ކޮންސްޓަސް އަށް ހަމަލާދިން ކަމަށް ވިރާތު އެއްބަސްވުމުން ސަސްޕެންޝަންޑް ނުކުރާނެ

Dec 26, 2024, 12:38 PM
ކޮންސްޓަސް އަށް ހަމަލާދިން ކަމަށް ވިރާތު އެއްބަސްވުމުން ސަސްޕެންޝަންޑް ނުކުރާނެ

މެލްބާން، އޮސްޓްރޭލިއާ (ޑިސެމްބަރު 26) - ބޯޑާ ގާވަސްކަރު ޓްރޮފީގެ ހަތަރު ވަނަ ޓެސްޓްގެ ފުރަތަމަ ދުވަހުގައި، އޮސްޓްރޭލިއާގެ 19 އަހަރުގެ އުންމީދީ ކްރިކެޓް ކުޅުންތެރިޔާ، ސޭމް ކޮންސްޓަސް އަށް ހަމަލާދިން ކަމަށް އިންޑިއާގެ ތަރި ވިރާތު ކޯލީ އެއްބަސްވުމުން އޭނާ ސަސްޕެންޝަނަކުން ސަލާމަތްވެއްޖެ އެވެ.

ޓެސްޓް މެޗެއްގައި، 1953 ވަނަ އަހަރަށް ފަހު، އޮސްޓްރޭލިއާ އަށް ކުޅޭ އެންމެ ޒުވާން ކުޅުންތެރިޔާގެ ޝަރަފް ހޯދި ކޮންސްޓަސް ވަނީ މިއަދު އެ ޓީމުގެ އިނިންގްސްގައި، 65 ބޯޅައިން 60 ލަނޑު އެއްކޮށްފަ އެވެ. އެއީ، ހަ ފަހަރު ހަތަރަކަށް ޖަހައި، ދެ ފަހަރު ހަޔަކަށް ޖަހައިގެންނެެވެ.

އިންޑިއާގެ ކުޅަދާނަ ބޯލަރު، ޖަސްޕްރީތު ބުމްރާގެ އުކުމެއްގައި ވެސް ކޮންސްޓަސް ވަނީ ހަޔަކަށް ބޯޅައެއް ޖަހައިފަ އެވެ. މިއީ، ޓެސްޓް ކްރިކެޓްގައި، ބުމްރާގެ 4483 ގެ އުކުމުގެ ފަހުން، ކުޅުންތެރިއަކަށް ހަޔަކަށް ޖެހުނު ފުރަތަމަ ފަހަރެވެ.

ކޮންސްޓަސް (ވ) އާއި ވިރާތު (ކ) މެދުގައި ބަހުގެ ހަމަލާ ބަދަލުކުރި ވަގުތުގައި އުސްމާން ހަވާޖާ (މ) މައްސަލަ ހައްލުކުރަން ވާހަކަ ދައްކަނީ،---

އެކަމަކު، މި މެޗުގައި ކޮންސްޓަސް އާއި ވިރާތުގެ ދެމެދުގައި ހިނގައިދިޔަ ކަމެއްގެ ސަބަބުން ގިނަ ބަޔެއްގެ ސަމާލުކަން ހުއްޓުނީ އެކަމަށެވެ. އެ ގޮތުން، 10 ވަނަ އޯވަރުގައި ވިރާތު ބޯޅަ ހިފައިގެން ހިނގާފައި އަންނަމުން ކޮންސްޓަސް ކޮނޑުގައި ޖެހުމުން، އެ ކަމާ ދެބަސްވުންތަކެއް ހިނގި އެވެ. އަދި ވިރާތު އާއި ކޮންސްޓަސްގެ ދެމެދުގައި ބަހުގެ ހަމަލާ ބަދަލުކުރިތަން ފެނިގެންދިޔަ އެވެ.

މި މައްސަލަ މާ ހޫނުނުވެ، ހައްލުވެގެންދިޔަ ނަމަވެސް މެޗު ބަލަން ތިބި 87,242 އެއްހާ ސަޕޯޓަރުންގެ ކުރިމަތީގައި ހިނގި މި ކަންތައްތަކަށް ކުރީގެ ކުޅުންތެރިންނާއި މެޗު އެނަލިސްޓުން ވަނީ ފާޑުކިޔައިފަ އެވެ.

މެޗުގެ ރެފްރީ އެންޑީ ޕްއިކްރޮފްޓް ވަނީ، ވިރާތު، 36، ވަނީ އިންޓަނޭޝަނަލް ކްރިކެޓް ކައުންސިލް (އައިސީސީ)ގެ ގަވާއިދާ ހިލާފު އަމަލެއް ކޮށްފައި ކަމަށް ކަނޑައަޅައިފަ އެވެ. އަދި ގަސްދުގައި "ފިޒިކަލް ކޮންޓްކެޓެއް" މެދުވެރިކޮށް، ވިރާތު ކުޅުންތެރިއަކާ ކުރިމަތިލާފައި ކަމަށް ނިންމައި، އޭނާގެ މެޗު ފީ އިން 20 ޕަސެންޓް ޖޫރިމަނާ އަށް ދައްކަން ވަނީ އަންގައިފަ އެވެ.

ވިރާތަށް ސަސްޕެންޝަނެއް ނުދޭން ނިންމީ، އެކަމާ ދެކޮޅު ނުހަދައި، ކުށަށް އިއުތިރާފުވުމުންނެވެ.

ސަސްޕެންޝަނެއް ނުދޭން ނިންމުމާ ގުޅިގެން، އަންނަ މަހު ކުޅޭ ފަހު ޓެސްޓް މެޗުގައި ވިރާތަށް ކުޅެވޭނެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ދެ ވަނަ މެޗުގައި ރާއްޖޭން ފަލަސްތީނު ކަައިރީގައި ފަރަގުކުޑަކޮށްފި

އޭޝިއާގެ 17 އަހަރުން ދަށުގެ މުބާރާތުގެ ކޮލިފައިންއަށް ތައްޔާރުވުމަށް ކުޅުނު އެކުވެރިކަމުގެ ދެވަނަ މެޗުން ފަލަސްތީނު އަތުން ރާއްޖެ 3-0 އިން ބަލިވެއްޖެ. ފުރަތަމަ މެޗާ އަޅާބަލާއިރު ރާއްޖޭން ކުޅުން ރަނގަޅުކުރި މި މެޗަށްފަހު، ކޮލިފައިންގައި ވާދަކުރުމަށް ރާއްޖޭގެ ޓީމު މި ހަފުތާގައި ތައިލެންޑަށް ފުރާނެ

ޔުނައިޓެޑަށް ރެލިގޭޝަންގެ ބިރު އޮތް ކަމަށް ޓެން ހާގް ބުނެފި

މެންޗެސްޓާ ޔުނައިޓެޑްގެ މިހާރުގެ މައްސަލަތައް ހައްލުނުކޮށްފިނަމަ، އެ ކްލަބް ރެލިގޭޝަނާ ކުރިމަތިލާންޖެހުމުގެ ބިރު އެބައޮތް ކަމަށް ކުރީގެ ކޯޗު އެރިކް ޓެން ހާގް ބުނެފިއެވެ. ލީގުގައި އެންމެ ދަށް ފެށުމަކާ އެކު ޔުނައިޓެޑް މިވަގުތު ތާވަލުގެ 16 ވަނައިގައި އޮތްއިރު، ޓެން ހާގް ވަނީ އޭނާގެ ކޯޗުކަމުގައި ހޯދި ކާމިޔާބީތަކަށް އަލިއަޅުވާލައި، މިހާރުގެ ހާލަތުން އަރައިގަތުމުގެ އުނދަގޫކަން ފާހަގަކޮށްފައެވެ.

ޗައިނާ އާއި ހޮންގް ކޮންގް އަދި ކޮރެއާ އަށް "ފައިޓެއް" ދެވޭނެ

ޗައިނާގައި ބާއްވާ އިންޓަނޭޝަނަލް ފުޓްސަލް މުބާރާތުގައި ވާދަކުރާ ވަރުގަދަ ޓީމުތަކާ ދެކޮޅަށް ރާއްޖޭގެ ގައުމީ ޓީމުން ރަނގަޅު ކުޅުމެއް ދައްކައި، ނަތީޖާ ނެރެވޭނެ ކަމަށް އެސިސްޓަންޓް ކޯޗު ފުހެއިދު (ޓޯޑް) ބުނެފި. ގައުމީ ކޯޗު، ފާރޫކް ޒަކީރޯވް ޕްލޭނާ އެއްގޮތަށް ތައްޔާރުވެފައިވާ މި ޓީމަކީ މިއަހަރުގެ ސާފް ފުޓްސަލް މުބާރާތުގެ ޗެމްޕިއަންކަން ހޯދާފައިވާ ޓީމު.

ލާޒިއޯ އަށް ލީޑެއް، ޔުވެންޓަސް އިން ނަޕޯލީ ބަލިކޮށްފި

އިޓާލިއަން ލީގުގައި ރޭ ކަލިއަރީ އަތުން 2-1 އިން މޮޅުވެ، ލާޒިއޯ އިން ތާވަލުގެ އެއް ވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް ނަގައިފި. މީގެ އިތުރުން، ޔުވެންޓަސް އިން ވަނީ ނަޕޯލީއާ ބައްދަލުކުރި މެޗު 2-0 އިން ކާމިޔާބުކޮށް، ލީގު ތާވަލުގެ ހަތް ވަނަ އަށް ކުރިއަށް ޖެހިލާފައި

ޑިއޮމަންޑޭގެ މޮޅު ލަނޑާ އެކު ރެއާލުން ރޭސިން ބަލިކޮށްފި

ސްޕެނިޝް ލީގުގައި ރޭސިން ސަންޓަންޑޭއާ ދެކޮޅަށް ކުޅުނު މެޗު 3-0 އިން ކާމިޔާބުކޮށް، ރެއާލް މެޑްރިޑުން ތާވަލުގެ އެއްވަނައިގައި އޮތް ބާސެލޯނާއާ ދެމެދު އޮތް ފަރަގު ތިން ޕޮއިންޓަށް ކުޑަކޮށްފިއެވެ. ރެއާލްގެ ލަނޑުތައް ފުރަތަމަ ހާފުގައި ކާމިޔާބުކޮށްދިނީ ކީލިއަން އެމްބާޕޭ، ޖޫޑް ބެލިންހަމް އަދި ޔަން ޑިއޮމަންޑޭ އެވެ.

ވެމްކޯ އަށް ޖެހިޖެހިގެން ފަސް ވަނަ ފަހަރަށް ގައުމީ ތަށި

ގައުމީ ވޮލީބޯޅަ މުބާރާތުގެ އަންހެން ޑިވިޝަނުގެ ފައިނަލުގައި ކްލަބް އެމްޓީސީސީ ބަލިކޮށް، ކްލަބް ވެމްކޯ އިން ޖެހިޖެހިގެން ފަސްވަނަ ފަހަރަށް މުބާރާތުގެ ތަށި އުފުލާލައިފި. މި އަހަރުގެ ގައުމީ ލީގުވެސް ކާމިޔާބުކުރި ވެމްކޯ އިން މި މުބާރާތުގެ ޗެމްޕިއަންކަން ހޯދީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެގެން

ލިވަޕޫލް ދަނޑުގައި މޮޅުވެ އާސެނަލަށް އެއް ވަނައިގައި ލީޑެއް

އިނގިރޭސި ޕްރިމިއާ ލީގުގައި ލިވަޕޫލް އަތުން 1-0 އިން މޮޅުވެ، އާސެނަލުން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް ނަގައިފި. ކައި ހަވާޓްޒް ކާމިޔާބުކުރި ލަނޑުން ހޯދި މި މޮޅަކީ ވޭތުވެދިޔަ 14 އަހަރު ތެރޭ ލިވަޕޫލްގެ ދަނޑުގައި އާސެނަލް ހޯދި ފުރަތަމަ މޮޅު

Newsletter

Get the latest news delivered straight to your inbox