުމަނުގެ ޒްވެރެވަށް ވަނީ ކަށަވަރުވެފައި. މިއީ ޖަރުމަނުގެ ކުޅުންތެރިއަކު މި ޝަރަފު ހޯދާ ފުރަތަމަ ފަހަރު ކަމަށްވާއިރު، އޭނާ މި މަގާމަށް އަންނަ މަހު އަންނާނީ މުޅިން އަލަށް އެއް ވަނަ ހޯދާ އެންމެ ދޮށީ ކުޅުންތެރިޔާގެ ގޮތުގައި

ފުޓްސަލްގައި ރާއްޖޭން ޗައިނާ، ހޮންގް ކޮންގް އަދި ކޮރެއާއާ ކުޅެނީ

އަންނަ މަހު ޗައިނާގައި ބާއްވާ އިންޓަނޭޝަނަލް ފުޓްސަލް މުބާރާތެއްގައި ރާއްޖޭގެ ގައުމީ ޓީމުން ވާދަކުރާ ގޮތަށް ހަމަޖެހި، އެ މުބާރާތަށް ތައްޔާރުވުމުގެ ފަރިތަކުރުންތައް ފަށައިފި. މި މުބާރާތުގައި ރާއްޖޭގެ އިތުރުން ޗައިނާ، ހޮންގް ކޮންގް އަދި ދެކުނު ކޮރެއާ ވާދަކުރާއިރު، ރާއްޖޭގެ ފުރަތަމަ މެޗު އޮންނާނީ އަންނަ މަހުގެ ފަސް ވަނަ ދުވަހު

އޯޕަން ވޯޓާ ގައުމީ ޗެމްޕިއަންކަން ޝައިމް އާއި އަލްޔާ އަށް

ކުޑަގިރީގައި ބޭއްވި 17 ވަނަ ގައުމީ އޯޕަން ވޯޓާ މުބާރާތުގެ 5 ކިލޯމީޓަރުގެ ފިރިހެން ޗެމްޕިއަންކަން ޝައިމް ހުސެއިން އިބްރާހިމް އަދި އަންހެން ޗެމްޕިއަންކަން އަލްޔާ އަޝްރަފް ހޯދައިފި. މި މުބާރާތުގައި ތަފާތު އުމުރުފުރާތަކުންނާއި ކެޓަގަރީތަކުން ގިނަ ފެތުންތެރިންތަކެއް ވާދަކޮށް ވަނަތައް ހާސިލްކުރި، މިއީ ކުޑަގިރީގައި މި މުބާރާތް ބޭއްވި ހަތަރު ވަނަ ފަހަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

Newsletter

Get the latest news delivered straight to your inbox