ރަޝިއާއިން ޔޫކްރެއިނަށް ދިން ހަމަލާއެއްގައި ހަ އެމްބަސީއަކަށް ގެއްލުންވެއްޖެ

ރަޝިއާއިން ޔޫކްރެއިނަށް ހަމަލާ ދިނުން: އެ ހަމަލާގައި އެކަކު މަރުވެފައިވާއިރު، ހަ އެމްބަސީއަކަށް ގެއްލުންވި -- ފޮޓޯ؛ ރޮއިޓާސް

ރަޝިއާއިން ޔޫކްރެއިނަށް ހަމަލާ ދިނުން: އެ ހަމަލާގައި އެކަކު މަރުވެފައިވާއިރު، ހަ އެމްބަސީއަކަށް ގެއްލުންވި -- ފޮޓޯ؛ ރޮއިޓާސް

ރަޝިއާއިން ޔޫކްރެއިނަށް ދިން މިސައިލް ހަމަލާތަކެއްގައި އެ ގައުމުގައި ހުރި ހަ އެމްބަސީއަކަށް ގެއްލުންވެ، އެކަކު މަރުވުމުގެ އިތުރުން ހަތް މީހަކު ޒަހަމްވެއްޖެ އެވެ.

ޔޫކްރެއިންގެ ފޮރިން މިނިސްޓްރީން ބުނާ ގޮތުގައި ހަމަލާގައި ގެއްލުންތަކެއް ލިބުނީ އަލްބޭނިއާ، އާޖެންޓީނާ، އުތުރު މެސެޑޯނިއާ، ފަލަސްތީން، ޕޯޗުގަލް އަދި މޮންޓެނެގްރޯގެ އެމްބަސީއަށެވެ.

ރިޕޯޓްތައް ބުނާގޮތުން ރަޝިއާއިން އެ ހަމަލާ ދިނީ އަށް މިސައިލް ފޮނުވާލައިގެންނެވެ. ނަމަވެސް އެ ހަމަލާ އަމާޒު ކުރީ ކޮން ބަޔަކަށް ކަމެއް މިހާތަނަށް ނޭގެ އެވެ.

މި ހަމަލާތައް ރަޝިއާ އިން ދިނީ ޔޫކްރެއިނުން ރަޝިއާއަށް ދެމުން އަންނަ ހަމަލާތަކުގެ ރައްދުގައި ކަމަށް އެ ގައުމުން ވަނީ ބުނެފަ އެވެ.

މިދިޔަ ހަފްތާގައި ޔޫކްރެއިނުން ވަނީ ރަޝިއާއަށް ފަސް ބެލެސްޓިކް މިސައިލުގެ އިތުރުން 40 ޑްރޯން ފޮނުވާލާފަ އެވެ. އޭގެ ތެރެއިން 20 ޑްރޯން މަންޒިލާ ހިސާބަށް ނުދެވެނީސް ވަނީ ވެއްޓިފަ އެވެ.

ޔޫކްރެއިނުން އަންނަނީ އެ ގަުއުމަށް ބޭނުންވާ ހަތިޔާރު އެމެރިކާ ފަދަ ގައުމުތަކުން ހޯދައިގެން ރަޝިއާއަށް ހަމަލާތައް ދެމުންނެވެ. ނަމަވެސް ރަޝިއާއިން އަންނަނީ ޔޫކްރެއިނުގެ ބިންތަކަށް ވެރިވެ ގަނެ އެ ގައުމުގެ ބޮޑު ބައެއް ހިފަމުންނެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ބަނޑަށް ބައިތިއްބައިގެން މީހުން މެރި ކަލްޓް ލީޑަރު ޖަލަށް

ކެންޔާގައި "އީސާގެފާނާ ބައްދަލުކުރުމަށް" ކަމަށް ބުނެ ގިނަ އަދަދެއްގެ ކުޑަކުދިން ބަނޑަށް ބައިތިއްބައިގެން މަރާލި ކަލްޓް ލީޑަރު ޕޯލް މެކެންޒީ 200 އަހަރަށް ޖަލަށްލުމަށް އެ ގައުމުގެ ކޯޓުން ހުކުމްކޮށްފިއެވެ. ޝަކަހޯލާ ޖަންގަލީގެ ތެރޭގައި ހިންގި މި ރަހުމްކުޑަ އަމަލާ ގުޅިގެން މެކެންޒީގެ އިތުރުން އެ ކަލްޓުގެ 28 މެންބަރެއްގެ މައްޗަށް ވެސް ވަނީ މީހުން މެރުމުގެ ކުށް ސާބިތުވެފައެވެ.

ބޭންކު ބަނގުރޫޓުވި މައްސަލައިގައި ރައީސް އަޒުލުކޮށް ގޭބަންދުގައި

ޕެރަގުއޭގެ ރައީސް ސަންޓިއާގޯ ޕެންޔާގެ މަސްލަހަތު އޮތް ބޭންކެއް ބަނގުރޫޓުވި މައްސަލައިގައި، މަގާމުގެ ނުފޫޒު ބޭނުންކުރި ކަމުގެ ތުހުމަތުގައި އޭނާ މަގާމުން އަޒުލުކޮށް ގޭބަންދުކޮށްފިއެވެ. މި މައްސަލައިގައި ގައުމުގެ ގިނަ ބައެއްގެ ފައިސާ ގެއްލި ބޮޑެތި މުޒާހަރާތަކެއް ކުރަމުންދާއިރު، ޕެންޔާގެ މައްޗަށް ވަނީ ޚިޔާނާތާއި ކޮރަޕްޝަނުގެ ދައުވާތައް އުފުލާފައެވެ.

ޖިންސީ ގޯނާގެ މައްސަލައެއްގައި މޭގަންގެ ބައްޕަ ހައްޔަރުކޮށްފި

ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ މަންޒަރު ފެންނަ ތަކެތި ގެންގުޅުނު ކަމުގެ ތުހުމަތުގައި، މޭގަން މާކަލްގެ ބައްޕަ ތޯމަސް މާކަލް އެމެރިކާގެ ފްލޮރިޑާ އިން ވަނީ ހައްޔަރުކޮށްފައެވެ. އުމުރުން 82 އަހަރުގެ ތޯމަސްގެ މައްޗަށް މި ދައުވާ އުފުލާފައިވަނީ އޭނާ ކުއްޔަށް ހިފާފައިވާ ގުދަންތަކެއް ބަލައި ފާސްކުރުމަށްފަހު ކަމަށްވާއިރު، ކޯޓުން މިހާރު ވަނީ އޭނާ ބަންދުގައި ބަހައްޓައިގެން މޮނިޓަރު ކުރުމަށް އަމުރުކޮށްފައެވެ.

ޑިމޮކްރެޓުންގެ މެޖޯރިޓީން އީރާން ހަނގުރާމަ ހުއްޓުވޭތަ؟

އެމެރިކާގެ މިޑްޓާމް އިންތިހާބުގައި ކޮންގްރެސްގެ ދެ ގޭގެ އަގުލަބިއްޔަތު ޑިމޮކްރެޓުން ހޯދުމާ ގުޅިގެން، ރައީސް ޓްރަމްޕްގެ ސިޔާސަތުތަކަށް ބޮޑެތި ގޮންޖެހުންތަކެއް ކުރިމަތިވާނެއެވެ. މީގެ ތެރޭގައި އީރާނާ ދެކޮޅަށް ކުރާ ހަނގުރާމައަށް ހުރަސްއެޅުމާއި، ތަކެތީގެ އަގުބޮޑުވުން ހުއްޓުވުމަށް ޑިމޮކްރެޓުން ބާރުއަޅާނެއެވެ. ނަމަވެސް، ކޮންގްރެސްގެ ހުއްދައާ ނުލައި ރައީސަށް ކުރެވޭނެ ބައެއް ކަންކަން އަދިވެސް ހުރިކަން ފާހަގަކުރެވެއެވެ.

ހޮންކޮންގުގެ އެކްޓިވިސްޓު ޖޯޝުއާ ވޮންގް 10 އަހަރަށް ޖަލަށް

ހޮންކޮންގުގެ ގައުމީ ސަލާމަތާ ބެހޭ އާ ގާނޫނުގެ ދަށުން، ބޭރުގެ ބާރުތަކާ ގުޅިގެން މަސައްކަތް ކުރި ކަމުގެ ކުށުގައި އެކްޓިވިސްޓު ޖޯޝުއާ ވޮންގް 10 އަހަރަށް ޖަލަށްލުމަށް ކޯޓުން ވަނީ ހުކުމްކޮށްފައެވެ. މި ހުކުމާއެކު، އަންނަ ޖެނުއަރީ މަހު މިނިވަންވާން އޮތް ވޮންގްގެ ޖަލު މުއްދަތު އިތުރުވެގެންދާއިރު، އޭނާ ވަނީ ދައުލަތާ ދެކޮޅަށް ރޭވުންތައް ރޭވި ކަމުގެ ދައުވާތަކަށް އިއުތިރާފުވެފައެވެ.

ނޯވޭ ރަސްގެފާނުގެ ދޮންދަރިކަލުން ޓެގް އަޅުވައި ގޭ ބަންދުގައި

ނޯވޭގެ ރަސްގެފާނުގެ ދޮންދަރިކަލުން މާރިއަސް ބޯގް ހޮއިބީގެ މައްޗަށް ސާބިތުވެފައިވާ ރޭޕްގެ މައްސަލަތަކުގެ އިސްތިއުނާފު މަރުހަލާ ނިމެންދެން، ފައިގައި ޓެގް އަޅުވައި ގޭބަންދުގައި ބެހެއްޓުމަށް އެ ގައުމުގެ ކޯޓަކުން ވަނީ ހުކުމްކޮށްފައެވެ. ޖަލު ހުކުމެއް އިއްވާފައިވާ ހޮއިބީގެ މައްޗަށް ރޭޕްގެ އިތުރުން ގެވެށި އަނިޔާގެ ތުހުމަތުތައް ކުރެވިފައިވާއިރު، އޭނާގެ އިސްތިއުނާފީ ޝަރީއަތް ފެށުމަށް ހަމަޖެހިފައިވަނީ އަންނަ ފެބްރުއަރީ މަހުގައެވެ.

ދުނިޔެ ވަށާ ހިނގުމުގައި 28 އަހަރު ހޭދަކުރި މީހެއް އެނބުރި ގެއަށް

ދުނިޔެ ވަށައި ހިނގުމަށް 28 އަހަރު ދުވަހު 31،000 މޭލުގެ ދަތުރެއް ކުރި އިނގިރޭސިވިލާތުގެ ކާލް ބުޝްބީ، އޭނާގެ ދަތުރު ނިންމާލުމަށްފަހު އެނބުރި ގައުމަށް ގޮސްފިއެވެ. އަމިއްލަ ބާރުގައި އެކި ބައްރުތަކާއި ކަނޑުއޮޅިތައް ހުރަސްކޮށް އޭނާ ކުރި މި ދަތުރު ނިންމާލުމުން، އާއިލާ އާއި ގިނަ އަދަދެއްގެ ބަޔަކު ވަނީ އޭނާއަށް ހޫނު މަރުހަބާއެއް ކިޔާފައެވެ.

Newsletter

Get the latest news delivered straight to your inbox