ސެނިޓަރީ ޕެޑް ހިޔާރުކުރުމުގައި ބަލަންޖެހޭ ކަންކަން

Jan 6, 2025, 2:42 AM
ސެނިޓަރީ ޕެޑް ހިޔާރުކުރުމުގައި ބަލަންޖެހޭ ކަންކަން

މައްސަަރު، ނުވަތަ ޕީރެޑުވުމާ ގުޅޭ ތަފާތު ދިރާސާތަކުން ހޯދުނު މައުލޫމާތުގެ އަލީގައި 1896 ގައި އެފަދަ ފުރަތަމަ ޕްރޮޑަކްޓު، ލިސްޓާސް ޓަވެލްސް ބާޒާރަށް ނެރުނެވެ. އެއަށް ފަހު މި އިންޑަސްޓްރީ މިހާރު ވަނީ ވަރަށް ބޮޑަށް ކުރި އަރައި، ބޭނުންކުރަން ރައްކާތެރި، ފަސޭހަ އުފެއްދުންތަކާއި ގިނަ މަރުކާތައް ބާޒާރަށް ނެރެފަ އެވެ.

އެންމެ ފުރަތަމަ އުފެއްދި ސެނިޓަރީ ޕެޑް
އެންމެ ފުރަތަމަ އުފެއްދި ސެނިޓަރީ ޕެޑް

އެންމެ ފުރަތަމަ އުފެއްދި ސެނިޓަރީ ޕެޑް

ރާއްޖޭގެ މި ކުޑަ މާކެޓުގައި ވެސް މިފަދަ ގިނަ މަރުކާތައް ލިބެން އެބަހުއްޓެވެ. ނަމަވެސް އެފަދަ އުފެއްދުން ހިޔާރު ކުރާއިރު ބަލަންޖެހޭ ކަންކަމަށް ސަމާލުކަން ދެވެނީ ކިހާ މިންވަރަކަށްތޯ އެވެ؟

Advertisement

އެންމެ މުހިއްމު ކަމަކީ ޕްރޮޑަކްޓުގައި ހުރި އެބްޒޯބަންސީ ކެޕޭސިޓީ އާއި ޕެޑްގެ ދިގުމިން، ފްލޯ އަދި ބޭނުން ކޮށްފައިވާ މެޓީރިއަލް ދަނެގަތުމެވެ.

އެބްޒޯބަންސީ ރޭޓު މަތިވި ވަރަކަށް ދުވާލުގެ ހަރަކާތްތަކުގައި އުޅޭއިރު އަންނައުނު ހަޑިނުވާނެކަމުގެ އުފާވެރިކަން ގެނެސްދެ އެވެ. ދިގުމިން އަދި ފްލޯ އެނގުން މުހިއްމު ވަނީ މައްސަރު ލޭ ގިނައިން އަންނަ ނަމަ، ނުވަތަ މަދުން އަންނަ ނަމަ ބޭނުން ކުރަންޖެހޭ ޕެޑު ތަފާތު ވާތީ އެވެ. ޕެކެޓުގެ ބޭރުން އެކަން އެނގޭނެ އެވެ. ދުވާލު އާންމުކޮށް އުޅޭ އުޅުމުގައި ބޭނުންކުރާ ޕެޑާއި، ރޭގަނޑު ބޭނުންކުރާ ޕެޑްގައި ވެސް ތަފާތު ހުރެ އެވެ. އެކަން ވެސް ޕެކެޓުގެ ބޭރުގައި ލިޔެފައި ހުންނާނެ އެވެ.

ދެން ބަލާލަންޖެހޭ މުހިއްމު ކަމަކީ ބޭނުންކޮށްފައިވާ މެޓީރިއަލެވެ. އާއްމުކޮށް ސެނިޓަރީ ޕެޑް ހަދާފައި ހުންނާނީ ކޮޓަން ނުވަތަ ޕްލާސްޓިކުން ވިޔެފައިވާ ފަށަލައެއް މަތީގައި ހިމަނައިގެންނެވެ. މި ދެ މެޓީރިއަލްގައި ވައި ދައުރު ކުރުން، އަދި އިހުސާސް ކުރެވޭ ގޮތް ތަފާތެވެ.

ދާދި ފަހުން ޖަޕާނުގެ ކައޯ ލެބޯރަޓްރީން ސެނިޓަރީ ޕެޑްގެ ހާއްސަ ދިރާސާއެއް ކޮށްފައިވެ އެވެ. އެ ދިރާސާއިން އެނގުނު ގޮތުގައި ސެނިޓަރީ ޕެޑް ބޭނުން ކުރާ ދުވަސްވަރު އެ ސަރަހައްދުގެ ހޫނުމިން މަތިވެ އެވެ. ނާތީޖާއަކަށް ވަނީ އުނދަގޫތަކާއި މައްސަލަތައް ދިމާވުމެވެ.

ކުރި ދިރާސާތަކުގެ އަލީގައި ހޯދި ހައްލަކީ ކޮޓަން ސެނިޓަރީ ޕެޑެވެ. އެފަދަ އެންމެ ރަނގަޅު އެއް މަރުކާއަކީ ކައޯއިން އުފައްދާފައިވާ ލައުރާ ޕެޑެވެ. މި އުފެއްދުން ރާއްޖެއަށް މާކެޓުކޮށް ޑިސްޓްރިބިއުޓު ކުރަނީ ވެސްޓްރޭޑުގެ އައިޑިއާ ފިހާރައިންނެވެ.

ލޯރިއާއާއެކު ހާސްކަމާއި ނުތަނަވަސްކަން އަލްވަދާއު ކިޔައި، ހިތްހަމަ ޖެހުމާއި އިތުބާރު ގެނެސްދެ އެވެ. މިއީ މައްސަރު ކަންތައްތަކުގެ ތެރޭގައި ވެސް، ދިރިއުޅުމުގެ ހުރިހާ ކަމެއްގައި މިނިވަން ކަމާއެކު ފުރިހަމައަށް އުޅެވޭނެ އުފެއްދުމެކެވެ.

ޒަމާނީ ޓެކްނޮލޮޖީއާއެކު އުފައްދާ ފައިވާ ލޯރިއާގެ ކޮންމެ ޕެޑަކުން ވެސް، މައްސަރު ކަންތަކުގެ ތެރޭގައި ހެލިފެލިވެ، ކަސްރަތުކޮށް އަދި، ރޭގަނޑުގެ އަރާމު ހަރާބު ނުވެ، ނިދައިލެވޭ ގޮތް ވަނީ ހޯދައިދީފަ އެވެ.

ރާއްޖޭގެ ބާޒާރުގައި ހުރި ބައެެއް މަރުކާގެ ސެނިޓަރީ ޕެޑްގެ ޕެކެޓުތަކުގައި ކިޔަން ނޭނގޭ ބަސްތަކުން ލިޔެފައި ހުއްޓަސް، ސިންގަޕޫރުގައި ވެސް އެންމެ މަގުބޫލް ލޯރިއާގައި ލިޔެފައި ހުރީ އިނގިރޭސިންނެެވެ. ކަސްޓަމަރުގެ ހިތްހަމަ ޖެހުމާއި ރައްކާތެރިކަމަށްޓަކައި، އިތުބާރު ކުރެވޭ ޕެޑެއް ހިޔާރު ކުރާށެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޕެޓްރިކް ސްޓެވާޓް އުމުރުން 86 އަހަރުގައި މަރުވެއްޖެ

'ސްޓާ ޓްރެކް' އަދި 'އެކްސް-މެން' ފަދަ ފިލްމުތަކުން މަގުބޫލުކަން ހޯދި އިނގިރޭސި އެކްޓަރު ސަރ ޕެޓްރިކް ސްޓެވާޓް، އުމުރުން 86 އަހަރުގައި ލޮސް އެންޖެލިސްގައި މަރުވެއްޖެއެވެ. އޭނާ ނިޔާވީ އަލްޒައިމާ އަދި ޑިމެންޝިއާ ބަލީގައި އުޅުމަށްފަހު ކަމަށްވާއިރު، އޭނާއަކީ ފިލްމީ ދާއިރާއަށް ކޮށްދިން ޚިދުމަތްތަކަށް "ސަރ" ގެ ލަގަބުވެސް އަރުވާފައިވާ ފަންނާނެކެވެ.

ހޭޑަން ޕެނެޓިއޭ މަރުވީ މަސްތުވާތަކެތި އޯވަޑޯޒްވެގެން

އެމެރިކާގެ މަޝްހޫރު އެކްޓްރެސް ހޭޑަން ޕެނެޓިއޭ މަރުވީ މަސްތުވާތަކެތި އޯވަޑޯޒްވެގެން ކަމަށް ފުލުހުންގެ ތަހުގީގުން ކަނޑައަޅައިފިއެވެ. މެޑިކަލް ރިޕޯޓުތަކުން ދައްކާގޮތުގައި އޭނާގެ ހަށިގަނޑުން ފެންޓަނީލް އާއި ޒެނެކްސް ފަދަ ނުރައްކާތެރި ބާވަތްތައް ފެނިފައިވާއިރު، އޭނާގެ ހަށިގަނޑަށް އެއްވެސް ޖިސްމާނީ އަނިޔާއެއް ލިބިފައިވާކަމުގެ ނިޝާނެއް ފެންނާކަށް ނެތެވެ.

ޖޯޖް މައިކަލްގެ ތަކެތި ނީލަން ކިޔުމުން ހިޔާލު ތަފާތުވެއްޖެ

މަޝްހޫރު ލަވަކިޔުންތެރިޔާ ޖޯޖް މައިކަލްގެ ބައެއް އަމިއްލަ ތަކެތި ނީލަން ކިޔަން ނިންމުމާ ގުޅިގެން، އޭނާގެ އެސިސްޓެންޓް ސިއޯބާން ބެއިލީގެ އާއިލާއާއި ސިއޯބާންގެ ކުރީގެ ފިރިމީހާއާ ދެމެދު ބޮޑު ހިޔާލުތަފާތުވުމެއް ވަނީ އުފެދިފައެވެ. ސިއޯބާންގެ އާއިލާއިން ބުނާ ގޮތުގައި މި ތަކެތި ވިއްކާލުމަކީ އޭނާގެ ހަނދާނަށް ކުރެވޭ އިހުތިރާމް ކުޑަ އަމަލެއް ކަމަށާއި، ސިއޯބާން ބޭނުންވީ އެ ތަކެތި އާއިލާގެ ކުދިންނަށް ދިނުމަށެވެ.

ހުއްދަނެތި ލަވަ ބޭނުންކުރުމުން ޓްރަމްޕްގެ ޓީމްއާ ދެކޮޅަށް ކޯޓަށް

ޑޮނަލްޑް ޓްރަމްޕްގެ ކެމްޕޭން ރެލީއެއްގައި ފަންނާނު ނީލް ޔަންގްގެ ލަވައެއް ހުއްދަނެތި ބޭނުންކުރި މައްސަލައިގައި، ކޮޕީރައިޓަށް އަރައިގަތްކަމަށް ބުނެ 10 މިލިއަން ޑޮލަރުގެ ދައުވާއެއް ކޯޓަށް ހުށަހަޅައިފިއެވެ. މި ދައުވާގައި ބުނެފައިވަނީ އޯހިއޯގައި ބޭއްވި ސިޔާސީ ހަރަކާތެއްގައި އެ ލަވަ ޖަހާފައިވަނީ ގާނޫނީގޮތުން ހޯދަންޖެހޭ "ޕަބްލިކް ޕާފޯމަންސް ލައިސަންސް" ނުވަތަ ފަންނާނުގެ ހުއްދަ ނެތި ކަމަށެވެ.

އާ ބާވަތެއްގެ ޑައިނަސޯއެއްގެ ކަށިގަނޑު 47 މިލިއަން ޑޮލަރަށް

ކުރިން ޓީ-ރެކްސްގެ ބާވަތެއް ކަމަށް ހީކުރެވުނު، ނަމަވެސް އާ އާއިލާއަކަށް ނިސްބަތްވާ "ޖޯޑީ" ނަމަކަށް ކިޔާ ޑައިނަސޯއެއްގެ ކަށިގަނޑު 47.3 މިލިއަން ޑޮލަރަށް ނިއުޔޯކްގައި ވިއްކާލައިފިއެވެ. މިއީ އަންދާޒާކުރި އަގަށްވުރެ މާ ބޮޑު އަގަކަށް ވިއްކާލި، ސައިންސްވެރިންނަށް މިހާތަނަށް ފެނިފައިވާ "ނެނޯޓައިރަނަސް" އާއިލާގެ މަދު ކަށިގަނޑުތަކުގެ ތެރެއިން އެންމެ ފުރިހަމަ އެކައްޗެވެ. މިފަދަ ތާރީޚީ ތަކެތި އަމިއްލަ ފަރާތްތަކަށް ވިއްކުމާ މެދު ސައިންސްވެރިންގެ މެދުގައި ބަހުސްތަކެއް ކުރެވެމުންދާއިރު، މި ކަށިގަނޑު ގަތް ފަރާތެއް ހާމަކޮށްފައެއް ނުވެއެވެ.

މެކްލްމޯގެ "ފްރީ ޕަލެސްޓައިން" ޝޯތައް ފަށައިފި

ފަލަސްތީނަށް ތާއީދުކޮށް ވާހަކަދެއްކުމުން އެޑް ޝީރަންގެ ޓުއާއިން އުނިކުރި ރެޕް އާޓިސްޓް މެކްލްމޯ، އޭނާގެ އަމިއްލަ "ފްރީ ޕަލެސްޓައިން" ޓުއާ އަޔަލޭންޑްގެ ޑަބްލިންގައި ކާމިޔާބުކަމާއެކު ފަށައިފިއެވެ. ގިނަ ފަންނާނުންތަކަކާއެކު ބޭއްވި މި ޝޯއިން ލިބޭ ހުރިހާ ފައިސާއެއް ފަލަސްތީނުގެ ރައްޔިތުންނަށް ހަދިޔާކުރުމަށް އޭނާ ވަނީ ނިންމާފައެވެ.

ރަސަލް ބްރޭންޑް އަންހެން ސަޕޯޓަރުންގެ ފޯނު ނަންބަރު ހޯދި

ރަސަލް ބްރޭންޑްގެ މައްޗަށް އުފުލާފައިވާ ޖިންސީ ގޯނާގެ މައްސަލަތަކާ ގުޅިގެން، އޭނާގެ ކުރީގެ އެސިސްޓެންޓަކު ވަނީ އަންހެން ސަޕޯޓަރުންގެ ފޯނު ނަންބަރު ހޯދުމަށް ބްރޭންޑް އަންގާފައިވާ ކަމަށް ކޯޓުގައި ހެކިބަސް ދީފައެވެ. ބްރޭންޑަކީ ޖިންސީ ކަންކަމަށް ދަހިވެތިވެފައިވާ މީހެއްގެ ގޮތުގައި ސިފަކުރަމުން، އޭނާގެ އަމަލުތައް ހުންނަ ގޮތުން ވަޒީފާއިން ވަކިވި ކަމަށްވެސް އެސިސްޓެންޓް ބުންޏެވެ. ނަމަވެސް، ބްރޭންޑް ވަނީ އޭނާގެ މައްޗަށް ކުރެވޭ ރޭޕް އަދި ޖިންސީ ގޯނާގެ ހުރިހާ ދައުވާތަކަކަށް އިންކާރުކޮށްފައެވެ.

Newsletter

Get the latest news delivered straight to your inbox