ވައިލްޑްކާޑު ލިބުނު ސިމޯނާގެ އުންމީދަށް އެޅުނީ އަނިޔާގެ ހިޔަނި

Dec 27, 2024, 9:25 AM
ވައިލްޑްކާޑު ލިބުނު ސިމޯނާގެ އުންމީދަށް އެޅުނީ އަނިޔާގެ ހިޔަނި

ޕެރިސް (ޑިސެމްބަރު 27) - އަންނަ މަހު ފަށާ އޮސްޓްރޭލިއަން އޯޕަން ޓެނިސް މުބާރާތުގައި ވާދަކުރަން، ދުނިޔޭގެ ކުރީގެ ޗެމްޕިއަން، ރުމޭނިއާގެ ސިމޯނާ ހަލެޕް އަށް ލިބުނު ވައިލްޑްކާޑްގެ ފުރުސަތުގެ ބޭނުން ނުހިފި އަނިޔާއާ ހެދި މުބާރާތުން ވަކިވާން ޖެހިއްޖެ އެވެ.

އެންމެ ފަހުން، 2022 ވަނަ އަހަރުގެ އޮސްޓްރޭލިއަން އޯޕަންގައި ވާދަކުރި ސިމޯނާ، 33، އަށް އަންނަ މަހު ފަށާ މުބާރާތުން ވައިލްޑްކާޑް ދޭން ނިންމީ މިދިޔަ ހަފްތާގަ އެވެ. އެކަމަކު، އަބޫ ދާބީގައި ކުރިއަށްދިޔަ، ވޯލްޑް ޓެނިސް އެކްސިބިޝަންގައި ކުޅުމަށް ފަހު، ކޮނޑާއި ކަކުލަށް އަނިޔާވެފައިވާތީ، އަންނަ މަހު 12 ވަނަ ދުވަހު ފަށާ އޮސްޓްރޭލިއަން އޯޕަން އިން ވަކިވާން ސިމޯނާ ނިންމީ އެވެ.

މީގެ ކުރިން، ފްރެންޗް އޯޕަން އާއި ވިމްބަލްޑަން ކާމިޔާބުކުރި ސިމޯނާ އަށް މި އަހަރު ވަނީ، މަނާބޭސް ބޭނުންކުރި މައްސަލައެއްގައި ހަތަރު އަހަރުގެ ސަސްޕެންޝަނެއް އަތުވެފަ އެވެ. އެކަމަކު، އެ ސަސްޕެންޝަނާ ދެކޮޅަށް އެޕީލް ކުރަން ލިބުނު މުއްދަތުގައި ސިމޯނާ ވަނީ ކޯޓް އޮފް އާބިޓްރޭޝަން ފޯ ސްޕޯޓްސް (ކާސް) އަށް ހުށަހަޅައިގެން އަދަބު ނުވަ މަހަށް ކުޑަކޮށްފަ އެވެ.

އޮސްޓްރޭލިއަން އޯޕަންގެ ފައިނަލުގައި 2018 ވަނަ އަހަރު ވާދަކުރި ސިމޯނާ މި ވަގުތު ދުނިޔޭގެ ރޭންކިންގައި އޮތީ 877 ވަނައިގަ އެެވެ. ސމޯނާ މިހާރު އަމާޒުހިފާފައިވަނީ، އުފަން ގައުމުގައި ފެބްރުއަރީ މަހު އޮންނަ އިވެންޓަކުން އަކުން ކުޅުމުގެ ތެރެއަށް އެނބުރި އައުމަށެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޖަރުމަނުގެ ޒްވެރެވް އަށް ދުނިޔޭގެ ރޭންކިން އެއް ވަނަ ޔަގީންވެއްޖެ

ޝަންހާއީ މާސްޓާސްއިން ކާލޯސް އަލްކަރާޒް ބަލިވުމާ ގުޅިގެން، މި އަހަރުގެ ޓެނިސް ސީޒަން ނިމޭއިރު ދުނިޔޭގެ ރޭންކިން އެއްވަނަ ޖަރުމަނުގެ ޒްވެރެވަށް ވަނީ ކަށަވަރުވެފައި. މިއީ ޖަރުމަނުގެ ކުޅުންތެރިއަކު މި ޝަރަފު ހޯދާ ފުރަތަމަ ފަހަރު ކަމަށްވާއިރު، އޭނާ މި މަގާމަށް އަންނަ މަހު އަންނާނީ މުޅިން އަލަށް އެއް ވަނަ ހޯދާ އެންމެ ދޮށީ ކުޅުންތެރިޔާގެ ގޮތުގައި

ފުޓްސަލްގައި ރާއްޖޭން ޗައިނާ، ހޮންގް ކޮންގް އަދި ކޮރެއާއާ ކުޅެނީ

އަންނަ މަހު ޗައިނާގައި ބާއްވާ އިންޓަނޭޝަނަލް ފުޓްސަލް މުބާރާތެއްގައި ރާއްޖޭގެ ގައުމީ ޓީމުން ވާދަކުރާ ގޮތަށް ހަމަޖެހި، އެ މުބާރާތަށް ތައްޔާރުވުމުގެ ފަރިތަކުރުންތައް ފަށައިފި. މި މުބާރާތުގައި ރާއްޖޭގެ އިތުރުން ޗައިނާ، ހޮންގް ކޮންގް އަދި ދެކުނު ކޮރެއާ ވާދަކުރާއިރު، ރާއްޖޭގެ ފުރަތަމަ މެޗު އޮންނާނީ އަންނަ މަހުގެ ފަސް ވަނަ ދުވަހު

އޯޕަން ވޯޓާ ގައުމީ ޗެމްޕިއަންކަން ޝައިމް އާއި އަލްޔާ އަށް

ކުޑަގިރީގައި ބޭއްވި 17 ވަނަ ގައުމީ އޯޕަން ވޯޓާ މުބާރާތުގެ 5 ކިލޯމީޓަރުގެ ފިރިހެން ޗެމްޕިއަންކަން ޝައިމް ހުސެއިން އިބްރާހިމް އަދި އަންހެން ޗެމްޕިއަންކަން އަލްޔާ އަޝްރަފް ހޯދައިފި. މި މުބާރާތުގައި ތަފާތު އުމުރުފުރާތަކުންނާއި ކެޓަގަރީތަކުން ގިނަ ފެތުންތެރިންތަކެއް ވާދަކޮށް ވަނަތައް ހާސިލްކުރި، މިއީ ކުޑަގިރީގައި މި މުބާރާތް ބޭއްވި ހަތަރު ވަނަ ފަހަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

Newsletter

Get the latest news delivered straight to your inbox